ވެރިކަން ކުރާ ޕީޕީއެމް އުފެދިގެން އައީ ވެސް ފިކުރެއްގެ މައްޗަށެވެ. އެއީ ޕީޕީއެމް އިން އަބަދާއި އަބަދު ކިޔަމުން އައި ބިނާ ކުރަނިވި ފިކުރެވެ. ޤާނޫނުގެ ތެރެއިން ކަންތައް ކުރުމުގެ ފިކުރެވެ. ކޯޓުގެ ޙުކުމަށް ބޯލެނބުމުގެ ފިކުރެވެ. ޤާނޫނާއި ހިލާފު ކޮންމެ ކަމަކާއި ދެކޮޅު ފިކުރެވެ. ކޮންމެ ކަމަކަށް ވެސް އޮންނަ އުސޫލާއި ހަމައަށް ބޯލެނބުން އެއީ ޕީޕީއެމް އިން މިހާތަނަށް ދަމަހައްޓަމުން އައި އެޕާޓީގެ ސިފައެވެ. ނުވަތަ އެޕާޓީގެ ރަސްމީ ފިކުރެވެ. ބޭނުންވާ ގޮތައް ކަންތައް ނުނިމުން ތަންތަނުގައި ހުޅުޖަހާ، ފުލުހުންނާއި ސިފައިންނަށް ގެއްލުންދީ، ޤާނޫނާއި ހިލާފު ކަންތައްތައް ކުރަން ޕީޕީއެމް އިން ހިތްވަރު ދިނުމަކީ ފެނުނު މަންޒަރެއް ނޫނެވެ.
ނަމަވެސް މިހާރު މިފެންނަނީ ޕީޕީއެމް މިދެންނެވި ފިކުރާއި ދުރަށް ޖެހި، އެފިކުރު ކަފުންކޮށް ވަޅުލާ މަންޒަރު ހެއްޔެވެ؟ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އަށް ލިބުނު ބޮޑު ނާކާމިޔާބަށް ފަހު ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ތުހުމަތުތަކެއް ކުރަމުން އެބަގެންދެއެވެ.
އެތުހުމަތުތަކުގެ ސަބަބުން އިންސާފު ހޯދަން އަޑުއުފުލަން ޖެހޭނަމަ އެކަން ޕީޕީއެމް އިން ކުރަން ވާނެއެވެ. އެއީ ރައީސް ޔާމީނަށް ވޯޓް ދެއްވި ލައްކަ އަކާއި ގާތް ކުރާ އަދަދެއްގެ ރައްޔިތުންގެ ޙައްޤުގައި ޕީޕީއެމް އިން ކުރަން ޖެހޭނެ ކަމެކެވެ.
ނަމަވެސް އޭގެ މާނަ އަކީ ޕީޕީއެމްގެ ވިސްނުމާއި، ފިކުރާއި، އުސޫލުތައް ޕީޕީއެމް އިން ދޫކޮށްލާށެކޭ ނޫނެވެ. ޕީޕީއެމް އިން ކޯޓުގެ ޙުކުމަށް ބޯލަނބާ، މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް އިޙްތިރާމްކޮށް ޤާނޫނުގައި ބުނެފައި އޮތް މަގުން ހިނގައިގެން ހޯދި ރައްޔިތުންގެ އިތުބާރު ޕީޕީއެމް އިން އަމިއްލަ އަށް ނިކުމެ ގެއްލުވާލުމަކީ ޕީޕީއެމް އިން ހަދާ ގޯހެކެވެ.
ޕީޕީއެމްގެ އޮފީހުގެ ކުރިމަތީގައި މިހާރު ކުރިއަށްދާ މުޒާހަރާ އިން ފެންނަ އެއްމަންޒަރަކީ ޤަރާރުތަކެއް ހުށަހަޅައިގެން އެޤަރާރުތައް ފާސް ކުރުމެވެ. ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމެއް، އަދި އެނިންމުންތަކުގެ ސަބަބުން އެއްވެސް އަސަރެއް ވެސް ނުކުރާނެ ކަމެއް ކޮށް ބޭކާރު މަސައްކަތްތަކެއް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
ހަނދާންނަށް އަންނަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫންގެ މ.ކިނބިގަސްދޮށުގެ ސަރުކާރަށް ނަގަން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމެވެ. އަދިވެސް ރައީސް ޔާމީން ވަރަށް ގިނަ ޖަލްސާތަކުގައި އެވާހަކަ ދައްކަވައެވެ. އެނިންމުމަށް ޖޯކް ޖައްސަވައެވެ. އެމްޑީޕީގެ ވިސްނުމާއި ފިކުރު ހުރި ގޮތް ބަޔާންކޮށްދެއްވަން ސިޓީ ކައުންސިލްގެ ނިންމުމުން މިސާލު ނަންގަވައެވެ. ނަމަވެސް މިއަދު މިވަނީ ކިހިނެއް ހެއްޔެވެ؟
އޭގެ ފަހުން އެމްޑީޕީގެ އިސް ބޭފުޅުން އިސްވެ ތިއްބަވައިގެން މަގުމަތީގައި ކޯޓެއް ހައްދަވައިގެން ރައްޔިތުންގެ ކޯޓުގެ ނަމުގައި ބައެއް ބޭފުޅުންގެ މައްޗަށް ޙުކުމް ވެސް އިއްވިއެވެ. ރައްޔިތުންގެ ކޯޓު ހަދައިގެން އެމްޑީޕީ އިން ކުރި ކަންތައްތަކަށް އޭރު އެމްޑީޕީ އާއި ދެކޮޅު ފަރާތްތަކުން ޕީޕީއެމްގެ ލީޑަރުން ވެސް ހިމެނޭ ގޮތައް ދެއްކި ވާހަކަތައް އެހުރީ ރެކޯޑް ކުރެވި އާކައިވް ކުރެވިފައެވެ.
ނަމަވެސް މިއަދު ޕީޕީއެމްގެ ވެރިންގެ ހަނދާނުގައި ކިނބިގަސްދޮށުގެ ދައުލަތައް ނަގަން ފާސްކުރި ޤަރާރާއި ރައްޔިތުންގެ ކޯޓުގެ ހަނދާން ހުރި ހެނެއް ހިޔެއް ނުވެއެވެ.
ރިޔާސީ އިންތިޚާބަށް ފަހު ޕީޕީއެމް އިން ބުނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ޕީޕީއެމްގެ އަސާސީ ޤަވައިދު ބަދަލުކޮށް، އިދިކޮޅު ޕާޓީއެއްގެ ބައްޓަމަށް ޕީޕީއެމް ފެއްތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު ޕީޕީއެމް އިން އަދާކުރަން ޖެހޭނެއެވެ. ނަމަވެސް އެދައުރު ޕީޕީއެމް އިން އަދާކުރަން ޖެހޭނީ ހުދު ޕީޕީއެމް ވެރިކަމުގައި އޮވެ ޤާނޫނުތަކުގައި އަޅުވާފައި ހުރި ތަޅުތައް ޤާނޫނާއި ހިލާފަށް ހަލާކު ކޮށްލައިގެންނެއް ނޫނެވެ. ފާއިތުވި ތަނުގައި ޕީޕީއެމް އިން ހިފެހެއްޓި އުސޫލާއި ހަމަ އެގޮތުގައި ދަމަހައްޓައިގެން ނޫން ގޮތަކަށް ޕީޕީއެމް އަށް ސިޔާސީ ގޮތުން ލިބޭނެ ކުރިއެއް އަދި ކާމިޔާބެއް ވެސް ނޯންނާނެއެވެ.
ލީޑަރުންގެ ޒިންމާ އަކީ ކޮންމެ ގޮތެއް ހަދައިގެން ވެސް ބޭނުންވާ ކަމެއް ހާސިލް ކުރުމެއް ނޫނެވެ. ލީޑަރުންގެ ޒިންމާ އަކީ ބޭނުންވާ ކަންތައްތައް ކުރުމަށް އޮންނަ މަގުން ހިނގައިގެން އެކަން ކުރުމެވެ. ޕީޕީއެމް އިން މީގެ ކުރިން ރައްޔިތުންނަށް ވިސްނައި ދިނީ ވެސް އެގޮތެވެ. މިއަދު އެގޮތް ދޫކޮށްލައިފިނަމަ ދެން ވާނެ ގޮތް ޕީޕީއެމްގެ ލީޑާޝިޕުން ނުވިސްނަނީ ހެއްޔެވެ؟
ވޯޓުން ވައްކަންކުރީމަވެސް ތިބެންވީތޯ. ނޫސްވެރިޔާވެސް ވަގުންނަށް ތާއީދުކުރިޔަސް ހަމަ ވައްކަންކޮށްފި.
ނުހެއްލޭ
މުނާފިގުވުމުގެވެސް ހައްދެއްނެތް. އަމިއްލަދުލުން މިހާރު އެދައްކާވަހަކައާއި ކަނޑައެޅިގެން ޚިލާފަށް މަސައްކަތް ކޮށް ކޯޓުތަކަށްނުފޫޒުފޯރުވައިގެން ކުށެއްނެތް އެތައްބަޔަކަށް ބޮޑެތިއަނިޔާދީފައި، ވަކިވަކި މީސްމީހުންނަށް އަމާޒުކޮށްގެން ޤާނޫނުހަދާފައި ނާޖާއިޒްގޮތުގައި ދެބާރުގެބޭނުންހިފަމުން ރައްޔިތުންނަށް ހަރާންކޯރުވަމުން އައިމީހަކު ހަމަ އެދުލުން މިހާރުއެދައްކަނީ ކޮންވާހަކައެއް.....މިހެންވީމާ ހަމަ އަންނަނީ ހިނި.. ހެދުނުހާ ގޯސް ލޯމަތީން ސިފަވަނީ....
ޕީޕީއެމްގެ ފިކުރަކީ ކޮބާކަމެއްނޭގޭ ދިވެހިރައްޔިތުންނަށް. ޢެމްޑީޕީ ފިކުރު އެބައިނގޭ އެއީ އަދުލުއިންސާފް، ހަލާލު މަސައްކަތުން އެމީހާއާއި އާއިލާއަށް އުޅެވޭނެގޮތް ހެދުން. ކޮންމެ ރައްތިތަކަށް ބޯހިޔާވަހިކަން. ޙިލޭބޭސްފަރުވާ، އުމުރުންދޮށީ މީހުންނާއި އެކަނިވެރިމައިންނާއި ނުކުޅެދުންތެރި ކަން ހުންނަމީހުންނަށް އަޅާލުން. ތިޕާޓީއަށް އިނގޭނީ ކޮޕީކުރަން އެމްޑީޕީގެ ކަންކަން. ޢެންމެ ފަހުން ވަގު ކަލޭ ގެ ވީ ފްލެޓް ދޮންބެއަށް. ބިނާކުރުވަނިވި ފިކުރު ތީ ވަންކަން، މީހުން މެރުމާއި, ޒުވާނުންނަށް ޑްރަގް ބޯންދިނުން.
ވަޓް އަ ޖޯކް. އިބޫ ޔާމީނުގެ ވައުދު ތައް ކޮޕީ ކުރާތަން ހުސް ފެނުނީ. މޑޕ އަކު އަދުލު އަންސާފެއް ނެތް. ވަކި ބަޔަކު ކަމެއް ކޮށްފިއްޔާ އެހެޔޮ މީހަކު މެރިޔަސް
އެމްޑީޕީ ސަރުކާރުން ހޯދައިދިނީ ޗައިނާގެ އެހީގައި 1000 ފްލެޓް. ދެން ހުރި ފްލެޓްތައް ހުރީ ރަނުގެ އަގުގައި މުއްސަންދިނަށް. ކޮން ބޯހިޔާ ވަހިކަމެއް. ޔާމީނުގެ 7000 ފްލެޓްގެ 70 އިންސައްތަ އެހުރީ ނިމިފައި. ދެން ކޮންމެ ބަޔަކު އަޔަސް އެބައި ނިމޭނެ. އާސަންދަ ހުހެއް ނުވޭ. ދުވަސްވީ މީހުންގެ އެލަވަންސް 2300 އިން 5000 އަށް މަތިކުރި.
ޕީޕީއެމްގެ ފިކުރަކީ ރައީސް މައުމޫންގެ ފިކުރު. ޕާޓީ ޖަހައިގަނެގެން ތިމާބޭނުންހާކަމެއް ކުރަން ޕީޕީއެމްގެ ފިކުރޭ ކިޔާ އޮޅުވާލިޔަކަސް މީހުން ބަލައެއް ނުގަންނާނެ.
މައުމޫނު ކޮންތާކުން ހޯދި ޕާޓީއެއް؟ މައުމޫނު ބޮޑުކޮއްފަ ބަހައްޓާފަ އެހެން ބަޔަކު ކުރިކަމެއް
ޝައިޠާނީ އުސޫލުތައް ދޫކޮށްލާ ތައުބާވޭ
ޥެރިކަމަށް އައީ ކޯޓު މެދުވެރިވެގެން. ޢަބަދަކު ނުވާނެ
ކުރިން ހިއެެއްނުކުރޭ މިދުވަސް އަތުވެދާނެކަމަކަށް
ތިޔަބުނާ ފިކުރު ކަފުންވާކަށް މާގިނަދުވަހެއް ނެތް !
ކިގިނެއްހޭ ވައްކަން ކުރީ ތަފްސީލްކޮށް ބުނެދީބަލަ، ބަލަ ހުރިހާކަމެއްކުރީ އެއްމެ މީހެއްގެ ދެމީހެއްގެ ކުރިމައްޗަކު ނޫނެ.ވޯޓުގުނީވެސް ހަމަކަލޭމެން.ދެންވެސް އިންތިހާބެއްބާއްވަބަލަ ކުރިން ވީ ވަރުވެސް ތި ޕީ ޕީ އަކައް ނުވާނެ.
ކޮބާ އެއްލައްކަ މީހުންގެ ވޯޓު. ވޯޓުން ވައްކަން ކުރީމާވެސް ތިބެންވީތޯ؟ މިދަނޑިވަޅު ކީއްވެ އީސީ 4 މެމްބަރުން ފިލައިގެން ލަންކާއަށް ދާންވީ. ތިބެންވީނޫންތޯ ރައްޔިތުންގެ ހައްގުގައި ޖަވާބުދާރީވާން. މޮޅެތި ޓްވީޓް ތައް ކުރާނީ ކަރަކަރާ ގައި ފިލާ ތިބެގެނެއް ނޫން. މިއުޅެނީ ކުޑަކަމެއް ކޮށްގެނެއްނޫން އިނގޭތޯ
މިހާރުން މިހާރަށް ވޯޓު ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ގޮވާލަން. ވަގުވޯޓު. ފައިސާ ވޯޓު
ޥައްކަންކުރިގޮތް މިކިޔާދެނީ، ރައީސު ޔާމީނަށް މަތީއަދަދުން ވޯޓުލިބިފައިވާ ފޮށިތައް އިއުލާކުރިއިރު މަތީއަދަދު އިބޫއަށް ކަމަށް އިދިކޮޅަށް އަދަދު ކިޔާފަ އިއުލާންކުރީ، މިފަދަ އެތަކެއް ޝަކުވާތައް ވޯޓުތައް ގުނިފަރާތްތަކުން އައިސްފަ އެބަހުރި، ކިތައްމެވަރަކަށް ކަފުންވަޅުލެވެނީއޭކިޔާފަ ފިކުރީ ހަނގުރާމަ ކުރަންއުޅުނަސް ޖަރީމާއިގެ މައްސަލަ ތަހުގީގުނުކޮށް ދޫކޮށްނުލާނެ
ބިޔަ ބޮޑު ޕާޓީ ކަކުނި ހޮރަކަށް ބަދަލުކޮށްފި، ކޮންމެ ކަކުންޏަކަށް ހޮރެއްގެ މިނުން މިން އަޅައި ކަފުންކޮށް ވަޅުލުމަށް އެކަކުނި ހޮރުން ނުކުމެ އަމިއްލަ އަށް ތިޔަ ސިފަކޮށް ގޮވައި ތިޔަ ނަގަނީ. އެހެންވެ ހަމަ އަސްލު ޕީޕީއެމް ހިނި އައިސް ހަމަ ރަތްވަނީ. މުސްތަޤުބަލް އުޖާލާ. މިކިޔަނީ ތިޔަ ކަކުނިތައް ނުކުމެ ޕީީޕީއެމް ސާފުވާތީ.
ޙައްޤެއް ނިގުޅައިގަންނަ ހިނދު އެ ޙައްޤު ހޯދަން ވަކާލާތު ކުރުމަކީ ޕީޕީއެމް ގެ ފިކުރު، ނޫސްވެރިޔާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނންގޭތީ ހިތާމަކުރަން. މި ޤައުމުގައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ޒިންމާދާރު، އިންސާފުވެރި ނޫސްވެރިކަމެއް.
ރައީސް ޔާމީންއަށްލިބުނު ވޯޓުން 26000 ވޯޓު ވަނީ ވަގަށް ނަގާފަ! އެ ވަރަށް ސާފު! އެކަމަކު ޔާމީން ނޫޅޭ ވޯޓްއަލުން ނަގާކަށް! އެކަމަކު މައްސަލަތަކެއް ފެންމަތިވީމާ އެ މައްސަލަތައް ބެލެންވޭނެ! އޭގެ މަނައަކީ އަލުން ވޯޓު ލުމެއްނޫނެވެ. މިއަދު މިމައްސަލަތައް އިދިކޮޅށް ކުރިމަތިވީނަމަ މުޅި ރާއްޖެ ހުޅުޖަހާ މާރަމަރީތައް ހިންގީސްކަން ކަށަވަރެވެ. ޕީޕީއެމް މެމްބަރުން މިކން ކުށްވެރކުރަނީ ޕާޓީ ޖަގަހައިގައި ތިބެގެން އަޑުއުފުލައިގެންނެވެ. މީހުނަށް އުދަގޫކޮށް ތެޅިއަރުވާތަނެއް ނުފެނެއެވެ. ރިޕޯޓަރުވެސް ތަންކޮޅެއް ޕޮޒިޓިވްވެބަލަށެވެ.
2014 ގައި މޑޕ ބަލިވިއިރު ވަގު އައިޑީ ކާޑަށް ކިތައް ވޯޓު އެޅި. ކޯޓުން ބާތިލްވެސް ކުރި އިންތިހާބު. މޑޕ އަކުނވ ނުދުވޭ މަގުމަތީގައެއް. ޔާމީން ހުވާ ކުރި ރަސްމިއްޔާތައްވެސް ދިޔަ ނަޝީދު.
ކުރިން، ވީވަރު ވާނެ. ތި އެމް ޑީ ޕީ އަށް ހީވާ އެޗެއް ތި. ޕީ ޕީ އެމް އިން މަޑަކުން ނޯނާނެ ވޯޓް ވަކަން ކުރީމަ. ޕީ ޕީ އެމް އަކީ މައުމޫނުގެ ތަރިކަ މުދަލެއް ނޫ. ޕީ ޕީ އެމް ގެ ހަގު ވެރި އަކީ ރައީސް ޔާމީން. ޕީ ޕީ އެމް މަގުމަޗައް ނުކުމެ އަޑު ވެސް އުފުލާނެ ވޯޓް ބާތިލް ކުރަން ދެން.
ޕީޕީއެމް ކަފުން ވެއްޖެ .އަންހެނެއްގެ އަތްމައްޗަށް ހުރިހާ ބާރެއް ދީގެން ގައުމުގާތިއްބެވި ބާރުވެރި ފަރާތްތަކާ އަދާވާތްތެރިކަން ހިންގެވުމަކީ ލިބުނު ނާކާމިޔާބު .ކޮންމެ ވޯޓަކީވެސް ހިތުންރުހުމުން ގަބޫލުކުރަންޖެހޭ ވޯޓަކަށް ނެހެދުމުގެ ނަތީޖާ މިފެނިގެންދިޔައީ ގުޅިގެން އެންމެންގެ އަޑު އައްސަވާ ލެއްވިނަމަ މިނާކާމިޔާބު ނުލިބުނީސް.
ޕީޕީއެމް ތީ ފިކުރެއްތަ؟ ނޫނީ ކިބުރެއްތަ؟ ވޯޓް ދެއްވާ...
ވޯޓް އޮޅުވާލިއޭ ބުންޔަސް ނުވާނެ، އޮޅުވާލި ގޮތެއްވެސް ރައްޔިތުންނަށް ބުނެދެވެން ޖެހޭނެ، ތިފާޑައް ކަންތައްކުރުމުން އިތުރައް ތާޢީދު ގެއްލޭނީ. އީ.ސީ އިން ވޯޓު އޮޅުވާލި ގޮތެއް ކިޔާ ދޭންވެއްޖެ އެއްނު، ކޮންމެ ރެޔަކު މުޒާހަރާ އޭ ކިޔައިގެން ދޮރުގެ ދެކަނި ދޭތެރޭ ތިބެ ފެލުނަސް ނުވާނެ
ޕީޕީއެމްފިކުރަކީކޯޓުތަކުގެފުރާޅުންޓިނުނަށްޓާފަޑިއާރުންވަގަށްނެގުން
އާދެ' އެއީ ވައްކަން ކުރުމުގެ އުސޫލްތައް!