ރާއްޖޭގެ ވެރިރަށް މާލޭގެ 5000 ކިލޯމީޓަރު ދުރުން، އިންޑިއާ ކަނޑަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ރިކްޓަރ މިންގަނޑު 4.6 މެގްނެޓިއުޑްގެ ބާރު މިނުގައި މީގެ ކުޑަ އިރުކޮޅެއް ކުރިން މި ބިންހެލުން އައިސްފައި ވަނީ ރާއްޖޭގެ ވެރިރަށް މާލެއާއި 5000 ކިލޯމީޓަރު ދުރަށް "ސައުތް އިންޑިއަން ރިޖް" އަށެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

" ވަގުތު" އަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވީ މި ބިންހެލުން ރިކޯޑް ކުރެވިފައި ވާ ކަމަށާއި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުވެސް ރިކްޓަރ މިންގަނޑު 5.2 މެގްނެޓިއުޑްގެ ބާރު މިނުގައި ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑަށް ބިންހެލުމެއް ވަނީ އައިސްފައެވެ. މި ބިންހެލުން އައިސްފައި ވަނީ ރާއްޖޭގެ ދެކުން 4000 ކިލޯމީޓަރު ދުރަށެވެ. އެއީ ރީޔޫނިއަން އައިލެންޑްސްގެ ދުރުން 1700 ކިލޯ މީޑަރު ދުރަށެވެ.

ރާއްޖެ ހިމެނޭ އިންޑިއާ ކަނޑަށް ބިންހެލުމެއް އައިސްފައިވާއިރު މީގެ ތިން މަސް ކުރިން ލ.އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ބިންހެލުމެއްގެ ލޮޅުތަކެއް އިހުސާސް ކުރެވިފައެވެ. ނަމަވެސް މި ލޮޅުމާއި ގުޅިގެން ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ލޮޅުމެއް ރެކޯޑް ކުރެވުނު ނަމަވެސް އެއީ ބިންހެލުމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކަލާ

  ބޮޑު ބިންހެލުމެއްގެ ނިށާން ތައް ފާޅުވަނީ ކަންނޭގެ..

 2. އަބޫއިޒްކާން

  ކަނޑުގެ އެންމެ އަޑީގަ ދިރިއުޅޭ މަސްތައް ފަހަކަށް އައިސް އެކި ގައުމުތަކުގެ މަސްވެރިން ބާނާ ކަމީ ތިބިންހެލުންތައް އަންނަން އުޅޭ ކަމުގެ އަލާމާތް.! ރާއްޖެ ފަދަ ކުޑަ ތިރި ކުޑަ ގައުމަކަށް ހަގީގަތުގަ ތިއީ ވަރަށް ނުރައްކާތެރި ކަންތައްތަކެއްގެ އިންޒާރު.!

 3. ބިންހެލުން

  މަކަރާއި ޙީލަތާއި ފަސާދަ މުޅި ރާއްޖޭގަ. އެއްބަޔަކު އަނެއްބަޔަކާއި ވެރިކަމާއި ހެދި ތަޅާ ފޮޅަނީ. މި އިސްލާމް ގައުމުގެ ވަލިއްޔުލް އަމުރު އައްޔަންކުރަނީވެސް ޖާހިލުންގެ ޑިމޮކްރަސީ ނިޒާމުގެތެރެއިން 1، 2 ވަކިކުރަން ނޭނގޭ މީހާވެސް ވެރިކަމަށް އައްޔަންކޮށްފާނެ. ވެރިކަމަކީ އަމާނާތެއް. އެ އަމާނާތް ޙަވާލުކުރަންޖެހޭނީ އެ އަމަާނާތް އަދާކުރެވޭވަރުގެ ގާބިލް އިލްމާއި ހުނަރު ހުރި މީހުންނާ.... ތާކު މީހަކު ހުއްޓަސް ރައްޔިތުއެއްމެން ނިކުމެ އެމީހާ އާ ވެރިކަން ހަވާލުކުރީމަ އެވީ ކޯއްޗަކަށް؟ މުޅިގައުމުގަ ފަސާދަ އުފައްދައިފި. ރައްޔިތުންލީ ވޯޓްގެ ބޭރުފުށް ވަރަށް ސާދާ. އެކަމު އެތެރެފުށްވަނީ ފަސާދަވެފަ. ދެން ބިންހެލުން ނައިސް ނުދާނެ.

 4. ޥިގަނި

  ޯންމެކކަމެއް ސިޔާސީ ވެފަ.މިވަރަކުން ނުވާނެ މިކަމެއް