ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުގެ ތެރެއިން ނަގާނެ ކަމަށާއި، އެއީ އެމަނިކުފާނު އެންމެ ބިރުގަންނަ އެއް ކަންތައްކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް މިގޮތަށް ވިދާޅުވެފައި މި ވަނީ، އޭނާ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައި ނުވާކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން މިއަދު މީޑިއާތަކާއި ވާހަކަދައްކަވަމުންނެވެ.

ލަތީފް ވިދާޅުވީ، މި ކާމިޔާބުގެ ފަހަތުގައި ތިބީ އިދިކޮޅު ހަތަރު ލީޑަރުން ކަމަށެވެ. އަދި ރައީސް ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެންނަން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ތަންފުކެއްވެސް ދުލެއް ނުކުރާނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

"އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހެނީ، މިހާރުވެސް މި ދަންނަވަނީ އިސްތިއުފާ ދޭށޭ،". ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބޭރު ކުރުމަށް ނަގާ ވޯޓު ނެގުމަށްފަހު، ދެން މިސްރާބު ޖަހާނީ ރައީސް އަބްދުﷲ ޔާމީންއާއި ދިމާލަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

"ރައީސް ޔާމީން އެންމެ ބިރުގަންނަ އެއް ކަންތައް އެއީ. ނަގާނަން އަޅުގަނޑުމެން އެ މަސައްކަތްވެސް ކުރާނަން. އަޅުގަނޑުމެން އެންމެ ތަންފުކެއްވެސް ދޫނުކުރާނަން. އަޅުގަނޑުމެން ޔަގީންކަން މި ދެނީ ރައީސް ޔާމީންގެ އަނިޔާވެރިކަމަކަށް އަބަދަކު އާނއެކޭ ނުކިޔާނެކަން". ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ގާނޫނާއި ހިލާފަށް ރައީސް އަބްދުﷲ ޔާމީންކޮށްފައިވާ ހުރިހާ ކަމެއްގެ ހައްގު އަދަބު ލިބޭނެ ކަމަށެވެ.

"އެމަނިކުފާނު ސަރުކާރު ހިންގީ ދޮލެއްގެ ތެރެއަށް ލައިގެން ސަދަގާތު ފަންޑެއް ހަދައިގެން. އެހެންވީމަ އެ ނިމުމަކަށް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ". ލަތިފް ވިދާޅުވިއެވެ.

ލަތީފް ވަނީ ރައީސް އަބްދުﷲ ޔާމީން އާއި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުރުން، މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާގެ އިސްތިއުފާއަށްވެސް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ވަގުކަލޭގެ

  ސާބަހޭ 3 މީހުންނަގާ ބޭރުކުރޭ..

 2. ހިށާން

  ފާޅުގަ ބަގާވާތް ކުރަން ގޮވާއިރުވެސް މުއައްސަސާތައް މިއޮންނަނީ ނިދާފަ. ނޮވެމްބަރ 17 ކުރިން ރައީސް ޔާމީން އަޒުލު ކޮއްފިއްޔާމު ލާހިކެއް ނޫން އިބްރާހިމް މުހައްމަދު ސޯލިހައް މިގައުމުގަ ވެރިކަން ކުރާކާށް.

 3. ވިލްޔޫ

  ދަރާއްޖެތެރޭ މީހުންނަކީ އަބަދުވެސް ރަށުއޮފީހުގެ ވެރިކަން އެއް އާއިލާ އިން ކުރުމަށް ޓަކައި މުޅި ރަށަށް ސިހުރު ހަދައިގެން ރަށުގައި އެމެން ރަށު އޮފީހާއި ދެކޮޅު ހުރިހާ އެންމެން ރަށުން ބާލާ އެމެންނާއި ދެކޮޅު އެންމެންގެ ދުވަސް ދުއްވާލާ ބަޔެކޭ ސްޕެޝަލީ ކުދި ކުދި އާބާދީ ތައް އޮންނަ ރަށްރަށް އެއީ އެކަމުގައި ލާމަސީލު ބަޔެކޭ އެކަމޭ ދިއްދޫ ލައްޗޭގެ ފަރާތުން ވެސް ފެނިގެން އެދަނީ ގާސިމް އިބްރާހިމްގެ ފަރާތުން ވެސް ފެނިގެން ދަނީ ރައްޔިތުންގެ ހައްގޭ ކިޔާ މުޅި ގައުމު ސުންނާފަތި ކުރުމޭ ކަޅު ފައިސާ ރާއްޖޭގެ ހުރިހާ ކޯޓް ތަކަށް ބަހަމުން މިރާއްޖޭގެ ރައްޔިތުންގެ މެދުގައި ގައުމަށް ޚިދްމަތް ކުރާ ވެރިންނާއި މެދު ނަފްރަތު އުފެއްދުމޭ އޮންނަނީ ބޮޑަށް ދަ ރާއްޖެތެރޭ އެމްޕީން ގެ މީ މަމެން މުޅި ރާއްޖޭގެ ސޯޝަލް ސެކްޓަރ ސްޓަޑީ ކުރިއިރު ފެނިގެން ދިޔަ ހަގީގަތަކީ ރާއްޖެ ކުރި ނޭރުމުގެ ވެސް އެންމެ ބޮޑު މައްސަލަ އަކީ ރާެއްޖެތެރޭ މީހުން ދައުލަތުގެ މަތީ މަގާމް ތަކުގައި ތިބެ މާލެ ސަރަހައްދު ތަރައްގީ ކުރަން ކޮންމެ ސަރުކާރަކުން ކުރާ ކަމަކަށް ހުރަސް އެޅުމޭ މިހާތަނަށް ދަ ރާއްޖެތެރެއަށް ކުރި އެއްވެސް ކެޕިޓަލް އިންވެސްޓްމެންޓް އެއްގެ ރިޓާރން ލިބިފައި ނެތޭ މީ މިރާއްޖޭގެ ހަލާކުގެ ފެށުމޭ މީ ދަ ރާއްޖެތެރޭ މީހުންގެ ވިސްނުމުގައި ހުރި ސްޓްރަކްޗްރަލް މައްސަލަ އެކޭ އެކަން ރަނގަޅު ނުވަނީސް ރާއްޖެ ތަރައްގީ ނުވާނެއޭ ހޫ ވިލް ބީ ދެއަރ ޓު ފިކްސް ދިސް މެޓަރ އޯނޯ ކެއަރި އަވަރ ކަންޓްރީ ލައިކް ޔުއަރ އޯން ކަންޓްރީ ވިލް ޔޫ ބީ ދެއަރ ފޯރ އަސް އޯލާ އޯލާ އޯލާ އޫއް އޫއް އޫއް އޯއް އޯއް އޯއް ވެން ޔޫއާރ ލޮސްޓް ވީ ވިލް ފައިންޑް ޔޫ އައި އޭމް ގޮނާ ބީ ފެއިތްފުލް ޓު މައި ކަންޓްރީ އީވެން ވެން އޯލް އާރ އަންފެއިތްފުލް އޯއް އޯއް އޯއް އައި އޭމް ސޯ ސަޕްރައިޒްޑް އޮފް ދިސް އެސައިންގްމެންޓް ވިލް ޔޫ ބީ ދެއަރ ފޯރ މީ ވިލް ޔޫ ބީ...

 4. އިބޫ

  ޢަބްދުއްލަތީފް ކަލޭ ޒަަތީ ވިޔަސް ތީ ބޮޑުވަރު ކަލެއަަށް ނޭންގޭތަ މިނޫން ދުނިޔެއެއް އޮތް ކަމެއް ޒާތީ ތަހައްސުބުން މުޅި މީހާ ފޯވެފަ ހާރޑާ ލަތީފް

 5. ޏަނި

  ތީ އިންސާފު ތަ. ކަލޭމެންގެ ހަސަދަވެރިކަން ނިކަން ދެކިބަލަ.

 6. ހުސޭނުބޭ

  އަނިޔާވެރިންނަށް، މަކަރުވެރިންނަށް އަނިޔާވެރިކަމެއް ނު ނިންމޭނެއެވެ. ޚަޞީލަތްނުބައި ކުށްވެރިންނަކަށް އިންސާފެއް ޤާއިމެއް ނުކުރެވޭނެއެވެ. ތިމާގެ އަނބިގޮއްޔެ ކައްކާ ބަތްއެތީގައި ލޮނުގަދަވިޔަސް އެވީ ޔާމީނުގެ އިތުބާރުނެތްކަމުގެ ވޯޓުނަގާށެވެ. އެހެންވިއްޔާ ތިހުރީ އިންސާފު ޤާއިމްކުރެވިފައެވެ.

 7. ހުސޭނުބޭ

  ދިރިތިބި ބަޔަކު ވިސްނާ ފިކުރުކޮށްބަލަ، މިހާރު މިގައުމުގަ ކުށެއްކުރި އެއްވެސް މީހަކުނެތް، މިފެންނަ މަންޒަރުތަކުން ދާދި އަވަހަށް ހުރިހާ ޖަލުތައްވެސް ތަޅާ ސުންނާފަތި ކޮށްލާތަން ފެނިގެންދާނެ، ލަޠީފުއަށް ބުނެލަން އޮތީ ގަދަބަސްނުބުނާށޭ، ކުރިޔަށް ވާންހުރި ކަންތަށް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.

 8. Anonymous

  ރައީސު ޔާމީނު ކުޑަކޮށްވެސް ތެހޭކަމެއްނޫން ދެން ކަލޭމެން އިތުބާތުނެތްމަމުގެ ވޯޓު އެއްހާސްފަހަރު ނެގިޔަސް، ކަލޭމެންގެ އުނދަގުލާއި ދުއްތުރާލާއިއެކުވެސް 5އަހަރު ފުރިހަމަކޮށްފި، 40އަހަރުން ނުކުރެވުނު ތަރައްގީއާއި ކުރިއެރުން އެއްމެ ޓާމަކުން ކޮށްނިންމާފައި އެވަނީ، ތަޢުލީމީ ގާބިލު ނަމޫނާ ލީޑަރެއް، ހަޖަމުނުވާބަޔަކު ގަބޫލު ނުކުރުޔަސް

 9. ހދ

  ރ ޔާމީނަށްވުރެ މާބޮޑެތިކުށްތައް ތިބޭފުޅުން ވަނީ ކޮށްފައެވެ ފުރަތަމަ ތިމާ އަމިއްލައަށް
  އިސްތިއުފާ ދެއްވާށެވެ ކޮށްފައިހުރި ކުށްތައް ފަސްއަޅާފޮރުވަން ޔާމީން އަޒުލުކުރުމަކުން
  ނުފުދެއެވެ

 10. ދިއްދޫ

  ލަތީފް! ކަލޭގެ ފެންވަރުން ވާހަކަދައްކާބަލަ. ޔާމީނާނޫޅި ކުރިއަށްއޮތްތާގައި ތިޔ ގޮނޑި ލިބޭތޯ ބެލުން މާ މުހިއްމެއްނު. އޭރުންނޭ ރަބަރެއް ދެމޭހެން ދެމެވޭނީ. އަދި އާޙިރަތްދުވަސްވެސް އެބައޮތް. ފައިސާކޮޅު.......

 11. ޢަދީބު

  ސިދާ ބަޣާވާތުގެ ޢަމަލެއް. އޭނާ ހައްޔަރުކުރޭ....

 12. ނިޒާރު

  ބަޣާވާތްކުރަން ގޮވާލާ މީހުންނަށް ޖާގަ ނުދެމާ! އެއީ އެމް.ޑީޕީއަށް ދިޔާމަ ވާގޮތް އަބަދުވެސް ބަޣަވާތްކުރުން އެމީހުންގެ ކަމަކީ.......