ފުލުހުން
މާލެތެރޭގައި ފުލުހުންތަކެއް ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

މިރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލާފައި ވަނީ "ވޯންޓެޑް" ސަރަހައްދުނެވެ. މިރޭ ހިނގި މާރާމާރީ އަކީ ގްރޫޕް މާރާމާރީއެއް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޒަހަމްވެފައި ވަނީ ކޮން ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމެއް އަދި ހަމަލާ ދީފައި ވަނީ ކޮން ގްރޫޕަކުން ކަމެއް މިހާތަނަށް ކަށަވަރެއް ނުވެއެވެ.

މާރާމާރީގައި ޒަހަމްވެފައި ވަނީ 19 އަހަރުގެ ޒުވާން ފިރިހެނެކެވެ.

މިރޭ 22:15 ހާއިރު މާރާމާރީއެއް ހިނގި ކަމާއި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒުވާނަކު ޒަހަމްވެފައިވާ ކަން ފުލުހުން ކަށަވަރު ކޮށްދެއްވައެވެ. އަދި ފަރުވާ ދިނުމަށް އޭނާ އައިޖިއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މާރާމާރި އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނެއްކާ ސީޒަންފެށުނީ....

  2. ކޮބާ ތާހިރުވެއްޖެ އެއްނު.. ޝައްކުވާ އެންމެން ހައްޔަރުކުރަން ފެނޭ!!