އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުޅުމާލެ އިން ގޯތި ވިއްކުން ހުއްޓާލަން އަންގާފައި ވަނިކޮށް، ހައުސިން މިނިސްޓްރީ އަށް ފޯމު ހުށަހަޅައިގެން އެ ގޯތި ހޯދަން އުޅުމަކީ ވެސް ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ބައިވެރިވުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އަމަލެއް ބަލަމުންދާތީ، ހުއްޓާލަން އަންގާފައި ވަނިކޮށް، އެނގިހުރެ އެކަމުގައި ބައިވެރިވުމަކީ ކުށުގެ ބައިވެރީން ކަމުގައި ބެލުމުގެ ޖާގަ އެބައޮތް" ކަމަށެވެ.

އިއްޔެ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓާލަން އަންގާފައިވަނިކޮށްވެސް، އެކަމަށް އެދި ފޯމްތައް ދަނީ ދޫކުރަމުނެވެ.

އޭސީސީން އިން ވަނީ، އެކަން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެދި ހައުސިން މިނިސްޓްރީއަށް އިއްޔެ ސިޓީއެއް ފޮނުވާފައެވެ. އޭސީސީން ހައުސިންގ މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ގޯތި ދޫކުރުން މަޑުޖައްސާލަން ބޭނުންވަނީ، އެކަން އެ ކޮމިޝަނަށް ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު، ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތައް ހުރުމާއި، ކޮރަޕްޝަނަށް މަގުފަހި ކުރެވޭ ކަންތައްތަކެއް ހުރިކަމަށް ދެކޭތީ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާ ކަން އިއުލާން ކުރީ އިއްޔެ އެވެ. ގޯއްޗެއް ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.

ގޯތި ދޫކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ހަފުތާގައި، އެންމެންނަށް ހުޅުވާލައިގެން ބާއްވާ ގުރުލުމަކުން ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނާއި

    ޢަލީ ޙުސައިން ދެން މީހާގެ އިސްކޮޅަށްވުރެ މޮޅު މީހަކަށްވެގެން ތި އުޅެނީ. ގޯތި ހޯދަން ފޯމު ހުށަހެޅުމަކީ ކޮރަޕްޝަނަށްވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. މާދަމާވެސް އިބޫ ސަރުކާރުން ގޯތި ދޫކުރަން ހުޅުވާލާއިރަށް ކަލޭ ފޯމު ހުށަހަޅާ އެކަކަށްވާނެ މިއަދު ތި ގޯސްވެގެން އުޅެނީ ކަލޭ ހިތުގައިއޮތް ޒާތީ ކަމެއްގެ ސަބަބުން އެހެން އެއްވެސް ކަމެއްގެ ސަބަބުންނެއް ނޫން. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެން އަންނަ ބައެއްނޫން ތީ. ވެރިކަމުގެ ހުވާކުރާތާ 2 އަހަރެއްގެ ފަހުން ތި ބޭފުޅުން ތި ދެއްކި ވާހަކަތައް ހުރި ގޮތް ރައްޔިތުންނަށް ފެންނާނެ.

  2. އަލީ

    އަލީ ހުސޭންބުނެބަލަ ދައުވާ ރައްދުވާ ފަރާތެއްގެ އަތުން ހިތުހުރިވަރަކަށް ފައިސާނަގައި ދައުވާގެ ދެވަނަ ފަރާތުގެ އަތުން ސިއްރިޔާތުގައި ފައިސާ ނެގުމަކީ ކޮންކަހަލަ ކަމެއްތޯ؟ ގޯތިދޫކުރުން ހުއްޓުވަން އެންޓި- ކޮރަޕުޝަނުން އުޅުނީ އެއްވެސް ކޮރަޕުޝަނެއް އޮވެގެނެއްނޫން! ތިޔަ ލުތުފީއަކީ ނަހަމަ ގޮތުގައި ފުލެޓް ހޯދި މީހާއެއް ނޫންތަ!

  3. އަލީ

    އަލީހުސޭނަކީވެސް ކޮރަޕްޝަނުން ފުރިގެންވާމީހެއްކަމަށޤ ޝައްކު ކުރުމުގެ ފުރުސަތު މިހާރު އެބަ އޮތް އެއީ ކަލޭގެތި ވަކީޅުކަމުގެ ސަނަދާމެދު މިހާރު ޝައްކު އުފެދުއްޖެ

  4. ސައިންޓިސްޓް

    ކުއް ނުކޮށް ކާކަށް ތޯ ކާމިޔާބު ވެވެނީ؟

    ތޯމަސް އެޑިސަން ވެސް ބޮކި އުފެއްދީ 99 ފަހަރު ކުށް ކޮށްގެނެއް ނޫންތޯ. 100 ވަނަ ބޮކީގަ ކުށެއްނެތް ކަމަށް ވުމުން ކާމިޔާބު ވީ.

  5. ޙަބޭސް

    މިނިވަންކަމާއެކު ބަސް ބުނުމުގެ ފުރުސަތު ޢަލީ ހުސެއިނަށް ދީފަ ބެހެއްޓުމަކީ ކަރެޕްސަށް މަގުފަހިވާކަމެއް ޢަލީ ހެސެއިން ބަންދުކުރުމަށް ގޮވާލަން

  6. ސޯލިބޭ

    ކަލޭ އަނގަ ފުޅާ ކުރުމަކީވެސް ކޮރަޕްޝަން.

  7. އައްޔަ

    ކަލޭ ކޮރަޕްޝަން ނުކާ ހުރިނަމަ ރަނގަޅު ތިވާހަކަ ދައްކަން

  8. ޢަފްލާ

    ކަލޭ ކިތަންމެ މޮޔަގޮވިޔަސް ދެން މިދާއިރާ ަކުން ވޯޓެއް ނުލިބޭނެ

  9. ނަސީން

    ބަލަ ބީތާއާ . އޭސީސީ އަކީ ހުކުމް ކުރާ ތަނެއް ނޫނޭ. އެއްވެސް ޤާނޫނަކުން ނޯންނާނެ ރައްޔިތުންނަށް ގޯތި ދިނުން މަނާ ކޮށްފައެއް. އެންމެންގެ މެދުގައި ގުރު ލުމުން އެއަށް ވުރެ އިންސާފީ ކަލޭމެންނަށް ބޭނުން ވަރަކަށް ގޯތި ވިއްކުންތަ؟

  10. މަރާ

    އަލީ ހުސައިން ތޯ މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކީ ؟ މާއަވަހަށް ގޮނޑި ނުލިބިގެން ތެޅޭ ބައެއް. ހީ ވަނީ ހާކުކުޅަކަށް ގާ ބިހެއްއެޅިގެން އުޅޭނީ ހެން.ގުއި ނުދެކޭ ކާޅަށް ގުއި ފެނިގެން އުޅެނީހެން.

  11. އަލްޖަޒީރާ

    ޙެހެ ކަލޯމެންނާއެއްވަރުގެ ކޮރަޕްޓް ޖަރީމާތައްހިންގާ މީހުނެއްނޫން މިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ. މިހާރުތިކިޔެނީ އެހެން. ﷲ އިރާދަފުޅާރަހުމަތްފުޅުން އެއްވެސްފަދައެއް ނެތަސް އަމިއްލަ ހާލާގެން މިރައްޔިތުންތެޅޭނަން. މިރާއްޖޭގަ ބޯހިޔާކޮށްލެވޭނެފަދަ ނެތިފަ ތިބިނިކަމެތި ރައްޔިތުންގެ ބޮލުގާ ތިޔަކަހަލަ އިލްޒާމުތިއަޅުވަނީ ލަދުހަޔާތްނެތީމަ. ކީތްވެތަނުބުނީ ކަލޯމެންފިޔަވާދެންތިބީން ދިރިއުޅުމަކީވެސް ކޮރަޕްޝަނޭ؟

  12. މާހިރު

    އަލީ ހުސައިން އްަކީ ޤާނޫނީ ގޮތުން ފެއިލްވެފަ ހުރިމީހެއް. ތިމާހިތްއެދޭ ޕާޓީގެ މީހުންނަށް ޤާނޫނު ވަކި ގޮތަކަށް މާނަ ކޮފައި ތިމާނުރުހޭ ބަޔަކަށް ވެއްޖެއްޔާ ޤާނޫނު ވަކި ގޮތަކަށް މާނަ ކުރާމީހެއް. ތީތޯ ރައްޔިތުންނަށް ތިހޯދައި ދޭން އުޅޭ އިންސާފަކީ؟

  13. ފަޤީރު ކަލޯ!

    ޢަލީ ހުސޭނު މޮޔަވީތަ! ކަލޭ ތިބުނަނީ ތެދެއްކަމުގައިވާނަމަ، މުޅިރާއްޖޭގައި ހުޅުޖެހި ޕާޓީ އާއި ގުޅޭ ކޮންމެ މީހަކީ އެ ހުޅުޖެހުމުގައި ބައިވެރިވީ މީހުންނަށްވާނީ! އެހެންވީމާ އެމްޑީޕީ ހިންގި ހުރިހައި ޖަރީމާއެއްގެ ބައިވެރިން ތިޔައީ

  14. ފިކުރު

    ވާކީލްކަމުގެ ހުއްދަ ދޫކޮށްފައިވާ މީހުންނަކީ
    ގައުމު ފަސާކުރުމާއި އަމިއްލަމަންފާ ހޯދުމަށް
    ފޫގަޅައިގެން އުޅެންޖެހޭ ބައެއްނޫނެވެ

  15. ބޭބެ

    އެހެނެއް ނުވާނެ އަލީ ހުސައިނާ!! ގޯތި ހޯދަން ފޯމް ހުށަހެޅުމަކީ އެމީހެއްގެ އަމިއްލަކަމެއް!! ފޯމް ދޫކުރީމަ ހުށަހަޅާނެތާ!! ދޫކުރުމާ ނުކުރުން އެއީ މުޅިން އެހެންކަމެއް!!

  16. ޢަލީ

    މިކަހަލަ ރޯނުއެދުރު ޤާނޫނީ ވަކީލުންގެ ބަލާ މިރާއްޖެއަށް ޖެހިގެން މިއުޅެނީ. މީހަކު ހައިރާނެއް ނުވާނެތަ؟

  17. ޢަބްދުﷲ

    ރައީސުލްޖުމުހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ޤާނޫނު ލިބިދޭ އެއްވެސް ޙައްޤެއް، ބާރެއް، އިޚްތިޔާރެއް، އެމަޤާމުގެ މުއްދަތު ހަމަވުމުގެ ކުރިން ނިގުޅައި ގަނެވޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް ނޯންނާނެއެވެ.

  18. ހުސެންއަލީ

    އެމްޑީޕީން ގޯތިތައް ބަހާލިއިރު އަލީ ހުސޭނު ތިހެން ބުނި ނަމަ، ނުވަތަ އެވާހަކަ މިފަހަރު ބުނިނަމަ އިހްލާސްތެރިއެއްކަމަށް ބެލިދާނެ. އަބަދުވެސް ތިފެންނަނީ އެއްކޮޅު. ތިކޮރަޕްޝަން މިފަހަރު ބައިވެރިވާން އެބަޖެހޭ. އެއީ ބޮޑު އަގުގައި ދޭންޖެހޭ ތަނެއް ނޫން. އިސްކަމަކަށް ވާންވީ ގެދޮރުވެރިކުރުން.

  19. މަމެން

    އަލީ ހުސޭނަށް ހައިއްކަ ގޯތި ދީބަލަ ފުރަތަމަ، އެއިރުން މި ގައުމުގަ އެއްވެސް ކަމެއް ނުވާނެ ކޮރަޕްޝަނަކަށް.