ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިިފިއެވެ.
އޭސީސީން އިން ވަނީ، އެކަން ހުއްޓުވަން ހައުސިން މިނިސްޓްރީއަށް މިއަދު ސިޓީއަކުން އަންގާފައެވެ.
އެ ސިޓީގައި ވިދާޅުވެފައި ވަނީ، އެކަން ހުއްޓުވުން ނިންމެވީ އެ ކޮމިޝަނަށް ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު، ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތައް ހުރުމާއި، ކޮރަޕްޝަނަށް މަގުފަހި ކުރެވޭ ކަންތައްތަކެއް ހުރިކަމަށް ދެކޭތީ ކަމަށެވެ.
"މި މައްސަލަ ކޮމިޝަނުން ބެލުމަށްފަހު ވަކި އެއްޗެއް އަންގަންދެން، ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން 400 ގޯތި ދޫކުރެއްވުމަށް ތިޔަ މިނިސްޓްރީން ނިންމަވާފައިވާ ނިންމެވުން، ވަގުތީ ގޮތުން މެދުކަނޑާލުމަށް ދެންނެވީމެވެ" އޭސީސީގެ ނައިބް ރައީސް ސޮއިކުރައްވާ ހައުސިންގ މިނިސްޓްރީއަށް ފޮނުވި ސިޓީގައި ވެއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، ގޯތި ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ މާ ކުޑަ އަގެއް ކަމަށެވެ. އެ އަގުގައި އެތަން ހިއްކައިގެން ހިނގި ހަރަދުވެސް ނުލިބޭނެކަމަށް ލުތުފީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ ވިއްކަން ހުށަހަޅާފައިވާ އަގާއި އެހެން އެއްޗިއްސަށް ބަލާއިރުގައި، ވިއްކަން ހުށަހަޅާފައިވާ އަގަކީ އެތަން ހިއްކަން ހިނގި ހަރަދުވެސް ނުލިބޭ، ނުއަގެއްގައި، އެގޮތަށް އެކަން ކުރާތީ ހުއްޓާލަން އަންގަނީ،" ލުތުފީ ވިދާޅުވިއެވެ.
އޭސީސީން މިގޮތަށް ނިންމެވިއިރު، ގިނަ ބަޔަކު މިހާރުވެސް ވަނީ އެ ގޯތި ގަތުމަށް އެދި ފޯމް ނެގުމަށް ހައުސިންގ މިނިސްޓްރީ ދޮށަށް އެއްވެފައެވެ.
ރައްޔިތުން ނައް އަގުހެޔޮކޮއް ބޯހިޔާ ވަހިކަމެއް ލިބޭތީ އިންތިހާބީ ސަރުކާރައްގެ ބޭފުޅުންގެ ލަގޮޑިއައް ކެއްނުވެގެން އޭސީސީ އައް މައްސަލަ ހުށައަޅައިގެން ހުއްޓުވީ. އެތައްހިއްކި އަގު 400ގޯތިން ހޯދަން ޖެހޭނެކަމައް އޭސީސީ އަށާ އިންތިހާބީ ސަރުކާރައް ހީވާނަމަ ރައްޔިތު މީހާ މީގެން ގޯއްޗަކައް ކިހާވަރެއް ދައްކަންޖެހޭނެބާ. މޮޅު ވާހަކަ ރައްޔިތުން ކައިރި ދައްކާފަ ވެރިކަން ލިބުނީމަ ތިކުރަނީ އަނިޔާ. ހެއްވާކަމަކީ ފޯމްނަގަން ކިއުގަ ގިނައިތިބީ ހުސް އމޕ މީހުން. ދެންމޮޅު އަނގައެއްތަޅާ.
ލުތުފީގަބޫލުކުރަންތޯ ތިންހަތަރުބުރިޔަށް ހަދައިފައިހުންނަޢިމާރާތެއްގަހުރި ހަސަތޭކައަކަފޫޓުގެ ފުލެޓެއް ދެމިލިއަން ނުވަތަ ތިންމިލިއަން ރުފިޔާޔަށް ރައްޔިތުންނަށް ވިއްކުންއެއީ ހަމަރަނގަޅއަގެއްކަމަށް ނިކަމެތިންއަތްފޯރާއަގެއްގަ ބިންކޮޅެއްވިއްކަން އުޅޭތީއެކަމަށްތިޔަހުރަސްއެޅީ އަމިއްލައެދުމުގެބޮޑުކަމުންނޫންބާ
ވިއްކާ އަގު ރަނގަޅެވެ. ޖީބައް އެއްޗެއް ނުލެވިދާނެތީ ކަން ބޮޑުވަނީއެވެ. ޗައިނާ އިން ހިލޭ ހަދާދިން ފްލެޓް ތަކުން ވެސް ކުލި ނަގަނީއެވެ.
ލުތުފީ މިހާރުން މިހާރަށް އިސްތިއުފާދިނުމަށް
ގޮވާލަން ރައްޔިތުން ހައްގަށް ހުރަސްނޭޅުމަށް
ގޮވާލަން
އޭސީސީ އައް އިގޭނެތާ ވިއްކާނެ އަގެއްވެސް
ނުހުއްޓުވޭނެ، އޭގަ އަދި ކޮރަޕްޝަނެއްނެތް. އަކަފޫޓަކަށް 400.00 ނުޖެހޭ ކުރިންވެސް 375.00 އަށް މައމޫނު ވިއްކި. ހުއްޓުވުން ތީ ކޮރަޕްޝަން. ވަކިބަޔަކަށް ނުލިބިދާނެތީ ތި ހުއްޓުވީ.
ސާބަހޭ ލުތުފީ. ރައްޔިތުންނަށް ފައިދާވާ ކަމެއް ވިއްޔާ ހުއްޓުވާތި! ލުތުފީއަށް އަގުހެޔޮކޮށް ފްލެޓް ލިބުނީ ކީއްވެ؟
ހުޅުމާލެއިން 400 ގޯތި ވިއްކުން އޭސީސީން ހުއްޓުވުމުގެ އެއްވެސް ބާރެއް އޭސީސީ އަށް ނޯންނާނެއޭ އެއީ އޭސީސީގެ މޭންޑޭޓް އިން ބޭރުވެގެން އޭސީސީން އިދިކޮޅު އެމްޑީޕީ އާއި ގުޅިގެން ހިންގާ ގޭސް ގަނޑެކޭ އޭސީސީގެ ރައީސް ގެ މަގާމް ދިފާއު ކުރުމުގެ ނިޔަތުގައި އެކަމަކީ އެގޮތަށް ކުރެވޭނެ ކަމެއް ނޫނޭ އޭސީސީގެ ރައީސް ލުތުފީ މިހާރު އެހެރީ އޭނާގެ މަގާމްގެ ބޭނުން ބޮޑު ކަމުން ހޭ ބުއްދި ފިލާ ގޮސްފައޭ އޭނާ އާއި ދޭތެރޭ އެބަޖެހޭ ޕީޕީއެމް އިން ވެސް ބަޔާން ތަކެއް ނެރެން..
ވަރަށް ސަޅި. ނަޝީދު ބުނި ހިއްކަން އަކަފޫތަކަށް 19 ރުފިޔާއޭ ދަނީ. ދެން ކިހާވަރެއް ރަނގަޅު އަގަކީ.
ސަރުކާރުން ވިއްކާ އަގަކާ ލުތުފީއަކަށް ނުކުޅެވޭނެ. ރައްޔިތުންނަށް ދޭ ޚިދްމަތަކީ ބިޒއނަސް އެއްނަމަ އިކޮނޮމިކް ބްރޭކް އީވަންއާ ޕްރޮފިޓް ބަލަންޖެހޭނީ.
އައްސަލާމް އަލައިކުމް ބޮނޑިބަތް ކަރާ ބުރުމާ ރީނދޫ އެންޑް ތުނބުޅި ކޯޅޭޝަން!! ހުރިހާ ކުދިންނަށް ދަނޑުއޮތީ ސޭލް އަޅުވާފަ!! އެންމެން ކޯޅެން ތައްޔާރުވޭ!! މިހާރު ވޯމްއަޕްކުރަން ފަށައިފި!! އަހަރެމެން މިތިބީ ކުޅިބަލަން!!
ކަލޯ! ދެނަހުރިންތަ ރައްޔިތުންނަށް ވަގުތީ އުފަލެއްދިނުމަށް އެމްޑީޕީން 40 ރުފިޔާއަށް މަސްކިލޯއެއްގަނެގެން ، މިފްކޯ ދެކޮޅުނުޖެހިގެން ކުންފުނި ބަނގުރޫޓްވީކަން؟ އޭރު ކަލޭމެން ތިބިންތަ؟ މިއަދު ރައްޔިތުންނަށް ލުޔެއްދިނީމާ ހިރުވާގަނެގެން އުޅޭތީ ޙައިރާންވެއްޖެ!
ދިވެހި ދަޢުލަތުގެ ފައިސާއަކީ ދިވެހި ރައްޔިތުންގެ ފައިސާ ކަމާއި ލޯނެއް ނަގަންޖެހުނަސް އެލޯނުގެ ޛިއްމާ އުފުލަންޖެހޭނީ އެންމެހާ ރައްޔިތުން ކަމަށް ބުނާތީ އަޑުއަހަމެވެ. އަދި ޤާނޫނު އަސާސީ ބުނާގޮތުން ދިވެހި ރައްޔިތުންނަކީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނެވެ. މާލޭ ބޭފުޅުން ވިދާޅުވާ ގޮތުންންނަމަ، ރާއްޖެތެރެ މީހާ ހިމެނެއެވެ. ކަން މިހެން އޮތް އިރު، ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ހުޅުމާލެ ފޭސްް 2 ހިއްކާފަ ގޯތި ދޭންޖެހެނީ މާލޭ އަދި ދަފްތަރު ބޭފުޅުންނަށް. ކޮންފަދަ އިންސާފެއްތޯ؟ އަޅުގަނޑު އުންމީދު ކުރަނީ ރާއްޖެތޭގެ ރައްޔިތުންނަށް ވެސް ފުރުޞަތު ދޭންޖެހޭނެ ކަމަށް.
އޭސިސޭ ހާދަ އެކްޓިވްއޭ. މިދިޔަ ހުރިހައި ދުވަހު ނިދާފަ. އެއްވެސް ކަމެއް ރައްޔިތުން ފައިދާއަށް ކުރާ ތަނެއް ނުފެނޭ. އުވާލާފަ ގެޔަށް ފޮނުވާލަންވި ބައެއް. މިލިޔަނުން ފައިދާ ވާގޮތަށް ނުވިއްކޭތީވޭ، ތިމާމެން ކޮށްދިން ކަން ރައްޔިތުންނަށް ނުދެއްކިދާނެތީވެ، ބަޔަކު ގުބޯ ނުހެއްދިދާނެ ތީވެ. އެމްޑީޕީ ބޭނުން ނުވާނެ ދިވެހިންނަށް ހެވެއް ފަސޭހައެއް މަންފާއެއް ވާކަށް، އެމީހުންގެ ޖީބައްލާ ކަޓު ބޭނުން ވާނީ އެ ވަރިހަމަ އިންޑިއާއަށް މިގައުމު ވިއްކާގެން ވިޔަސް.
ކޮންކަހަލަ ހަމައެއް!؟
ޢެއްމެންގެވެސް ޝަކުވާއަކީ ގޯތިގެދޮރު އަގު އިންތިހާއަށް ބޮޑުވެ ނިކަމެތި ރައްޔިތުމީހާގެ އަތްނުފޯރާ ވާހަކައެވެ. ޢެހެން ވާންޖެހެނީ އެއީ އޭގާ ކަރަޕްޝަން އެކުލޭތީ ކަމުގައެވެ.
މިފަހަރު އަގުހެޔޮވެ ނިކަމެތި ރައްޔިތުމީހާގެވެސް އަތްފޯރާފަށައް އަގު ތިރިވެ ލުއިފަސޭހަ ކޮއްދިނީމާ ބުނަނީ ނުއަގު ގަޔޯ! ގެއްލުންވާނެޔޯ! ދެކޮޅު ނުޖެހެޔަޯ!؟
ފުރަސާރަ ކުރަން ކުރާ ކަމެކޯ!
ދެން މިކަމުގައި ހެޔޮ ގޮތެއް އެބަ އޮތްތޯ؟؟؟
ދެން ކޮބާތޯ އެބުނާ “ނާޒާހަތްތެރިކަމަކީ”؟؟؟؟
ހެޔޮ ވެރިކަމެއް ފަށަން އުޅޭކަމުގެ އަލާމަތެއްތޯމީ؟؟؟؟
ހުރިހާ ކުދިންވެސް އިބޫގެ ސަރުކާރު އަންނަން
ދެން މަޑުކޮއްލާ!
ހުރިހާ ކަމެއްވެސްވާނެ!
ކަލެއަކަށް ކޮންކަމެއް ކިހާދެރަވެއްޖެކަމެއް ގައުމުގައިހިގާފަ ހުރި ކޮރަޕްޝަން ކަލޭ ބަލާބަލަ ބީތާ ނިކަމެތިރއްޔިތުންނަށް ފުލެޓްލިބޭތީ ކަލޭ ކަިްއްވެ މޭކަރަނީ އަޖާބެއް
ޙަސަން ލަޠީފް ރެހެންދި ފްލެޓުން އުޞޫލުން ބޭރުން ފްލެޓް ލިބުނީމާ ތިމާއަށް ލިބުނު އެއްޗެއްވީމާ ނިންމީ ދައުލަތުގެ އިސްމަޤާމުތަކުގައި ތިބޭ މީހުންނަށް ފްލެޓް ދިނުމަކީ މަޤާމަށް ނުފޫޒު ފޯރުވުން ނޫންކަމަށް. ބޯހިޔާވަހިކަމަކީ އަސާސީ ޙައްޤެއްކަމަށްވާއިރު ނުޖެހޭ މުޅި ހުޅުމާލެ ބިން ހިއްކަން ދިޔަ އަގު އެ 400 ގޯތިން ހޯދާކަށް ތިމާއަށް އެއަށް ކުރިމަތި ނުލެވޭތީ އެ ގޯސް. މިއަދު ރައްޔިތުންނަށް މާ ރަގަޅު މުއައްސަސާއެއްކަމަށް ރައްޔިތުންނަށް ދައްކަން އުޅޭނެކަމެއް ނެތް.