އައްޑޫ ސިޓީގައި ރޭ ހިންގި މާރާމާރި އާއި ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ދެންމެ ވިދާޅުވީ މާރާމާރި އާއި ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރު ކޮށްފައި ވަނީ ފޭދޫ ގެއެއްގެ ތެރޭގައި ފިލައި ތިއްބާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ފޭދޫ ގެއެއްގައި ފިލައި ތިއްބާ ހައްޔަރު ކުރީ 17 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް ކަމަށެވެ.
މިމައްސަލައިގައި މިއަދު ވެސް 17 އަހަރުގެ ކުއްޖަކު ހައްޔަރު ކުރިއެވެ. އޭނާ ހައްޔަރު ކުރީ ހުޅުމީދޫ އަށް ދިޔަތަކުން ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
އައްޑޫ ސިޓީ މަރަދޫގައި ރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ދެ ޒުވާނަކަށް ހަމަލާދީފައިވެއެވެ. އެތަނުން އެއް ޒުވާނެއްގެ ހާލު ރަނގަޅު އިރު އަނެއް ޒުވާނާގެ ހާލު ސީރިއަސްއެވެ.
ރޭ 23:00 ހާއިރު ހިންގި މި މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ މަރަދޫ، ބޯޅަދަނޑިގެ، މުހައްމަދު އީވާން (22އ)އެވެ.
އޭނާގެ ބުރަކަށީގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު ކަރަށްވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް "އައްޑޫލައިވް" ގައި ބުނެފައި ވެއެވެ. އީވާންގެ ފުއްޕާމެއަށް ގެއްލުން ލިބި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރުވަނީ އިރުޝާދު ދީފައި ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.
ފަހަކަށް އައިސް އައްޑޫގައި ވަނީ ގްރޫޕް މާރާމާރީތައް އިތުރުވެފައެވެ.
ތިމީހުންނަށް ހަރުކަށި އަދަބު ދޭންވީ.! މިގައުމަކީ ވަރަށް ކުޑަކުޑަ އާބާދީއެއް އޮންނަ އިސްލާމީ ގައުމެއް. ލެޓިން އެމެރިކާ ގައުމެއް ނޫން.!
ކޮބާތަމިކުދިންގެ މައިންބަފައިން
ތީ ބޮޑު ނޮހޮރުއްޕާނެއް ކަހަލަ ބައެއް މުޅި މާލެއާއި ރިސޯޓް ތަކުގައިވެސް ތިކަން އޮތީ
ހުރިހާ ގޭންގް ތަށް ވީ ނައްތާލަން. ތަޅާ ސުއްނާފަތި ކޮއްގެންވެސް.
އައްޑޫ މީހުންނަކީ މިގައުމަށް ފާވެފައިއޮތް ބޮޑުބަލާއެއް އެމީހުން އަފީފާއެކުދާން ދޫކޮށްލިނަމަ މާރަޅުވީސް! ތިޔައީ ހުރިހާ ރިސޯޓްތައްވެސް ހިސޯރުކޮށްގެން އުޅޭބައެއް ބޮޑުބަލާއެއްތީ
ކަލޯ ޖަޒީރާ ރާއްޖޭގެ ކަންތައް ފެންނަންފެށީ