ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ފޯމު ދޫކުރުމާއި ބަލައިގަތުން މިއަދު މެދުކަނޑާލައިފި އެވެ.

ހައުސިން މިނިސްޓްރީން ފޯމު ބަލައިގަތުން މިއަދު މެދުކަނޑާލިއިރު އެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ތަހުގީގުކުރާތީ އެކަން ކުރިއަށް ނުގެންދަން އޭސީސީ އިން އިއްޔެ ވަނީ އަންގާފައެވެ.

ފޯމު ބަލައިގަތުން މިއަދު ހުއްޓާލިއިރު، ގިނަ އަދަދެއްގެ ބަޔަކު ހައުސިން މިނިސްޓްރީގައި ކިޔޫ ހަދައިގެން ތިއްބެވެ.

އޭސީސީން އިން ވަނީ، ހުޅުމަލެ އިން ގޯތި ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެދި ހައުސިން މިނިސްޓްރީއަށް އިއްޔެ ސިޓީއެއް ފޮނުވާފައެވެ. އޭސީސީން ހައުސިންގ މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ގޯތި ދޫކުރުން މަޑުޖައްސާލަން ބޭނުންވަނީ، އެކަން އެ ކޮމިޝަނަށް ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު، ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތައް ހުރުމާއި، ކޮރަޕްޝަނަށް މަގުފަހި ކުރެވޭ ކަންތައްތަކެއް ހުރިކަމަށް ދެކޭތީ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާ ކަން އިއުލާން ކުރީ އިއްޔެ އެވެ. ގޯއްޗެއް ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.

ގޯތި ދޫކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ހަފުތާގައި، އެންމެންނަށް ހުޅުވާލައިގެން ބާއްވާ ގުރުލުމަކުން ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަލީ

    އޭސީސީގެ ރައީސް މަގާމުން ވަކިކުރަންޖެހޭ ނަހަމަ ގޮތުގައި ފުލެޓްހޯދި/ނަޒާހަތްތެރި ކަމެއްގެ ކުޑަމިންވަރެއްވެސް ހުރިއްޔާ އިސްތިޢުފާދީ! ތިޔަކަހަލަ ޒިންމާދާރު މުއައްސަސާއެއްގެ ވެރިއަކާ ގުޅިގެން ޚިޔާނާތުގެ ތުހުމަތެއް ކުރެވިއްޖިއްޔާ އެންމެ ރަގަޅުގޮތަކީ އަވަހަށް އިސްތިއުފާ ދިނުން

  2. ފާތުން

    ކިހާ ދެރަކަމެއް... މި މުއިޒްއަށްވެސް އެގޭނެދޯ ހުއްޓުވަން އަންގާފިކަން..... ދެން ގޮތްދޫނުތީމަގެއްލުން އަހަރެމްނަށް...

  3. ނަސީމް

    ކިހާ ބޮޑު ބަލާއެއްމީ. ތި ކޮމިޝަނުގެ މެމްބަރުން މިލިޔަނުން ތަންތަން ގަތަސް އަހަރެމެންނަކަށް ނުގަނެވޭނެ.

  4. ރައްޔިތުން

    މުއިއްޒުގެ ބައްޕާފުޅުގެ ތަރުބިއްޔަތު ދޫކޮށް ކިހެނެއް ހެދިގެން ތިއުޅެނީ ނިކަން ވިސްނާލަން ވަގުތު ކޮޅެއްނަގަން ފެނޭ

  5. ބުއްޅަބޭ

    ހައުސިންމިނިސްޓްރީގެ މެންޑޭޓުގައިވާކަމެއް ހުއްޓުވޭނެތަ؟ އަގުހެޔޮކޮށް ބިންވިސްކުމަކީ މަނާކަމެއްތަ؟

  6. ދަވޭ

    އޭސީސީ އަށް ނޯންނާނެ އެއްވެސް ހައްގެއް ރާއްޖޭގެ ބިމުގެ އަގު ވެލިއު ކުރުމުގައި ރާއްޖޭގެ ބިމުގެ ތެރެއިން ހުޅުމާލެ 2 ހިއްކާފައިވަނީ ނިކަމެތި ރައްޔިތުންނަށް ގޯތި ގެދޮރު ދިނުމަށް ޓަކައި. ކަން މިހެން ހުރުމުން ހުޅުމާލެ 2 އިން މާލެ ސަރަހައްދުން ގޯއްޗަށް އެދޭ މީހުންނަށް ހިލޭ ބިން ދިން ނަމަވެސް އޭގައި ޖެއްސޭނެ މައްސަލަަ އެއް ނޯންނާނެއެވެ. އެއީ ޔަގީންވެ ކަށަވަރު ކަމެކެވެ. އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ. އޭސީސީ އެއީ ސިޔާސީ ހަރުގެއެއް ނޫނެވެ.

  7. ގޮނާސަކް

    މިހެން މިކަން މިވަނީ ސަރުކާރުން ކަންކަން ކުރާ ގޮތުންނެވެ. ރާއްޖޭގެ ކެބިނެޓް ބައްދަލުވުމެއް ބާއްވާ ކެބިނެޓް އިން ނިންމަންވީ މިހާރު މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ހުޅުމާލެ 2 އިން ގޯތި ކުއްޔަށް ދޫކުރަން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މީހަކަށް 1000 އަކަފޫޓްގެ ގޯތި މަމެންނަށް ޔަގީން މިކަން ކުރެވޭނެ ކަން މިސަރުކާރަށް އަދި ވަޒީރުންގެ މަޖްލީހުން ނިންމާ ނިންމުމެއް ބައިޕާސް ނުކުރެވޭނެ ކަން އޭސީސީ އަށް މިކަން ވަޒީރުންގެ މަޖްލީހުން މަމެންގެ ވެރިކަމުގައި ނުކުރަންވީ ސަބަބެއް މަމެންނަށް ނޭގެއޭ އެއީ އޭ ރަންމަން ފޯލި ކުޅޭ ގޮތަށް މާލެ ސަރަހައްދުން ބޯހިޔާ ވައްސެއް ދިނުމަށް ޓަކައި މިސަރުކާރު ފެށުނީއްސުރެން މިކަން ކަން ކުރެވޭގޮތަކީ. ކޮން ފޯރމެއް ތޭ ފޯރމްސް ތައް ލާފައި ހުރީ އެ ފޯރމްސް ތައް ލާފައި ހުރި ހުރިހާ އެންމެންނަށް ހުޅުމާލެ 2 އިން ގޯތި ދިނުމުން ސިޔާސީ ގޮތުން ވެސް ޕީޕީއެމް އަށް ކުރިއެރުމެއް ލިބޭނީ އެންމެ 400 ގޯތި ދޫކޮށްގެން އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ.

  8. ސިޒާ

    ތިކަންވެސް ހުއްޓުވާނެ. ޖަޒީރާ ރާއްޖެ އިން، ޖަޒީރާ ހުޅުމާލެ އިން، ޖަޒީރާ ޓާޓާ އަށް ދޭން އޮތް ބިންތައް އެއީ. ވާވާ

  9. ދަވޭއޭ

    ހައުސިންގް މިނިސްޓްރީ އަށް ހުޅުމާލެ 2 އިން ގޯތި ވިއްކޭނެއެވެ. އެމްޑީޕީ ވެސް ދިވެހިރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނަމަ ހައުސިންގް އިން ވިއްކާ 400 ގޯތީގެ ތެރެއަށް ބޭނިގަނެގެން އެގޯތި ތައް ވިއްކުން ހުއްޓާނުލާނެ އޭގެ ބަދަލުގައި އަދި ވެސް ގިނައިން ހުޅުމާލޭން ގޯތި އަގުހެޔޮ ކޮށް ވިއްކޭތޯ އުޅޭނީ ސަބަބަކީ އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ހުޅުމާލޭން ހިލޭ ގޯތި ދޭން ޖެހޭނެ ކަމަށް މުޒާހަރާ ކުރީ އެމްޑީޕީން މިއަދު ސަރުކާރުން ނިކަމެތިންނަށް ގޯތި ދޭން އުޅުމުން އެކަން އެމްޑީޕީން ހުއްޓުވުމުން މިއިން އެގިގެން ދަނީ އެމްޑީޕީ އަކީ އިބޫ އެބުނާ ގޮތަށް ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ވެރިކަން ކޮށްދޭނެ މީހެއް ނޫން ކަމަށް މަމެން މީ އިބޫ ނަމަ ކޮއްޅަށް ތެދުވެ ބުނާނަން އެމްޑީޕީން މަރުހަބާ ކިޔަމޭ ހުޅުމާލޭ 2 އިން 400 ގޯތި ސަރުކާރުން ވިއްކަން ފެށުމުން އެމްޑީޕީގެ ވެރިކަމެއް ގައި އެމްޑީޕީން ދޭނީ 1000 އަކަފޫޓްގެ ގޯއްޗެެއް މަހަކު 1000 ރުފިޔާގެ ކުއްޔެއް ސަރުކާރަށް ދައްކާ ގޮތަށް ކަަމަށް އެއިރުން ކްރެޑިޓް ލިބޭނ ހަގީގަތުގައި އެމްޑީޕީ އަށް މިރާއްޖޭގެ ރާއްޖެތެރޭ މީހުންގެ ކަލްޗަރ އަކީ އެއީ ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން އެކަކަށް ކުރިއެރުމެއް އަނެކަކު ހޯދާ ދޭން ބޭނުން ނުވާތީވެ ބާރާއި ނުފޫޒުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރުން އެކަން އެކުރަނީ އެމްޑީޕީން މިފަހަރު އެމެން ޓޫލް އަކަށް ބޭނުން ކުރަނީ އޭސީސީ މާދަމާ ވެރިކަމަށް އައިސް ބޭނުން ކުރާނީ ކޯޓް ތައް އެމެންގެ ހަސަދަވެރިކަން ރައްޔިތުންގެ ތެރޭން 96 ހާސް މީހުން ގެ ދިރިއުޅުން ދުއްވާލުމަށް ޓަކައި.

  10. ޢަބްދުﷲ

    މައުމޫނުގެ ޤަރާރަކުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގެ ސަރަޙައްދު އެއްކޮށް އެޗް.ޑީ.ސީ. އަށް ދޫކޮށްފައިވާއިރު، ޔާމީނުގެ ޤަރާރަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގެ ސަރަޙައްދު އެއްކޮށް އެޗް.ޑީ.ސީ. އަށް
    ދޫކޮށްފައިވޭތޯ ސުވާލުއުފެދެއެވެ. އެހެނީ، އެޗް.ޑީ.ސީ. އަކީ، ލިމިޓެޑް ލަޔަބަލިޓީ ކުންފުންޏެކެވެ. އެކަމަކު އެޗް.ޑީ.ސީ. އަކީ، ޤާނޫނުގައިވާ ގޮތުގެމަތިން ގެޒެޓްދެވިފައިވާ
    ދައުލަތުގެ އިދާރާއެއްނޫނެވެ.

  11. ޢިބުރަތް

    އަލީ މިހާރު މާލަސްވެއްޖެއްނު އިސްތިޢުފާ އަށްގޮވަން... ފުލެޓުގައި ހިފި މީހުނާ ދިންމީހުން ވެސް ހަމަހަމަ ކަމަށް މަމެން ދެކެނީ

  12. އޯލާއޯލާ

    އަމީތުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކުރި ނަމަވެސް މަމެން ޕިންކީން ތިޔާ ހުކުމް ބަލައެއް ނުގަންނާނަމޭ ސަބަބަކީ 2017 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރެފައިވާ ގަޒިއްޔާ ނަމްބަރު 19،20،21 އަދި 22 ގައި ވަނީ އެމެންގެ ގޮނޑި ވަނީ ގެއްލިފައި ކަމަށް އެގަޒިއްޔާ ބާތިލް ނުކޮށް ސްޕްރީމް ކޯޓަށް ގޮނޑި ގެއްލިފައިވާ 12 މީހުންނަށް ގޮނޑި އަނބުރާ ނުދެވޭނެއޭ މީސީދާ ދައުލަތަށް ޚިޔާނާތް ތެރިވުމޭ އޫއޫއޫ ކެއަރިންގް މީ ލައިކް ޔުއަރ އޯން ކަންޓްރީ ވިލްޔޫ ބީ ދެއަރ އޯލާ...

  13. އައިއޭމް

    ހައުސިން މިނިސްޓްރީއަކަށް ހުޅުމާލެ އިން ގޯތި ނުވިއްކޭނެ ކަމަށް މިއަދު ބުނާ މީހުން އެބުނާ ބުނުން މާދަމާ ޓްވިސްޓް ކޮށްގެން އެކަން ހައުސިންގް މިނިސްޓްރީ އަށް ކުރެވޭނެ ކަމަށް ބުނާނެއޭ މިރާއްޖޭގެ ދަ ކަންޓްރީ ސައިޑުން އައިސްފައި ތިބި ގިނަ މީހުން މާލެ ސަރަހައްްދުން ގޯތި ވެސް ބޭނުމޭ ކުޑަ އަގުގައި އެކަމަކު ހަމަ އެކަނި ރާއްޖޭގެ ސަރުކާރަކުން އެންމެންނަށް އެކަށޭނެ އަގުގައި އަޖުމަ ބަލާލަން 400 ގޯތި ދޭން ފެށުމުން ނިކަމެތިން ނަށް ރަނގަޅު ގޮތެއް ވެދާނެތީވެ ދަ ރާއްޖެތެރޭ މީހުންނޭ މާލޭގެ މުވައްސަސާ ތަކުގައި ތިބެގެން އެމެންގެ ފެލޯ ސިޓިޒެންގެ ބްރެޑް އެން ބަޓަރ ބަންދު ކުރަން މިހިފަނީ މީ މަމެން އަބަދުވެސް ކިޔަމުން އަންނަ އެެއްޗަކީ އިފް މައި ޓައިމް ވުޑް އެންްޑް ޓު ޑޭ ވުޑް ހޭވް ބީން ވެއިޓިންގް ޓު ސީ ދަ ޖަޖްމެންޓް އޮފް ދެއަރ ޖެލަސީ އެން އެންގަރ އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ ފޯރ ދަ ރިވީލް އޮފް ދެއަރ ޓްރުތް ބަޓް ނައު އިޓްސް ޓޫ ލޭޓް އައި އޮންލީ ލިވް ފޯރ ދަ ރައިޓް ނޮޓް ދަ ރޯންގް އިޓްސް އޯލް އައި ލިވް ފޯރ...

  14. ކުރަންވީއޭ

    ހައުސިންގް މިނިސްޓްރީ އަށް ވިއްކޭނެއޭ ހުޅުމާލެ 2 އިން 400 ގޯތި އެއީ ޔަގީން ކަމެކޭ މާތޮޑާ ފޯއްތޮޑާ މީހަކު ދެން ތިމަންނާ މެން މީ ކުރީގެ ހައުސިންގް މިނިސްޓަރޭ މިހާރު ހައުސިންގް މިނިސްޓްރީން ދޫކުރާ ގޯތި ތައް ދޫކޮށް ނުދޭ ގޮތް ހަދާ ދޭށޭ ކިޔާ ގޮސް އޭސީސީގެ ދޮރު ވައްޓާލާ އޭސީސީ ރައީސް އަށް ރިޝްވަތު ދީގެން އަދި އޭނާ އަށް ބިރު ދައްކައިގެން މާލެ ސަރަަހައްދުގައި ތިބި އެތައް ހާސް މީހުންގެ ދިރިއުޅުން ބަރުބާދު ކުރާ އިރު އެމެންގެ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީ އެއް ނޫންތޭ ރައްޔިތުން ގާތަށް އައުމުން ދެފަހަރު ވެސް ބަލައިނުގަނެ ތިބި މީހުން ނޫންތޭ މާލެ ސަރަަހއްދުން މީ. ހައުސިންގް މިނިސްޓްރީ އަށް ގޯތި ދޫކުރެވޭނެއޭ މާލެ ސަރަަހައްދުން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ ސަރުކާރުން ކެރިގެން ވަޒީރުންގެ މަޖްލީހުން ނިންމަންވީ މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ 25 ހާސް މީހުންނަށް ހުޅުމާލެ 2 އިންނާއި އަދި ހުޅުމާލެ 1 އިން 1000 އަކަފޫޓްގެ 25 ހާސް ގޯތި އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ދުވަހުން ކުލި ހަމަވާނެ އުސޫލުން ކުއްޔަށް ދޭން ނިންމި ކަމަށް އެއިރުން ދެން މަމެންނަށް ޔަގީނޭ އޭސީސީގެ ރައީސް ވެސް ބިރުން ސިއްސައިގެން ގޮސް ދެން ސިޓީ ނުފޮނުވާނެއޭ ރައީސް އޮފީހަށް ރައްޔިތުން ހޮވާފައިވާ ރައީސް އަކާއި ވަޒީރުންގެ މަޖްލީހުން ނިންމި ނިންމުމެއް ބައިޕާސް ކުރަން. ކެރިގެން މިކަން ކުރަންވީއޭ ރައީސް ފިރިހެނުންނާއި ކަންކަމާއި ދިމާވާނީ.

  15. އައިއޭމް

    ހައުސިން މިނިސްޓްރީއަކަށް ހުޅުމާލެ އިން ގޯތި ނުވިއްކޭނެ ކަމަށް ބުނާ ވަކީލުން ނަށް މަމެން ކޯޓް ރޫމް ގައި ޕްރޫވް ކޮށް ދޭނަމޭ ހައުސިންގް މިނިސްޓްރީ އަށް ހުޅުމާލެ 2 އިން ރައްޔިތުންގެ ޒަރޫރީ ބޭނުން ތަކަށް ހެޔޮ އަގުގައި ގޯތި ދޫކުރެވޭނެ ކަން އެއީއޭ ޕީޕީއެމްގެ މެނިފެސްޓޯ ގައި ހިމެނޭ ބެކް ބޯން ވައުދަކީ އެ ވައުދު ފުއްދަން އުޅުމުން އެމްޑީޕީން އޭސީސީގަނެގެން އެކަމަށް ދެކޮޅު ހެދުން ޑަޒްންޓް މީން އެނީގުޑް ފޯރ ދަ ވޯޓާރސް ނެވަރ ޑިޑް ފައިންޑް އެނީ ރީޒަން ފޯރދިސް އައި އޭމް ސޯ ސޮރީ އައި އޭމް އޭމް ސޯ ސޮރީ ބަޓް ނައު އިޓްސް ޓޫ ލޭޓް...

  16. އައިއޭމް

    ޕީޕީއެމްގެ ވެރިކަމުގައި ޕީޕީއެމްގެ ގައިގައި ސިޔާސީ ހަކަތަ އާއި އަދި ދުނިޔޭގެ ހުރިހާ ގައުމު ތަކާއި މަމެންނާއި ގުޅުން އޮތް އިރު ހުޅުމާލެ 2 ހިއްކީ އެއިރު ވެސް މަމެން ޕިންކީން ބުނީމޭ ޑައުން ދަ ލައިން ތައުޒަންސް އޮފް ކިލޯމީޓަރސް ފާރ އަވޭ ގައި ތިބެގެން ހުޅުމާލެ 2 އިން ގޯތި ދޫކޮށްލަން އެއިރު ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ 15 ހާސް މީހުންނަށް އެމެންނަށް ޓަކައޭ ހުޅުމާލެ 2 ހިއްކީ އެކަމަކު މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރަށް ފެނުނީ ކެބިނެޓް މިނިސްޓަރުން ދައްކާ ވާހަކަ ތަކޭ މަމެން ދެއްކި ވާހަކަ ތަކަށް ބީރު ކަންފަތެކޭ ދިނީ މަމެން ލާ ދުންފަތް ގަނޑު ކުޑައޭ އެދުވަހު މިއަދު މަމެން ބުނި ގޮތަށް ނޫންތޯ އެންމެ ފަހުން ސަރުކާރުން އާރެއް ބާރެއް ނެތް ދުވަހު ހަދަން މިމަސައްކަތް ކުރަނީ މީއޭ ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އައުމުން ވާ ގޮތަކީ އިޓްސް ދަ ނޭޗަރ އޮފް ގަވަރމެންޓް އޮޕަރޭޝަން ވެން އިން ޕަވަރ ޑައުން ދަ ލައިން ނޮޓް ރިކްއާރޑް ޓޮޕް ލޭޔަރ އިޒް އިނަފް އޯއް އޯއް އޯއް ނީޑް އޯލް ދަ ތިންގްސް އޮފް ހާރޑް ވާރކް އިވޭލުއޭޝަން ރިޒަލްޓް ޕޭޕަރ ޔޫ ނޯ މައި ގާރލް ފްރެންޑް އޯލްވޭޒް ސޭ ޕްލީޒް ގެޓް އައުޓް އޮފް ދިސް ކޮރަޕްޓް ގޭމް ޔޫ ނޯ މައި މޮމް ސޭ މައި ޗައިލްޑް ޓްރުތް ވިލް ނެވަރ ސެލް އިން ދިސް ކަންޓްރީ އިން މައި ލައިފް އައި އޮންލީ ލިވް ފޯރ ހެޕިނެސް އޮފް ދެއަރސް ފަސްޓް ދެން އަވަރސް އައި ހޭވް ބީން ވެއިޓިންގް ޓު ސީ ދިސް މޯމެންޓް އޯލްވޭޒް އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ އެން ނައު އެނީވަން ކޭން ރިމެމްބަރ މީ ސޯ މެނީ ތިންގްސް އާރ ސްޓިލް ރިމެއިނިންގް ޓު ސޯލްވް އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ ޔޫ ނޯ އައި އޭމް ސޮރީ އައި އޭމް ސޯ ސޮރީ...