ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުނގް ލައި މާގިއޫ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ ކުނޫޒުގައެވެ. މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުގެ އިތުރުން އެ ޕާޓީގެ އިސް ބައެއް އެހެން ފަރާތްތައް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނަމަވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅޭ މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިޔާސީ ފަރާތްތަކާއި އީޔޫ ސަފީރު ބައްދަލުކުރައްވަމުންދާއިރު، އިއްޔެ ސަފީރު ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އީޔޫ ސަފީރު ވަނީ ރާއްޖެ އަށް އަމާޒުކޮށްގެން އީޔޫގެ އެހީތެރިކަމާ އެކު މިހާރުވެސް ހިންގާ ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި މުއައްސަސާތައް އިސްލާހު ކުރުމާއި ސަލާމަތީ ހިދުމަތުގެ ދާއިރާ އާއި ދުނިޔެ ހޫނުވުމުން ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބެއްޔާ

    ވިލާތުން ލިބުނީ ގޮޅިޖެހި އެއްމެ ގަމީހެއްތަ. އަބަދު އޭތި ލައިގެން.

  2. ޑިމޮކްރަޓިސްޓް

    ސޭޓޫ އެވެރިންނާ ވާހަކަދައްކަން އެނގުނުތަ؟?

  3. ބޭބީ

    ރާއެްޖެއަށް ކަޅިއަޅާ އަނެއް ބައިގަނޑު. ވަރަށް ދުވަސްވެއްޖެ މިމީހުން ތިބޭތާ.

  4. މާމިގިލީ އާދަނު

    އިރުވައި މޫސުން ކައިރި ވާތީ މިދުވަސްކޮޅު ތަންކޮޅެއް ގިނައިން ދޮންދޫނި އަންނާނެ! ކުރިއަށް އޮތްތަނުގައި އަދި އަންްނަލެއް ގިނަވާނެ.

  5. މަމެން

    ޖާސިމްބެ ތެޅިތެޅި ހަލާކު ވެއްޖެ. ތިޔަ ހުރިހާ އެންމެނާއި ބައްދަލު ކޮއްގެން ނަމަވެސް ވެރިކަން ލިބޭތޯ ބަލާބަލަ، އެހެން ނޫނީ ދިވެހި ރާއްޖޭގަ ހުރި ހުރިހާ އެޔާޕޯޓް ތަކެއް ޖާސިމްބެ އަށް ލިބުން ހައްގު.

  6. ހޫނ......

    އަދި މިއުޅެނީ "ފައިން ލޮނުވެލި ނުހިކިގެން" މިހާރު އެއައީ އެއްކަލަ މުޢާހަދާތައް ހިފައިގެން ސޮއިކުރުވަން. ހުވާވެސް އަދި ނުކުރެވޭއްނު. ކުރީގައި ހުވާ ކުރެވިފަހުރި ކަންތައްތައް އަވަހަށް ހިންގާށޭބުނަން އައީތޯއްޗެ.