ރިޔާސީ އިންތިޚާބު ވަނީ ނިމިފައި ކަމަށާއި، އެ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށްޓަކައި، ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުޚަބާ ދެންނެވުމަށްޓަކައި ރައީސް މަޢުމޫން ބައްދަލު ކުރެއްވި ބައްދަލުވުމަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަމީލް ވިދާޅުވީ، "ތިމަންނަމެން ދޫ ނުކުރާނަމޭ، ނޫނީ މިތިބީ ދޫކުރާ ގޮތަކަށް ނޫނޭ" ބުނެ ދައްކަނީ ހަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، ރިޔާސީ އިންތިޚާބު ނިމިފައިވާ ކަމަށެވެ. އަދި އިއްވާފައިވާ ރަސްމީ ނަތީޖާ ބަދަލުކޮށްލަން ޤާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު މި ފެތުރެމުންދާ އަޑަކީ "ތިމަންނަމެން ދޫ ނުކުރާނަމޭ، ނޫނީ މިތިބީ ދޫކުރާ ގޮތަކަށް ނޫނޭ"، މިއީކީ ހަޤީގަތެއް އެކުލެވޭ ވާހަކަތަކެއްނޫން. އިންތިޚާބު ނިމިއްޖެ، ރާއްޖޭގެ ޤާނޫނީ ހަމަތަކުގެ ތެރެއިން މިއަކަށް އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. މީ ވަރަށް ބޮޑު ތަނަވަސް އަޤްލަބިއްޔަތަކުން ނިމިފަ އޮތް އިންތިޚާބެއް." ޖަމީލް ވިދާޅުވިއެވެ.
މާތް ﷲ ގެ ތަނަވަސް ރަހުމަތާއެކު އައު ސަރުކާރެއް ވުޖޫދަށް އައިސްފައިވާ ކަމަށާއި، މި ސަރުކާރު ވުޖޫދަށް އައީ ގިނަ ކަންތައްތަކަކަށް ފަރުވާ ހޯދުމަށްޓަކައި ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މުންތަޚަބް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ ހުވާ ކުރައްވާނެކަމަށް އުއްމީދު ކުރައްވަނީ ނޮވެމްބަރ 11 ވަނަ ދުވަހު ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ޔަޤީނުންވެސް ކަށަވަރު ކުރަން މި ސަރުކާރު އިރާދަކުރެއްވިއްޔާ ޤާއިމުވެގެންދާނެ. އަޅުގަނޑު އުއްމީދު ކުރަނީވެސް ނޮވެމްބަރ 11 ވަނަ ދުވަހު ހަޤީގަތުގައި މި ސަރުކާރު ހުވާކުރުން." ޖަމީލް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ޤާނޫނު އަސާސީއާއި، ޤާނޫނުތަކުގެ ތެރެއިން ލިބިފައިވާ ހައްޤުތައް އައު ސަރުކާރުގެ ތެރެއިން ފުރިހަމައަށް ކަށަވަރުވެގެން ދާނެކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވިއިރު، ރިޔާސީ އިންތިޚާހުގައި މަކަރު ހަދައި، އޮޅުވާލާފައިވާކަމަށް ބުނެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިހާރުވެސް ކޮންމެ ރެއަކު ހެންވޭރުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައި "އޮޅުވާލި ވޯޓު" ގެ ނަމުގައި އީސީ އާ ދެކޮޅަށް އަޑުއުފުލުގެ ހަރަކާތްތައް ކުރިއަށްދެއެވެ.
ހަމަ އެއާއެކު ޕީޕީއެމްގެ އެއްވުންތައް ހުއްޓާ ނުލައިފިނަމަ، ޕީޕީއެމް އަށް ފިޔަވަޅު އެޅުމަށާއި، އީސީއާ ގުޅޭގޮތުން ހަޤީގަތާ ޚިލާފު ވާހަކަތައް ދައްކާ މީޑިއާތަކާމެދުގައި ފިޔަވަޅު އެޅުމަށްވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.
ޖަމީލައްތަ އެނގޭނީ ނޫނީ ގާނޫނުންއެކަން ނިންމަން އޮންނަ މުއައްސަސާ ތަކަށްތަ އެގޭނީ!
ނާތެދެއް ހަމަހިލާއެހެންނެއްނުވާނެ ބަލައްޗޭ ހައްގައްނަސްރުލިބޭނެ
އޮޅުވާލީމާނަތީޖާހިތިވާކަންއެގޭނެ ޖަމީލޫ
ތި ކާކުތަ އަހަރެން ގަބޫލެއް ނުކުރަން ތި ޖަމީލުގެ އެއްވެސް ވާހަކައެއް އަހަރެމެން ތިބޭނީ ރައީސް ޔާމީން އާއެކީ
ތިހިރަ ބުރުމާ ގާއްބޭ ސުޕުރިންކޯޓަށް 2013ގަ ބޭއްވި އިންތިޚާބުގެ މައްސަލައެއް ވައްދާއިގެން އެ އިންތިޚާބު ބާޠިލު ނުކުރޭތަ؟؟
ޖަމީލަށް އެނގޭނީ. އެއީ ދަންނަބޭކަލެެއް.
ތިދެން ކާކު ޤާނޫނީ ވާހަކަދައްކަން؟ މިތަނުން ރއްކާވޭ.