ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްތަކަކީ ވަރަށް ތާރީހީ ހުކުމްތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް މިއަދު ހުކުމް އިއްވި ހަތަރު މެމްބަރުން ކަމަށްވާ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫން ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު އިއްވި ތާރީހީ ހުކުމްތަކާއެކު އެ ހަތަރު މެމްބަރުންގެ ހައްގުތައް އަލުން ލިބިގެން ގޮސްފައިވާ ކަމަށާއި މިދިޔަ ދުވަސްތަކުގައި އެ މެމްބަރުން ކުރި މަސައްކަތް ބޭކާރު ވެގެންނުދާނެ ކަމަށެވެ.

ޕީޕީއެމް އިން ވަކި ކުރުމާ ގުޅިގެން މި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މިގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިއާޔަތްކޮށެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްތަކުގައި ވަނީ އެ މެމްބަރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕީޕީއެމުން ވަކިވާން ހުށަހަޅާފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތްކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅާފައިވަނީ، އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މި ހަތަރު ބޭފުޅުންގެ އިތުރުން ވެސް އީސީން ވަނީ މަޖިލީހުގެ އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ. އެ ބޭފުޅުން ވެސް ވަނީ އީސީގެ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ރިޔާ

  އެންމެން ވެސް ބައްޔޭ ކިޔާފަ ގަދަ އޭ ދޯ

 2. Anonymous

  ޢަމިއްލަމަސްލަހަތުކުރިއަށް ކުރިއަސަޚުދުމުޚްތާރު
  ސިފަތަޢްއަށްގެންފައިވާ ކޮންމެމީހަކަށްވެސް ކަމުދާނީ އެމީހަކު އެދޭގޮތަޑް

 3. ޙަބޭސް

  1 ފެބުރުއަރީގެ ހުކުމް ތާރީޚީ ނިންމުމަކަށް ނުވިދޯ

 4. ޢެމް

  މިހާރު މިވީގޮތުން ގާނޫނަކީ އެއްވެސް ހަމައެއް ލަމައެއް އޮތް އެއްޗެއް ނުންތާ ހިތަށް އެރުމުން ކުއްވެރިއެއް ކަމަށް ނިންމާ ޖަލަށްލާ ހިތަށްޢެރުމުން ނިންމާފައިވާ މައްސަލަ އެހެންގޮތަކަށް އަބުރާލާ! ޢެކަމަކު އެމައްސަލަ ބެލިގާޟީ ކުއްވެރި ނުވޭ މީހަކު ހައިރާނެއް ނުވާނެބާ!

 5. ކޮލިބެ

  ކޯޓުގެފުރާޅު ސަލާމަތުންއެބަހުރިބާ ؟

 6. ރަސީދު

  މައުމުނު މިހާރު ބައްލިވެސް ރަގަލު

 7. ރައްދު

  އަމިއްލަމަސްލަހަތުގައި ހައްދުފަހަނަ އަޅާފައި
  ވާމީންނަކީ އަބަދުވެސް އެމީހުންބޭނުންވާ ގޮތަށް
  އިޖާބަދޭ ބައެކެވެ އެނޫން ގޮތަކަށް ކަމެއް
  އައުމުން އެކަމެއްބަލައިގަތުމުގެ ގާބިލްކަން
  އެމީހުންގެ ނުހުރެއެވެ މިބައި މީހުންނަކީ ވަތަނީ
  ރޫހް އެއްވެސް ވަރަކަށް ހުންނަބައެއްނޫނެވެ
  އަބަދުވެސް ހިހޫތަނުން ކެއުމަށް އާދަވެފައި
  ތިބޭ ބައެކެވެ އަންބޮނޑި ބޮޑުކުރަން ބޭނުންވާ
  ބައެކެވެ

 8. ހަސަން

  ލޮލަށް އިލޮށިގަޑު ހެރޭކަށް މާގިނަދުވަހެއްނެތް ކޭތަ ހިފާފާހުއްޓާ ދެން ފެނިގެންދާނީ

 9. ބެއްޔާ

  ކަލޭ ބޭނުންގޮތަކަށް ޙުކުމް ނެރެންޏާ ބަރާބަރު. ތިއަށްވުރެ ބޮޑަށް އަދި ތާރީޚުގެ އެތެރެކޮއިލަށް ވަދެގެންދާނެ ކަލެއަށް ޕީޕީއެމް ސްޕްރީމްކޯޓުން ހަވާލުކުރާ ދުވަހު. ތީ މިގައުމުގެ ހަލާކު. އަދި ގާސިމްވެސް. ހިނގޭ ނުހިނގޭ އިރުވެސް އުޅޭ ވައްތަރު ކޯޗެއް ހޯދަންތަ ކޯންޗެއް ނުލިބިގެންތި ހޭބަލިވަނީ

 10. ދޮންބެ

  ޢޭރުވެސްް.

 11. Anonymous

  މިއަދުގެ ޙުކުމް ތާރީޚީކަން ގަދަވީ ފެބުރުއަރީ 1ގެ ހުކުމައްވުރެންތަ؟؟ އެއީވެސް ތި މައުމޫނުބެއްޔާ އަޑީގައިހުރެގެން ނެރުވި ތާރީޚީ ހުމުމެއްނޫން ދޮތަ؟؟

 12. ހުސޭނުބޭ

  ގައުމަށް ހެޔޮއެދިގެން ކިޔާ ވެރިކަމާހެދި ކޮއްކޯ ގަޔަށް ހަނޖަރުން ތިޖަހަނީ، މިގައުމަށް ކޮންމެ މީހަކު ވެރިކަމަށް އަޔާސް މައުމޫނަށް ބައި ނާޅާ ލާހިކައެއްނުން ވެރިކަމެއްކަމެއް ހިންގާކަށް، މީ ވަރަށް ވާހަކަ، މިހާވަރުން ރައްޔިތުންނަށް ވިސްނޭނެ ކަމަށް އުއްމީދުކުރަން، ހިތާމަޔަކީ ވަގުތު ފާއިތުވެއްޖެ.

 13. ހަނދުކޭތަ

  މިއަދު ސްޕުރިމްކޯޓު ރަނގަލު !!!!!! މާދަމާ ގޯސް ؟؟؟؟؟؟؟؟؟

 14. މޑޕ

  ތިޔަ މޫނަށް މިފަހަރު ވަރުގަދަ ލަނޑެއް ދޭނަން. ދެން މަގުމައްޗަށް ނިކުތަސް ބާއްވާނީ ހަމަ ގޮޅީގަ.

 15. ޔޫސުފް

  ކޯޓުން އިއްވާ ކޮންމެ ހުކުމަކީވެސް ތާރީޚީ ހުކުމެއް. ޚޮންމެ ޖަމެއްވެސް ވާނީ ކޮނމެވެސް ތާރީޚެއްގަ

 16. އަން

  ތިބެއްޔާއަކީ މިގައުމުގެ ހަލާކު. ބެއްޔާވަނީ ޝަރުއީ ދާއިރާ ހސރ ކޮށްފަ

 17. ނަސީމް

  މިއަދު ސުޕްރީމް ކޯޓުންމިބޭފުޅުން ބޭނުންވާގޮތަށް ހުކުމްކުރީމަ ތާރީޚީހުކުމަކަށް ވެއްޖެ. ނަމަވެސް ސުޕްރީމް ކޯޓުންމާދަމާ ވެސް ނިމިދިޔަ ރިއާސީއިންތިޚާބު ބާތިލްކޮށްފިނަމަ
  އެއަށްވުރެ ނުބާބަޔކު މިއުޑުހިޔާދަށަކު ނުތިބޭނެ.

 18. އަހްމަދު

  މިއައްވުރެ ތާރީހީހުކުމަކަށްވާނީ އެކެއްފެބްރުއަރީގެހުކުމް ނޫންބާ

 19. ހޯހޯ....

  ކޯޓުތައް އަބަދުވެސް ބަރާބަރުވާނެ. ކޯޓުތަކުން ހުކުމް ކުރާނީވެސް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް. ޖަލަށްލުމަށް ޙުކުމް ކުރަނީވެސް ޤާނޫނާ ޤަވާޢިދާއި އެއްގޮތަށް. ޖަލުންނެރެ ދޫކޮށްލާނީވެސް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް. ޙުކުމް ބާތިލްކުރާނީވެސް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް. ކޯޓުތަކަކީ ޢަދުލުއިންސާފު ޤާއިމުކުރާތަންތަން.

 20. ރޮންދާ

  ރަން ތިރީސް އަހަރުގެ ހުކުމެއް ދޯ...؟!!