ހދ ކުޅުދުއްފުށީގައި އެޅިފައިވާ އެއަރޕޯޓު އެޅުމަށް އެރަށުގައިވާ ޗަސް ބިމާއި އަދި ކުޅީގެ ބޮޑު ބައެއް ހިއްކާފައިވާއިރު، އެކަމުގެ ބަދަލެއްގެ ގޮތުގައި ށ. ފަރުކޮޅު ސަރުކާރުން ހިމާޔަތްކޮށްފިއެވެ.

މިކަމާއި ބެހޭގޮތުން މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ ސަރުކާރުން އިއްޔެ ތިން ސަހަރައްދެއް ހިމާޔަތްކޮށް ގެޒެޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން ހިމާޔަތްކުރެވުނު ފުރަތަމަ ސަރަހައްދަކީ ށ. ފަރުކޮޅު ކަމަށާއި ފަރުކޮޅު ހިމާޔަތްކުރެވުނީ ކުޅުދުއްފުށީގައި އެއަރޕޯޓު އެޅުމަށް މިނިސްޓްރީއިން ދޫކޮށްފައިވާ ހުއްދައިގައި އެރަށުގައިވާ ޗަކަ ބިމާއި ކުޅީގެ ބޮޑު ބައެއް ހިއްކައިގެން އެއަރޕޯޓު އަޅާތީ އެކަމުގެ ބަދަލެއްގެ ގޮތުގައި ގުދުތަރީ އަދި ތަބީއީ ސިފަތަށް ހިމެނޭ ގޮތަށް އެ ސަހަރައްދަށް ވުރެއް ކުޑަނޫން ސަހަރަައްދެއް ނުވަދަ ސަހަރައްދުތަކެއް ހިމާޔަތްކުރަން ޖެހޭތީ ކަމުގައި މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.

"ކުޅުދުއްފުށީ އެއަރޕޯޓު އެޅުމަށް ދޫކޮށްފައިވާ ހުއްދައިގައިވަނީ ގުދުތަރީ އަދި ތަބީއީ ސިފަތަށް ހިމެނޭ ގޮތަށް އެ ސަހަރައްދަށް ވުރެ ކުޑަނޫން ސަހަރައްދެއް ނުވަދަ ސަހަރައްދުތަކެއް، ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ ތަނެއްގައި ނުވަތަ ތަންތާނގައި ކަނޑަައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ހިމާޔަތް ކުރުން. މި ސްޓޭޓްމެންޓްގައި ވާ ގޮތަށް ޗަސްބިން އަދި ކުޅީގެ ބަދަލުގައި މިތަން ސަރުކާރުން ހިމާޔަތް ކޮށްފައި މިވަނީ" މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

ސަރުކާރުން ހިމާޔަތްކޮށްފައިވާ އަނެއް ދެ ސަހަރައްދަކީ މަޝްހޫރު ޑައިވް ސައިޓްތަށް ހިނެނޭ ރަސްދޫ މަޑިވަރު ސަރަހައްދާއި ބޮޑު ބޭއޭރިއާއެއް އެކުލެވިގެންވާ ގދ.ދިގުލާބަދުއެވެ. އެގޮތުން ރަސްދޫ މަޑިވަރުގެ 600 ހެކްޓަރ ހިމާޔަތްކޮށްފައިވާއިރު ދިގުލާބަދުގެ 542 ހެކްޓަރ ހިމާޔަތްކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ފަސް ސަހަރައްދެއް ހިމާޔަތްކޮށްފައިވާއިރު ރާއްޖޭގެ 27064 ހެކްޓަރ ސަހަރައްދަކީ ހިމާޔަތް ކުރެވިފައިވާ ސަހަރައްދުތަކެވެ. އެގޮތުން ރާއްޖޭގެ 47 ސަހަރައްދެއް މިހާތަނަށް ވަނީ ހިމާޔަތްކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮޑު މޮޔަ

    ހައްހައްހާ! އަދި ދުވަހަކުވެސް މިހާ ފައްކާ ޙަބަރެއް ނުކިޔަން! ދެން ހިމާޔަތް ކޮށްފައިވާ ކުޅުދުއްފުށި ކުޅިއަށް ގެއްލުންދީ ހަލާކު ނުކުރާކަމަށް ވާނެތަ! އަންތަރީސް

    • މާޒީ

      ކަންކަން ކުރާ އުޞޫލު ނޭނގޭ މީހުނަށް ހުރިހާ ކަމެއްވެސް ވާނީ ޖޯކަށް.

  2. އަލީ

    ނެކްސްޓް ޖޯކް ޕްލީސް

  3. ސޭކުސްތާން

    އަދި އިތުރު މިނިސްޓްރީ އެއް ހުޅުވަމާ އަދި ކުޅު އަދި ހުޅު ހިމާޔަތް ކުރަމާ. ރާއްޖޭގަ ނެތީތަ ކުރާނެ މަސައްކަތެއް

  4. ާޮރުބޭލު

    ފުނަދޫ ރައްޔިތުން ޔާމިނަށް ދިން ވޯޓުގެ ބަދަލުގަ ފުނަދޫ ރައްޔިތުންނަށް ކުރި ޖެއްސުމެއް