ހއ.ހޯރަފުށީގެ ގެއަކުން ވަގަށް ނަގާފައިވާ ލައްކަ އަކަށް ވުރެ ގިނަ ޢަދަދެއްގެ ފައިސާތަކުގެ ތެރެއިން ބައެއް ފައިސާތައް ހޯދައި، ތުހުމަތުކުރެވޭ ތިންމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ. މިމީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 6 ވަނަ ދުވަހު ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި 35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޯޓު އަމުރެއްގެ ދަށުން މިއަދުއެވެ.

ފުލުހުން އޮކްޓޯބަރު 4 ވަނަ ދުވަހުގެރޭ ވަގުތެއްގައި ހޯރަފުށީ ގެއެއްގެ އަލަމާރީގައި ހުރި /111000ރ (އެއްލައްކަ އެގާރަހާސް ރުފިޔާ) ވަގަށް ނަގާފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުމު މައްސަލައަކާ ގުޅިގެން އެދެމީހުން ހައްޔަރުކޮށް، ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން -/63500ރ (ފަސްދޮޅަސްތިންހާސް ފައްސަތޭކަ ރުފިޔާ) ވަނީ ހޯދާފައެވެ.

މިފަައިސާތައް ހޯދާފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 34 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ބަލައިފާސްކޮށް، އެގޭ ބަދިގެތެރޭގައި ވަޅުލާފައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސެން

    ތީ ވޯޓު ވިއްކާލީމަ ލިބުންލާރިގަނޑުތަ، އެހެންވިއްޔާ ތިވަގައްނެގިޔަސް ރަނގަޅުވާނެ.

  2. ލޮލް

    އަލީ ނަސީރު ދަރި. ލޮލް

    • އެ

      ކުއްވެރިން ހޯދުނީނު މާތްﷲގެ ރަހުމަތުން.. ދެން ހީ މަލާމަތް ކުރަންވީ ކޮންކަމަކާ

  3. ޙަަލީލް

    ކުރިން ވެސް މައްސަލައެއް ތަޙްޤީޤް ކުރި. އެކަމު ކަތީބު ދަރިންވީމަ އެއްވެސް ކަމެއް ނުވޭ. ތިތާ ޕޮލިސް ވަރަށް ކަރަޕްޓް

  4. އަން

    ވަޅުލާފަ ބާއްވަންޏާ ރަންގަޑެކޭ ހިލަގަޑެކޭ ވާނީ އެއްވަރު

  5. އަޙްމަދު

    ހަތްދުވަސް ނުވާ ޅަ ކުދީންތަކެއްތަ ވައްކަންކުރީ. ނަން ނުކިޔާތަ އެމީހުންނަކަށް.

  6. އަލީ ނަސިއްކޮ

    ތި ކަންތައް ހިންދާލާނެ ކަން ކަށަވަރު!