12 ބޮކިން އެއް ބޮކި ދިއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ އޭނާ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައި ނުވާކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކުރުމުން ކުރެއްވި ޓްވީޓެއްގައެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ވައްޑެގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ވައްޑެ މިދިޔަ އަހަރުގެ 28 މާޗްގައި ޕީޕީއެމް އިން ވައްޑެ ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ ވައްޑެއަށް ކަމަށެވެ. ޕީޕީއެމް އަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީ އިން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ޙުކުގައި ވިދާޅުވީ ވައްޑެ ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައި ނުވާތީ އުނިކޮށްދިނުން އެދި 10 ޖުލައި 2017 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން އެދިފައިވާ ކަމަށެވެ. އަދި 11 ޖުލައި 2017 ވަނަ ދުވަހު މެންބަރު ކަމުން ވަކިކޮށްދިނުމަށް އެދި ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ޕާޓީ އިން ވަކިކޮށްދީފައި ނުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވާ ކަންކަން ނުކުރެއްވުން ކަމަށް ޙުކުގައި ވެއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމަށް ބަލާއިރު ބާކީ ތިބި 11 މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ޙުކުމް ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ވިސްނާ

    ޖަނަރޭޓަރ ޖައްސާފަހުރީ ވީމާ ހުރިހާ ބޮކިތައްވެސް ދިއްލޭނެ!

    • އަފްސަލް

      އަދި ކިރިއާ ދިއްލުނީ...ހައްހައް

  2. ފާތިމާ

    ލަހެއްނުވެ ތިބޮކި އަނދައިފާނެ އިރާދުކުރެއްވިއްޔާ

  3. އަނދާފަ

    އަނދާފަ ހުރި ބޮކިތައް ދިއްލުނީތަ. ސްވިޗް އޮފް ކޮށްފަ ހުރި ބޮކިތަކެއް ސްވިޗް އޮން ކުރީއެއް ނޫންތަ?

  4. ފެފެ

    ވީމާ ނ11 ވަނަ ދުވަހު އިބޫ ރައީސްކަމާއި ހަވާލުވާނެ

  5. ރުޤިއްޔާ

    ފެންހުރި ބޮތްކެއްވީމާ ޓަކިޖަހައިގެން ދިއްލިފަ އަލުން ނިވޭނެ! ދެން ނުދިއްލޭނެ! ދެން ޖެހޭނީ ބޮކި އާކުރަން!

  6. ކެރެނޑި

    ވައްޑެ އަކަށް ތާއީދެއް ނެތޯ... ހެ ހެ. (މެންބަރު އާމިރު ގެ ރާގަށް)

  7. ތ

    ބެޓެރި ލޯވަނިކޮށް އަނެއްކާ ނިވިދާނެ

  8. ޙަބޭސް

    ތިބޮކިން ދާއިރާއަށް ވާނެ އައްޔެއްނެތް ވައްޑޭގެ އިސްތިއުފާއަށް ގޮވާލަން

  9. އައްޔަ

    ބޮކިދިއްލިގެން ވެސް ތިބޮކިން ފައިދާހުރި ކަމެއް ކުރެވޭތޯ ނިކަން ބަލާބަލަ! ފައިސާ ފޮއްޗަށް އަމިއްލަ އެދުމުން ވިކެމުން ނުގޮސް ކުރިއަށް އޮތްތަނުގައި ވެސް.

  10. އައިޝާ

    ލާރިއަށް ނުވިކި ކަމެއް ރައްޔިތުންނަށް ކުރެވޭތޯ ބަލާބަލަ ބޮޑު މުސާރަ ކައިގެން ނުތިބެ

  11. އިބުރާ

    2 ބޮކި ދިއްލިއްޖެ

  12. އަހަހްމަދުބޭ

    އެއްބޮތްކެއްނޫން ތިޔަހުރިހާބަޮކިވެސް މިހާރުދިއްލޭނެ މިއީ ވަރައްވާހަކަ

  13. މޫސުން

    އެންމެ ހަނދާންވަނީ ޚިތާނީ މޫސުމުގަ ދަމާފަހުންނަ ނިވި ދިލޭ ބޮކިފަތިމަތީން...

  14. ޝަރީފް

    ދާއިރާގެ ރުހުުމެއް ނެތް! ވޯޓުންވެސް އެގެންވާނެ! އަމިއްލަޔަށް އިސްތިޢުފާދެއްވާ!

    • Anonymous

      އިރަާދަކުރެއްވިއްޔަާ ވަރަށް އަވަހަށް ތިކަންތައް ނިމިދާނެ.

  15. އަފްލާ

    ތަ އަސްލު ބޮކި ނުދިއްލޭތަ؟

  16. ކައްތިރި

    އަހުރެން މިހުރީ ބަލަން ދެން ތިބޮކި ދިއްލޭތޯ ކުރިއަށް މިއޮތް މޫސުމުގައި. ތި ބޮކިވެސް ދެން ނިވުނު އަނެއް އެގާރަ ބޮކިވެސް ދިއްލޭނެމިދުވަސްކޮޅު. އެކަމު ތީ ދެމަސްދުވަހަށް ދިއްލޭ ދިއްލުމެއް. ދެން އަނދާނީ އެއްކޮށް.

  17. އަހުން

    އެ ފަނޑިޔާރުން އެގާނޫނުން އޭރުވެސް ހުކުމް ކުރީ އަދި މިއަދުވެސް ހުކުމް ކުރީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ނެއްކަން މިކަމުން މި ޔަގީންވެގެން ދަނީ. ފަނޑިޔާރުން އިސްތިއުފާދޭން ޖެހޭނެ.

  18. އަކުރަމް

    ތީ ރިޗާރކު ކުރާ ބެޓެރިއެއް ލައްވާ ބައެއް. އަބަދު ރިޗާޖު ކުރަން ވެފަދޯ ހަހަހަ

  19. އަބޫޖަހްލު

    އެއްވެސް އިހުލާސް ތެރިކަމެއް ތިބި ބައެއް ނޫން ކޮރަޕް ބައެއް!

  20. ނުރަބޯ

    ތެޔޮއަޅާލީތާ. މިއީ އެމްޑީޕީ ބޭނުންވާ ވައްތަރުގެ އިންސާފު. ވައްޑޭ އެވެ. މިދުނިޔެމަތީގައި ތިޔަހެން ޖަނަރޭޓަރ އަށް ތެޔޮއަޅައިގެން ބޮކިދިއްލިދާނެ އެވެ. އެކަމަކު އަދި ކުރިޔަށް ދުވަހެއް އެބައޮތެވެ.

  21. ވީގޮތާ ވާގޮތް

    ތިޔަކަމަކީ، އޭރުވެސް އަދި މިހާރުވެސް ތިޔަގޮތަށް އޮތްކަމެކެވެ. އެކަން ނޭނގޭ އެއްވެސް މީހަކު މިރާއްޖޭގައި ނުހުންނާނެއެވެ. ތިޔައީ ވަރަށް އާދައިގެ ކުޑަކުޑަކަމެކެވެ. ތިޔަކަމަކީ، 3 ބާރު ކޮންޓްރޯލްކޮށްފައި އޮތްއިރު، ނުވެފައިއޮތްކަމެކެވެ.

  22. ބޮކި

    ބަނޑުން ބޮކިޖަހާނެ ދުވަހެއް ނާންނާނެބާ؟