ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި މިއަދު ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މަސީހަށް މިވަގުތު އެންމެ ރަނގަޅު ވާނީ ރީތި ގޮތުގައި އިސްތިއުފާ ދެއްވުން ކަމަށާއި މަސީހު ރީތިކޮށް އިސްތިއުފާނުދެއްވާ ކަމުގައިވަނީ ނަމަ ނޯ ކޮންފިޑެންސް (އިތުބާރު ނެތްކަމުގެ ވޯޓު) ނަގައިގެން މަޖިލީހުގެ އެމަގާމުން ބޭރުކުރާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެމަސައްކަތް ކުރިއަށް މިހާރުވެސް ދާ ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް އެކި ފަހަރުމަތިން މަސީޙް ބޭރު ކުރުމަށް މަސައްކަތްކޮށްފައިވާއިރު ވެސް، ކޮންމެ ފަހަރަކުވެސް ކޮންމެވެސް ސަބަބަކާ ހުރެ މަސީޙް ބޭރުވާގޮތް ވަނީ ނުވެފައެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އަހަރު ތިން ފަހަރުގެ މަތިން މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ޖަލްސާތައް މި މަހު ފަށާއިރު މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާ އެކު މަޖިލީސް ޖަލްސާ ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ދާދި ފަހުން ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދިސްއިޒްއިޓް

  ތިޔާ ސަލާމަތް ވަނީ ކަމަށް މަމެން ނުދެކެމޭ ތިއަށް ފަހު ދެން ނަގާ ރާޅުގައި މަމެން ބަލަން ތިބޭނަން ވާ އެއްޗެއް ތަމެން ބަލާތި މަޖްލީހުން އެމްޑީޕީ ވެސް އަދި ޖޭޕީ ވެސް ބޭނުމެއް ނުވާނެ ދެން އެންޓިޑިފެކްޝަން ގާނޫނު އުވާލަން އެމެން އެއުވާލަން ވޯޓް ދީފިނަމަ އެމެންނަށް ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ނުދަނެއޭ މަމެން ބުނާނީ މިރާއްޖޭގައި އެންމެ ކޮރަޕްޓް އީ ރައްޔިތުންގެ މަޖްލީސް އެމެން ކޮންޓްރޯލް ކުރާ ހަމަ އެކަނި ޓޫލް އަކީ އެންޓިޑިފެކްޝަން ގާނޫނު އެންޓި ޑިފެކްޝަން ގާނޫނު އަދިވެސް ބޮޑަށް ވަރުގަދަ ކުރަންވީ އެމްޑީޕީ ވެރިކަމަށް އައި ނަމަވެސް އެކަން އެމެން ނުކޮށްފިނަމަ މަޖްލީސް ތެރޭން ރާއްޖޭގެ ރައްޔިތުން ހޮވާ ކޮންމެ ވެރިއަކު ވެސް ނަގާ އެއްލާލާނެ މަޖްލީހުގެ މެމްބަރުންނަށް ދައުލަތުގެ އެސެޓްސް ތައް ބަހާނުލާހާ ހިނދަކު މަޖްލީސް މެމްބަރުންގެ ދަށުގައި ނޫން ރިޔާސީ ނިޒާމެއްގައި ސަރުކާރު އޮންނަން ޖެހޭނީ ސަރުކާރު އޮންނަން ޖެހޭނީ މަޖްލީހުގެ މެމްބަރުން ކޮންޓްރޯލް ކުރާ ވަސީލަތަކަށް. ދިސް އިޒް އިޓް..

 2. ޟަރީ

  ދެން ރާްއްޖޭގަ ދީނީމިނިވަން ކަން ދޭން މަސައްކަތްކުރާވާހަކަވެސްބުނެލާ. ދިވެހި ރާއްޖޭގެ ދުވަސްދުއްވާލާނެމިމީހުން.

 3. 3ނިރު

  ޖަލު ހުކުމެއްގަ ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވީމަ ބޮޑަށް ތަފްޞީލް ވާނީ

 4. ޕޮލިސް

  މަބުނީ ކޮބާކަލޭ ވަގަށް ނެގި ޕޮލިސް ލޯންޗް ތައް.

 5. ރުޒާނާ ޗޮއްޕަޓު

  "...މަސީހު ރީތިކޮށް އިސްތިއުފާނުދެއްވާ ކަމުގައިވަނީ ނަމަ ނޯ ކޮންފިޑެންސް (އިތުބާރު ނެތްކަމުގެ ވޯޓު) ނަގައިގެން މަޖިލީހުގެ އެމަގާމުން ބޭރުކުރާނެ ކަމަށެވެ." ހުތުރުކޮށް އިސްތިޢުފާ ދީފިއްޔާ ކަލޭ ހަދާނީ ކިހިނެއް ބޣ