ވޭތުވެދިޔަ ތަނުގައި ދާއިރާގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ދާއިރާގެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު މައްސަލަ ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑި ނުގެއްލޭ ކަމަށް މިއަދު ސްޕްރީމް ކޯޓުން ހުކުމް ކުރި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވައްޑޭ ވިދާޅުވީ ކުރިއަށް އޮ ތްތަނުގައި ތުލުސްދޫ ދާއިރާގެ މެންބަރުންގެ ހައްގުގައި މަސައްކަތްތައް ފަށާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމުން، އަދުލް އިންސާފަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގެ ނަތީޖާ ހާމަވެގެންދާ ކަމަށެވެ.

" މިއީ ދާއިރާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް. ގޮނޑި ގެއްލުވާލި ކަމަށް އަންގާ މަޖިލީހަށް ނުވަދެވޭ ގޮތް ހަދާ، ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވެސް ހުރަސް އެޅި. މިމަގާމުން ދުރުކޮށް އަނިޔާވެރިވި ފަރާތަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގޭ" ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މިއަދު ނެގި ކަމުގައިވީ ނަމަވެސް އެންމެ ފުރަތަމަ ސޮއި ކުރާނެ މެންބަރަކަށް އޭނާ ވާނެ ކަމަށެވެ. އަދި ހަތަރު އަހަރު ވަންދެން ދާއިރާއަށް އެރިއަ ނުދީ ހިފެހެއްޓިއްޖެ ކަމަށް ވިދާޅުވެ ވައްޑޭ ވަނީ ކުރިއަށް އޮތް ތަނުގައި ދާއިރާއަށް ވެސް އަރާނެ ކަމަށާއި ރައީސް ޔާމީނަކަށް ނުވެސް ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ވައްޑެގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ވައްޑެ މިދިޔަ އަހަރުގެ 28 މާޗްގައި ޕީޕީއެމް އިން ވައްޑެ ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ ވައްޑެއަށް ކަމަށެވެ. ޕީޕީއެމް އަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީ އިން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ޙުކުގައި ވިދާޅުވީ ވައްޑެ ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައި ނުވާތީ އުނިކޮށްދިނުން އެދި 10 ޖުލައި 2017 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން އެދިފައިވާ ކަމަށެވެ. އަދި 11 ޖުލައި 2017 ވަނަ ދުވަހު މެންބަރު ކަމުން ވަކިކޮށްދިނުމަށް އެދި ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ޕާޓީ އިން ވަކިކޮށްދީފައި ނުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވާ ކަންކަން ނުކުރެއްވުން ކަމަށް ޙުކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ަީައީސަ

  ކަލެއައް ކޮން ހައްގެއް ދާއިރާގެ މީހުންނަށް ހޯދައިދެވޭނީ. ކަލޭ މެންބަރ ކަމުގައި ހުރި ދުވަސް ތަކުގައި ކޮންކަމެއް ދާއިރާގެ މީހުންނަށް ކޮށްދެވުނީ

 2. ޕޯގީ

  ވަރަލިބިފައި ތިއޮތީ އަވަހަށް އުދުއްސާގަނެ

 3. ސަލީމް

  އޭގެ ބަދަލަކީ ތިބޭފުޅާ އިސްތިއުފާ ދެއްވުން

 4. ދަތްދޫނި

  ކޮބާ ކޮބާ ކޮބާ ތަމެންނަށް ފެނޭތަ ފެނޭތަ ފެނޭތަ!

 5. ާސައިލެންޓް މެޖޯރިޓީ

  ކޮންކަމެއްބާ؟ ކަލޭގެ ޖީބަށް އަނެއްކާވެސް ބަރުވާނީ ރައްޔަތުން ވިއްކައިގެން އެކި ޕާޓީތަކަށް ދުވީމަ އެއޮތީ ހައްގު ހޯދާދެވިފަ

 6. ޙަބޭސް

  ދާއިރާގެ ރަޢިއްޔަތުންނަށް މާހެޔޮއެދޭކަމަށްެހެދިގެން ލާރިގަނޑެއް ހޯދާނެ އާގޮތެއް ރާވަނީތަ ދާއިރާގެ ރަޢިއްޔަތުން ބޭނުންވަނީ ވައްޑޭ އިސްތޮއުފާދޭން. އިސްތިއުފާ ވައްޑޭ އިސްތިއިފާ ވައްޑޭ

 7. ފަޅުވެރިން

  ދާއިރާގެ ރައްޔިތުންގެ ކޮން ޙައްޤެއް ގެލުނީ ކަލޯ؟ ކަލޭ ނެތޭ ކިޔާފައި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެއްވެސް ޚިދްމަތަކަށް ހުއްޓުމެއް އައިތަ؟ މޮޔަ ނުގޮވާ މަޑުން ހުރެވޭތޯ ބަލާ ދެންވެސް! ކަލެއަށް ބަދަލެއް ދޭންޖެހޭ ފަރާތެއް ވެސް ނުހުންނާނެ!! ޙައްޤެއް ގެލުނު ކަމަށްވާނަމަ ގެއްލުނީ ކަލޭ ގޮނޑި ވިއްކީމާ!!

 8. شيشة

  ކޮންމެ މީހަކު އަގަ ތަންމިނަށް ފުޅާކޮއްފަ ދާއިރާގެ މީހުންގެ ހައްގޭ ކިޔަނީ ކީއްކުރަން ދާއިރާއަށް ކަމެއް ކޮއްދޭނެ ނަމަ އެއޮންނަ ސަރުކާރަކާ ގުޅިގެން ކަމެއްކޮއް ދެވޭތޯ ބަލާނީ ސަރުކާރަށް ޖެއްސުން ކުރާނީކީ ނޫން

 9. ވަހީދު

  ޕާޓީ ދެބައިކޮށް މައުމޫނަށް ބޮޑުބައި ކާންދޭން އުޅޭ އައުވާނުން. ވެރިކަން ވެސް އޮންނާނީ ޕީޕީއެމުން އަތުލާފަ. ދެން ތިބޭ ގޮތް ޖެހިފަ.

 10. އަޖާބެއްނު ވައްޑޭ

  ދާއިރާގެ ރައްޔިތުންނަށް ވިއްޔާ ވީ ފައިދާ...ގެއްލުމެއް ނުވޭ....ރައީސް ޔާމީން އެއޮތީ ތުލުސްދޫ ބިންވެސް ހިއްކަވައި ނިންމަދީފަ ބަނދަރުވެސް ހަދާދީފަ.....ލަދެއް ނުގަނޭތަ ރައްޔިތުންގެ ހައްގޭ ކިޔާ އަނގަ ފުޅާކުރާކަށް؟؟؟...ދެންވެސް ދާއިރާގެ ރައްޔިތުންގެ ހައްގު ހޯދަދެންޏާ އިސްތިއުފާ ދީފަ ދޭ އަވަހަށް..ރައީސް ޔާމީން ދާއިރާއަށް ގެންނަ ތަރައްގީ ހުއްޓުވާކަންނު ބޭނުންވަނީ.. ތިއުޅެނީ ރައްޔިތުންގެ ހައްގު ހޯދާކަށްނޫން....ތިއުޅެނީ އަމިއްލަ ބޮނޑި ބަންނަށް

 11. ދާއިރާގެ ދަރިއެއް

  ކޮންކަމެއް ކޮށްދެވުނީ.... ދާއިރާ އޭ ކިޔާ މިއަދު ކޮންވާހަކައެއް ދައްކާކަށް އޮންނާނީ... ތިޔަ ގޮަނޑިއެއް ލިބުނު ފަހުން އެންމެ ފަހުން މީން ރަށަކަށް އެރީ ކޮންދުވަހަކު؟ ގޮނޑި ހޯދަން އުޅުނުއިރު ހީވި މީނަ މިއީ މި ދާއިރާ އަށް ނިސްބަތްވާ މީހެކޭ.... މިރަށަށް ވެސް އައި އަދަދު ނޭނގެ ..... މީނަ ނެތަސް ރައީސް ޔާމީންގެ ސަރުކާރުން އެއޮތީ ވަރަށް ބޮޑު ތަރައްޤީއެއް ގެންނަވާފަ... ދެންވެސް ދާއިރާގެ ރައްޔިތުންނަށް ކަމެއް ކޮންދޭން ބޭނުމިއްޔާ އިސްތިޢުފާދީ!

 12. ާއާނަ

  އެއުޅެނީ ބަނޑުއަޅާނެ އެތިކޮޅެއް ލިބޭތޯ.... މިއީ ބޮޑު ދޮގުވެރިއެއް.... ތިމާ މީހާއަށް ތިމާ ފެނިފަ.... ބަލަ އެލިބުނު ގޮނޑިއެއްވެސް މީނަ އަށް ލިބުނީ ހާދަ ބައެއްގެ ސަބަބުންނޭ.... އެކަމުވެސް ދާއިރާއަށް ކޮށްދެވުނީ ކޮންކަމެއް.... އަހަރެމެންދެން ކަލެއެއް ބޭނުމެއް ނޫން.... ލޯޔަރު ވައްޑެ

 13. ނާނީ

  ދާއިރާއަށް ލިބުނު ގެއްލުމުގެ ބަދަލޭ ނުކިޔާ މައިތިރިވެގެން ހުރެވޭތޯ.ބަލާ... ތީ ކަމެއް ކޮށްދޭން އުޅޭ ބައެއް ނޫން ...އަމިއްލަ އަމްބޮނޑި ބައްނަން އުޅޭ މީހެއްތީ....ވައްޑޭ ފާޑުފާޑުގެ އަނގަނުތަޅާ ހުރެވޭތޯ ބަލާ....