ރިސޯޓަކަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ހައްޔަރު ކުރީ ބ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން އެރިސޯޓަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭދަފުށީ ފުލުހުންގެ އިދާރާއިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 27 އަހަރުގެ މީހެއް ކަމަށާއި، އޭނާ ހައްޔަރު ކުރީ އޮކްޓޯބަރ 7 ދުވަހުގެރޭ 21:10 ހާއިރު ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އޭދަފުށީ ފުލުހުންގެ އިދާރާއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މީގެ ހަފްތާއެއްހައި ދުވަސް ކުރިންވެސް ބ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާސްކު އޮފް ޒޯރޯ

    ރިސޯޓްތަކުގެ މެޖޯރިޓީ މުއައްޒަފުންނަކީ މަސްތުވާ ތަކެތި ބޭނުން ކުރާ ބައެއް. އިބޫއަށް ގިނަވޯޓް ރިސޯޓް ތަކުން ލިބުމީ އެކަމުގެ ހަގީގަތް.

  2. މުހުންމަދު

    މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިއާޢިމާރާމާރީއަކީ މިޤައުމުގެ ސަޤާފަތުގެ ތެރެއިން ވާކަމެއް. ރައްޔަތުންގެ ލޮލުގައި އަނދުންއެޅުވުމަށްހައްޔަރުކުރާތަން ފެންނާނެ. ހައްޔަރުކުރިމަގުން ނުން އަނެއްމަގަށްއަރައި ދޫކޮށްލާނެ. ބަލައިގެންއުޅެން ނަސޭހަތްތެރިވާނެ