ރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑް "ޢޫދު އަލް ސަބާޔާ" އިން ދެ ޖިންސަށް ހާއްސަ އަތަރެއް ތައާރަފްކޮށްފިއެވެ.

އެގޮތުން "އޫދު އަލް ސަބާޔާ"އިން އަލަށް ތައާރަފްކޮށްފައިވާ އަތަރަކީ "މުސްކީ އޫދު" އެވެ. "މަސްކީ އޫދު" އަކީ ދެ ޖިންސަށް ވެސް އެކަށޭނެ ހާއްސަ ވަހެއް އެކުލެވިގެންވާ ފެންވަރު ރަނގަޅު އަތަރެކެވެ.

"އޫދު އަލް ސަބާޔާ" އިން އަލަށް ތައާރަފްކޮށްފައިވާ "މަސްކީ އޫދު" އަތަރު މިހާރު "އޫދު އަލް ސަބާޔާ"ގެ މައި އައުޓްލެޓުން ލިބެން ހުންނާނެއެވެ.

މަސްކީ އޫދުގެ އަގުތަށް :

6 އެމްއެލް 100 ރުފިޔާއަށް

12 އެމްއެލް 200 ރުފިޔާއަށް

24 އެމްއެލް 400 ރުފިޔާއަށް

އަދި މާދަމާ އައްޑޫއަށް ހާއްސަ އަރަބިކް އަތަރުތަކެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް އޫދު އަލް ސަބާޔާއިން ބުނެއެވެ.

އެގޮތުން އަރަބިކް އަތަރުތަކުގެ 50 އެމްއެލްގެ 10 ވަށްތަރެއްގެ އަތަރު އައްޑޫގައި ހުންނަ އޫދު އަލް ސަބާޔާގެ އައުޓްލެޓުން މާދަމާއިން ފެށިގެން ލިބެން ހުންނާނެއެެވެ.

އޫދު އަލް ސަބާޔާގެ އިތުރު އައުޓްލެޓެއް ބ. އޭދަފުށީގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ނޮވެމްބަރ މަހުގެ ތެރޭގައި އޫދު އަލް ސަބާޔާގެ ފިހާރައެއް އޭދަފުށީގައި ހުޅުވުމަށް. އަދި ވޯލްޑް ވައިޑްކޮށް މި ވިޔަފާރި ކުރުމަށް އޮންލައިން މާކެޓެއްގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށް. އިންޝާ ﷲ، މި މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި" އޫދު އަލް ސަބާޔާގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ޝަބީން ވިދާޅުވިއެވެ.

އޫދު އަލް ސަބާޔާ އިން ދިވެހިންނަށް ހާއްސަ އެކި ވައްތަރުގެ އަތަރާއި އޭގެ ޕާފިއުމް ލިބެން ހުންނައިރު ދިވެހިންގެ އަމިއްލަ 12 ވައްތަރެއްގެ އަތަރާއި އޭގެ ޕާފިއުމް ހިމެނޭ ގޮތަށް ޖުމްލަ 60 ވައްތަތުގެ އަތަރު އޫދު އަލް ސަބާޔާއިން ލިބެން ހުންނާނެއެވެ. އަދި ދާދި ފަހުން އޫދު އަލް ސަބާޔާއިން ވަނީ އަތަރު ލޯޝަންވެސް ތައާރަފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޟަރީ

    މައްސަލައަކީ އެހެންތަންތަނަށްވުރެ އަގުބޮޑުވުން.

  2. Anonymous

    ތިއީ އެންމެންވެސް ގެންނަ ކޮލިޓީ ދައް ސެންޓއް

  3. Anonymous

    ތިއީ އާންމު ކަމެއް ދޮގުހެދުން

  4. Pudenda Addo

    މިތާންގެ އަރަތު ހަމަ +100