ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަވާލު ވުމުން ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން ފަސޭހަ ވާނެ ކަމަށް ކްރިސްޓިއަން ދީން ފެތުރުގެ މަސައްކަތް ކުރާ މިޝަނަރީއެއް ކަމަށްވާ "އިންކޮންޓެކްސްޓް އިންޓަނޭޝަނަލް" އާއި "އޯޕެން ޑޯސް ޔޫކޭ" އިން ބުނެފިއެވެ.

އިންކޮންޓެކްސްޓް އިންޓަނޭޝަނަލް އަކީ 2010 ވަނަ އަހަރު އުފެއްދި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާޢަތެކެވެ. އެޖަމާޢަތުގެ މަޤުޞަދަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ކްރިސްޓިން ދީނުގެ ޗާޗްތައް އެޅުމާއި ކޮންމެ ދުވަހު އެދުވަހަކާއި ގުޅޭ ޚަބަރުތައް ގެނެސްދިނުމާއި މުޅި ދުނިޔެ އަށް ބައިބަލް ފޯރުކޮށްދިނުން ކަމަށް އެޖަމާޢަތުގެ ވެބްސައިޓްގައި ވެއެވެ.

"އަލަށް ވެރިކަމަށް އަންނަ ރައީސް އާއި އެކު އުއްމީދުތަކެއް ވަނީ އުފެދިފައެވެ. އާރައީސް ކްރިސްޓިއަން ދީން ފެތުރުމަށް އިތުރު މިނިވަންކަން ފަހިކޮށްދޭނެއެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެ، އިންޑިއާގައި ތިބި ކްރިސްޓިއަނުންނާއި ދިވެހިންނަށް ފަސޭހަ އިން ބައްދަލު ވާނެ މަގުތައް ފަހިވެގެން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ." ކޮންޓެކްސްޓް އިން ބުންޏެވެ.

މީގެ އިތުރުން ކްރިސްޓިއަން ދީން ފެތުރުގައި 60 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ އިނގިރޭސިވިލާތުގެ ޖަމާޢަތެއް ކަމަށްވާ "އޯޕެން ޑޯސް ޔޫކޭ" އިން ވެސް ވަނީ އިބޫ އަށް މަރުޙަބާ ކިޔާ އިބޫގެ ވެރިކަމުގައި ކްރިސްޓިއަން ދީން ފަތުރަން އިތުރު ފުރުސަތުތައް ރާއްޖެ އިން ލިބޭނެ ކަމަށް ބުނެފައެވެ.

އެޖަމާޢަތުން ވަނީ އިބޫގެ އަތައް ވެރިކަމުގެ ބާރުތައް ފަސޭހައިން ލިބޭނެ ގޮތް ވޭތޯ ދުޢާ ކޮށްދިނުމަށް ވެސް އެދިފައެވެ.

ކޮންޓެކްސްޓް އިން ބުނާ ގޮތުގައި ރާއްޖޭގައި ތިބި ކްރިސްޓިއަނުންނަށް މިހާތަނަށް އައީ ވަރަށް ގިނަ ދަތިތައް ދިމާވަމުންނެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހަމައެކަނި ރާއްޖެ އިން ފުރުސަތު ލިބުނީ މުސްލިމުންނަށް ކަމަށް އެޖަމާޢަތުގެ ވެބްސައިޓްގައި ވެއެވެ.

"އާންމު ތަންތަނުގައި ކްރިސްޓިއަން ދީނަށް އުޅުމަކީ ރާއްޖޭގައި ޤާނޫނީ ގޮތުން މަނާ ކަމެކެވެ. އިސްލާމްދީން ދޫކޮށްލާ ދިވެހިންގެ ކިބައިން ރައްޔިތުކަން ނިގުޅައި ގަނެއެވެ. ދިވެހިރާއްޖެ ހިމެނެނީ ކްރިސްޓިއަނުންނަށް އެންމެ އުނދަގޫ 13 ވަަނަ ގައުމުގެ ގޮތުގައެވެ." ކޮންޓެކްސްޓްގެ ވެބްސައިޓްގައި ވެއެވެ.

އެޖަމާޢަތުން ބުނީ ރައީސް ޔާމީންގެ ވެރިކަން ވެއްޓުމަކީ ޑިމޮކްރަސީގެ މަގަށް ދިވެހިރާއްޖެ އަލުން ރުޖޫޢަވެ، ދިވެހިންނަށް ފުރިހަމަ މިނިވަންކަން ލިބޭނެ ކަމެކެވެ.

އެމްޑީޕީ އާއި ކްރިސްޓިއަން ދީން ފަތުރާ މިޝަނަރީތަކާއި ގުޅުން އޮންނަ ކަމަށް ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ސަރުކާރުން ވެސް ތުހުމަތު ކުރިއެވެ. އަދި އޭގެ ފަހުން ވެސް އެމްޑީޕީ އާއި އިސްލާމްދީނާއި ގުޅުވާ ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

90 ކޮމެންޓް

 1. ނައިބުތުއްތު

  މިފެންނަނީ ބޮޑުމަންޒަރު!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 2. ތި ކާޑު ރައްޔިތުން ބަލައެއް ނުގަތް ދެއްތޯ؟ ތި ކާޑު ކުޅެން ނުވިސްނާ ދެން.. ފެއިލް ވެފަ އޮތް ކާޑެއް.. ދަރުބާރޭމެން މެޅުނީ ވެސް ފެއިލްޑް ފަލްސަފާތައް ކުރިޔަށް ނެރެޖައްސަން ހަދައިގެން

 3. ކޮބައިތަ އަހަރެމެންގެ ޝައިޚް އިލްޔާސް! ކަލޯ އިލްޔާސް މިއީތަ ކަލޯ ތި ބުނާ ކައުއިތުރު ރަސޫލާގެ ދުޢާ ލިބޭފަދަ ރައީސަކީ! ކަލޯ ލަދުގަނޭތަ! ކަންނެލި އޮޑިޔަކަށް ދެދުނިޔެ ވިއްކާފައި އަހަރެމެން ވާވައްދާފައި ކޮންތާކު ތި އޮތީ! ނޫނީ ކަލޯޔަށްވެސް އެބުނާ ކްރިސްޓިއަން މިޝަނަރީން ކަންނެލި އޮޑިއެއް ދިނީތަ؟ ކީއްވެ ފިލާ ތި އޮތީ!

  • ސާބަސް، މިހާރު އެކަންވެ ނިމުނީތަ. އިހަށް މަޑުކޮށްބަލަ އެކަން ވަންދެން ހަޅޭއްނުލަވާ ، އަދި ނޭންގެންނު މިވާނެ ކަމެއްކަންވެސް. އެމީހުން އެހެން ބުނުމަކީ އެކަމަށް އިބޫ ޒިންމާ ނަގަންޖެހޭ ކަމެއްކަމަކަށް ނުވިސްނޭ.ބަޔަކު މީހުންގެ އަނގައިގަ އިބޫ އަކަށްވެސް ނުހިފޭއްޓޭނެ ދޮއްތާ. ބަޔަކު އެއްޗެކޭ ބުނާއިރަށް މިވަރު ހަމަ އަރުވާލަން ޖެހޭތަ ފުކެއް ބޮޑުވަރު

 4. މިއީ އެމް.ޑީ.ޕީ ސަރުކާރެއް ނޫން. ކޯލިޝަން ސަރުކާރެއް. މޮޔަ ނުގޮވާ.

 5. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމް ދީނާއި މުސްލިމުން ޢިއްޒަތްތެރިކުރަންވާންދޭވެ. އަދި ޝިރުކާއި މުޝްރިކުން ނިކަމެތިކުރައްވާންދޭވެ. އަދި އިބަރަސްކަލާނގެ ޢަދާވާތްތެރިން ބަލިކުރައްވާންދޭވެ. އަދި ތައުޙީދުގެ އަޅުތަކުންނަށް ނަޞުރުދެއްވާންދޭވެ.

 6. ދިވެހި މުސްލިމުން މިތިބީ ފިސާރި ހޭލާ .އިން ޟާ ﷲ މިގައުމަށް އެިސްލާމްދީން ނޫން އެހެންދީނެއް ކިރިޔާ ވެސް ޒައްރެއްގެ މިންވަރުވިޔަސް އެފުރުސަތެއް ނުދޭނަން

 7. ދެން އަތްޖަހާ މިތާއިރާދަކުރެއްވީއްޔާ އެކަންވިޔަކަ ނުދޭނަން

 8. ކޮބާ ކިހާވަރަކުންދާނެބާ!! ދިވެހިންނޭ ކަލޭމެން ބޭނުންވި ގޮތް މިވަނީ!! ރައިސް ޔާމީންގެ ސަރުކާރު ވައްޓާލީ މިގައުމުގައި އުޅޭ އަމިއްލަ އެދުމުން ފޯވެފައި ތިބި ދެތިން ހަތަރު މީހުންގެ ބަހަށް ހެއްލިގެން!! މިގައުމު ހަލާކުކުރަން އުޅޭ ބައެއް މިދެންނެވި ދެތިން ހަތަރު މީހުންނަކީ!! އެމީހުން މިގައުމަށް ރަގަނޅުގޮތެއް ބޭނުންނުވާތީ އެމްޑީޕީއަށް އަލުން ހިންދެމިލުމަށް ފުރުސަތު މިލިބެނީ!! އެމްޑީޕީއަކީ އަދި އެމީހުންގެ ފިކުރަކީ ކޮންކަހަލަ ކިހިނެތް އޮތް ފިކުރެއްކަން މީގެކުރިން 3 އަހަރުގެ ވެރިކަމެއްގައާއި އެވެރިކަން ނިމި އެމީހުންގެ އިސް މީހާގެ ޢަމަލުތަކުން ނިކަން ރަގަނޅަށް ހާމަވި!! މިކަން ދިވެހިން ހަނދާން ނައްތާލީ އަނިޔާވެރިކަމޭ ކޮރަޕްޝަނޭ ކިޔައިގެން މިމީހުންނަށް މަދަދު ދޭ ޓީވީ ސްޓޭޝަންތަކުންނާ މީޑިއާތަކުން ކުރަމުން ދިޔަ މުޅިން ޙަގީގަތަށްނުވާ ޕްރޮޕަގެންޑާއަށް ހެއްލިތިބެ!! ގައުމު މީހަކަށްވުރެން އަދި ހަތަރު ފަސް މީހަކަށްވުރެން މުހިންމުކަން ދިވެހިންނަކަށް ނުވިސްނުނު!! ޔާމީން ދެކެ ރުޅިއައީ މިމީހުން މިގައުމު ފަސާދަކުރަން ރޭވި ހުރިހާ ރޭވުމެއް ފަނުފުލުން ދުއްވާލާ ގާނޫނީ ފިޔަވަޅު އެޅި ހިސާބުން!! މިމީހުންގެ ދުއްތުރާއާއެކުވެސް ޔާމީންވަނީ މިއިން ދުވަހަކު ނުދެކެހާ ތަރައްގީ ގައުމަށް ގެނަސް ދެއްވާފަ!! އެކަމަކު ތަރައްގީގައި ކޮޅުފައިންޖެހީ ހަމަ ދިވެހި ރައްޔިތުން!!

  • ދިވެހިންނަކީ ވަރަށް ފަސޭހައިން ހައްލާލެވޭ އަދި އެހާމެ ހަނދާން ބަލި އަދި ކިއެއްތަ ކަމެއްގެ ހަގީގަތް އޮޅުން ފިލުވަން ކެރޭ ވަރަށް ވުރެ މާ ކަންނެތް ޒިންމާދާރުކަން ކުޑަ ބައެއް.

   • ދިވެހިން ރަގަޅުވާނީ ހުސްބުޅީގައި ބާނާ ކަނޑުމަސް ކެއުން ހުއްޓާލައި އެންމަސް އަޅައިގެން ކަނޑުމަސް ބާނައިގެން ކާން ފެށީމައެވެ.

  • ތަރައްގީ އޯކޭ. ވައްކަން އޯކޭ ތޯ؟

   • ވައްކަން ކުރިޔޭ މޑޕ ބައިގަނޑު ހަޅޭއްފަޅޭއް ލެވިޔަސް އަހަރެމެން ގަބޫލެއް ނުކުރަމޭ. އެއީ އެމީހުންނަށް ދެ އިރު އެކައްޗެކޭ ކިޔަން އެނގޭ ބައެއް ނޫން. ދޮގުހެދުމާ ފިތުނަ ފަސާދަ އުފެއްދުމުގައި އެއްވަނަ

    • މޑޕ މީހުން ކުރި ވައްކަން ތައް ފޮރުވަން ކުޅުނު ޑުރާމާޔެއް އްއީ.
     މިހީރު އެމީހުން ކުރި ވައްކަން ތަކުގެ ވާހަކަ ދައްކާނެ އެކަކުވެސް ނެތެއްނު . ވަރައްކާމިޔާބް
     މިޔަދު ބޭނުން ކަމެއް ކުރެވިދާނެ. އެކަމު ޖަވާބްދާރީވާން ޖެހޭ ދުވަހެއްވެސް އެބައޮތް ކަން ދައްނާށެވެ.

  • އޅާވެސް ލާނެ ކަމެއް ނެތް. އަމިއްލްޔަށް ބޮއި ބޮނޑިޔެއް މީ
   އަހަރުމެން އާދޭސް ކުރިން ، މީ މަ ބުނިތަން މި އޮތީ އައިސްފަ ، ދެންކުރެވޭނެ ކަމެއް ނެތް .
   އެބަޔަކު ކެނޑި ކަނޑުލެއްގެ ހިތި ފިލުވާނީ އެބަޔަކު .???

 9. ތިހުވަފެނުގައި ތިހެން ތިއްބާ ދުނިޔެ ނިމި ހިނގައިދާނެ

 10. ކޮބައިތޯ އަދާލަތު. ސެއިޚް އިލިޔާސް . ހީވޭކަމެއްހެން. އަދި މިއުޅެނީ ވެރިކަމާހަވާލުނުވެ. އަހަރުމެން ދެއްކިވާހަކަ ފެނަމތިވާން ފެށީ. ދެން އަނެއްކާ ޤައުމުގަ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަނވީ. ސަލާމަތެއްނެއް. އިލިޔާސްމެންގެ ތިބައިގަޑަކީ މިޤަުމުގެ ހަލާކު.

 11. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ...

 12. ނުވާނެ ތިކަމެއް. ދިވެހިންގެދީނާ ކުޅެން ހިތުވެސް ނުގަންނާތި އެއްވެސް ރައީސަކު. ތާރީޚުންވެސް އެނގެން އެބައޮތް އަހަރެމެންގެ ދީނާ ކުޅެން އުޅުނު މީހުންނަށް ކަންކަން ވީގޮތް. ޚަބަރުދާރު.

 13. ކޮބާ ކުދިން ކުދިން ރެޑީތަ؟

 14. ހިދުކޮޅުގައި ތިބެން ބޭނުންވާ ކުދިން ތައްޔާރަށްތިބޭށެވެ. ކޮބާ ޢަލީ ޒައިދު ކޮބާ އަދާލަތުޕާޓީ ކޮބާ ސޭކް ހުސޭން ރަޝީދު ކޮބައިތަ! އިސްލާމިކު މިނިސްޓރަީއެއް މިސްކިތެއް ބޭނުމެއް ނުވާނެ ހަފުތާއަކު 1 ދުވަހު ފައްޅިއަށް ގޮސްލީމައި ނިމުނީ

 15. އަޅުގަނޑަކީ އެމް.ޑީ.ޕީގެ އެކްޓިވިސްޓެއް. އިބޫގެ ވެރިކަމުގަ އެފަދަ ކަމެއް ހިނގާނަމަ އަޅުގަނޑުމެން އިބޫ އާއި އެކު ނުތިބޭނެ. އެހެންވީމަ އެވަރަށް ވިސްނަވާނެ ކަމަށް އުންމީދު ކުރަން.

  • މުހައްމަދު ނަސީރު

   ވަގުތު ފާއިތުވެފަ އޮންނާނީ
   މި މިށަންތަކުގެ އެހީ ލިބިފަ ވާ ނަމަ އެމީހުންބުނާގޮތެއްވެސް ހަދަން މަޖުބޫރުވާނެ

 16. ތީން އެއްކަމެއް ވެސް ދިވެހިންނެއް ގަބޫލެއް ނުކުރާނެއެވެ.
  ތިޔަ ހަޤީޤަތް ދިވެހިން ގަބޫލުކުރާނީ މާތް ﷲ އަށް އެއުރެން ބިރުވެތިވި ދުވަހަކުންނެވެ. ދީނީ ކަންކަމަށް އެބައިމީހުންގެ ހިތްތަކުގައި ލޯބި ޖެހުނު ދުވަހަކުންނެވެ. ހިތާމައަކީ ދިވެހި މުޖުތަމައު ހުޅަނގުގެ ތަހުޒީބަށް ދީލާލައި ފައިވާލެއް ބޮޑުކަމެވެ.
  ދީނީ މީހަކު މަޖިލިހަށް ލިޔަސް ވޮވަނީ ނުކިޔަވާ ޖާހިލެކެވެ. ސިޔާސީ މަގާމަކަށް ލިޔަސް ލަނީ ދީނަށް ފުރަށްސާރަކޮށްފައި ހުރި ޖަނަވާރެކެވެ. ވަގުން ތެދުވެރިންނަށް ވެއްޖެއެވެ. ތެދުވެރިން ވަގުންނަށް ވެއްޖެއެވެ. ހުރިހަލާކެއްގެ ބޮޑުކަމާއެވެ.

 17. ފާޅުކަން ބޮޑުގޮތެއްގައި އެމްޑިޕީން ވަކާލާތު ކުރަމުން އަންނަ ކަމެއް ނޫންތޯ ތިއީ، އަންނި ވެރިކަމުގައި ހުރިއިރު ދެއްކި ވާހަކަ ހަދުމަ އެބަހުރިތޯ ؟؟

 18. ކޮބައިތަ އިސްލާމްދީން ދެމިއޮންނަނީ ވަކި ރައީސް ޔާމީނު ރައީސަކަށް ހުރެގެނެއް ނުނޭ ގޮވި އަނގަތައް! ރައީސް ޔާމީނުގެ ވެރިކަމަކު މިކަހަލަ ކަމަކަށް ފުރުސަތެއް ނުލިބޭދޯ! ހަމަ އުނގުރި ދޫވެފައިހުރި ރައީސަކު ހޮވުނީ ކަންތަކާ ލާގަތީ! އަދި މި އުޅެނީ ހުވާނުކޮށް! ދެން އިބޫއަށް ވޯޓުދިން މާ ދީން ދަންނަކަމަށް ހެދިގެން އުޅޭ މީހުން ގަދަޔަށް އަތްޖަހާ! ބާރަށް އަތްޖަހާ! ނުވިތާކަށް އެބުނާ ކްރިސްޓިއަން މިޝަނަރީތަކާވެސް ގުޅާފައި ބަހައްޓާ! އަހަރެމެންނަށް ދެވޭނީ ސާބަސް! ޖީލެއް ހަލާކުކުރަން ތިއޮތީ ވޯޓުދެވިފައި! ސާބަހޭ! ދީންވެރިކަމަށް ހެދިގެން އުޅޭ މީހުންނަށް! ދެން ހުރިހައި ބޭފުޅުން އިންސާފު ޤާއިމްކޮށް އޯގާވެރިކަމާއެކު ކްރިސްޓިއަން ދީން ފަތުރާ! ސާބަހޭ! ސާބަހޭ! ވޯޓުން އިންސާފު! ވޯޓުން ކްރިސްޓިއަން ދީން! ވޯޓުން ހާޑިންހަމް!

 19. ބަޔަކު އެއްޗެއް ބުނުން އެއީވެސް އިބޫގެ ކުށެއް؟ އަދި އޭނަ ވެރިކަމަށް ނާދޭ. މަށަށް އިގޭ އެއްޗަކީ އެއީ އެހެން ދީނަކަށް ފުރުސަތު ދޭނެ މީހެއް ނޫންކަން. ސާފު ބަހުން އެހެން ބުނެފި. އޭނާ އަކީ އިސްލާމް ދީނަށް ލީބި ކުރާ ލީޑަރެއް.

 20. ކޮބާތަ ސޭހެކޭ ކިޔާގެން އުޅެ އިލްޔާސް އޮތްތާކުން ތެދުވޭ. ތިހާ މޮޅު ދީންވެރިޔަކު ހޮވި ރައީސްކޯ ކުރިސްޓިޔަން ދީން ފަތުރާނީ.

 21. މާތް ﷲ އެކަލާނގެ ދީން ޙިމާޔަތް ކުރައްވާނެކަމުގެ އެއްވެސް ޝައްކެއްނެތް. ޝައިޚު ޢަލީ ޒއިދުއާއި، ޝައިޚު އިލްޔާސުމެންފަދަ މަދު ޢިލްމުވެރިން ބޭނުންގޮތް މިވަނީ!

 22. ތެދުވެރިން ވަގުނަނަށް ހަދައި ވަގުން ތެދުވެރިންނަށް ހަދައިފި!
  ހެޔޮލަފާވެރިން ދުރުކޮށް ހުދުމުހުތާރުވެރިން ގާތްކޮށްފި!
  ދީނަށް ލޯބިކުރާވެރިނަށް މަރާފައި ލާދީނީ ވެރިން ދިރުވައިފި!
  ވަތަނީ ލީޑަރުންގެ އަގުވައްޓާފައި ރޫހާނީ ލީޑަރުން މަތިވެރިކޮށްފި!
  ނިވާކޮށް ބެލުންތައް ތިރިކުރި އަންހެނުނާއި ފިރިހެން ލީޑަރުން ދުރުކޮށް ނިވާކަންކުޑަ އަންހެނުންނާއި ތެޔޮ ދަމާ ލީޑަރުން ކުރިޔަށް ނެރެފައެވެ. ދެން އެމީހަކު ވެވުނުވަރަކުން ދުޢާކުރޭ! މިއޮތީ ފަހުޒަމާނުގެ ވާހަކަ މީގެ 1400 އަހަރުކުރިން ރަސޫލާ ހަބަރު ދެއްވި ގޮތަށެވެ.

 23. ވެރިކަމުގަ ހުންނަ މީހަކާ އިސްލާމްދީން ގުޅުވަން ތިކުރާ މަސައްކަތް ހުއްޓާލަބަލަ. ޔާމީނަކީ މާ ދީންވެރިމީހެއްތަ؟ ތިވާހަކަތައް ރައްޔިތުން ބަލައެއްވެސް ނުގަތެއްނު.

  • ދިވެހި ދަރިއެއް

   އިސްލާމީ ގައުމުގައި ހުންނަ މީހަކު އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދީގެން ނުވާނެ، މީތަފާތަކީ އަނެއް ދިވެހި ރާއްޖެ، ޖަޒީރާ ރާއްޖެ އާއި ދިވެހި ރާއްޖޭގެ ތަފާތު، ތިޔަފަދަ ހިނދުކޮޅު އައުމަށް ސަޕޯޓްކުރާ މީހުން މިގައުމުގައި ގިނައެއް ނޫން، އެކަމަކު ސައިތާނުންގެ މަސްތުގައި ޖެހެނީ. ކަލޯ ދާންވީނު އިބޫ އާއި އަންނިގެ ފައިބުޑަށް، އަދި އިސްރާއިލް އާއި އިނގިރާސިން ނާއި އިންޑިޔާ ފަދަ ސެކިއުލަރ ގައުމުތަކަށް، ދީނާއި ވެރިކަން ވަކި ކުރަން.

 24. ތެދުވެރިން ވަގުނަނަށް ހަދައި ވަގުން ތެދުވެރިންނަށް ހަދައިފި!
  ހެޔޮލަފާވެރިން ދުރުކޮށް ހުދުމުހުތާރުވެރިން ގާތްކޮށްފި!
  ދީނަށް ލޯބިކުރާވެރިނަށް މަރާފައި ލާދީނީ ވެރިން ދިރުވައިފި!
  ވަތަނީ ލީޑަރުންގެ އަގުވައްޓާފައި ރޫހާނީ ލީޑަރުން މަތިވެރިކޮށްފި!
  ނިވާކޮށް ބެލުންތައް ތިރިކުރި އަންހެނުނާއި ފިރިހެން ލީޑަރުން ދުރުކޮށް ނިވާކަންކުޑަ އަންހެނުންނާއި ތެޔޮ ދަމާ ލީޑަރުން ކުރިޔަށް ނެރެފައެވެ. ދެން އެމީހަކު ވެވުނުވަރަކުން ދުޢާކުރޭ! މިއޮތީ ފަހުޒަމާނުގެ ވާހަކަ މީގެ 1400 އަހަރުކުރިން ރަސޫލާ ހަބަރު ދެއްވި ގޮތަށެވެ.

 25. މިކަމާ ގުޅޭގޮތުން، ޝޭޙް އިލްޔާސްގެ މެސެޖަކަށް އިންތިޒާރުކުރާވާހަކަ ބުނެލަން.... ފޭސްބުކް މެދުވެރިކޮށްނަމަވެސް.

 26. އިންކޮންޓެކްސްޓް އިންޓަނޭޝަނަލް އާއި "އޯޕެން ޑޯސް ޔޫކޭ" އަކީ ޔާމީނާއި ގުޅުން އޮންނަ ދެފަރާތް ވީމާ މި ދަނޑިވަޅުގައި ތިޔަބާވަތުގެ ވާހަކަތައް އަޑު އިވުން އެކަށީގެން އެކަމަކު ދަންނަވާލަން ބޭނުން ވަނީ ހަމަ ހިލާ އެހެނަކުން ނުވާނެއެވެ.

 27. އިބޫ ތި ވާހަކަތައް ކުށްވެރިނުކުރާނަމަ އަޒުލު ކުރެވެންޖެހޭނެ.

 28. ހަހަ ފަސޭހަ ވާނެއޭ؟ ނުވާނެ. ތިއީ ހީވާ ގޮތް، ކަލޭމޭން ވެސް ހައްދުގެ ތެރޭ ތިބޭ. މިތަނައް އަރާ އެއްވެސް ރައީސެއް ތިކަމެއް ނުކުރާނެ.

 29. އެމްޑީޕީ ބަޢާވަތަކުން ވެއްޓި ހަތަރު ލީޑަރުން ތެތިބީ އެއްވެފަ .

 30. މިކަމާ އެންމެ އުފާވެ ފަޚުރުވެރި ވާންވާނީ އަދާލަތު ޕާރޓީ. ބޮޑު ޖަލްސާއެއް ބާއްވާ، ޝެއިޚް އިލްޔާސް ވާނެ އަނެއްކާ ސިޔާސީ ދަރުހެއް ދޭން. ޝައިޚް ޒައިދްވެސް ވާނެ ކްރިސްޓިއަން ދީން ފެތުރުމަށްވުރެ އަނިޔާވެރިކަން ނުބައިކަމަށް ބުނެ ދަރުސް ދޭން.

 31. އަބުރުގެ ދައުވާ ކުރަން ފެނޭ މިނޫހާދެކަށް. ކިރިސްޓިޔަން ދީނާ ޒިނޭ ހުއްދަކުޜީ ޔާމިން

  • ކްރިސްޓިއަން ދީނާއި ޒިނޭ ހުއްދަ ނުކުރެވޭނެ އެކަކަށް ވެސް، އެއީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކާއި ﷲ ނޫން އެހެން ދީނަށް އުޅުން، މިކަން ކަމަށް އުޅެނީ ޝައިތާނުންގެ އަވާ ގައި ޖެހިގެން އުޅޭ ބީތާއިން. ދިވެހި ރާއްޖެއަށް މި ކަމުގެ ސުންޕާ ގެންނަށް މަސައްކަތް ކުރާ ގޮއްރާޅުން ވަރަށް ސާފުކޮށް އެނގޭ، ތި ބުރާންތީގެ ބަހުންވެސް އެނގޭ ތި ބުރާންތި ތި ހުރީ އެމަސްތުގައި ޖެހިފައިކަން، އައްނި އެއީ އެގެ އިފްރީތު.

 32. ތިޔައީ ފިތުނައުފައުފައްދަން ދައްކާވާހަކަ، ތިޔަހެން ތިކަމެއްނުވާނެ، މިދިޔަ ފަސްއަހަރު

  ރާއްޖޭގެ ކަންތައްތައް ދިޔައީ ވަރަށް އަނިޔާ ވެރިކޮށްކަން އެއްމެނައްވެސް އެގޭ ،

  މިހާރު ތިއުޅެނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކަފާނެތީ، އެވާހަކަ އޮޅުވާލަންވެގެންދޯ؟

 33. ބޮޑުމަންޒަރު ވަރަށް ގާތް ވެއްޖެ ހަހަހަހަ،، މަރު ހެޔޮ ނުވާނެ ،، އެމް ޑީ ޕީ މީހުން ކޮބާ ...

 34. ހޯހޯ ހިލާ ތިހެން ނުވާނެ އެހެނވިއްވާ އިބުރާހިން މުހައްމަދު ސޯލިހުވެސް ޖެހޭނީ ތަންމަތި ބޮޑި ހިފައގެން ދާން

 35. 2018ކޮސްނުކޮވަާ

  އިބުޫއެއިީވަރައްއޯގަާތެރިބެޭފުޅެއް ހިޔެއްނުވެތިހެން ކަންތައްކުރަާނެހެނެއް

  • ތިޔަމީހުންގެވެރިކަން ނުފެށި ނިމެން ކިއިރިވީތި ތިޔ ދީންފަތުރާ މީހުން މަރާލާނަން

 36. ކޮންމެ މީހެއް މިރާއްޖޭ ވެރި ކަމަަށް އެރިޔަސް ރާއްޖޭ ގާ އެހެން ދީން ތަކަށް ޖާގައެ ނުލިބޭނެ ރާއްޖޭގަ އުޅޭ ދިވެހިން ދީން ބަދަލު ކުރުމުން ހަރުކަށި ފިޔަވަޅުއަޅަން ޖެހޭނެ

 37. އަދާލަތު އޮތިއްޔާ އިސްލާމްދީން އޮންނާނެ ކަމަށް އެމްޑީޕީން ބުނި. ކިހާރީތި.

 38. ސާފުވާން ފަށާފި

  މަލަމަތި ފެށިއްޖެ އިންތިޚާބުން ހޮވުނީއްސުރެން. ރީނދޫ ޥާނީ ރީނދުލަށް ގުޅިފައިވަނީސެކިއުލާ ޖަމާއަތްތަކާ. އެމީހުން ޚަރަދުވެސް ކުރަނީ...

 39. ތީކީ އަހަރުންނަށް އޮޅިފައޮތް ކަމެއް ނޫން. ޢެކަމު ކީއްކުރާނީ މިގައުމުގަ އުޅޭނެ ހެއްދެވި ފަރާތަށް ވުރެންވެސް މައުމޫނަށާ، ގާސިމަށާ، އަންނިޔަށް ލޯބިކުރާ ބަޔަކު އެބައި މީހުނަށް ވަރިހަމަ ގައުމު ހަލާކުވިޔަސް.

  ޔާ ﷲ މިބައިގަނޑުގެ ކިބައިން މިގައުމު މިންޖުކުރައްވާ ސަލާމަތް ކުރައްވާންދޭވެ. ޢާމީން

 40. ވަރަށް ދެރަވެއްޖެ މިޙަބަރު ކިޔާލުމުން. ﷲގެ އިރާދަ ފުޅާ މިންވަރުފުޅުން މިޤައުމަކު އިސްލާމް ދީނެއްނޫން އެހެން ދީނެއް ނޯންނާނެ. މިގައުލުގެ އަމަން ބަލަހައްޓާ ގައުމުގެ އިސްލާމީ ވަހުދަތު ދަމަހައްޓާ ފުލުހުންނާއި ސިފައިން މިކަމުގައި އިތުރަށް ލޯހުޅުވާ ފާރައެއް ތިބޭނެ ކަމީ ޝައްކެއް އޮތް ކަމެއްނޫން. މިއިން އެއްވެސް ބައެއް ފެއިލް ވެއްޖެއިޔާ އެކަމާ ދެކޮޅަށް ނުކުންނާނެ އެކަކަށް ވާނަން. އަދި ކުރަން ޖެހޭ ކަމެއް ކުރުމަށް ފަސްވެސް ނުޖެހޭނަން. އިންޝާﷲ

 41. އިބޫ ކުރާނީ ހުވަޔޯ ޖަޒީރާ ރާއްޖެ ހިންގާނީ އިންޑިއާގަ ފިލާތިބެ އައިސްއުޅޭ މީހުންނާ އަންނި އިރުގައި ބާޣީންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ މީހުން ނޯ އަޅޭ މީ ދޮގެއްތަ

 42. ކޮބައިތޯ ތިބުނާ ލިއުމުގެލިންކު ؟؟؟ އިބޫ ޢެއްނޫން މިގައުމުގެ ދީން ކަނޑައަޅަނީ ވަގުތު އޮންލައިން ކިތައްމެބޭނުންވިއަސް މިގައުމުގަ އިސްލާމްދީންނޫން ދީނެއް ނުއޮއްނާނެ ...

 43. ކޮބާ އިލްޔާސް. ޙޭލަބަލަ

 44. އިބޫއަށް ވޯޓް ދިނީ އެބޭނުމުގައި. އެހެންވެ އެކަން ވާންޖެހޭނެ.

 45. އަހަރެމެން ބޭނުން ނުވިޔަސް ގިނަބަޔަކު ރީދުވެގެން އުޅެނީ ހުރިހާ ކަމެއްގެ ފުރުޞަތު އެމް ޑީ ޕީގެ ވެރިކަމުގައި ލިބޭނެތީއެވެ. ބިރެއްނެތި އުފާކުރަން ފުރުޞަތު ލިބިފައި ނަސާރާއިންގެ މިޝަނަރީތަކަށް ފަސޭހަވެފައި ވުމުގެ އިތުރުން ކުރިންވެސް އިސްލާމްދުސްތޫރަށް ފުރައްސާރަކުރިގޮތަށް ފުރައްސާރަކުރުމަށް ވަގުތުދޭނެތީއެވެ. މިއީ ބަޔަކު ރާއްޖޭގައި އެދޭގޮތަކެވެ. ކޯލިޝަންގެ ބޭނުމަކީ އެއީ ނޫންތޯއެވެ.

 46. ރައްޔިތު މީހާ ބޭނުންވާ ގޮތްތީ

 47. ކޮންމެ ދީނަކަށް އުޅުމަށް ފަސޭހަވާގޮތަށް ޤާނޫނުވެސް ބަދަލު ކުރާނެ. ބަލަން ތިބޭ އަދާލަތު ޕާޓީގެ ދީނީ (ވަޙުޝީ) ޖަމާޢަތުގެ މަދަދާއި އެކު ހޯދި ވެރިކަމުން މިރާއްޖޭގައި ފާޅު ނުވެތިބި އެންމެން ދަންނަ ކުރިސްޓިއަނުން މަގުތަކަށް ނިކުމެ އެމީހުންގެ ހައްގު ލިބިއްޖެ ކަމުގެ އުފާ ފާޅު ކުރާނެ. އެކަމުގައި ވަނީ މިރާއްޖޭގެ 134000 ރައްޔިތުން ބައިވެރި ވެފައި. ކުރިސްޓިއަން ދީން ފެތުރުމަށް އެވަނީ ވޯޓް ލިބިފަ. އުފާކުރޭ.

 48. ކަލޯ ތިޔަ މިޝަނަރީ ތަކުގައި ބުނެލަބަލަ ދިވެހިރާއްޖޭގައި ކްރިއަސްޓިއަން ދީން ފެތުރުމުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ ވެރިކަމުން ބާލާނެކަން ހަދާން ކުރާށޭ..އިބޫ އެއް އަންނި އެއް މައުމޫނެއް ޔާމީނެއް ކިޔާނެކަމެއްނެތް. ވެރިކަމުން ބާލާ މަގުމަތި ކޮއްލާނަން. ޑިމޮކްރަސީ ގައި ކަން ކަން ފަސޭހަ ވިޔަސް ރާއްޖޭގައި ކަލޭމެނަށް ފުރުސަތެއް ނޯންނާނެ.

 49. ނިކަން އާދެބަލަ ، އިބޫއަށް އަންނިއެއް ކިޔާނެކަމެއް ނެތް ، މިޤައުމުގެ އިސްލާމް ދީނާ ކުޅެން އުޅެފިއްޔާ ހަދާގޮތް ދައްކާނަން ،އިންޝާ ﷲ، އިބޫ ހޮވީ މިތާ ކްރިސްޓިއަން ދީން ފަތުރާކަށް ނޫން ، ކޮބާ އިބޫއަށް ތާއީދު ކުރި ދީންވެރިން މިހާރު

 50. ކޮބައިތޯ ޑރ. އިޔާޒް ދެން ވިދާލުވަންވީނޫންތޯ ކްރިސްޓިއަން ދީން ޤަބޫލުކުރުމަށްވުރެ ނުރައްކަލީ އަނިޔާވެރިކަމޭ! އެކަމުން މިތިބީ ސަލާމަތްވެފައޭ! ވަރައްސަލާން.

 51. އެބައެއްގެ އަތްތަކުން އެބައިމީހުން ހަލާކުގެ ތެރެއަށް ވައްޓަނީ
  މުޅިގައުމު ބޭނުންވާ ގޮތްތީ ............. މަދު ބަޔަކު ފިޔަވާ
  އަހަރެން ބިރުގަނޭ މިހާރު

 52. ކޮބާ އަދާލަތާ މައުމޫނަށް ހީމޭތަ ކަމެެްހެން ކުތެވޭނެ އެއްކަމެއްވެސް ނުއޮންނާނެ ތިވެރޮންނަކަށް އިބޫ ބުނެފައޮތީ މައުމޫނަކަށްވެސް އަދި ހާސިމަކަށްވެސް ސަރުކާރުތެރެއަށްވަދެ ބަސް ބުނުމުގެ ފުރުސަތެއް ނުލިބޭނެޔެ ދެންހަމަތިބޭ

 53. ކޮބާ އެއްކަލަ އިލްޔާސް؟ ދިން ދަންނަ އިއްޒަތްތެރިޔާ،،،،

 54. ހިނގާ އަވަހަށް ވެރިކަން އިބޫއަތުން ދަމައިގަނެ ޔާމީނާ ހަވާލުރަން. ކޮބާ އާޒިމާ. އެއޮތް ކުރިސްތިއަން ދީން އައިސް ރާއްޖެ ކައި ހުސްކުރަނީ!

 55. އަބަދުވެސް އޮންނާނި އިސްލާމްދީން، ނަމަވެސް ވައްކަންކުރުން ހަރާމް ރިބާކެއުން ހަރާމް،މީހުން މެރުން ހަރަާމަ،މަގުފޭރުން ހަރާމް،ޒިނޭ ކުރުން ހަރާމް، މިއުޒިކް ހަރާމް،މިހެންގޮސް ކިތައްމެ ކަމެއް ޔާމީން ސަރުކާރުގަ މީގެން އެއްވެސް ކަމެއް މަދުވިތަ؟ދެން ކޮން ދީނުގެ ވާހަކައެއް

 56. ތިޔަ ގޭމު ދެން މިހާރު ޖައްސަން އުޅޭނެ ކަމެއްނެތް. ފެއިލްވެ ނިމިއްޖެ

 57. އެންމެހާ ދިވެހި ރައްޔިތުން ސަމާލުވެ ވަޑައިގަންނވަން ޖެހޭ ކަމެއް ހިތާމަހުރިކަމެއް
  ކޮޅެއްމެދެއް އެންގުމެއްނުވާ ފުން އަނދަވަޅަކަށް
  ގައުމު ވެއްޓެން ތައްޔާރުވަނީ ސަމާލުވެ ވަޑައި
  ގަންނަވާ.

 58. ތި ކާޑު ރައްޔިތުން ބަލައެއް ނުގަތް ދެއްތޯ؟ ތި ކާޑު ކުޅެން ނުވިސްނާ ދެން.. ފެއިލް ވެފަ އޮތް ކާޑެއް.. ދަރުބާރޭމެން މެޅުނީ ވެސް ފެއިލްޑް ފަލްސަފާތައް ކުރިޔަށް ނެރެޖައްސަން ހަދައިގެން

  އެއްބަސް!

 59. އީމާންކަން ބަލިކަށި މީހުން ގަބޫލެއްނުކުރާނެ ހަގީގަތް ފެންނަން އޮތަސް. އެ ފަދަ މީހުންނަށް ހަނދު ދެފަޅިވާތަން ފެނުނަސް ބުނާނީ އެއީ ދެމިގެން ވާ ސިހުރެކޭ.

 60. ޝައިހުލް އަޢުޟަމް

  ދީނީ ކާރޑް ނުކުޅެވޭނެކަން އެއޮތީ ދައްކާލާފަ .. ދެން ތިކަހަލަ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އިތުރު ބަޔަކަު ގަބޫލެއް ނުކުރާނެ..
  އިބޫ ޞާލިޙް ހުވާ ކުރެއްވިޔަސް ނުކުރެއްވިޔަސް ކަލޯމެން ނަމާދެއް ނުކުރާނެ.. އިސްލާމް ދީނުގަ ބޮޑު ފާފަ ނޫން ކަމެއްނުކުރާނެ..

 61. ހިތާމަހުރިކަމަކީ މިރާއްޖޭގެ ދެން އެހެން އެއްވެސް ނޫހަކުން މިޚަބަރުތައް ނުފެންނާތީ. ނުވަތަ މީހުންނަށް އެނގެން ބޭނުންނުވަނީ ކަންނޭންގެ.

 62. ތެހެން ތެކަންކެރިފެހެނާ ވަގުތުން ވެރިކަމުން ވައްޓަލާނެއި

 63. މި ކަމާ އިދިކޮޅަށް އިލްޔާސް، އިޔާޒް، އަނާރާ، އަލިޕި އަދި ކީއްކުރަން މައުމޫނަކަށް ގާސިންބެއަކަށް ވެސް އެއްޗެކޭ ބުނާކަށް ނުކެރޭނެ. ޑޮލަރުން ތަޅައި ވަނީ ބަލިކޮށްފައި.

 64. މިކަމުގައި މައުމޫނާ އަދި ޢަދާލަތު ޕާރޓީންވެސް ޒިންމާ ނަގަންޖެހޭނެ.

 65. ކްރިސްތިއަންދީން އެކަނިތަ؟ ޗާރޗްތަކާއި ޓެމްޕަލްތައް ވެސް ހުންނާނެ! އަދި ދެފިރިހަނުން ކައިވެނި ކުރުމުގެ ހުއްދަ ލިބިދޭ ޤާނޫނެއްވެސް ވުޖޫދަށް އަންނާނެ! ރާގުދަންތައް މާލެއަށް ބަދަލުވާނެ! ހަށިވިއްކުންވެސް ހުއްދަވާނެ! ދެން އޮތީ 15 އަހަރުގެ އަންހެންކުދީން ރޭޕްކުރެވެންޖެހޭނެ! އެކަމަށް އިންޑިއާގެ އަމިއްލަ ޖަމްޢިއްޔާތަކުން ޚަރަދުކުރާނެ! މިކަންތަކާ އޮތަި އެއްބަސްވެ ސޮއިކޮށްފަ!

 66. ގައުމުގެ އެއްމެހާ ފަރުދުން ހިތް ނުތަނަވަސް ވެގެން އުޅޭއިރު އިބޫ އަކަށްވެސް އެއްކަލަ 4 (ގަދަ) ލީޑަރުންނަކަށްވެސް މިކަމެއް ބޮޑެއް ނުވިތާ. ޢިބޫ އަކަށްވެސް އަދި ކޮއޭލިޝަން އަކަށްވެސް މިކަމުގަ އަގައެއް ހުޅުވައެއް ނުލެވުނު. ޢައްނި ނައްޓާނެތީ. އެހެންވީމަ އެގެނީ އަސްލު ވެރިކަން ކުރާނީ އަންނިކަން. ކޮބާ އަދާލަތު. ޢިލްޔާސް! ޢިބޫ ވެރިކަމަށް އައިމަ
  ޢަޤީދާ

 67. ޢަޤީދާ ވަރުގަދަ ކުރަން މަޑުކުރަނީތަ!

 68. ކިހިނެއްވެފަ ތި ތިބެނި.. 30 އަހަރުގެ ވެރިކަން ނިމި، މި ގައުމުގައި އައިޑީ ކާޑު ދައްކާލައިގެން ޑޮކްޓަރ ދެއްކޭ ވަރުވި އެއްކަލަ ނަޝީދު އާފަހުން،،، ޔަގީނޭ މިތާކު ނެއްކަން އެ ބޭނުން ނުކުރާ އެކަކުވެސް.. އެކަމް އަގަ އަރުވަނީ ޔާމީންގެ ތަރައްގީ އޭ ކިޔާގެން.. ފަރަށްދޭބަލަ

 69. މަރު ވަރައްސާފު