މާލޭގައި ރޭ ކަރަންޓުގައި ޖެހުނު ކުއްޖާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އެހޮސްޕިޓަލުގެ މީޑިއާ އޮފިސަލް "ވަގުތަށް" މައުލޫމާތު ދެމުން ވިދާޅުވީ ރޭގައި އެމަޖެންސީގައި ފަރުވާ ދިނުމަށް ފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަރަންޓުގައި ޖެހުނު ކުއްޖާ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ކަރަންޓުގައި ޖެހުމުން ކުއްޖާގެ ބޮލަށް ގެއްލުންވެފައިވާކަމަށްވެސް އައިޖީއެމްއެޗްއިން ވިދާޅުވެފައިވެއެވެ.

ކަރަންޓުގައި ޖެހިގެން ފަރުވާ ހޯދަމުން އަންނަނީ އުމުރުން 17 އަހަރުގެ ފިރުހެން ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ،

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާ ގައިގައި ކަރަންޓް ޖެހިފައިވަނީ ވިލާ ކޮލެޖް ކައިރީ އޮންނަ ކުޅިވަރު ކުޅޭ ބިމުގައި ހުރި މާކަރީ ލައިޓްއެއް ރަނގަޅު ކުރަން އުޅުމުގެ ތެރޭގައި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށަން
  2. ގޮމަ

    ސިކުނޑިއަށްވެސް ގެއްލުން ލިބުނު ތޯ

  3. ގޮމަ

    ސިކުނޑިއަށްވެސް ގެއްލުން ލިބުނު ތޯ؟ ހާދަ ދެރައޭ 🙁