އެމެރިކާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ފޯ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލައިސް ވެލްސް މިހަފްތާގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވޮޝިންޓަނުން މައުލޫމާތު ދެއްވާ ގޮތުގައި ވެލްސްގެ ދަތުރުފުޅުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ އަށް ވެސް ވަޑައިގަންނަވާނެއެވެ. އެކަމަނާ ރާއްޖެ އާއި ލަންކާ ދަތުރުފުޅު ކުރައްވާނީ މިމަހުގެ 09 އިން 11 އަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ވެލްސްގެ ދަތުރުފުޅުގައި ރާއްޖެ އާއި ލަންކާ އާއި ދެމެދު އެމެރިކާ އިން ގުޅުން ބަދަހި ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި އިންޑޯ ޕެސިފިކް ސަރަހައްދުގައި ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން ވެސް ދެގައުމުގެ އިސް މަސްއޫލުވެރިންނާއި ވެލްސް މަޝްވަރާ ކުރައްވާނެއެވެ.

ވެލްސް ރާއްޖެ ވަޑައިގަންނަވާއިރު އެމެރިކާ އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ހުސްވެފައި އޮންނަތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެންމެ ފަހުން އެމެރިކާގެ ސަފީރުގެ މަގާމުގައި ހުރި ކެޝަބް މިހާރު މަގާމުން ދުރުކޮށްފައި ވާއިރު ދެން ރާއްޖެ އާއި ލަންކާގެ ސަފީރު ކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ އެލައިނާ ބީ.ޓެޕްލިޒް ކިޔާ ބޭކަނބަލެކެވެ.

އެލައިނާ އެންމެ ފަހުން ހުންނެވީ އެމެރިކާ އިން ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބޭސްގިޓާ

  ދުނބުރިއެއް އަނބަކަށްނުވާނެ ބުޅާކޮޅެއް ހޯދަންވާނެ

 2. އަލީ

  ތިޔައީ މިރާއްޖެއަށް އެއްވެސް ހެވެއް އެދިގެން އަންނަބައެއްނޫން! ރަގަޅީވެސް ބުދު ދީނުގެ އެންމެން އިބޫއާ ބައްދަލުކުރަން އައްޔާ!

 3. ާAhmed

  ފަލަސްތީނުން އިޒްރޭލު މީހުން ބާލަންބުނޭ. ޔަހޫދީންނާއި ކްރިސްޓިއަނުން އެއީ މުސްލިމުންގެ ޢަދުއްވުން. ސަނާ ނުކިޔާތި. ޢިބޫ ސަމާލުވޭ. ޢެއުޅެނީ އައްނިއައް ރައީސްކަން ބަދަލު ކުރަން.

 4. ރާބޮ

  ކޮންފަދަ ބަލާވެރިކަމެބާ މިއުޅެނީޖެހެން އަނެކާ

 5. ާAhmed

  ޔަހޫދީންނާ ގުޅުން ބާައްވާކަށް ބޭނުމެޢް ނުވޭ.

 6. އަލީ

  މިރާއްޖެ މުޑުދާރުކުރަޔަސް އެންމެރަގަޅު/ އަމިއްލަގައު އިސްލާޙު ކޮށްބަލަ