ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ހައުސިން މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ހައުސިން މިނިސްޓްރީއާ ގުޅޭ މައްސަލަތަކެއް އޭސީސީ އަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ފަރާތުން ފެނިގެންދަނީ ވަރަށް ބޮޑަށް އެއްބާރުލުން ނުދެއްވަން އުޅުއްވާތަން ކަމަށާއި އެ މިނިސްޓްރީން ކަންތައްތައް ކުރަމުންދަނީ ވަރަށް ނާތަހުޒީބު ގޮތަކަށް ކަމަށެވެ.

އެގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ވަގުތެއް ދެވޭނީ ބުދަ ދުވަހުގައި ކަމަށް އަންގާފައިވާ ކަމަށާއި މުއިއްޒު އަށް ވަގުތު ދެވެން ނެތްނަމަ އެ މިނިސްޓްރީގެ އިސް މުވައްޒަފުންނާއި ބައްދަލުކުރުމުން އެދުމުން އެކަން ވެސް ކޮށްދީފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ހޯދަން ބޭނުންވާ މައުލޫމާތު މިހާރު އެމިނިސްޓްރީގެ ސިވިލް ސާވެންޓުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ މި ވާހަކަތަކާ ގުޅިގެން ހައުސިން މިނިސްޓްރީން އަދި އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވާއިރު ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާޕާސަން ހުސައިން އަމުރު އިއްޔެ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ނަމަވެސް އެ ޓްވީޓު އަމުރު ފަހުން ޑިލީޓް ކޮށްފައިވާއިރު ޝައިނީ ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މިހިނގަމުންދާ ވެރިމަމުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ހަމަޖައްސާފައިވާ ޚިދުމަތްތައް އަދާކުރުމަކީ އެއީ ބަދަލުވާ ވެރިކަމަށް އެއްބާރުލުން ނުދެނީ ކަމުގައި ނުބެލެވޭނެއެވެ. އަދި ވެރިކަމަށް ހުވައި ނުކުރެވެވެނީސް ތިމީހުންގެ ބަހާއި އަމަލުން ދައްކާދެނީ ރައްޔިތުންނަށް ބަޚީލުވެ ޑާކޫވާތަނާއި ޚުދުމުޚުތާރުކަމެވެ.

  2. ސެ

    ހުރިހާ މަޅިއެއް، އަދި އެއްމެ ބޮޑެތި މަޅިތަށް އަރާނީވެސް މުއީޒްގެ ބޮލަށް.
    އިންތިހާބުން ބަލިވިފަހުން ފެންނަ ހުރިހާ ފޮޓޯއެއްގައި ޔާމީނަށްވުރެ ދެރަވެފައި ހުންނަ ސަބަބު އަހަރުމެންނަށް އިނގޭ.

  3. Anonymous

    މުއިއްޒު ކަލޭ މާ ފެންމަތިވެގެން ނޫޅެއްޗޭ ދެފަހަރު އެއްކަމެއް ހަމަޔަށް ކުރަންނޭނގޭ ބީތާ

  4. ސުންނާފަތި

    ސާބަހޭ މުއިއްޒު އެއްގޮތަކަށްވެސް އަޅާލާނެ ކަމެއްނެތް، އެއުޅެއީ ޕީޕީއެމްގެ ވޯޓު ޖޯރުކޮށްލައިގެން އަވަހަށް ބެޗޭތޯ. މުއިއްޒު މެންގެ ބުރަމަސައްކަތުން އުފެއްދި ދައުލަތުގެ ހަރުމުދާ ނުއަގުގަ ވިއްކާލުމަށް ކެތްމަދުވެފައިވާ ބައެއް. އެއްގޮތަކަށްވެސް ރައްޔިތުންނަށް ފައިދާހުރި ކަމެއްކުރާކަށް އުޅޭބައިގަނޑެއް ނޫން އެމްޑީޕީ މީހުންނަކީ.

  5. ަައަސްލު

    ކޮށްމެހެނަކޫ އެއްބާރުލުންދޭކަށް ނުޖެހޭ. މޮޔަފުޅުވީތޯ.

  6. މމމމ

    އިބޫގެ ސަރުކާރުން މިފަހަރު ވާނެ މިހާރު ސިޔާސީ މަގާމުތަކުގައި ތިބި އެންމެން (މިނިސްޓަރުންނާ، ސްޓޭޓް މިނިސްޓަރުންނާ އެފެންވަރުގައި ވެރިންގެ ލިސްޓުގައި ތިބިމީހުންނާ، މިނިސްޓަރުންގެ ނައިބުންނާ އެފެންވަރުގެ މީހުންނާ، ކޯޑިނޭޓަރުންނާ، އެމްބަސެޑަރުންނާ، ދެންވެސް ސިޔާސީ މަގާމުތަކުގައި ތިބި ހަމައެންމެން، އިސްތިސްނާއެއްނެތި) ވަކިކުރަން. ކޮޅުބަދަލުކުރިޔަސް ވަކި ކުރަންވާނެ. އެހެންނޫނީ މިއޮއްހާދުވަހު ޔާމީނުގެ "އިފްޔޫއާ ނޮޓްވިތު އަސް، ޔޫއާރ އެގެއިންސްޓްސް އަސް" ފަލްސަފާގެ ދަށުން ހަވާސާޔަށް ލާފައި ގިއްގަޅުވާލާފާ ތިބި އަހަރުމެންކަހަލަ މީހުންގެ ތާއީދު އިބޫއަށް ގެއްލޭނެ. އެކަންވާނީ ވަރަށް ދެރަކަމަކަށް! މިކަމުގައި ނުހައްދަވާތި!

  7. ބަންގާޅު އަނބިސޮރު

    ކަލޯމުއިއްޒޫ މިހާރު އިބޫގެ ސަރުކާރު އައުމުގެ ކުރިން ތިޔަމުއިއްޒު ވާންފެށީ. އެހެންވީމަ އަހަރެމެން ބޭނުމީ ހަމަ ސީދާ ހަވަރަށް ތިޔަ ބައިގަޑު ދޭން. އިބޫވެސްއެކަމަށް ނޫނެކޭ ނުބުނެ. އެހެންވީމާ ތިޔަ ބަލަވެރިންނަށް ހަމަ ހައްޤީ ހަވަރުގެ އަދަބު. ހަމަ ބުރިން ހަންނަގާފަ ގަންހިންގާފަ އެންމެ އުސް އިމާރާތުގެ މަތީން އެއްލާލާނީ. ތައްޔާރުވޭ އަވަހަށް

  8. ރައްޔިތުން

    އޭސީސީ ގެ އެންގުމާއި ޚިލާފަށް އަމަލުކޮށް ޖަލަށް ވަންނަން އޭނާ ބޭނުންވަނީ އެއީ އެމީހުން ބޮޑެތި މީހުންނާއި އެކު އެތަނުގައި ފޫހި ފިލުވުމަށް އެތަނުގައި އުޅުމަށް، އެމީހުންނާއި އަޅާނުލާ ބައިތިއްބާ އަންނަ ދައުރަށް ހުވާކުރުމަށްފަހު ހުރިހާ ކަމެއް ހަމަޖެހިލާނެ.