ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ވައްޑެގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ވައްޑެ މިދިޔަ އަހަރުގެ 28 މާޗްގައި ޕީޕީއެމް އިން ވައްޑެ ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ ވައްޑެއަށް ކަމަށެވެ. ޕީޕީއެމް އަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީ އިން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ޙުކުގައި ވިދާޅުވީ ވައްޑެ ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައި ނުވާތީ އުނިކޮށްދިނުން އެދި 10 ޖުލައި 2017 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން އެދިފައިވާ ކަމަށެވެ. އަދި 11 ޖުލައި 2017 ވަނަ ދުވަހު މެންބަރު ކަމުން ވަކިކޮށްދިނުމަށް އެދި ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ޕާޓީ އިން ވަކިކޮށްދީފައި ނުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވާ ކަންކަން ނުކުރެއްވުން ކަމަށް ޙުކުގައި ވެއެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ޕާޓީއިން ވަކިވާން އެދިއްޖެނަމަ އެކަން ކޮށްދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށާއި، އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ ވައްޑެގެ ހައްގަށް އުނިކަން އަންނަންޖެހޭނެ ކަމެއް ނޫން ކަމަަށް ވެސް ހުކުމްގަައި ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017ގެ ތާރީޚަށް ފަހު ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. ނަމަވެސް، ވައްޑެ އާއި އޭނާގެ ވަކީލުން ތަކުރާރުކޮށް ކޯޓުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން، ޕީޕީއެމުން ވައްޑެ ވަކިކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ރައްޔިތުން

  ކޮބާ ހީވޭ އަތަން ގޮވަނީ މިއީ ވާންވީ ގޮތަކީ

 2. ކާފަދ

  އިންތިޚާބުގެ ވަގުތީ ނަތީޖާއާއެކު އެނގިއްޖެ ތިހެންކަން ވާނީ. ސުޕުރީމޭމެންވެސް ސަލާމަތް ހޯދާނެދޯ

 3. ޥގ

  ކޮބާ ކޮބާ ޕިންކީން ހަޖަމެއްނުވާނެ

 4. މުހައްމަދު

  ކަން ހިނގާ ދިޔަގޮތަށް ބަލާއިރު ރަގަޅު ނިންމުމެއް. ކޮންމެ ނިންމުމެއް ހައްޤަށް ނަސްރު ލިބޭގޮތަށް ނިންމުން އިސްކުރައްވާ.

 5. އަބުދުﷲ ސަޢީދު

  އަލްހަމްދުﷲ މަރުޙަބާ ވައްޑެ

 6. ސަލީމަ

  ރަގަޅު! ކޯޓުތައް ބަރާބަރު މިހާރު! އަލުންވެސް ގޯސްވާނީ ނުރުހޭގޮތަކަށް ޙުކުމެއް އައީމަ! އަދުގެ ޙާލަތު!

 7. ވަގުތު

  ޤާނޫނާ ޚިލާފަށް 12 މެންބަރުންގެ ގޮޑިއާއިމެދު ގޮތެއް ނުނިންމައި މިހާދުވަހުހިފެހެއްޓީ ސްޕްރީމްކޯޓުން އަދި 12 ގޮނޑިގެ މައްސަލައިގައި ރަމަންރަމަންފޯލި ކުޅޭ އުސޫލުން ހުކުމްތައްކޮށް އަމުރުތަށް ނެރެހެދީ ތިޔަ ސްޕްރީމްކޯޓުން އެހެންކަމަށްވުމުން 12 ގޮޑީގެ މައްސަލައިގައި ހިންގާފައިވާ ޖަރީމާ ހިންގާފައިވަނީ ކޮންބައެއްކަން އެބައެނގޭ އެހެންކަމުން މިކަމުގަ ޒިންމާވަނީ ޢަބުދުﷲ ޔާމީން ކަމުގައިވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަމުގައިވިޔަސް ސްޕްރީމްކޯޓުކަމުގައިވިޔަސް އިލެކްޝަން ކޮމިޝަން ކަމުގައިވިޔަސް ސިފައިންނާ ފުލުހުން ކަމުގައިވިޔަސް މިޖަރީމާހިންގުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް ޤާނޫނީގޮތުން އެހައްޤ އަދަބުދެވެންޖެހޭނެކަމުގައި ދެކެމެވެ. ގޮނޑިތައް ބަނދެގެން މަޖިލީހުންވަނީ އެތަށްޖަރީމާއެއް ހިންގާފައި މިހުރިހާކަމަެއްގެ ޒިންމާވެސް އުފުލަންޖެހޭނެ

 8. ޙަބޭޝް

  ދާއިރާގެ ރުހުން ވައްޑޭއަކަށް ނެތް މެމްބަރުންގެ ހައްގަށްޓަކައި ވައްޑޭ އިސްތިއުފާ ދޭންޖެހޭ

  • Anonymous

   ޔާމީނު އިސްތިއުފާ ދިނީމަ ތިކަން ވާނީ

 9. މީޒްލީ

  ވައްޑަގެ މައްސަލަ ރަގަޅު ، އެކަމަކު ރިޝްވަތުގެ ފައިސާ ނަގާފައިވާ މިންބަރުން ހަމަ ވަކިވާންޖެހޭނީ

 10. އިބްރާހިމް

  ސްޕްރީމް ކޯޓްގެ ހުކުމުން މިހާރުގެ އިންތިޚާބީ ރައީސް ވަކިކުރެވޭނެކަން ޔަކީން ވެއްޖެ، އިބޫ އަކީ ކިޔާނާތްތެރި ވުމުގެ ސަބަބުން ހުކުމެއް ތަންފީޒް ޖޮއްފަިވާ ފަރާތެއް،

 11. ފާތުން

  މިއީ ވަރަށް ދެރަކަމެއް.... މިފެންނަނީ ރަޢީސްގެ ނުފުޒު އޮތްވަރު..... އަދުލުވެރި ފަޑިޔާރުގެއެއް ބޭނުން

 12. އިސްމާލް

  އަނެއްކާ މާދަމާ ތި ހުކުމް ހަމަ ތި ފަނޑިޔާރުގެ އިން ރިވިޔު ނުކުރައްވާނެބާ! ކޮންމެގޮތެއްނަމަވެސް ތި ސަރުއީނިޒާމް ގެ އިތުބާރު މިހާރުވަނީ ބޮޑުތަނުން ގެއްލިފައި!

 13. ބުއްޅަބޭ

  މައްސަލޢސއްނެތްތާ! ޕީޕީއެމުން އަލުން ވަލިމުރީމަ ނިމުނީ!

 14. ވަރުވާ

  އަލްޙަމްދުލިﷲ. މަރުޙަބާ! ވައްޑެ

 15. ދާއިރާ

  ވައްޑޭއަކަށް ތާއީދެއް ނެތޯ.....