ސިނަމާލޭ ބްރިޖުގައި ބަސްދަތުރުގެ ޚިދުމަތް ދިނުމަށްޓަކާ އެމްޕީއެލް އިން ގެންނަ ޑަބަލް-ޑެކަރ ބަސްތަކުގެ ތެރެއިން ފުރަތަމަ ބަސް ރާއްޖެ ގެނެސްފިއެވެ.

ސިނަމާލެ ބުރިޖުގައި ބަހުގެ ޚިދުމަތް ދިނުމަށްޓަކާ އެމްޕީއެލް އިން ޖުމްލަ 22 ބަސް ބޭނުން ކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި 8 ޑަބަލް-ޑެކަރ ބަސްވެސް ހިމެނެއެވެ. މީގެ ތެރެއިން ފުރަތަމަ ބަސް މިހާރު ރާއްޖެ ގެނެސްފައިވާއިރު، މިއީ 90 އާއި 95 މީހުންގެ ޖާގައިގެ ބަހެއްކަމަށް އެކުންފުނިން ބުނެއެވެ.

ރަޖިސްޓްރޭޝަން މަރުހަލާގެ ކަންކަން ނިމުނުހާ އަވަހަކަށް މި ބަސްވެސް ޚިދުމަތަށް ނެރޭނެކަމަށް އެމްޕީއެލް އިން ބުނެއެވެ.

ސިނަމާލޭ ބްރިޖުގައި އާންމު ދަތުރު ފަތުރުގެ ޚިދުމަތް ދެމުން އަންނަ އެމްޕީއެލްގެ ފަރާތުން ވަނީ މާލެއިން ހުޅުލެއަށާއި ހުޅުމާލެއަށް ބަހުގެ ޚިދުމަތް ދިނުމަށް 7 ސިޓީ ބަހާއި 2 ކޯޗް ބަސް ހިމެނޭހެން ޖުމްލަ 9 ބަސް ގެނެސް ޚިދުމަތް ދޭން ފަށާފައެވެ.

މީގެ ތެރެއިން ސިޓީ ބަސްތަކަކީ 60 ހާއި 70 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އަދި ކޯޗް ބަސްތަކަކީ 50 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

މި ބަސްތައް މެދުވެރިކޮށް މާލެއިން ހުޅުލެއަށް 7 މިނެޓާއި 10 މިނެޓުން ދެވެއެވެ. އަދި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރަކަށް 18 މިނެޓާއި 20 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ.

އެމްޕީއެލް އިން ބުރިޖުގެ ދަތުރުތަކަށް އިތުރު ބަހެއް ބޭނުން ކުރަން ފަށަން ތައްޔާރު ވަމުން ދާއިރު މިހާރު ވެސް ހަފްތާ ބަންދުތަކުގައި ބުރިޖު ހުރަސްކޮށް ހުޅުމާލެ އަށް ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ކިއުގައި ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އެމް ޑީޕީ

  އޭސީސީއިން ތި ބަހުގެ ދަރުތައް ހުއްޓުވާނެ!

 2. މަ މިއު މަ

  ތިއީ ބިރުވެރި ކަމެއް

 3. ްއއަަަ

  އޭސީސީން ހނުހުއްޓުޥާތަ. ކޮބާ އޭސީ

 4. ޙސހސހ

  ކީއްކުރާނީ ތަރައްގީ ކޮށްދޭމީހާ ވީ ބާކީ. މިވީހާތަނަށް ގައުމު ފަނާކުރި ބައިގަނޑު ވީ އިއްޒަތްތެރިންނަށް. ސައްދާމް ހުސައިނާއި ގައްޒާފީ އާއި ޔާސިރު އަރަފާތު އާއި ހުސްނީ މުބާރަކް ވައްޓަލީ ހަމަ މިގޮތަށް. ޢެގައުމްތަކަށް ވީގޮތް ދެކެބަލަ. ޔާމީން ގެ ވެރިކަން ނިންމާލަންވެސް ހަމަ އެއްބަޔެއް މިއުޅެނީ. ޔަހޫދީން.

 5. ހުސޭނުބޭ

  ކޮންމެ މީހަކަށް ބުރިއެއް އޮންނައިރު ދެބުރި ލިބިފައިވާ އެއްޗެއް އޮތުމަކީ އެއްވެސް އިންސާފެއްނޫން! ބުރި ނެތް އެއްޗަކަށް އެއްބުރި ދޭންވީނު!

 6. އަފީ

  ﷲ އަކުބަރު! ރައީސް ޔާމީނަކީ ޖަވާހިރެއް! ހިތަށްވެސް ނުގެނެވޭ ވަރުގެ ކަންކަން މި ކުރުމާޒީގައި ރައީސް ޔަމީންގެ ސަރުކަރުން މިވަނީ ރައްޔިތުންނާށް ގެނެސް ދެއްވާފައި!

 7. ބޭބެ

  ސާބަސް ރައިސް ޔާމީން!! މިވަރުގެ ރައިސެއް ނާދޭ މިރާއްޖޭގެ ވެރިކަމަށް!! ދިވެހިން މިދޫކޮށްލީ ހަމަ ރަންގަޑެއް!! އަމިއްލަ އެދުމުން ފޯވެފައިތިބި ދަބަރު ކޯލިޝަނެއް ގެނަސްފަ!!

 8. މަޒީނާ

  ތިބަހުގެ އެއްބުރި އެއީ ޕީޕީއެމައް ހާއްސަކޮއް.. އަނެއް ބުރި ދައުލަތައް.

 9. ގ

  މާލެއިން އަދި ހުޅުމާލެއިންވެސް ބަހުގައި 5 ރުފިޔާއަށް ދަތުރުކޮށްލެވޭވަރުވާން ޖެހޭނެ

 10. ހ

  ބަހުގައި ދެކޮޅަށްވެސް ޖެހޭނީ ފަސްރުފިޔާއަށްވުރެ ބޮދުނުވާވަރަށް ހަމަޖައްސަން