ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުނގް ލައި މާގިއޫ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވީ، މި ބައްދަލުވުމުގައި އީޔޫ އިން ރާއްޖޭގައި އިސްލާހީ މަސައްކަތްތައް ކުރިއެރުވުމަށް ކުރަމުންދާ ކަންކަމަށް އިންތިހާބީ ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ.

އަދި ރާއްޖެ އަށް އަމާޒުކޮށްގެން އީޔޫގެ އެހީތެރިކަމާ އެކު މިހާރުވެސް ހިންގާ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އީޔޫގެ ސަފީރު ވިދާޅުވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މުއައްސަސާތައް އިސްލާހު ކުރުމާއި ސަލާމަތީ ހިދުމަތުގެ ދާއިރާ އާއި ދުނިޔެ ހޫނުވުމުން ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

އީޔޫގެ ސަފީރުގެ އިތުރުން ފްރާންސް އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން މައިން ޝުހް ވެސް ވަނީ މިއަދު އިންތިހާބީ ރައީސް އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ފްރާންސް އިން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން ދުނިޔެ ހޫނުވުމުން ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ސަލާމަތީ ހިދުމަތްތަކުގެ ދާއިރާ އިން ފްރާންސް އިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީ

    މަބުނި ގޮތާއި ޙިލާފަށް އެއްވެސް ކަމެއް ކޮއްފިއްޔާ މަދިން ލާރިކޮޅު ހަމަ ވަގުތުން ދޭން ޖެހޭނެ އެހެން ނޫނީ އެޔާޕޯޓް ދީ އަވަހަށް.

  2. އަފްލާ

    ބުރާންތި މެންނޭ މިގައުމުގެ ދިވެހި ޖުމްހޫރީ ވެރިކަމެއް ކުރަންފެށިފަހުން އިންތިޚާބީ ނޫން އެއްވެސް ރައީސަކު ވެރިކަމެއް ނުކުރޭ ބުއްޅަބޭ އިސްތިއުފާ ދިނީމަ ވެރިކަން ކުރީ ވަހީދު ވަހީދަކީ އަންނިގެ ރަނިންމޭޓް ނައިބް ރައީސް ކޮންމެ ފަދަ ހާލަތެއްގަ ވެރިމީހާ އިސްތިއުފާ ދިނަސް ގާނޫނީގޮތުން ވެރިކަން ކުރާނީ ނައިބު ރއީސް ރައީސާއި ނައިބު ރައީސް އިސްތިއުފާ ދީފި ހާލަތެހގަ ނޫނީ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއްނަގައިފި ނަމަ ވެރިކަމާއި ހަވާލުވާނީ މަޖިލީހުގެ ނައިބު ރައީސް މީ މިރާއްޖޭގެ ގާނޫނު އޮތްގޮތް

  3. މުދިމް

    ޔާﷲ މިބައި މީހުން ނެތިކުރައްވާ. މިގައުމު ސަލާމަތް ކުރައްވާށި....