އިންތިހާބުވި ޕާޓީން ވަކިވުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރެއްގެ މައްސަލައިގައި މާދަމާ ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްސަލައެވެ.

އެ ހަތަރު ބޭފުޅުންގެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު ބެލެވޭ ގޮތުގައި މާދަމާ އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ. މި މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ އެކި ގަޑިތަކުގައެވެ.

މި ހަތަރު ބޭފުޅުންގެ އިތުރުން ވެސް އީސީން ވަނީ މަޖިލީހުގެ އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ. އެ ބޭފުޅުން ވެސް ވަނީ އީސީގެ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ސްޕްރީމް ކޯޓުން މީގެ ކުރިން ވަނީ ފްލޯ ކްރޮސިންގެ އުސޫލަކީ (އިންތިހާބުވާ ޕާޓީ ދޫކޮށްލާ އެހެން ޕާޓިއަކަށް ބަދަލުވާ މެންބަރުންގެ ގޮނޑި ގެއްލޭ އުސޫލަކީ) ރާއްޖޭގެ މަލްޓިޕާޓީ ނިޒާމް ހަރުދަނާކުރުމަށް މުހިންމު އުސޫލެއް ކަމަށް އެ ކޯޓުން ދެކޭ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނާ 12 މެންބަރުންގެ ގޮނޑިއާމެދު މީގެ ކުރިން ސީދާ ވަކި ގޮތެއް ކަނޑައަޅުއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ހަމަ ރަގަޅައްވެސް އެމެންބަރުންވަނީ އެދާއިރާގެ ރައްޔިތުންގެ ހައްގައް އަރާގެންފަ.

  2. ޔާމިން

    ވަރައްސާފް ގޮޑިވަނީގެއްލިފާއިންޝާﷲ ވަރައްއުފާވެރިހަބަރެއް

  3. ރައްޔިތުން

    ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ފަހުން ހަދާ ގާނޫނަކުން ބާރުފޯރުވާ ގޮތަށް ހަދާ ގާނޫނުތަކަކީ ފިތުރަތުގެ ގާނޫނާ ވެސް ޚިލާފުކަމެއް. ގާނޫނުން އެކަން އިސްލާހުކުރުމަށް ގޮވާލަން

  4. އެއްކަލަ ގޮލާ

    ހުކުމުން އިއްވާ ގޮތުން ސްޕްރީމް ކޯޓްގެ ސޯޓް ބޭލޭނެ ހެން ވަރަށް ބޮޑަށް އެބަހީވޭ!

  5. ައަހުމަދު

    އެމެމްބަރުންނަށް ގޮނޑިލިބުނީ ދާއިރާގެ މެޖޯރިޓީ ތާއީދުކޮށް ވޯޓްދިނުމުން، ދެން ހަމަ ގޮނޑިލިބުމާއެކު މައިނޯރިޓީފަޅިއަށް ބަދަލުވުން ވާނީ އެދާއިރާގެ މެޖޯރިޓީ ރައްޔިތުންނަށް ހަރާމްކޯރުވުމަށް

  6. ޓިމް

    އެ ދާއިރާއެއްގެ ރައްޔިތުން މީގެ ފަހުން އެންމެ ބޮޑަށް ވިސްނަންވީ ކަމަކީ އެ ދާއިރާއެއްގެ ރައްޔިތަކު ހޮވުމަށް.