ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސިޔާސީ ބާރުވެރިކަން ކަނޑުވާލާ، އެމަނިކުފާނުގެ ވެރިކަން ނިމުކަށް ގެނެވުނީ އިދިކޮޅު ފަރާތްތަކުން ރާއްޖެ އިން ބޭރުގައި ތިބެ ކުރި ސުލްހަވެރި ސިޔާސީ މަސައްކަތްތަކުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ގާތް އެކުވެރިޔާ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އާއި ބައްދަލު ކުރެއްވުމަށް ފަހު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކެމަރަން އާއި ބައްދަލު ކުރެވުމުން އުފާ ކުރައްވާ ކަމަށާއި އެމަނިކުފާނަށް އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައި ދެއްވުމުގައި ކެމަރަން އަދާކޮށްދެއްވެވި ދައުރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ވެރިކަމުގައި ހުންނަވާ، ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ރަހީނު ކުރި މައްސަލައިގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރައީސް ނަޝީދު އުޅުއްވަނީ ރާއްޖެ އިން ބޭރުގައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ރައީސް ނަޝީދު ދިރިއުޅުއްވީ ސްރީލަންކާގައި ކަމަށް ވީނަމަވެސް އިންތިޚާބު ނިމުމުން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތައް ވަޑައިގެންފައެވެ.

މި އަންނަ ނޮވެމްބަރ މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ. އެހެންކަމުން މިހާރު ރާއްޖެ އަތުވެއްޖެނަމަ ޤާނޫނީ ބަންދެއްގައި އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ޝީޝާ

  ކަލޯމެން ކުރި މަސައްކަތެއް ނޫން ޔާމީނު ބޯހަރު ވެގެން މައުމޫނު ދުރު ކުރީމަ ވީގޮތް މައުމޫނު ޔާމީނާއެކު ހުރިނަމަ އެހެނެއް ނުވީސް

 2. ާއދ.

  ބާރު ކެޑުނީ ....ދެންވާގޮއިވެސް ފެންނާނެ ބަލަން ތިބަޭ ..މުޅިގައުމުގެ އިއްޒަތާ ސަރަފު މުޅިދުނިއެއް ބޭޒާރުކޮށްފާ

 3. ޢަހްމަދު

  ބޭރުގަތިބެގެން ރޔގެ ބާރުކަޑުވާލަން ކުރެވުނު ކަމެއްބުނެބަލާ. ރޔ ައިންތިހާބުން ބަލިވީކީއެއް ތިޔަބައިގަޑު ބޭރުގަތިބެގެން ކުރިކަމަކުންނެއްނޫން.. ައަދި އެއީކީ ނަޝީދު އަށާއި މޑޕ އަށްއޮތްތާއީދު ބޮޑުކަމުންވީ ކަމެއްވެސްނޫން!

 4. ޢެމް

  ސްޕުރިން ކޯޓަކީ ހިތައް އެރުމާއެކު ކިތަންމެ ބޮޑު ކުއްވެރިއެއް ވިއަސް ސަލާމަތް ކުރާތަނެއް.ބިރުގަންނާނެ ކަމެއް ނެތް މިހާރު ގާނޫނަކީ ހަމައެއް ލަމައެއް އޮންނަ އެއްޗެއް ނުން!އޭރަކު އޮންނަ ސަރުކާރަކަށް އެބުރޭ ފަންކާއެއް

  • ޖުހާ

   އެނބުރޭ ފަންކާއެއްނޫން. އެނބުރޭ ވަހުތާނެއް.

 5. ފަތުހުއްލޯ

  ކުރެޑިޓް ނަގާލީ

 6. ނަގޫރޯޅި

  ރައްޖޭން ބޭރުގަ އީޔޫ ފަދަ ޖަމާއަތްތަކާ ގުޅިގެން ވޯޓުން ކުރިވައްކަން ކާމިޔާބުވެއްޖެ. ޢަދި ޢީޔޫގެ ނުފޫޒުގަދަ ވެރިން ޢީޔޫެތެރޭން ހިންގާ ކޮރަޕްސަނުގެ ވާހަކަ ފަޅާ އަރުވަމުންދާ ބަލްޖޭރިޔާގެ ނޫސްރިޕޯޓަރު ރޭޕްކޮއް މަރާލާ އެއްލައިލާފި. މިވެސް ހަމަ ނަސީދު މެންކަހަލަ އީޔޫގެ ޕަޕެޓުންނައް ލިބުން ކާމިޔާބެއް.

 7. ރުޒާނާ ޗޮއްޕަޓު

  އަމިއްލަ ގައުމުގަ އަމިއްލަ ރަށުގަ ތިބެގެން އަހަރުމެން ކަލޭގެ ބާރު ކަނޑުވާލީ. ފަރަންޖީންނަށް ވިކިގެން އެބައިމީހުން އެހީ ހޯދާކަށް ނުދަން. ކަލޭ ލަދު ކޮބާ! އަނގަ ނުގޅ މަޑުން ހުރެވޭތޯ ބަލާ. ކަލޭވެސް ހަމަ ގަދަ ފައި ވިއްދާފަ ކަލޭ ނޫން މީހަކަށް ވެރިކަން ލިބުނަ ނުދޭން ކަރުތާފެނާ ހަމައަށް ބަކަ ތެޅީމެއްނު. އެންމެ ފަހުން ކޮންތާކު މިޖެހުނީ. ހަމަ ކަލެއަކަށް ނުލިބުނެއްނު ވެރިކަން. ދެން ކޮންމެ ރެއަކު ހަތަރު ގަނޑު ކަރުނަ ވައްޓާލާފަ ބޯ އެއްޗެއް ބޮއިގެން ނިދާ.

 8. ފާތުން

  ހަމަ އައީ ޖަލަށް. ކަލެއެއް ކަމަކު އަރާމުގައި ނޫޅެވޭނެ

 9. ހުސޭ

  ކަލޭގެ ވެރިކަމުގެ ބާރު އެންމެންގެ ލޯ ކުރިމަތިން ކުޑަހިނދު ކޮޅެއްގެތެރޭ ބޭއިޚްތިޔާރަކާ ނުލާ ބީވެގެން ދިޔަ ގޮތް ހަނދާން އެބަހުރިތަ؟ދެން ދިމާވާނީ އެއަށްވުރެވެސް ދެރަގޮތަކާ ކަމެއްކަން ނޭގެ، ވީމާ ބޮޑާވެ ކިބުރުވެތި

 10. ޙައްޖަ

  ޚކޮބާ ރައްޔިތުން ކުރިކަމެއްނެތެއްނޫން އެވާހަކަމަބުނީ ފޮނިބޯލިލެއް އަވަހެއްނޫން ގާސިމް ބިނާނެ ގާސިމްގެ ބޮލުންނޭ މައުމޫނު ބުނާނެ މައުމޫނޭ..

 11. ހިނިއާދޭ...

  ޔާމީނުގެ ބާރު ކަނޑުވާލަން އެހީތެރިވި ބޭރުގެމީހުން، ދިވެހި ޤަވްމާއި ރަޢިއްޔަތުންގެބާރު ކަނޑުވައި ނުލާނެބާ؟ގުރޫޕެއްވެގެން ހާދަ މޮޅުކަމެކޭ ތި ކޮށްދިނީ. ބޭރުގެ ޚަބަރުތައް( ޢިރާޤު، މިސްރު، ލީބިޔާ، ސޫރިޔާ، ޔަމަން، އަފުގާނިސްތާނު ފަދަ.....) އަޑެއް ނީވޭތަ؟

 12. ހަސީން

  މިކަލޭގެއައް ނޭނގެނީބާ.މިނިކަމެތި އިންސާނުންނަކީ އެއްވެސް ބާރެއްލިބިގެންވާ ބައެއްނޫންކަން. ﷲސުބުހާނަހޫ ވަތަޢާލާ އެކަމަކަށް އިރާދަކުރައްވާ ކަމެއްނޫނީ އަހަރުމެނަކަށް ނުވާނެކަން.

 13. ޗިއްލޫ

  ޔަހޫދިްނާއި ކަލޭމެންގެ ނުބައި ރޭވުންތަކުން ކަން ނެގިގެން އުޅެނީ އަމިއްލަ ސިނކުނޑިން ނުވިސްނާ ކޮންމެވެސް މީހެއްގެ ސިކުނޑިންވިސްނާ ދިވެހިންތަކަކަށް!

 14. ޑެއިލް

  ބޭރުގައި ތިބެގެން ކުރަނީ މިގައުމުން އިސްލާމްދީން ފުހެލުމުގެ މަސައްކަތް. ރައީސް ޔާމީންގެ ބާރު ކަނޑުވައިގެން ނޫނީ ދިވެހިން އިސްލާމްދީނުން ބޭރުކުރުވޭކާށްނެތް. ޢަވަހަށްއައިސް މަސައްކަތް ފަށާ.

 15. ފަރީހް

  މިކެނެރީގޭ މިޔޮގަނޑާހެދި މިޤައުމު މިހާލަތަށްދިޔައީ. މުޅި ޤައުމު ހަލަބޮލިކޮށް ތަފާތު ފިކުރުަތައް އުފަންކުރުވައިފި. މުޅި ޤައުމުގެ ހަލާކު.

 16. އަޙްމަދު

  134000 މީހުންނަކީ ކާލޭ ބޭރުން އިންޕޯޓް ކުރިމީހުން. ބޭރުގައި ހުރެ ކޭލޭ ކުރިމަސައްކަތުން ކަލޭ އައި ނަމަ ރަނގަޅަށް ފެންނާނެ ކަލޭކުރި މަސައްކަށް. އޭރުން ކަލޭއަށް 96000 ޔާމީނު ރީތިކޮށް ސާފްކޮށް ހޮވޭނެ.

 17. ނުރަބޯ

  ރައީސް ޔާމީންގެ ބާރެއް ނުކެނޑެ އެވެ. އަދި ރައީސް ޔާމީން ބައްޔެއް ވެސް ނުވެއެވެ. މިހާރު ވެފައޮތް ގޮތަކީ ކަލޭ މިގައުމު މުޅިން ދަރަނި ވެރިކޮށްލާ އިނދަޖައްސާލާފައި ވަނި ކޮށް ރައީސް ޔާމީން މާތްﷲގެ ވާގި ފުޅާއެކު ކުރެއްވި ބުރަ މިންނަތް މަސައްކަތުގެ ސަބަބުން ގައުމުގެ ޙާލަތު މުޅިން ރަގަޅުވެގެން ދިޔުމުން ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އޭނާގެ ޚިދުމަތް ބަލައިގަނެ އޭނާ އަށް ވޯޓުދޭނެކަން އިނގުމުން ދެން ޞައްޙަގޮތެއްގައި ވޯޓެއްލައިގެން ކާމިޔާބުނުވާނެ ކަން އެނގޭތީ އިލެކްޝަންސް ކަމިޝަނުގައި ތިބި ޣައްދާރު ޚާއިނުންނަށް ފައިސާގެ ބޮޑެތި ޢަދަދު ތަކުން ރިޝްވަތު ދީގެން ވެރިކަން ގަދަކަމުން ފޭރި ގަތީއެވެ. އެހެންވީމާ ރައްޔިތުންގެ ނިންމުމޭ، ރައްޔިތުންގެ ވިންދޭ ކިޔައިގެން ތިޔަދައްކަނީ ރަގަޅު ވާހަކައެއް ނޫނެވެ. ބޭރުގައި ތިބެގެން ކުރި މަސައްކަތަކީ އިލެކްޝަންސް ކަމިޝަން ގައްނާށާ، ސުޕްރީމްކޯޓު ގައްނާށާ ދެންވެސް ގަނެވެން ހުރި ދާއިރާތައް ގަތުމަށްޓަކައި ދަރަންޏަށް ފައިސާހޯދުމެވެ. އެގޮތުން މިލިއަނުން ނާއި ބިލިއަނުން ތިޔަހޯދި ފައިސާ އަކީ އަނބުރާ ދައްކަން ޖެހޭނެ ފައިސާއެވެ. އެފައިސާ ކަލޭމެން ދައްކާނީ މިގައުމު ފެލައިގެން ނެވެ. މިހާރު އަމިއްލަކުރެވިފައިވާ ރައްޔިތުންގެ މުއްސަނދިކަން ވިއްކާ ލައިގެނެވެ. އޭރުން އަނެއްކާ ވެސް ގައުމުގެ މާލީ ޙާލަތު ދަށަށްގޮސް، މިހާރު މިއޮތް ތަނަވަސްކަން ގެއްލި، ފަގީރު ކަން ޢާއްމުވާނީއެވެ.

 18. ރޮންދާ

  ބާރެއް ނުކެނޑޭ ވޯޓުން ވައްކަން ކުރިކަމަށް އޯޑިއޯ ލީކުވެ އެގޮތަށް އެވާހަކަ ދެއްކެވޭ އިރުވެސް ރައީސް ޔާމީން ގިނިކަންޏާ 95000 ވޯޓް ހޯއްދެވި ލައްކަވާހަކަ މިބުނީ، މިޤައުމުގެ ތާއީދު އޮތީ ރައީސް ޔާމީނަކަށް އެގޭ

 19. 2018 ކާފަބޭ

  އަރުމެންމިތިބީ ޔަހޫދީބައިގަނޑާގުޅިގެން ޤައުމަށް ގެންނަކަންތައްބަލަން ޤައުމީކަންކަމުގައިކުރިން އަދިމިހާރުވެސް ނުކުންނާނަން

 20. ބޯ ހަލާކު

  އަހަރެން ޤަބޫލުކުރާ ގޮތުގައި މާތްﷲ ގެ ކުޅަދުންވަންތަ ކަމުން ވެރިކަން ޔާމީނު އަތުން ނަންގަވާ އެހެން މީހަކަށް ވެރިކަން ދެއްވަވަނީ، އެއީކީ ނަޝީދު ކުރިކަމެއް ކަމަށް އަހަރެން ޤަބޫލެއް ނުކުރަން. ތިކަހަލަ އެއްޗެހި ބުނަންޏާ ކުފުރުވެ ތައުބާވާންޖެހިދާނެ.

 21. ކޮވެލި

  އަދި މިއުޅެނީ ހުވާނުކޮށް އަނގަހުޅުވާގެން އުޅެނިކޮށް އަނގާގެ ތިއޮތް އެތި ވެއްޓި ބޭޒާރުވާނެ

 22. ގުގުމާލި

  މިމީހާގެ ވެރިކަން ނިމުނީ ހަމައިގަ ހުންނާނެ ވަގުތެއް ނުވެގެން ތެލާ ބަނގުރަލާ ބޮއެގެން އޮންނަކަން އެގުނީމާ މައުމޫނު ރާއްޖެއިންބޭރުގަ ހުންނަވައިގެން ކުޅުނު މޮޅުގޭމެއްގައި ބޭނިގަނެގެން. ބަނޑޭރިގެއަށް ވަދެ ކޮބާހޭ މީހުންތައް ކިޔައިގޮވަމުން ގޮސް މަޑުކޮށްލި މޭޒުދޮށުގައި މޭޒުމައްޗަށް ދެފައިނަގައިގެން ޖައްސާލިގޮތަށް އަގައިން ސޮނިފައިބާ ނިދިފައި ހުރީ! ހޭވެރިކަން އައިއިރު ހުރީ ކާނަލް ނާޒިމް ކުރިމަތީ އިސްތިއުފާޔަށް ގޮވާލަން! ބަޑިއެއް ނުޖައްސާ ބޮލަކުވެސް ގަޔަކުވެސް. ދެންފަހެ ފެނުނީ މުލީއާގެ ތެރޭހުރި ރާގުދަން ހުސްކުރަން ބިޒީވެ އުޅެނިކޮށް.

 23. ހުސޭނާ

  ކަލޯ ފޮނި ނުތަޅާ ،އެކަނި މެޑަލް ޖަހަން ނޫޅޭބަލަ.ތިއީ އެންމެންގެ މަސައްކަތުން.ބޭރުގެ ހުރެގެން ތިބޭފުޅާ އެއް ލެވުނ 1 ވޯޓު.ރާއްޖޭގެ ތިބެގެން އެންމެން ކުރި މަސައްކަތުން ﷲ ގެ އިރާދަފުޅާއެކު ބުނޭ ،ބޮޑާ ނުވޭ ! ބޮޑާވެ އެކަނި އޮޑިޔަށް ސަވާރުވުމުގެ ހިތިކަން ތިބޭފުޅާ ހަދުމަނެތޭހާ ދުވަހެއް އަދި ނުވޭ