މާލޭ އޮލިމްޕަސް ކައިރިން މަޖީދީ މަގުގައި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.
މި ހާދިސާގައި ޒަޚަމްވެފައި ވަނީ އައްޑޫސިޓި ހިތަދޫ ޒުވާނަކަށެވެ. އޭޑީކޭ ހޮސްޕިޓަލުގައި އެ ޒުވާނާއަށް މިހާރު ފަރުވާދެމުން ދާއިރު، އޭނާއަށް އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ. ނަމަވެސް އޭނާއަށް ފަރުވާ ދެމުންދަނީ ސީރިއަސް ހާލުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
މި މާރާމާރީ ހިނގި ސަރަޙައްދުގައި ގިނަ ޢަދަދަކަށް ލޭ ހުރިއިރު، އެ ޒުވާނާ ދުއްވި ސައިކަލެއް މަގުމައްޗަށް ވެއްޓިފައި އޮތެވެ. ވަޅި ޖެހުމުން ޒަހަމްވި ޒުވާނާ އަށް އެހީތެރިވި މީހަކު "ވަގުތު" އަށް ބުނީ ޒަހަމްވި ޒުވާނާގެ ހައެއްކަ ތަނަށް ވަޅި ޖަހާފައިވާ ކަމަށެވެ. އޭނާއަށް ހަމަލާ ދިނީ ކިތައް މީހުން ވެގެން ކަމެއް އެނގިފައެއް ނުވެއެވެ.
ޒަހަމްވި ޒުވާނާގެ އަތާއި ބުރަކައްޓާއި ކަރަށް ވެސް ވަޅި ޖަހާފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެކަން ރަސްމީ ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް 22:48 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް މިވަގުތު ލިބިފައި ނެތް ކަމަށާއި މައުލޫމާތު ލިބުމުން މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިރޭ މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލިއިރު، މީގެ ދެ ދުވަސްކުރިން އައްޑޫ ސިޓީގައި ވަޅިން ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ސީރިއަސް ހާލުގައި މާލެއަށް ގެންގޮސް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ. ރޭ ކުރެވުނު އޮޕަރޭޝަނަކަށް ފަހު އެ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވަނި މަޢުލޫމާތު ލިބިފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މިފަދަ މާރާމާރީތައް އިތުރު ވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ދަޢުލަތައްވުރެ ގޭންގު އޭ މިކަޔާ ތަނެއްގެ ބާރުގަދަ މިވަނީ ކީއްވެގެންބާ!
އުނމީދު ކުޑަ އަހަރެން ދުށީން ލޭކޯރު
ވަޅިޖެހުން ހުއްޓުވޭނީ މަސްތުވާ ތަކެތި ހުއްޓުވިގެން.
އައި އެގްރީ
ޑިމޮކްރެސީ އޮވެ، އަމިއްލަ އަތުން ހަދާ ގާނޫނު
ތަކަށް އަމަލު ކުރާހާ ހިނދަކު މިކަމެއް ނުހުއްޓޭނެ
މަރަށް މަރު ހިފައިގެން ތިކަންތައް ހުއްޓުމަކަށް އަންނާނީ.
ޖަޒީރާ ރާއްޖެއަށް ބަދަލު ވުމަށް ފަހު ނުހިގާނެ ތިކަހަލަ ކަމެއް.. ބަދަލުވުމުގެ މަގުމަތީގަ އުޅޭއިރު އިވޭނެ ތިކަހަލަ ވާހަކަތައް... ޖަޒީރާ ރާއްޖެއަށް ބަދަލު ވީމަ އޯކޭ ވާނެ...
ހައްލަކީ އުމަރު ހަމަ އުމަރު.
އައްޑޫގެ ގޭންގްތައް މިހާރު މާލެ އައިސް ފެށީ.
ގޭންގެއް ނޫޅޭ.
މިކަމައް ހައްލެއްނާންނާނެ ދީނުގައޮއްގޮތައް އަދަބުކަޑަނާޅާ
ވެލްކަމ ޓު ދި ޖަޒީރާ ރާއްޖެ
ވަޅިޖެހުންފަދަކަންތަށްހުއްޓޭނީބެގްބޮރޯއޯސްޓީލްހުއްޓިގެން
އިސްލާމީ ޝަރީއަތް ގާއިމު ކުރީމަ ނޫނީ ހައްލުވާނީ ކިހިނެއް. ހުރިހާ ކަމެއްގެ ވެރި އިލާހު އެންމެ މޮޅަށް ދެނެވޮޑިގެންވާއިލާހު އެންގެވިގޮތާ ހިލާފުވެގެން އޮންނާނީ ކޮންހައްލެއް. ދުނިޔެ ނިމެން ކައިރިވަނީ ބިންހެލުންތަށް ގިނަވާތަން މިފެންނަނީ މަރުވާނެ ވަގުތު ޖެހުމުން ކައްވަޅުގަ ހޭދަކުރަންޖެހޭނެ އާހިރަތާ ބައްދަލު ކުރަންޖެހޭނެ ދެންވެސް ދުނިޔެއަށް ގެއްލިފަތިބުމުގެ ބޭނުމަކީ ކޮބާ
އެމްނެސްޓީއަކަށް ނުފެނޭދޯ މީހުން ވަޅިޖަހާ މަރާތަނެއް! އެކަމަކު މަރުގެ ޙުކުމް އިއްވިއްޔާ ހީވާނީ އަލިފާންޖެހިގެން އުޅޭހެން! ހީވަނީ އެމްނެސްޓީއަކީ މިފަދަ ކުށްތަކަށް ބާރުދޭން އުފެދިފައި އޮތް ޖަމްޢިއްޔާއެއްހެން!
ކީކޭ ބުނާނީ