ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓާލަން އަންގާފައިވަނިކޮށްވެސް، އެކަމަށް އެދި ފޯމްތައް ދޫކުރަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެ ފޯމްތައް ނެގުމަށް މިހާރުވެސް ހައުސިންގ މިނިސްޓްރީ ކައިރީގައި ގިނަ ބަޔަކު ވަނީ ކިއު ހަދާފައެވެ.

އޭސީސީން އިން ވަނީ، އެކަން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެދި ހައުސިން މިނިސްޓްރީއަށް މިއަދު ސިޓީއެއް ފޮނުވާފައެވެ. އެ ގޯތިތަކަށް އެދުމަށް ހުޅުވާލީވެސް މިއަދު އެވެ.

އެ ގޯއްޗަށް އެދޭ ފޯމު ދޫކުރަން ފަށާފައި ވަނީ މިއަދު ހަވީރުއެވެ، މިއަދު ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ފޯމް ދޫކުރަމުން ގެންދާނެއެވެ. އެކަން މަޑުޖައްސާލުމަށް އޭސީސީން އެންގި ނަމަވެސް ފޯމް ދޫކުރަމުން ގެންދަނީ ކީއްވެކަމެއް ނޭނގެއެވެ.

އޭސީސީން ހައުސިންގ މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ގޯތި ދޫކުރުން މަޑުޖައްސާލަން ބޭނުންވަނީ، އެކަން އެ ކޮމިޝަނަށް ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު، ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތައް ހުރުމާއި، ކޮރަޕްޝަނަށް މަގުފަހި ކުރެވޭ ކަންތައްތަކެއް ހުރިކަމަށް ދެކޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މަހަށްދޭބަލަ

  އޭސީސީން އެންގި ނަމަވެސް ކޮރަޕްޝަންގެ މައްސަލަ އެއް ސާބިތުނުވާހާ ހިނދަކު ނުޖެހޭނެ މިމަސައްކަތް ހުއްޓަން ސަރުކާރުން އެއީ ސީދާ އެމްޑީޕީ އަޑީގައި އޮވެގެން އޭސީސީ ލައްވާ ކުރުވާ ކަމެކޭ އޭސީސީ އާއި މެދު ފިޔަވަޅު އަޅާ އޭސީސީ ގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކި ކުރުމަށް ޓަކައި މަޖްލީހަށް ހުށައަޅަންވީއޭ އޭސީސީ އަށް ނެތް ބާރެއް ނާޖާއިޒު ގޮތުގައި އޭސީސީން ބޭނުން ކުރަނީއޭ ހުޅުމާލެ 2 އިން 400 ގޯތި ދެވޭނެ ހައުސިންގް މިނިސްޓްރީ އަށް އެކަން ނުހުއްޓުވޭނެ. އޭސީސީ އަޑާ ދަމާބަލަ ދެން ތަމެންގެ ރަށެއް ވެސް ނޫން ދޯ މާލެ އަކީ އޭސީސީގެ ރައީސް ލުތުފީ މީ ތަމެންގެ ރަށަށް އަމުރު ކުރަން ދޭބަލަ ތަމެންގެ ރަށުގައި އެކެބަނޑެ ބެއްޔާ އަށް ގޯތި ދޭ އުސޫލުން ނޫނޭ ގޯތި ދެނީ ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ...

  • އަބޫއިޒްކާން

   ވަރަށް ރަނގަޅު ކޮމެންޓެއް.!???

 2. ކުރެވޭނެއޭ

  އޭސީސީން ހުއްޓުވުމުން ވެސް ގޯތި ވިއްކާ ފޯމު ދޫކުރަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އޭސީސީގެ މޭންޑޭޓް ގައި ވާ ކަމެއް ނޫނޭ ކޮރަޕްޝަން ނުހިނގަނީސް އެއީ ކޮރަޕްޝަން ކަމަށް ތުހުމަތު ކޮށް ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދްމަތަށް ހުރަސް އެޅުމަކީ ސަރުކާރުން ކާޑުގެ ބާވަތް ތައް އަގުހެޔޮ ކުރުމުން އޭސީސީން ބުނާނެ ދޯ އަގުހެޔޮ ނުކުރާށޭ ސަރުކާރުން ވެފައިވާ ވައުދެއް ކޮންމެ ދެމަފިރި އަކަށް ގޯއްޗެއް ދޭން އެކަން މިކުރަނީ އޭސީސީ ދަގަ ކޯޓަށް ދެން ތިޔާ ކަމުގައި. އޭސީސީގެ ރައީސް ލުތުފީ އަށް ކިތައް މިލިއަން ޑޮލަރު އެމްޑީޕީން ދީގެންތޭ އޭސީސީގެ މޭންޑޭޓް އާއި ޚިލާފަށް އޭސީސީގެ ރައީސް ކަންކަން ކުރަނީ އޭސީސީގެ ރައީސް ލުތުފީ ތިޔާވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާއި ބެހޭ ގާނޫނުގެ ދަށުން އެ ގާނޫނުގައި ވާ ހުރިހާ މާއްދާތަކުގައިވާ ކުށް ކޮށްފައޭ ދައުލަތުން އޭޖީ އޭސީސީގެ ރައީސް އާއި މެދު ފިޔަވަޅު އެޅުމަށް ޓަކައި އަވަހަށް އޭސީސީގެ ރައީސް ގެ މައްސަލަ ޕީޖީ މެދުވެރިކޮށް ޝަރީއަތަށް ހުށައަޅަންވީއޭ މީ ހަމަ އެންމެ ދެކުނު ވިންގްގެ ބޮޑެތި ވަގުންނޭ މިމެން ނުވާނެ އޭސީސީގެ ރައީސް ގެ މަގާމް ގައި ބައިތިއްބަން ހެޔޮ ނުވާނެއެވެ.

 3. ޔާމިން

  ސާބަހޭހިއްވަރުގަދަ ޔާމިން

 4. ނުކުރެވޭނެއޭ

  ހުޅުމާލެއިން 400 ގޯތި ވިއްކުން އޭސީސީން ހުއްޓުވުމުގެ އެއްވެސް ބާރެއް އޭސީސީ އަށް ނޯންނާނެއޭ އެއީ އޭސީސީގެ މޭންޑޭޓް އިން ބޭރުވެގެން އޭސީސީން އިދިކޮޅު އެމްޑީޕީ އާއި ގުޅިގެން ހިންގާ ގޭސް ގަނޑެކޭ އޭސީސީގެ ރައީސް ގެ މަގާމް ދިފާއު ކުރުމުގެ ނިޔަތުގައި އެކަމަކީ އެގޮތަށް ކުރެވޭނެ ކަމެއް ނޫނޭ އޭސީސީގެ ރައީސް ލުތުފީ މިހާރު އެހެރީ އޭނާގެ މަގާމްގެ ބޭނުން ބޮޑު ކަމުން ހޭ ބުއްދި ފިލާ ގޮސްފައޭ އޭނާ އާއި ދޭތެރޭ އެބަޖެހޭ ޕީޕީއެމް އިން ވެސް ބަޔާން ތަކެއް ނެރެން..

 5. ނުހުއްޓާތި

  ވަޒީރުންގެ މަޖްލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ނިންމަވަންވީ ހުޅުމާލެ 2 އިން 1000 އަކަފޫޓްގެ 40 ހާސް ގޯތި ދޫކުރަން ނިންމަވަންވީއޭ އެއިރުން ދެން މިހާރު އޭސީސީން މިހާރު ހުއްޓުވި އަމުރު ޖެހޭނީ އޮޅާލަން އޭސީސީން އޭސީސީ މަސައްކަތް އެކުރަނީ މިހާރު މިނިވަން މުވައްސަސާ އެއް މަސައްކަތް ކުރާ ގޮތަށް ނޫނޭ އޭސީސީ މަސައްކަތް އެކުރަނީ މިހާރު އެމްޑީޕީގެ ހަރުގެ އެެއް ގޮތަށޭ އެގޮތަށް އެކަން އޭސީސީ އަށް ނުކުރެވޭނެއޭ ދައުލަތަށް އޮންނާނެ އޭސީސީގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށައަޅައިގެން އޭސީސީގެ ރައީސް އާއި މެދު ދައުވާ ކުރެވެން ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާއި ބެހޭ ގާނޫނުގެ ދަށުން އެއީ މަމެންނަށް ހަމަ ޔަގީންވެ ކަށަވަރު ކަމެކޭ. ހައުސިންގް މިނިސްޓްރީން ނުޖެހޭނެ ހުއްޓާލަން ހުޅުމާލޭން 400 ގޯއްޗަށް އެދި ދޫކުރާ ފޯރމްސްތައް ދޫކުރުން އެއް ގޮތަކަށް ވެސް ހުއްޓާލައިގެން ނުވާނެއޭ..

 6. ޖައްސާތި

  އޭސީސީން ހުއްޓުވުމުން ވެސް ގޯތި ވިއްކާ ފޯމު ދޫކުރެވޭނެއޭ އޭސީސީގެ ރައީސް ލުތުފީ އާއި ނޫން ރާއްޖޭގެ ރައީސް ކަން ކުރަން ރާއްޖޭގެ ރައްޔިތުންގެ ތެރެެއިން 2013 ގައި ވޯޓްލި %85 ރައްޔިތުން ބުނީ ކަން މިހެން ހުރުމުން އޭސީސީގެ އެންގުމަށް ހައުސިންގް މިނިސްޓްރީން އަމަލު ކުރަން ނުޖެހޭނެއޭ ކޮރަޕްޝަން އެކުލެވޭ ގޮތަށް ކަމެއް ކޮށްފައިވާ ނަމަ އޭސީސީން އެފަދަ މައްސަލަ އެއް ހުށައަޅާ ޕީޖީ އަށް ދެން ޕީޖީން ޝަރުއީ ކޯޓަކަށް މައްސަލަ ހުށައަޅައިގެން ކުރިއަށް ދާންވީއޭ. ހައުސިންގް މިނިސްޓަރު މިފަހަރު ލާރޖް ކޮށް ޖައްސާތި ޖައްސާ ޖައްސާ އޭސީސީގެ ރައީސް ލުތުފީ އިށީނދެގެން އިން ގޮނޑިން އަނގަވަތަށް ވެއްޓެން ދެން.

 7. ގިވްއިން

  އޭސީސީގެ ރައީސް އައްޑޫ ލުތުފީ އާއި ނޫނޭ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން 2013 ގެ ރިޔާސީ އިންތިޚާބުގައި ވޯޓްލި މީހުންގެ %85 މީހުން ވޯޓްލީ އެމެން ވޯޓްލީ ރައީސް ޔާމީން އަށް 5 އަހަރުގެ ދައުރެއް ދީ އަދި ޕިންކީންގެ މެނިފެސްޓޯ ގައިވާ ގޮތުގެ މަތިން ކޮންމެ ދެމަފިރިއަކަށް މާލެ ސަރަހައްދުން ގޯތި ދޭންއޭ ދޭންވީއޭ ހަމަ ގޯތި ރާއްޖޭގެ ހުރިހާ މީޑީއާ ތަކަށް ވެސް ކޮންމެ މީޑިއާ އަކަށް 2000 އަކަފޫޓްގެ ގޯއްޗެއް ދޭންވީއޭ 8 ލައްކަ ރުފިޔާ އަށް އިޓް ސީމްސް ވީއާރ ރިޖެނެރޭޓިންގް އޯއް ޓްރައިޓު އަންޑަރސްޓޭންޑް މީ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ އައި ޑޯން ވޮނާ ހިއަރ ނޮންސެންސް ގޯތިދޭންވީއޭ ލާރޖް ކޮށް ދޭންވީއޭ އިޓްސް އޯކޭ އޭސީސީ ގެ އެންގުން އޮޅާލާ އޮޅާލާ އޮޅާލާ ގެޓް އަޕް ޑޯންޓް ބީ އެފްރެއިޑް އޮފް އިޓް ޓޯކް ޓު މީ ލައިކް އަ މޭން ދިސް އިޒް ދަ ފީލިންގް ކްއެެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ އޯއް އޯއް ސްޕިންގް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް....

 8. ގިވްއިން

  އޭސީސީ އަކީ އެއީ ސަރުކާރެއް ނޫން އަދި ޝަރުއީ ކޯޓެއް ވެސް ނޫން ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ވެރިކަން ކުރުމުގެ ބާރު ތެރެއަށް އޭސީސީ އީގޯ ސިންޑްރޯމް ބަލި ޖެހިގެން މަގާމް ގެ ދަހިވެތި ކަމުގައި އެމެން ބުއްދި ފިލާ ގޮސް ކްރޭޒީ ވެފައި ތިބުމުން ދަ ނަހަލާލު އެންގުން އަންގަނީއޭ އޭސީސީން އަންގާ މިފަދަ އެންގުން ވާނީ މުތުލަޤު ބާތިލް އެންގުމަށޭ މީ ޔަގީން ކަމެކޭ ޑޯންޓް ބީ ސޯ މޭޑް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން...

 9. މާލެ

  ފޯމް ދޫކުރުން އޭސީސީ އަކަށް ނުހުއްޓުވޭނެއެވެ
  ރައްޔިތުންނަށް ލިބެންވާ ހައްޤުތަށް ހުއްޓުވުމުގެ
  މެންޑޭޓް އޭސީސީ އަކަށް ނެތެވެ ފޯމް ދޫކޮށް
  ފޯމުތައްބަލައިގަސތުމަށް ހައުސިން މިނިސްޓްރީ
  އަށް ގޮވާލަމެވެ ތިކަން ހުއްޓުވުމަށް ކުރާމަސައް
  ކަތަކީ މޑޕގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން
  ކުރިއަށް ދާކަމެކެވެ.

 10. ޑާޑާޑާޑާ

  އޭސީސީގެ މޭންޑޭޓް ގައި ނޯންނާނެއޭ ތިން ބާރު ވަކި ވެފައި އޮންނަ ނިޒާމެއްގައި ސަރުކާރުން ރައްޔިތުންނަށް ފޯރު ކޮށްދެމުންދާ ޚިދްމަތް ތަކުގެ ތެރެއަށް ބޭނިގަނެގެން އެއަށް ހުރަސް އެޅުމުގެ އެއްވެސް ޖާގަ އެއް އެއީ އެކަން ކުރެވޭނެ އަދި ކުރަން ޖެހޭނެ ގޮތެއް ނޫނޭ ކޮރަޕްޝަން ގެ އަމަލު ތައް ހިންގާފައިވޭތޯ ޖެހޭނީ އިންވެސްޓިގޭޓް ކޮށް އެމައްސަލަ ޝަރީއަތަށް ހުށައަޅައިގެން ޝަރުއީ ހުކުމެއް ނެރޭށޭ އޭސީސީ އަކީ ކޯޓެއް ނޫނޭ ޑޯންޓް ޔޫ ނޯ ދިސް އައި ކާންޓް ޓޭކް ދިސް ކޮރަޕްޓް އޭސީސީ ރައީސް ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ހޫ އާރ ޔޫ ސަމްބަޑީ ހެޕްލް މައި ސޯލް ނައު އައި ކާންޓް ޓޭކް ދިސް ކޮރަޕްޓް އޭސީސީ ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އެން ހޭވް އަ މޫން ވޯކް...

 11. އަލީ ހަމީދު

  ހުއްޓާނުލާތި ބޭނުން ހާ ވައްތަރެއް ނުޖެއްސޭނެ އޭސީސީ އެމްޑީޕީއާއި ޑީޅް ހަދައިފި ވަރަށް ކުރިން

 12. ޑިމޮކްރަޓިސްޓް

  ހުސް ފޯމަކުން ކޮރަޕްޝަނަށް މަގުފަހިވޭތަ؟ އެވެސް ގޯއްޗެއް ދިނީކީނޫން! ކަމެއް ކުރިނަމަ ނޫންތަ ކޮރަޕްޝަން ހިމެނެނީ؟ އަޖައިބެއްނުމީ؟ މިއަށްވުރެ ބޮޑު އަނިޔާއެއް އެބައޮތްތަ؟

 13. ލަބީބު

  ބަލަގަ މީސްތަކުންނޭ! އޭސީސީ އިން އަންގާފަވަނީ ގޯތި ދޫކުރުން ވަގުތީގޮތުން ހުއްޓާލަން! ފޯމުދޫކުރުން ހުއްޓާލާކަށް ނޫން! އެހެންވެ ފޯމު ދޫކުރެވޭނެ! ގޯތި ދިނުން މަޑުކޮށްލާނެ!

 14. ކުދު ރަޝީދު

  ރައްޔިތުންނަށް ފައިދާވާނެ އެއްވެސް ކަމެއްވާކަށް މިއުޅޭ ރީދޫ ހުންޖެހީފަތިބޭ މީހުން ދުވަހަކުވެސް ނޭދޭނެ، އަމިއްލަ އެދުމުން ފޯވެފައި ތިބޭ ޖާހިލު ބައެއް އެމްޑީޕީންނަކީ