ޖުމްހޫރީ ފާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ސަރުކާރުގެ ވަޒީރުކަމަށް އަންނަން އުޅޭ ކަމަށް ބުނެ މީސް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ވަރަށް ބޮޑަށް ފާޑުކިޔަމުން އެބަގެންދެއެވެ.

އެމްޑީޕީ އަށް ތާއިދުކޮށް ވަރަށް ގިނައިން ޓްވީޓް ކުރާ މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އައިޝަތު އާނިޔާ ވެސް ވަނީ ޓްވިޓާގައި އައިޝާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އާނިޔާ ބުނީ އައިޝާ ކެބިނެޓްގެ ވަޒީރު ކަމަށް އަންނަން އުޅޭއިރު އޭނާއަކީ އެކަމަށް ގާބިލް މީހެއް ނޫން ކަމަށެވެ.

"އަލަށް އުފެދޭ ސަރުކާރުގެ ކެބިނެޓްގެ މަގާމަކަށް ކުރިމަތިލާއިރު އެއްވެސް ތައުލީމީ ފެންވަރެއް އަދި ތަޖުރިބާއެއް ނެތް އިރު ވިސްނާލުން މުހިންމު" އާނިޔާ ބުންޏެވެ.

އާނިޔާ ވާހަކަތަކަށް ތާއިދުކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު ބުނީ އާނިޔާގެ ޓްވީޓްގައި ވަނީ ގަބޫލު ކުރަން ކިތަންމެ އުނދަގޫ ވިޔަސް ހަޤީޤަތް ކަމަށެވެ.

ގާސިމް އިބްރާހިމްގެ އަނބިކަބަލުން އައިޝާއަށް އެމްޑީޕީގެ އެކްޓިވިސްޓް ފާޑު ކިޔާފައިވާއިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ދަތުރުތަކުގައި އައިޝާ ވަނީ އަމަލީ ގޮތުން ބައިވެރިވެ އިބޫއަށް ކެމްޕޭން ކޮށްދީފައެވެ.

އައިޝާ ވަނީ އިބޫގެ ސަރުކާރުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެފުރުސަތު ގަބޫލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އިބޫގެ ރަނިންމޭޓަކަށް އައިޝާ އައްޔަން ކުރަން އުޅޭކަމަށް ބުނެ ވެސް އެމްޑީޕީ އެކްޓިވިސްޓުން ވަަރަށް ބޮޑަށް އޭނާ އަށް ފާޑުކިޔާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

  1. ރައްޔިތުން

    އާއިޝާ ބޭނުމެއްނޫން ވަޒީރު ކަމެއް. ހާސްނުވޭ އެކަމާ އެކަމަނާ ނޫޅޭނެ.

    • ޜާބިޢާ

      ޢެކަމަކު އެކަނބުލޮ ބުނި ކަމަށް ވީނިވްސް ޖަހާފަ އެބައޮތްޚިދުމަތް ކުރުމުގެ ޗާންސެއް ލިބިއްޖެ ނަމަ ބޭނުން ކުރާނެ ކަމަށް މީ ކޮންވާހަކައެއް ފައިސާ އެބައޮތް ގެ ދޮރު އެބައޮތް ދަރިން އެބައޮތް ބޭރު ބައެއްގެ އަތް މައްޗަށް ދަރިންކޮޅު ދޫކުރުމަށްވުރެ ތިމާ އަމިއްލައަށް ދަރިން ބަލަން ގޭގަ އިނިއްޔާ މާރަޅުވާނެކަމަށް ފެނޭ

  2. ރަދުން

    ވޯޓުހޯދުމަށް ގުރުބާންކުރާ ކަންބަޅިއަކަށް ގާސިމާއި އަނބިކަނބަލުން ނުހައްދަވާ. އައިޝާއަށްވެސް ހައްގު މިންވަރު ދެއްވާ.

  3. އާނިޔާ އަކީ ދިވެހި އަންހެނުންނަށް ހުރި ހުތުރެއް.

    މީ އަންހެނުންގެ ހައްގުގައި ވަކާލާތު ކުރާ އަންހެނެކޯ ވަރަށް. ރާއްޖޭގެ ފެމިނިސްޓެއް މިއީ. މުޅި ރާއްޖޭގެ އަންހެނުންނަށްވެސް ހުތުރު އަންހެނެއް މިއީ. ފިރިހެނުން އުޅޭހެން އާނީޔާއަށް ކީރިތި ރަސޫލާ ލައުނަތް ލެއްވި ކަން ނޭނގޭތަ؟
    މީގެ 10 އަހަރު ކުރިން މި އާނިޔާ ލިޔެލި މޮޅު އާޓިކަލްއެއްވެސް. ދިވެހި އަންހެނުން ބުރުގާ އަޅާތީ އޭނާއަށް ނަފްސާނީގޮތުން އުނދަގޫވެގެން.

    • އަސްލުވެސް

      އާނިޔާއެއްނޫން އަނިޔާ އޭނައަށް ކިޔަންވީ.އަނިޔާވެރި އަންހެނާ

  4. އަލްޖިބްރާ

    ތިގޮތަށް ފާޑު ކިޔާކަށް އަދި ނުވޭ ! ތިޔަ ފާޑުކިޔަނީކީ ނޫން ! ތިޔަ ދިމާކުރަނީ ! އަދި އިބޫ ހުވާ ކުރެއްވީކީވެސް ނޫން ! އެންމެންވެސް "މައިތިރި " ވެތިބުމަކީ އަދި އޮތް އޮންމެ މޮޅުގޮތް !

  5. އާނިޔާ ޔޫސުފް

    ކީއްތަ ވާނީ އޭނާލިޔަސް ވަކި މަޖިލީހުގައި ތިބީ ވަކި ސަހަލުބައެއްތަ ގްރޭޑް 7 ނިއްމާފައި ތިބި ކުދިން ވެސް އެބަތިބި ވެރިކަމަށް އައީ ވަރަށް މަތީ ފާސްތަކެއް އޮތް މީހެއްވިޔާ

    • ނަހުލާ

      އިބޫގެ ވެރިކަމެއްގައި މާ ތަޢުލީމީ މީހުން ކެބިނެޓްގައި ތިބެގެން ނުވާނެއެވެ. ތަޢުލީމީ މީހުން ދޭ ޚިޔާލެއް ގްރޭޑް 9 ގެ ފެންވަރުގެ ރައީސަކަށް ދޭހައެއް ނުވާނެއެވެ. ބަލައިގެން ޑިޓޮކްސިފިކޭޝަން ތިން ހަތަރު ފަހަރު ކިޔުމުގެ ޤާބިލުކަން ޢައިޝާގެ މާ ރަނގަޅަށް ވެސް ހުންނާނެ އެވެ. ހަމަ ގައިމުވެސް އޭނާގެ ޑްރައިވަރަކަށް ނުވަތަ ޕާރސަނަލް ސެކްރެޓަރީއަކަށް ދާން ވަރަށް ގިނަ މީހުން ބޭނުންވާނެއެވެ.

  6. މާއެނގޭ

    ކެމްޕޭނަށްޓަކާ އައިޝާ ހދ. ގައި ޖަޒުބާތާއި އެކީ ޒާތީ ދިރިއުޅުމާއި ގުޅޭގިތުން އޮހޮރާލި ކަރުނައިގެ ސަބަބުން އެތަކެއް ހިއްތަކެއްގެ ތާއީދު ލިބިގަތްކަމުގެ ނަތީޖާ އެއަތޮޅުގެ ވޯޓަށް އައި ބަދަލުންވެސް އެނގޭ. ކަރުނައިގެ އަގު...؟

  7. ފެންފުށި

    ތީ އެމްޑީޕީގެ އިޔަހޫދީ ޕްރޮޕަގެންޑާ! އެންމެ ފުރަތަމަ މީހާގެ އަބުރު ދުއްވާލުން!!!

  8. ނގބޅ

    އަބުރުގެ ދައުވާކޮށް ނުވަތަ ތުރާ ފިލުވުމުގެ ދައުވާކޮށް ތިޔަ އާނިއާ މަންޖެއަށް ފިލާވަޅެއް ދޭން އެބަޖެހޭ..

    -ނޫގޮބޮޅި-

  9. ކައުންސެލަރު

    ކޮބާ! ކޮބާ! ކޮބާ! ކޮބާ! ކޮބާ! ކޮބާ! ކަންތަކާޖެހެނީ! ކަންތަކާޖެހުނީ! މަކުރިންވެސް ބުނީމެންނު މޑޕ މީހުންނަކަށް ކެތެއްނުވާނޭ! ދެން އަތްޖަހާ ދެން އަތްޖަހާ، ބާރަށް އަތްޖަހާ، އަތްޖަހާލާ ފޯރިން ލަވަކިޔާލާ، އެންމެން އައިސް ނަށާލާ................ ޕަކާސް
    ދެން ބުރުމާ އެނބުރެންފަށާނީ ނުއަތަށް/ ރޮންދާ ތިލަވެސް ކޮށިވާނެ، ކަނޑައިގެނެއްނުދާނެ....... ހަހާހަާހަހަހަހާ! ހިނިއަންނަނީ ހަމަ

  10. ސިއްރު ހެއްކެއް

    ގާސިމް ގެ ބައި އައިޝާއަށް ޅިބެންޖެހޭ

  11. ހުސޭނުބޭ

    މުއުމިނެއްގެ ގަޔަށް އެއް ހަރަކުން 2 ފަހަރު ކައްޓެއްނުޖެހޭނެއެވެ. އެކަމަކު ޤާސިމްބޭ ގަޔަށް 50 ފަހަރު ކަށިޖަހާފައި ނުވިތާކަށް ޤާސިމްބޭގެ 4 އަބިން ގަޔަށްވެސް 50 ފަހަރު ކަށިޖެހޭނެއެވެ.

    • އާދަނު

      މުއުމިނަކަށް ނުވަނީ ކަމަށް ވާނީ.

  12. މޮކުޓެއިލް ކޯޅޭޝަން

    ކޮންވައްތަރު ސިޔާސަތު ހުންނަނީ ، ކެމްޕެއިން ކުރާގަޑީގަ އައިޝާ މެޑަމް އޯކޭ، ހޮވިގެން މަޤާމަކަށް އަންނަންވީމަ ސަކްރާތް ހުންނަނީ، މިވައްތަރު އަހަރެން ބޮއިހަލާކު ކުރާވައްތަރު ހުންނަނީ

  13. ޖުމާ

    ބަލަގަ ތީކާކު. މީހަކު ތަނެއްގައި ހުއްޓޭ ކިޔާފަ ނުދެވޭނެ. ތިޔައީ ވަރަށް ބޮޑު ޒިންމާއެއް ޤާބިލް ބޭފުޅުންނޫނީ ކަންކަމށްނުލާ.

    • މަރީ

      ހަހަހާ، ކޯލިޝަނުން ބުރުމާގެ މަގާމު ރޮންދާ އަށް ދޭން ޖެހޭނެ.

    • މަރީ

      ހަހަހާ، ވޯޓު ބޭނުން ވީމަ ކޯލިޝަން، ވޯޓު ލިބުނީމަ ކޯލިޝަނާ ނުލާ ލިބުނު ވޯޓު، ހަމަ މޑޕ ވާނީ މޑޕ އަށް.

  14. ބުރެކި ރަނިން

    އެމްޑީޕީ އަކީ ވަޒީފާތަކަށް މީހުން ނަގާއިރު ތަޢްލީމާއި ތަޖުރިބާ އަދި ހުނަރަށް ބަލާފަ ވަޒީފާ ދޭ ބައިގަނޑެއްނޫން.. ޢައިޝަތު އާނިޔާގެ ޓްވީޓަކީ ވަރަށް މުޑުދާރު ޓްވީޓެއް.. 2009 ކެބިނެޓަށް ގެނައި ޑރ މުސްތަފާ ލުތުފީއަކީ ކީއްކުރާ މީހެއް.. ހަމަ އެ އަހަރު ތ. އަތޮޅު ދިޔަމިގިލީ ކައުންސިލަށް، އިސްތިއުފާ ރައީސް އަންނި އައްޔަން ކުރި އަދުނާނު ޢަލީ ކޮން ތަޢްލީމަކާއި ތަޖުރިބާއެއް ހުރި ރުނޑ އެއް.. އެއީ ރެކޯޑް ޢަދަދަކަށް މައްސުވާ ތަކެތި އެތެރެކޮށްގެން ޖަލަށްލާފަ ހުއްޓާ ޖަލުން ނެރުނު ރޮނޑެއް.
    ހަލާލެއް ޙަރާމެއް ނުދަނޭ ޢައިޝަތު އާނިޔާ ވެސް..

  15. މައުމޫން

    އިބުރާހީމް މުޙައްމަދު ސޯލިހަކީ ވަގެއް އަދި ސޯލިހެއް... މި ސޯލިހު ނިންމާފައި ވަނީ ގްރޭޑް 9 އެކަމަކު އެއީ ރަޢީސް ނުކިޔަވާ ރައީސް...

  16. ތަމް

    ޤާސިމާއި ޢައިޝާ މިވެރިކަން ބަދަލްކުރުމަށް ކުރި މަސައްކަތުގެ އަގަކީ އައިޝާގެ އަބުރު ދުއްވާލުންތަ. މި އެމް. ޑީ.ޕީ މީހުންނަކީ ހާދާ ލަދެއް ނެތް ބައެކޭ.

  17. ގއ.

    މުޅި ގއ. ލިބުނު ވޯޓަކީ އައިޝާގެ މަސައްކަތުން ލިބުނު ވޯޓްކަން ހަނދާންކުރާތި

  18. ާޒާ

    ތިއުޅެނީ މަޖާގަނޑު ފެށެން. މަހުންނާނީ ބަލަން.

  19. ޖުމާ

    ބަލަގަ ތީކާކު. މީހަކު ތަނެއްގައި ހުއްޓޭ ކިޔާފަ ނުދެވޭނެ. ތިޔައީ ވަރަށް ބޮޑު ޒިންމާއެއް ޤާބިލް ބޭފުޅުންނޫނީ ކަންކަމށްނުލާ.މީނަ އަށް އައިޝާމެޑަމް ކިޔަނީ ކޮހައިސިއްޔަތަކުން.

  20. ސައިފް ބިން ޒީއަޒަން

    އާއިޝާ ޢަށް ވަނީ ރައްޔިތުންގެ އިހުސާސް ތައްވަރަށް ކައިރިން ވަރަށް ރަނގަޅަށް ފެނި އިހުސާސް ކުރެވިފަ ވީމާ އައިޝާއަށްވެސް ހައްގު ނުވާ ކަމަށް ބުނުމަކީ ގޯހެއް

  21. އައިސަ

    ތައުލީމު ނެތިގެން ކެބިނެޓްގެ މަގާމެއް ނުލިބޭ ނަމަ އިންތިހާބު ކުރަން އުޅުއްވާ ރައީސް ގެ ތައުލީމީ ފެންވަރު އޮތީ ދުނިޔޭގެ ކޮން ހިސާބަކުތޯ ސުވާލް އުފައްދަން ޖެހޭ. ރާއްޖޭގެ ރައީސް ކަމަށް ތައުލީމެއް ނެތް މީހެއް އައްޔަން ކުރެވޭ އިރު އައިޝާ އަށް ވެސް ކެބިނެޓްގެ ވަޒީރުކަން ލިބެން ޖެހޭނެ......

  22. ވަހީދު

    ސޭޓުގެ ބޭނުންމެއް ދެން ނެތް. އަވަހަށް ކޭކުފަޅާލާ.

  23. ހިތްހެޔޮމީހާ

    މި ކިހިނެއްވެގެން ދެފަޔަށް ހިނި އަރައިގެން އުޅޭ އައިސާ އެއްތަ؟މައިތިރިވެގެން ހުރެބަލަ ނިކަން ފިރިމީހާ ދިނީމަ ކައިގެން ލައިގެން.

  24. މީދެންކާކު

    ޢެމްޑީޕީގަމިކަހަލަވިޔާނުދާ 6 މީހުންއެބައުޅޭ މި މީހުން ބޭރުކޮށްގެންނޫނީ އެމްޑީޕީ ތަސައްވަރު ރީއްޗެއްނުވާނެ އިބޫ މިކަހަލަ މީހުންނާ ދޭ ތެރޭ ސަމާލު ވާނެ ކަމަށް ހީކުރަން

    • އެހެންތަ

      ޓިކަހަލަ އެތައް ސަތޭކަ މީހުން އެންޑީޕީ ގަ އުޅޭ.މުޑުދާރު ބައެއް

      • އާބިދާ

        އެތައް ހާސް ބައެއް

  25. މޫސަބެ

    އިބޫ އަތުގަ ކިތައް ޑިގުރީ އެބަ އޮތްތޯ އަހާލަ ބަލަ އާނިޔާ ކައިރި

  26. ވިސަން

    އައިސާ ބަރާބަރު އިސްކުރަން ފެނޭ މޑޕ
    ވެރިކަމުގައި މިނިސްޓަރުކަން ކުރީ ވަކި ކޮންބައެއްތަ ސިޓީކައުންސިލަށް ވައްދާފައި އެތިބީ ކީތްކުރާ ބައެއްތަ ކޮންތައުލީމެއްހުރި
    ބައެއްތަ ރައްޔިތުންނަށް ވީ ކޮންފައިދާއެއްތަ
    އައިސާ ބަރާބަރު ކުރެވޭނެ އައިސާއށް ދީ

  27. ހިޔާ

    އިބޫ ގެ ކޮން ތަޖުރިބާއެއް ހުރީ؟

  28. އެކުވެރިޔާ

    އިބޫ ހޮވުމަށްޓަކާ އައިޝާ ކުރި ބުރަ މަސައްކަތަކީ ދިވެހި ރައްޔިތުންނާ ކޯލިޝަނުން ބަލައިގަންނަން ޖެހޭނެ އަގުހުރި ބުރަ މަސައްކަތެއް. އެކަމަނާ އަށް މިނިސްޓަރ ކަން ވެސް ހައްގު ވެގެންވޭ. އަންހެނަކަސް ފިރެހެނުންނަށް ދޫނުކުރާ ވަރުގެ ކެރުންތެރިކަމާ ޤާބިލުކަން އެކަމަނާގެ އެބަހުރި.

  29. އިންސާފު

    މިހާރު ތިޔަ ހެދީ އައިޝާ އަކީ ފެނުކައްކާ ބޮއްޔަކަށް. ކެމްޕެއިން ކުރި އިރު އައިޝާ ވަރެއްނެތް. އެކަމަކު މަޤާމެއް ދޭންވީމަ މޭކަރަންފެށީ. ކެމްޕޭން ކުރަން އުޅުނު ފިރެހެނުންނަށް ވުރެ އެކަމަނާގެ ހިތްވަރު ގަދަ. ހަޖަމު ނުކުރެވުނަސް މީހަޤީޤަތް

  30. އަހްމަދުބޭ

    ބަލަވެރިކަންލިބުނީ އެމްޑީޕީ އަކަށްނޫން ވެރިކަންލިބިނީ ކޯލިޝަނަށް މިހާއަވަހަށް ރައީސް ވިދާޅުވިހެން ކޯޅޭޝަނަކަށް ބަދަލުވީތޯ އާނިޔާގެކިހާވަރެއްގެހިއްސާއެއްބާއޮތީ މިމަސައްކަތުގަ އައިޝާއަށްވެސް ނަސްރީނާއަށްވެސް އެބޭފުޅުންބޭނުންކަމަށްވާނަމަ މިނިސްޓަރުކަންޖެހޭނީދޭން ތިބޭފުޅުންގެ ޝިފާޒަކީ ކިހާވަރެއްގެ ގާބިލްމީހެއްބާ ސްޕޯޓްސްމިނިސްޓްރީއަށް ހަޖަމްކުރޭ އަރާރުންނުވޭ

  31. އާބިދާ

    ނުކިޔަވާ ހުއްޓަސް ވެރިކަމަށް އިބޫ އޯކޭ؟ އެކަމަކު މިނިސްޓަރުކަމަށް އައިޝާގެ ފެންވަރެއް ނެތް؟ އެމްޑީޕީ ލޮޖިކް.

    • ބޭބީ

      މާރިޔާ ބިރުގަންނަނީ އަންހެނަކު އައިސްފާނެތީ މިނިސްޓަރުކަމަށް

  32. ޓްރަންޕް

    ގާސިމް ވަރަށް ލޯބިވޭ އާއިޝާ ދެކެ.

  33. ހައްޕު

    ކޮބާތޯ މައްސަލައަކީ... އަންހެން ބޭފުޅުންގެ ކުރިއެރުމަކީ ހުރިހާ އަންހެނުންނަށް ވެސް ލިބޭ ފަހުރެއް.. ގިނައިން މިފެންނަނީ އަންހެން ބޭފުޅޫން އަނެއް އަންހެން ބޭފުޅަކާ ދިމާލަށް ގަނާ ކުރާތަން... މިއީ ވަރަށް ދެރަވަރު..

  34. ތަޮޮޮލް

    ނަައީމައްތަ ޔައްވެސް މިނިސް ޓަރުކަމެއް ލިބެންޖެހޭނެ އެއީވެސް ކެންޕޭނުކުރިމީހެއް ކުނިހޮވާ މިނިސްޓަރުކަންނަމަވެސް އޯކޭވާނެ

  35. އލީ

    އިބޫއަށްވުރެ ތައުލީމީ ވާނެ!! ދެނޯ!! ????

  36. ސޭކުސްތާން

    ޤާސިމޫ އެންޑް ވައިވްސް: ހޭލާ ހޭލާ ޤާސިމަކަށް އަންނިވެސް މައުމޫނުވެސް ވެރިކަމަކާ ކައިރިވިއަކަ ނުދޭނެ. އެންމެ ރަގަޅުވާނީ ވިޔަފާރި ކުރިއްޔާ. މީހާ ތިއޮއް ހަލާކު ވަނީ. ވެރިކަން ނުލިބުނަސް ތިޔައީ ރަގަޅު ވެރިމީހެއް

  37. ޢީސީ

    ތިކާކުތަ! މުޅިހޯރަފުއްޓަ ހުތުރު ނަން ދީފަހުރި އަންހެނެއް ކަސަބީ އަންހެނެއް ????????????

  38. ޢަބްދުﷲ

    ވަޒީރުކަން ލިބުމުން ވަޒީރަކާއި ވައްތަރުވާނެއެވެ. ރައީސްކަން ލިބުމުން ރައީސަކާއި ވައްތަރުވާނެއެވެ. އިބޫގެ ސިކުޑީގައި ނަންލިސްޓް ބާއްވައިގެން ފހަރަކު ވަޒީރަކު ޢައްޔަން ކުރަމުން ނުގެންދެވޭނެއެވެ. އެހެނީ، ކޯލިޝަނުން އެދޭގޮތަކަށް ކަންތައްތައް ކުރުން ލާޒިމުކުރާ އެއްބަސްވުން ތަކެއް ހުރުމުން، ޢާއިޝަތު ނަހުލާއަށް މިނިސްޓަރުކަން ނޫނަސް ޚިދުމަތް ކުރުމަށް އެކަށީގެންވާ ރަނގަޅު ފުރުޞަތެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

  39. ނަސް

    ބީ ކޫލް.. ޭއީޗް އަދަރ.

  40. އަލިބެ

    ޢައިޝާވެސް ހަމަރަނގަޅެވެ.

  41. ނޫންތަ؟

    އައިޝާ ބުރުގާ އަޅާތީވެސް އަނިޔާ މާމައަށް ކަމަކު ނުދާނެތާ. އޭނަ ފަކުރު ގަންނާނެ އައިޝާ ހެދުން އަޅާ ގޮތަށްވެސް. އޭނަ އެހުންނަ ވައްތަރަށް މުޑުދާރުގަނޑެއްހެން ހުރީމަ އޭނައަށް ކަމުދާނީ. ރޫބޮނޑިއަކަށްވެ ކަށްވަޅު ފެންނަ ހިސާބަށް ދިޔަޔަސް ލާދީނީއަކު މައިތިރި ވާން ނޭނގިގެން އުޅޭނީ.

  42. Miadhu

    އައިޝަ ދޫނުކުރާތި ބަހަށް ބިރުނުގަނެ އަޒުމުގަ ނުކުމޭ އަމިއްލަ ނަމުގަ މެޑަލް ޖަހަން ލިބޭފުރުސަތު ގަދަކަމުންވެސް ހޯދާތި.އާނިޔާއަކީ ވަކިން ކާކު އައިޝާ އާއި ޖެހިގަންނަން

  43. މަމެން

    ޖާސިމްބެ މޭނުބައި ނުކުރައްޗޭ. ގޯހެއް ވެދާނެ.

  44. ބޮޑުއަނިޔާ

    ގައިމުވެސް އާނިޔާ އަށް ވުރެ ރަނގަޅުވާނެ. މާ އަބުރުވެރި ، މާތައުލީމީ.

  45. ހުސޭނު

    އަދި ފެންނާ ތިއައިސާ ގާސިމް ދޫކޮއްފަ މޑޕއާ ގުޅޭތަން. އައިސާޔާ އެމީހުންނާ ވަރައް ގިނަ ގޮތްގޮތުން ދޯޅަވާނެ. މީލައްކަ ވާހަކަ.

  46. ޢަލީ

    ބޮޑީ ތިކަމެއްނޫން، ހުޅުމާލެ ހިއްކީ ރައްޔިތުންގެ ފައިސާއިން؟ ވަކިބަޔަކަށް ބަހަމުންދާތީ އެކަން

  47. ބޭބެ

    އާނިޔާ އަކީ ނިވާނުވެއިންނަ އަންހެނެއް ރައްޔިތުން ވޯޓްދިނީ އިބޫ ނުވަތަ އެމްޑީޕީ އަށް އެކަންޏެއްނޫން، ވޯޓްދިނީ ޤާސިމާ މައުމޫނާ އިމްރާނާ އަންނިއަށް ތިގޮތަށް އައިޝާއަައި ދިމާކުރުމަށްވުރެ ޢައުރަނިވާކުރުމް އާނިޔާއަށް މާއައުލާކަންބޮދޑު