ސ. ފޭދޫ މީހަކު މިއަދު ފެޅި ކާއްޓެއްގެ ތެރެއިން ކުޑަ ހަތިމެއް ފެނިއްޖެއެވެ.

އައްޑޫގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "އައްޑޫ ލައިވް" ގައި ބުނެފައިވާ ގޮތުގައި ކާއްޓެއްގެ ތެރެއިން ކުޑަ ހަތިމެއް ފެނިފައިވަނީ ފޭދޫގައި ސެލޫނެއް ހިންގަމުން އަންނަ ޒާހިރާ ނަމަކަށް ކިޔާ މީހަކަށް ކަމަށެވެ.

މި ހަތިމު ފެނިފައިވަނީ މަރަދޫފޭދޫ ދިރާގު ކުރިމަތީގައި ހުންނަ ގާޑިޔަލުން ގަތް ހަތަރު ކާށީގެ ތެރެއިން ކާއްޓެއްގެ ތެރެއިން ކަމަށާއި ކާށި ފެޅި އިރު އޭގެ ތެރޭގައި ކޮންމެވެސް ވަރަކަށް ފެން ހުރި ކަމަށް ޒާހިރާއާ ހަވާލާދީ "އައްޑޫ ލައިވް" ގައި ބުނެފައިވެއެވެ.

އަދި ހަތިމާއި ކާށި ހިފައިގެން ފޭދޫ އޮފީހަށް އޭނާ މިހާރު ގޮސްފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

 1. އެމްވައި

  ﷲ ގެ ކުޅަދުންވަންތަކަން. ދިރިތިބީން ވިސްނާ ފިކުރުކުރޭ.

 2. މަ

  ??????????

 3. މީހެކެވެ

  ތަފާތު.

 4. ނިޝާން

  لله أكبر

 5. މޫޖިޒާތެއް

  ކާށިތެރެއަށް ޚަތިމް ވަނުމުގެ ބޭނުމަކީ ކޮބާ؟

  • ސެ

   ރަނގަޅު ސުވާލެއް.
   ސްޕަރގްލޫ އިސްތިހާރަކަށް ތިވާނީ

  • ބިރުވެތިވޭ

   ރާމަލުން އުފެދެނީ ކާށިވެސް. ކޮބާ އޭގެ ޙިކުމަތަކީ؟ ވިސްނާލާ

 6. މެސީ

  ﷲއީ ކުޅަދުން ވަންތަ ރަސްކަލާންގެ، އެކަމަކު ތިވީގޮތް ބަލަންޖެހޭ

 7. ފިތުރަތު

  ކުޅަދުންވަންތަށް މާތްﷲ މުއުޖިޒާތް ތިފެންނަނީ.. ލާދީނީ މީހުން ބުނާނީ ކީކޭބާ ދެން؟

  • ކޮސް

   ދަންނަ ޝޭކުން މިޔާ ބެހޭގޮތުން ބުނަނީ ކީކޭ؟

  • އޮއް

   ތިބުނީ ޕީ ޕީ އެމް ލާދީނީ މީހުންގެ ވާހަކަތަ؟

   • ކެނެރީ

    ނޯނޯ. މޑޕ ދަ ވަން އެން އޮންލީ ލާދީނީ ބައިގަނޑު.

    • ސޑ

     ލާދީނީ އަކީ ކޮބައިކަން އެނގޭތަ؟

  • ލާދީނީ

   ފިތުރަތުގެ ކޮމެންޓްގަ އެބައޮތްތައް އެމްޑީޕީ ލާދީނީ އޭބުނެފަ؟ ލާދީނީ އޭ ބުނެފިއްޔާ އެވާނީ ތިޔަބައިގަނޑު ދޯ.. އެހެންދޯ ތިބުނަނީ؟ ހެހެހެ

  • ެައަލީ ނސރ

   Anehkaa miee IB felhi kaahteh tha? Yaamin ah Rae’s kan liben otheee IB fanditha hadhaigen Hukuru miskithu Munnaru 2 falhi vehjihyaa. Ehen nooner Yaaminah
   Raes kan libeyne ehves githeh neiy.
   IB fanfitha hadhaigen munnaru 2 falhi nuvehjiyaa Yaaminu umurah ves hunnaanee jaluga މިއީ ތިބުނާމީހުންގެ ބަސްމަގު ހުރިގޮތަކީ

  • ކޮއްކޮ

   ލާދީނީ އޭ ކިޔާއިރު ތިމާމީހާ އަށް އުޅެވެނީ ކިހނެއްކަން އެނގޭބާ.

 8. ސަމް މާލެ

  ޙަގީގަތެއްބާ ؟ރަގަޅައް އޮޅުންފިލުވަންޖެހޭ

 9. ސައްޕޭ

  ތީވާނީ މީހަކު ކާށީގެ ލޮލުގެ ތެރެއިން ކާއްޓަށް ލާފައި އޮތް އެއްޗެއްތޯ ބެލިތަ، ޚަބަރު އިތުރަށް ތަފުސީލުކުރުން ރަނގަޅުވާނެ!

 10. އަޖައިބު

  ގުދިރަތްތެރި ކަމުން އުފެދުނު ކާއްޓެއްގެތެރެެއަަށް އިންސާނުން އުފައްދާފައިވާ އެއްޗަކަށްް ވަދެވުނީ ކިހިނެތް؟

 11. ަާަެޭްޭއާޒިމް

  it is impossible

 12. ހަސަން

  ﷲ ގެ ކުޅަދުންވަންތަ ކަމާއި މެދު އެއްވެސް ޝައްކެއްނެތް. އެކަމު ގުދުރަތީ ކާއްޓެއްގެ ތެރޭގައި އިންސާނަކު އަތުން ހަދާފައިވާ ކަރުދާހުގައި ދެލިން ލިޔެފައި ރޮދިބޭނުންކޮށްގެން ގަނޑުތައް މަހާލެވިފަެިވާ ޚަތިމެއް ؟؟ ގަބޫލު ނުކުރެވޭ.

  • ޝައިމާ

   ޢަސްލު ވެސް ގަބޫލެއް ނުކުރެވޭ

  • ޢައިޝާ

   ބަލަ އެކަލާނގެ ކުޅަދުން ވަންތަ ކޮންމެ ކަމަކަށް!

 13. މޮޑާރން

  އަހަރުމެން ދެކެފީމު ﷲ ގެ ނަން ފުޅު ލިޔެވިފައިވާ އެކި އެއްޗިސް. އެކަމު އިންސާނަކު ހަދާފއިވާ މުސްހަފެއް ފެނުނީމަ ބެލެވެނީ ކުރިން ބަޔަކު ލާފައި ތަތްކޮށްފައި އޮތް އެއްޗެއް ކަމަށް. ﷲ އަޢްލަމް

 14. ހަސަން ނިޒާރު

  މަސްހޫރުވާން ސްޓަނަޓެއް ޖައްސާލީދޯ

 15. ބޯހަލާކު

  މީހަކު ލީމަ ތިޔަ އޮންނާނީ.

 16. ާަަސެެެެރިޔަލޮ

  الله اكبر ކޮންމެ ކަމަކަަަސިޔަަަސިިިިިި ނުވަަަން ވެއްޖެނު.

 17. ސަމީލް

  ތީީ ގަ ހުރީީ ހަމަ ހަގީގަތުގަވެސް ޤުރުއާންގެ އާޔަތްތޯ ބަލަންވާނެ. ސަބަބަކީީ ތިކަން ސިހުރުގެ ކަމަކާވައްތަރުވާތީީ. ސިހުރުހެދުމުގަ ޤުރުއާންގެ އާޔަތް ބަދަލުކޮއްގެން ލިޔެފަ ހުންނާތީއާ ޖިންނި ސައިތާނުން ބޭނުންކޮއްގެން ސިހުރުފަދަ ތަކެތި ތިފަދަ ގޮތަކަށް ފޮރުވިދާނެތީީ ތީީ ބަލާ ރައްކާތެރިވެ ތިބުމަށް ދަންނަވަން.

 18. ޖުހާ

  ފޭކެއް.

 19. ރައްޔިތުން

  الله اكبر

 20. Anonymous

  ކާށްޓެއްގެ ތެރޭގައި އޮތީ މީހަކު ލިޔެ ރޮދިން ބަނދެފައިއޮތް މުސްޙަފެއް. މިއީ ސިކުނޑިގައި ބަލިމަޑުކަމެއް ހުރިމީހަކު ނުވަތަ ބަޔަކު ކީރިތިޤްރުއާނަށް ކޮށްފައިއޮތް ފުރައްސާރައެއް. މިއީ މުޢުޖިޒާތެއް ނޫން. މިއީ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ޖަރީމާއެއް.

 21. ކޮސް

  މޮހޮދޭއަކަށް ވެސް ދުވަހަކުވެސް ތިފޮތެއް ނުފެނޭ ދޯ

 22. ފަޤީރު ކަލޯ!

  ﷲގެ ކުޅަދުންވަންތަ ކަމުން ނުވާނެ ހަމަ އެއްކަމެއްވެސް ނޯންނާނެ! އިންސާނާގެ ބުއްދި މުލުން ލުހެލާ ފަދަ އެތައް މުޢުޖިޒާތެއް ﷲ ވަނީ ދައްކަވާފަ! އަދި ވިސްނާ މީހަކަށް އެނގޭނެ އެތައް މުޢުޖިޒާތީ އަލާމަތް ތަކެއް މިހާރުވެސް ދަނީ ދައްކަވަމުންނެވެ. އެކަމަކު ތިކަމަކީ ތަޙްޤީޤު ކުރަންޖެހޭކަމެއް! ފުރިހަމަ ތަޙްޤީޤެއް ކޮށްގެންނޫނީ ތިގޮތަށް ޢާއްމުކުރުމަކީ މަސްލަގަތު ރަގަޅުނުވާނެކަމެއް! ތިހުންނަނީ ކުޅޭ ކުޅޭ ކަންތަކެއް ނޫނެވެ. ނަޢޫޒު ބިﷲ! ވަﷲ އަޢުލަމް!

 23. ޢަފްލާ

  ކީރިތި ޤުރްއާނަކީ މާތް ﷲ ގެ ކަލާމް ފުޅު އެއީ އެއްވެސް އިންސާނަކު އުފެއްދި ފޮތެއްނޫން އެއީ 7 އުޑުމަތިން ބަވައިލެއްވި އެކަލާނގެ ކަލާމް ފުޅު އެބަދަލު ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ އެއީ އެންމެނަހ ރަނގަޅު ގޮތް އަންގަވައި ދެއްވި ފޮތް އެފޮތުގަވާ ހުރިހާ ވާހަކައެއް އެއީ ހައްގު ތެދު މިކަން ނޭގޭތީޔާ ތިގޮތަށް ކޮމެންޓް ލިޔަނީ

 24. ޙިޔާލް

  ކޮންކަހަލަ ސެލޫން އެއް ހިންގާ މީހެެއްބާ؟

 25. ތަރައްގިޓޭ

  ޢެހެން ވީޔާމުން ގުުރުއާން ބާއްވާލެއްވި އިރު ތިގޮތަކަށް ނޫން ތޯ ގުރުއާން ބާއްވާލެވިފައިވާނީ.

 26. ނަބީހް

  ހަތިމެއްކަމައް ބުނާއިރު އޭގަ ލިޔެފަ އޮތީ ކޯންޗެއް

 27. އާދަމް

  ﷲ އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ. ނަމަވެސް، މިކަން ބެލެވެނީ މީސްތަކުންގެ ޢަޤީދާ ހަލާކުކޮށް ޚުރާފީކަންކަން ފެތުރުމަށް ކޮށްފައި އޮތްކަމެއްކަމަށް. ﷲ ވަނީ ކީރީތި ރަސޫލާގެ މައްޗަށް ޤުރުއާން ބާއްވާލާ ފުރިހަމަ ކުރައްވާފަ އަދި އެ ޤުރުއާން ރައްކާތެރިކުރައްވާފަ. އިހުގެ މީހުން ބިދުޢަތައް ކުރުމަށް ގެންގުޅުނު ފަދަ "ފެންކިރާ ހަތިމެއް" ކާށްޓަކުން ފެނުމެއްނޫން ޢަޖައިބަކީ...ޢަޖައިބަކީ ދިވެހިންނަށް ﷲ ރަޙުމަތްވެވޮޑިގެން އެކަލާނގެ ދީނަށް ހިދާޔަތް ދެއްކެވުމަށްފަހު އެކަމަށް ޝުކުރުވެރި ނުވާކަން. ﷲގެ ވަޙީ ބަސްފުޅުތައް އަހަރަމެންނަށް ހަނދުމަކޮށްދެވޭއިރު އޭގެ އަސަރެއް ނުކުރާކަން. އެކަލާނގެ ފޮތް ކިޔަވާ އެއާމެދު ނުވިސްނާކަން. ނަބިއްޔާ އާއި އެކަލޭގެފާނުގެ ޞަޙާބީންގެ މަންހަޖަކީ އަހަރަމެންގެ ގާތުގައި މާބޮޑު އަގެއް ހުރި އެއްޗަކަށް ނުވުން. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން ހެޔޮމަގުގައި ޘާބިތުކުރައްވާންދޭވެ.