ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބާކީ ތިބި އަށް މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭނެ ކަމުގެ އުއްމީދު މިއަދު ސްޕްރީމް ކޯޓުގެ ހުކުމްތަކުން ލިބިގެން ގޮސްފައިވާކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދުގެ ގޮނޑީގެ މައްސަލާގައި އިއްވި ހުކުމްތަކަށްފަހު މިއަދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހިސާން ވިދާޅުވީ، އުއްމީދު ކުރަނީ ސްޕްރީމް ކޯޓަށް ހުަށަހަޅާފައިވާ ބާކި ތިއްބެވި މެންބަރުންގެވެސް ގޮނޑިތައް ނުގެއްލި، މިއަދުގެ މައްސަލަތައް ކުރިއަށްގެންދެވުނު ގޮތަށް ނިމިގެން ދާނެ ކަމަށެވެ.

ހިސާން ވިދާޅުވީ ހުކުމްތަކުން އެންމެ ބޮަޑަށް އެނގިގެން ދިޔަ ކަމަކީ މެންބަރުންގެ ގޮނޑިތައް ގެއްލުވާލާފައިވަނީ ގާނޫނީ އިމުން ބޭރުންކަން ކަމަށާއި، ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމް، އޭގެ ކުރީގެ މާޒީއަށް ރުޖޫއަކޮށްގެން ތަތުބީރު ނުކުރެވޭނެކަން ވެސް މިއަދުގެ ހުކުމްތަކުން ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށެވެ.

"މިއަދުގެ ހުކުމްގައި އެންމެ އަސާސީ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ މެންބަރުން ޕާޓީއިން ވަކިވާން ހުށަހަޅާފައިވާތީ ގޮނޑި ނުގެއްލޭކަން. އަޅުގަނޑުމެން މި އުއްމީދުކުރަނީ ހަމަ ބީދަޔައިން އެހެން މެންބަރުންގެ މައްސަލަތައް ވެސް މިހެން ނިމިގެން ދާނެ ކަމަށް". ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މަޖިލީހުގެ ގޮޑިއާއި މެދު ސުވާލު އުފައްދާފައިވާ ބާކީ ތިބި އަށް މެންބަރުންވެސް ވަނީ 13 ވަނަ ދުވަހުގެ ކުރިން ޕާޓީއިން ވަކިވާން ހުށަހަޅާފައެވެ. އެހެންކަމުން އެ އަށް މެންބަރުންގެ ގޮނޑި ނުގެއްލޭނެކަމަށް އުއްމީދު ކުރައްވާކަމަށް ހިސާން ވިދާޅުވިއެވެ.

ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅާފައިވަނީ، އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މި ހަތަރު ބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017ގެ ތާރީޚަށް ފަހު ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

މި ހަތަރު މެމްބަރުންނަކީ ވެސް މީގެކުރިން ޕީޕީއެމްގައި ތިއްބެވި މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިންޑް

    މަސީހު މަގާމުން ދުރު ކުރުމުގެ މަސައްކަތް އަލުން ފަށާނަން ކަމަށް މެމްބަރުން ބުނުމުން މަމެންނަށް ހައިރާން ނުވަމޭ މަމެން ގޭގެ ކުޑަ ދޮރު ހުޅުވާ ބަލާލުމުން ލޯންގް ވޭ އިން ފެންނަނީ ރާއްޖޭގެ އިގްތިސާދު އިރުއޮއްސޭ ބާރު މިނުގަިއ ދަަށަށް ދާނެ ކަން މި 12 މެމްބަރުންނާއި ހެދި އަދި އެމެންގެ ޖެލަސީ އެން އެންގަރ ކަލްޗަރ ރައްޔިތުން ހޮވާފައިވާ ސަރުކާރެއްގެ މައްޗަށް ޖެއްސުމުން މީ އެއް ހިއްސު މަދު ޕޮލިޓިޝަނުންތޭ އެއީ އޭ މަމެންގެ ބެކް އޮފް މައިންޑް ކުރާ ސުވާލަކީ މަމެންނަށް އިނގޭ އެއްޗަކީ ތަޖްރިބާ އަކީ ވަރަށް މުހިއްމު އެއްޗެކޭ ތަޖްރިބާ އަށް ބަލާ އިރު ދަ ރާއްޖެތެރޭ މީހުން އިސްމަގާމް ތަކުގައި ގިނަ ވެއްޖެނަމަ އެތަނެއްގެ ހަމަ ޖެހުމެއް ނޯންނާނެއޭ އޮންނާނީ އަބަދުވެސް ބަނޑު ފެޅުމޭ ދޭއާރ ނޮޓް ދަ ޗޯސެން ވަންސް އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ގުޑް ސައިން ޓު ސެޓް ދެއަރ މައިންޑްސް އިން ފޯރވާރޑް ރެސްޕެކްޓް ޓު ބިލީވް އިން ރައިޓް ޑިރެކްޝަން ރާދަރ ދޭން ޓްވިސްޓިންގް ދަ ޑިރެކްޝަންސް ފެއިތް އިޒް ފައުން އިން ވިންޑް

    • ރާއްޖެތެރޭ އެއްކުޅަދު

      """މަމެންނަށް އިނގޭ އެއްޗަކީ ތަޖްރިބާ އަކީ ވަރަށް މުހިއްމު އެއްޗެކޭ ތަޖްރިބާ އަށް ބަލާ އިރު ދަ ރާއްޖެތެރޭ މީހުން އިސްމަގާމް ތަކުގައި ގިނަ ވެއްޖެނަމަ އެތަނެއްގެ ހަމަ ޖެހުމެއް ނޯންނާނެއޭ""" ކަލޯ ބުނަން ރަނގަޅުވާހަކައެއް.. ރާއްޖެތެރޭ ގަމާރު މީހުންނުލާ ތިބުނާ މާލޭގެ މާސްޓަރ މައިންޑް މީހުން ލައިގެން ވީކަމެއް ދައްކާލަބަ.. ކަމެއްކޮށްފިއްޔާ މި މާލެޔަށްވެސް ކޮށްފަ ހުރިއްޔާ ހުރިކަމެއް އުހެރީ ތިބުނާ ރާއްޖެތެރޭ މީހުން ކޮށްފަ.. ކަލޭމެންގެ ކަމަކީ ރާއްޖެތެރޭމީހުން ފެލައިގެން ކައިގެން ބޮއެގެންއުޅުން.. ވަރަށް ސަލާމް ކަލޯއަށް

  2. އައިއޭމް

    މަސީހުގެ މައްސަލައިގައި ސޮއިކޮށްގެން ގޮނޑި ނުގެއްލޭނެ ކަމަށް ހުކުމް ބުނާއިރުގެ ހާލަތާއި ވަގުތާއި ސިޗުއޭޝަން ތަފާތު ވުމުން ބޮޑަށް ލަފާ ކުރެވެނީ މަގާމްގެ ދިފާއުގައި ސްޕްރީމް ކޯޓުގެ ޖަޖުން ވެސް މަސައްކަތް ކުރަނީ ކަމަށޭ ސައުތު އޭޝިއާ ގެ ގައުމު ތަކުގެ ޕޮލިޓިޝަނުން ބޭނުންވަނީ މަގާމާއި ސްޓޭޓަސް އޭ އެގައުމު ތަކުގެ މަތީ ކޯޓް ތަކުގެ ފަނޑިޔާރުން ބޭނުންވަނީ ސިޔާސީ މީހުންގެ ސްޓޭޓަސް އެމެން ދިފާއު ކޮށްދޭނަމަ އޭގެ ބަދަލުގައި މިލިއަނުން މާރކްސް އެމެންގެ ތިޖޫރީ އަށް ބަރާކުރުމޭ މީއޭ މިއަދު ފެނިގެންދާ މަންޒަރަކީ އިން މައި ލައިފް އައި ހޭވް ނެވަރ ސީން ސަޗް ކޮރަޕްޓް ވާރޑިކްޓްސް އޮފް ސްޕީރިއަރ ކޯޓް ނެވަރ ޑިޑް ފަައިންޑް އިން މައި ހޯލް ލައިފް އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ ބަޓް ނައު އައި ފައިންޑް ދަ ރިއަލް ޕިކްޗަރ އޮފް ދަ ޖަޖްސް އިން އަވަރ ރޫލިންގް ހޯމްސް އިޓްސް އަ މޯމެންޓް ޓު ތިންކް އޮފް ދަ ކަންޓްރީ އޯއް އޯއް އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ އައި އޭމް ސޯ ސޮރީ...

  3. މުހައްމަދު

    ބަރާބަރު މިއީއިންސާފަކީ

  4. ރައްޔިތުން

    އަޅެ ރާއްޖެތެރޭ ނޫން މީހާއަކީ ކާކުތޯ.