ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.

ޕީޕީއެމް އިން ވަކިވާން ލަތީފް ސިޓީ ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އެ ސިޓީ ލަތީފް ވަނީ އިލެކްޝަންސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވާފައެވެ. ނަމަވެސް ޕީޕީއެމުން ވަކިވާން ލަތީފް ސިޓީ ފޮނުވާފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޕެޓިޝަނުގެ ލަތީފް ސޮއިކުރެއްވުމާ ގުޅިގެން ޕީޕީއެމް އިން ރަސްމީކޮށް އޭނާ ވަކި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން މެންބަރަކު އެދޭ ހިސާބުން އެ މެންބަރަކު ޕާޓީއިން ވަކިވާނެ ކަމަށާއި އެގޮތުގެ މަތިން ލަތީފް ޕީޕީއެމްއިން ޖޫން މަހުގެ 19 ވަނަ ދުވަހު ވަކިވެފައިވާކަން ޔަގީންވާ ކަމަށެވެ.

އަދި ލަތީފް ޕީޕީއެމް އިން ވަކިވެފައިވަނިކޮށް ޕީޕީއެމްއިން އަމިއްލަ އަށް އިސްނަގައިގެން ސުލޫކީ މައްސަލައެއް ބަލައި އޭނާއާމެދު ފިޔަވަޅެއް ނޭޅޭނެ ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ލަތީފްގެ ގޮނޑި ގެއްލޭނެ ގޮތެއް ނެތް ކަމަށާއި އެއީ އެ ގާނޫނު ހިނގާނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މިގޮތަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ލަތީފްގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑި ނުގެއްލޭ ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާހިރު

    ޢަސްލު ހަމަ އެކަކުވެސް ވަކިނުވާނެ ތީބަޔަކު މީހުން ހިންގި ބޮޑުޖަރީމާއެއް އިއްތެރި މެންބަރުން ފާރުމަތިން އުކާލި މީހުންވެސް ހައްޔަރުކޮށް އިންސަފުގެ ދޮރުމައްޗައް ގެންދަން ފެނޭ

  2. ވަރުވާ

    އަލްޙަމްދުލިﷲ. މަރުޙަބާ! ލަޠީފު

  3. ދަވޭ

    އެންޓިޑިފެކްޝަން ގާނޫނަކީ އެއީ ކެނެރީގެ ނަޝީދުގެ ވެރިކަން ފެށުމުގެ ކުރިން ވެސް ރައީސް މައުމޫނުގެ ސަރުކާރުން އެކުލަވާލަން ޖެހޭ ގާނޫނެއް އެެއަށް ފަހު ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އޭނާ އެކުލަވާލަން ޖެހޭ ގާނޫނެއް އޭނާ ވެސް އެކަން ނުކުރީ ދެން މަމެން ޕިންކީން ވެރިކަމަށް އައިސް ވެސް އެހެން ޕާރޓީ ތަކުން މެމްބަރުން ޕީޕީއެމް އަށް ބަދަލު ކުރުމަށް ޓަކައި އެންޓިޑިފެކްޝަން ގާނޫނު ވުޖޫދަށް ނުގެނައީއޭ އޭގެ ހިތި ނަތީޖާ މިފެނިގެން ދަނީ އޮރިޖިނަލް ޕީޕީއެމް މެމްބަރުން ޕީޕީއެމް ގެ ނަމުގައި މަޖްލީހަށް ހޮވުނު މެމްބަރުންނަށް ވޯޓް ދިނީ އަދި އެމްޑީއޭ ގެ ނަމުގައި މަޖްލީހަށް ހޮވުނު މެމްބަރުންނަށް ވެސް ވޯޓް ދިނީ އަދި ޖޭޕީ ނަމުގައި ހޮވުނު މެމްބަރުންނަށް ވެސް ވޯޓް ދިނީ އެކަމަކު ޕީޕީއެމް މެމްބަެރުންނާއި ޖޭޕީ މެމްބަރުން ގުޅިގެން ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން މަޖްލީހުގެ ތެރޭން ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ނަގާ އެއްލާލަން އުޅުން އެއީ އެމެން ފުރަތަމަ ވެސް މެމްބަރު ކަމުން ވަކިވާން ޖެހޭނެ ކަމެއް ކަން އެއީ ކަށަވަރުވެ ޔަގީން ވާކަކެމޭ އިބޫ ވެރިކަމާއި ހަވާލުވެ އެންޓި ޑިފެކްޝަން ގާނޫނު އުވާލައިފިނަމަ އެމްޑީޕީގެ ވެރިކަމުގައި ކުރާ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ދައުލަތުން މަޖްލީހުގެ މެމްބަރުންނަށް ތިބޭ ބަޔަކަށް އެކަނިއެވެ. ނަތީޖާ އަކީ އިންޑިއާ އަށް ވުރެން ބޮޑަށް ރާއްޖޭގައި ކޮރަޕްޝަން ބޮޑުވެ ރާއްޖޭގެ އިގްތިސާދު ފުނޑިގެން ދިއުމެވެ. އިންކަމް ޓެކްސް ނޫން އަދި ފުޑް ޓެކްސް ނެގި ނަމަވެސް ނުކެރޭނެ ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރަން އެއީ ވާނެ ކަމެއް ނޫން.

  4. ދަވޭ

    މިލިބުނީ ހިތްވަރެއް، މަސީހު މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށިއްޖެ ކަމަށް ރިޔާޒު ބުނާނަމަ އެކަަމަކީ އެއީ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން އެމެންގެ މަގާމްގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ގޮތުގައި އެމެންގެ މަގާމްގެ ބޭނުން ކުރުމެވެ. އެފެތެނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާއި ބެހޭ ގާނޫނު ގެ ދަށުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަޖްލީހުގެ މެމްބަރުން ކުރާ ކަމަކަށް. މަޖްލީހުގެ މެމްބަރުންގެ މޭންޑޭޓް އެއް ނޫން އެމެން ހޮވާފައިވާ ރައީސް އަކު މަގާމުން އޭނާގެ ކުށެއް ޝަރުއީ ކޯޓަކުން ސާބިތު ނުވަނީސް އެފަދަ ރައީސް އަކު މަގާމުން ދުރުކުރުމަކީ. އެއީ ކުރެވޭނެ ކަމެއް ނޫން އަދި ކޮށްގެން ވާނެ ކަމެއް ވެސް ނޫނެވެ. އެއަށް މިކިޔަނީ ކޮރަޕްޝަން ރާއްޖޭގެ ސޮސައިޓީ ގެ އެޑިއުކޭޝަނަލް ބެކްގްރައުންޑް ރަނގަޅު ގުޑް ގަވަރނެންސް އަށާއި އަދި ގާނޫނު ތަކަށް އަހުލުވެރި ނުވާތީވެ އެމެންނަށް މީގައި ވާނުވާ ނޭގެނީއޭ ނޫސްވެރިން ނަކީ މިޒިންމާ އަދާ ކުރަން ތިބި މީހުން އެމެން ވެސް މިފަދަ ކަންކަމުގައި އުޅެނީ ވަރަށް ފަހަތުގައި