ސިނަމާލެ ބުރިޖުގާއި ގުޅިފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ އިން މާލެއަށް ދަތުރު ކުރަމުންދިޔަ ޕިކަޕަކާއި، މާލެ އިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ސައިކަލަކާއި ޖެހިގެން ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ އެ ސައިކަލު ކޮންޓްރޯލްނުވެގެން ގޮސް އެ ޕިކަޕުގައި ޖެހުނީއެވެ. އަދި އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ވަރަށް ބޮޑެތި އަނިޔާތަކެއްވިއިރު، އޭނާއަށް އާސަންދަ ކުންފުނިން ހިންގަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 13:35 ހާއިރުއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަަލަކު ވިދާޅުވީ، އެކްސިޑެންޓެއް ވެގެން އުމުރުން 50 އަހަރުގެ ފިރިހެނަކު މިއަދު މެންދުރު 13:30 ހާއިރު އެ ހޮސްޕިޓަލަށް ގެނެވިފައިވާކަމަށެވެ. އަދި އޭނާގެ ކަނާއަތާއި، ކަނާތް ފައިގެ ހުޅު ފްރެކްޗާވެފައިވާކަމަށްވެސް އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވިއެވެ. އެ އޮފިޝަލް ވިދާޅުވީ، އެ މީހާގެ ހަށިގަނޑުގެ ސްކޭންތަކެއްވެސް ހަދާފައިވާކަމަށެެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، މާލެ އިން ހުޅުމާލެއާއި ގުޅުވާދޭ ހައިވޭގެ، ހުޅުމާލެ ކައިރިއަށް ވާގޮތަށް އިންނަ ބެންޑް ކައިރިންނެވެ.

މި ހާދިސާގައި އެ މީހާއަށްވެސް އަނިޔާތަކެއްވިއިރު، ސައިކަލަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ބުރިޖު ހުޅުވިފަހުން، ބުރިޖާއި، އަދި ބުރިޖާއި ގުޅިފައިވާ މަގުގައި ގިނަ އެކްސިޑެންޓްތަކެއް މި ވަނީ ހިނގާފައެވެ. އަދި އާއްމުންގެ ސަލަމާތައި ރައްކާތެރިކަމަަށްޓަކައި، ޓްރެފިކް ފުލުހުން ދަނީ އެކި ގަވާއިދުތައް ހަދާާ އާއްމުންނަށް ބުރިޖު ބޭނުންކުރަންވީ ގޮތުގެ މައުލޫމާތުތައް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އޭނާ

  ކީއްކުރާނީ އަލަށް ބްރިޖެއް ގައި ދުއްވަން ލިބިގެން ދިވެހިންނަށް ވާނުވާ ވެސް ނޭގޭ

 2. ޢައިޝަތު

  ކިހާ ދެރަކަމެއްމީ! ފަސޭހަޔަށް ކޮށްދީފަހުންނަ ކަންތައްތައް ނުބައިކޮށްތަ ބޭނުންކުރަންވީ؟ ހެޔޮނުވާނެ ކަލޭމެން ހޭވަރިކަންވެބަލަ! ޤަވާޢިދުތައްބަލާ އެޔަށް ޢަމަލުކޮށްބަލަ!

 3. ފެފެ

  އެއްލަކިން ލައިސަންސް ދިން ހުރިހާ މީހުންނަށް އިތުރު ޓެސްޓްތަކެއްދީ ހަމަ މަގަށް އެޅުވުމަށް ފެނޭ

 4. ސަރުކާރުން ނުވާނެ ދޯ މިފަދަ އަނިޔާ ލިބޭތަނެއް ހަދާކަށް ދޯ އިލިޔާސް

  • އޭނާ

   ސަރުކާރުން ބްރިޖް އެޅީ ރައްޔިތުންނަށް ފަސޭހަކަށް އެކަމަކު އަމިއްލައަށް މަރުވާން ބޭނުންވާ މީހުން އުޅޭވިއްޔަ އެހެންވީމާ ސަޅި ވަރަށް

  • Anonymous

   ކަލޭ ވެސް ތިހެން ކިޔާފަ އަރާނެ ބުރިޖަށް

 5. އަޙައްމަދުބެއްޔާ

  އަހަރެންވެސް އިއްޔެ ބްރިޖްގައި ސައިކަލް ދުއްވާލަން މީހެއްގެ ފަހަތުގައި ދިޔައީމެވެ ބައެއްމީހުން ދުއްވާލެއްބާރުކަމުން އިނީ ވަރަށްބިރުންނެވެ ބްރިޖްއެއް އޮތަސް އެހާ ބާރަށް ދުއްވާކަށް ނުވާނެއެވެ ބްރިޖުންގޮސް ހުޅުމާލޭގައިވެސް ދުއްވާލެއް އެހާބާރެވެ މިކަމަށްއޮތް ހައްލަކީ ކޮބާބާވައެވެ

 6. އަޙައްމަދުބެއްޔާ

  އަހަރެންވެސް އިއްޔެ ބްރިޖްގައި ސައިކަލް ދުއްވާލަން މީހެއްގެ ފަހަތުގައި ދިޔައީމެވެ ބައެއްމީހުން ދުއްވާލެއްބާރުކަމުން އިނީ ވަރަށްބިރުންނެވެ ބްރިޖްއެއް އޮތަސް އެހާ ބާރަށް ދުއްވާކަށް ނުވާނެއެވެ

 7. ޙެލްމެޓް

  ދެންވެސް 1000 މީހުން ދުނިޔެދޫނުކުރަނީސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާބަލަ. މަމެން އައްޑޫގަ އަޅާހެން ހެލްމެޓް އަޅާބަލަ.

 8. Anonymous

  ހުޅުލޭ ހުޅުމާލެ ލިންކްރޯޑް އެއަށް ކިޔަނީ

 9. އައިސާ

  މޯލްޑިވްގޭސް ޕިކަޕެއް ޖެހިގެން

 10. އަބްދުއްލާ

  ވާނުވާ ނޭގި އުޅޭ ބަޔަކު އެބައުޅޭ އެއީ ރޯޑް ރޭސް ޖަހާ މީހުން . މިމީހުނަށް ކޮންޓްރޯލް ނުވާ މިންވަރަށާ ޒިގްޒަގް ވާގޮތަށް ނުރައްކާތެރިކޮށްވެސް ބްރިޖްގާ ސައިކަލް އެބަދުއްވާ . އަވަހަށް ކެމެރާ ހަރުކޮށް މިފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފަށާ. ނޫނީ ވަރަށް ނުރައްކާ ވާވަރުގެ ދުއްވުން ފެނިދާނެ.

  • ށއސ

   އެއީ އެއްގޮތަކައް ވެސް ރޭސް ޖަހައިގެން ވީ އެކްސިޑެންޓެއް ނޫން.

 11. ޥެލާ

  ކިހާ ބޮޑު ވެލައެއް ސަހާދެއް!

 12. ޝްރޭް

  މާލޭ މަގުމަތީގައި ދުއްވާ ވައްތަރަށް ދުއްވަންޔާ ތިކަހަލަ ނުރައްކާތެރި ހާދިސާތައް ހިނގާލޭ ގިނަވުން އެކަށީގެންވޭ

 13. ފިޔާޒު

  ލިންކް ރޯޑް މެދުން ވެސް ފާރު ރާނާ ދެކޮޅަށް ދުއްވާ އެއްޗެތި މަސްހުނި ނުވާނޭހެން.

 14. ބައިސްކަލް

  ސައކަލު މިއޮތީ އައި.ސީ.ޔޫ އަށް ލާންޖެހޭވަރުވެފަ.މިމީހުންގެ ސަބަބުން އެންމެ ބޮޑު އަނިޔާއެއް ތަހައްމަލްކުރަން މިޖެހެނީ ކުށެއްނެތް ސައިކަލެއް ނުވަތަ ކާރެއް ނުވަތަ ޕިކަޕެއް.

 15. ނަން

  އެންމެ ބޮޑު މައްސަލައަކީ ބާރަށް ދުއްވުމެއްވެސް ނޫން. އެންމެ ބޮޑު މައްސަލަކީ ހިތުހުރި ގޮތަކަށް ބިތަކަށް ދުއްވުން. ދެމީހުން އެއްސަފަކަށް ދުއްވުން. ވައަތްފަރާތުން އޯވަރޓޭކް ކުރުން. އަރިއުރަހަށް ދެދޭތެރެއަށް ވަދެގެން އޯވަރޓޭކް ކުރުން. އޯވަރޓޭކް ކުރާކަށް ގޮތެއްފޮތެއް ނުބެލުން.