ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ސައުދު ހުސައިން މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ ސައުދު މިދިޔަ އަހަރުގެ 17 އޭޕްރީލްގައި ޕީޕީއެމް އިން ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ ސައުދު އަށް ކަމަށެވެ. ޕީޕީއެމް އަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީ އިން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ޙުކުގައި ވިދާޅުވީ ސައުދު ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައި ނުވާތީ އުނިކޮށްދިނުން އެދި 10 ޖުލައި 2017 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން އެދިފައިވާ ކަމަށެވެ. އަދި 11 ޖުލައި 2017 ވަނަ ދުވަހު މެންބަރު ކަމުން ވަކިކޮށްދިނުމަށް އެދި ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ޕާޓީ އިން ވަކިކޮށްދީފައި ނުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވާ ކަންކަން ނުކުރެއްވުން ކަމަށް ޙުކުގައި ވެއެވެ.
ސިޔާސީ ޕާޓީއެއްގެ މެންބަރަކު ޕާޓީއިން ވަކިވާން އެދިއްޖެނަމަ އެކަން ކޮށްދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށާއި، އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ ސައުދުގެ ހައްގަށް އުނިކަން އަންނަންޖެހޭނެ ކަމެއް ނޫން ކަމަަށް ވެސް ހުކުމްގަައި ވަނީ ފާހަގަކޮށްފަ އެވެ.
މިގޮތަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ނުގެއްލޭ ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.
ފަޓާސް ބަރިއެއްހެން ތިހިރި ދަނީނިއުޅެމުން..
ޓްރާންސްފަރ މަރކެޓް އޮތީ ތައްޔާރަށް ރައްޔިތުންގެ ހައްގަކަށް ބަލާނެ ކަމެއްނެތް އެކި ކޮޅުތަކުން ހުށަހަޅާ ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ގައުމު ހަލާކުކޮށް ފަސާދަ ކުރެވޭތޯ ބަލާ
ޓްރާންސްފާ މާކެޓް ކޮންތާކު ހުޅުވިފއޮތީ.
އިންޑިއާގެ ޗޯލާ ބާޒާރުގަ. ނޫނީ އެމެެރިކާގެ ގަރާޖު ސޭލުގަ.
ކާމިނީގޭގަ ހުޅުވާފަ އޮތީ
އަލްޙަމްދުލިﷲ. މަރުޙަބާ! ސަޢުދު
އެމްޑީޕީން ތުހުމަތުކުރި ތަންދޮރުނުފިލައިތިބި ފަނޑިޔާރުންނަށް މިހާރު އެތިބީ ތަންދޮރު ފިލާފަ! ދުނިޔެއަކީ މިކަހަލަ އެއްޗެއްކަން ދަންނާށެވެ.
ތެދެއް. ވިސްނާ ފިކުރުކުރާ ބަޔަކަށް ފެންނާނެ.
ޔާމީނު މުލުން ލުހެލަންވީއެވެ
ތިޔަހާ ފަސޭހައިން ހުރި ކަންކަން ނުނިންމާ އެމީހުން ފާރުމަތިން އުކިއިރުވެސް ޒިންމާވާނެބަޔަކުނެތް ހިތުހުރިހާ ގޮތަކަށް ސާބަހޭ ނޫނޭވާ.. ތިތިބީ ކޮންސާއަތަކަށް ބަލަން ހުރިހާއެންމެން ގޮޅިއަށް ވަކިއެއްޗެއް އަންގަންދެން