އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އަދި އެކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކުރަމްއަށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ޢަލީ ވަގަށްގޮވި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.
އިބްރާހީމް މުއާޒް ޢަލީ އީސީގެ ރައީސް ޝަރީފް އަދި މެންބަރު އަކްރަމް އަށް ވަގަށް ގޮވާފައިވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށްބުނެ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގެ ތެރެއިން ރޭގައެވެ.
"ވަގު ޝަރީފް، ވަގު އަކްރަމް، ވަގު އަކްރަމް، ވަގު ޝަރީފް، އެހެންވީމަ އަދިވެސް ފާޑު ފާޑުގެ ބަޔާންތައް ކޮޅުނބުގައި ހުރެގެން، ގެސްޓް ހައުސްތަކުގައި ހުރެގެން ފާޑު ފާޑުގެ އެއްޗެހި ބޮއެގެން ނުނެރުއްވާނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ" މުއާޒް ރޭގެ އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އަބުރަށް ހުތުރުވާ ގޮތަށް މުއާޒް ދެއްކެވި ވާހަކަތައް ކުއްވެރި ކުރައްވާ ކަމަށާއި، އެ މައްސަލައަކީ ޖިނާއީ މައްސަލައެއް ގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅުއްވާނެ ކަމަށެވެ. ހަމަ އެއާއެކު އެ މަންޒަރުތައް ޗެނަލް 13 އިން ލައިވްކޮށް ދުރަށް ފޮނުވާފައިވާތީ، އެ މައްސަލަ ތަހްޤީގުކޮށް ފިޔަވަޅު އަޅައިދިނުމަށް މިއަދު ބްރާޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ނަމަވެސް، ބްރޮޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން ނުވަތަ އެފަދަ މައްސަލައެއް ބަލަމުންދާކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެފަދަ މައްސަލައެއް ހުށަހެޅިފައިވޭތޯ ބައްލަވާނެ ކަމަށެވެ.
"ވަގަށް" ގޮވޮ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ބްރާޑްކޮމް އަށް ހުށަހަޅަށް ނިންމެވިއިރު، ޕީޕީއެމް އޮފީސް ކުރިމައްޗަށް އެއްވެ އަޑު އުފުލަމުންދަނީ ޕީޕީއެމް އިން ކަން ޔަޤީން ކުރުމަށްފަހު، އެއީ ޕީޕީއެމް އިން ކުރާ ކަމެއް ނަމަ އެކަން ހުއްޓާލަން އަންގާނެ ކަމަށާއި، ހުއްޓާ ނުލައިފިނަމަ އެ ޕާޓީއަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު އިލެކްޝަން ކޮމިޝަންގެ މެންބަރުންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ދައްކާ މީހުންނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށާއި، ޕީޕީއެމްގެ މުޒާހަރާތައް ލައިވްކޮށް ގެނެސްދޭ ޓީވީ ޗެނަލްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް މައްސަލައެއް ހުށަހަޅަންވެސް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވެއެވެ.
ކޮންމެ ރެއަކު ސިލްސިލާކޮށް ޕީޕީއެމް އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުންދަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށްބުނެއެވެ. ޕީޕީއެމް އިން ވަނީ އިންތިޚާބާ ގުޅުންހުރި ބޮޑެތި ހުތުމަތުތަކެއް އިލެކްޝަންސް ކޮމިޝަނަށް ކޮށްފައެވެ. އޭގެ ތެރޭގައި ނުއަގުގައި ކޯލިޝަނުގެ ބައިވެރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކުން ވޯޓް ކަރުދާސް ޗާޕް ކުރުންވެސް ހިމެނެއެވެ.
ދުރުގަ ނުތިބެ!!ޙަގީގަތާ ކުރިމަތީލާން މިކޮޅަށް ޖައްސާލާ!! އޭރުން ދެފަރާތުގެ މައްސަލަވެސް ބަލާނީ!! ވޯޓް އޮޅުވާލިކަމަށް ބުނާ މައްސަލަވެސް ބަލާނީ!! އަދި ވަގަށް ގޮވިކަމަށް ބުނާ މައްސަލަވެސް ބަލާނީ!! އޭރުން ހަމަހަމަ ވާނީ!!
ބޭކަލުންނޭ! މުޢާޒު އެކަންޏެއްނޫން ތި ބޭފުޅުންނާ ދިމާލަށް ވަގަށްގޮވަނީކީއެއް! ރާއްޖޭ ރައްޔިތުން މިތިބެ ވަގަށް ގޮވަނީ! އެ އެންމެންނާ ދެކޮޅަށްވެސް ފިޔަވަޅުއަޅަންވީނު! އޭރުން ތިހުރިހައި ކަމެއް ފަހަރުގައި ސިއްރުކުރެވިދާނެ!
އަބަދަވެސް ކިޔަނީ ހުށަހަޅާނަމޭ، ހުށަހަޅާ ތަނެއް ނުފެނޭ!
ބިރުން ތައް ހުށަހަޅާން ނުކުރިގެން ތިއުޅޭނީ
ކަރުދާސް އަގުބޮޑުވި ސަބަބަކީ އެބުނާގޮތަށް އިބޫގެ ގޮޅީގައި ފާހަގަ މެނުއަލްކޮށް ޖަހާފަގަ ފޮރުވޭގޮތަށް ދެގޮޅި އެކުގައި ކައުންޓަރ ފޮއިލް ކޮޅު ކަނޑާލާ ވަގުތުން ފެށިގެން 10 މިނިޓް ތެރޭގައި އަމިއްލައަށް ނެތިގެންދާ ގޮތަށް ހަދާފައިވާ ފަށަލައެއް ލައިގެން ކަރުދާސް ހެދީމަ. އިއުލާނު ކުރިއިރުވެސް އިންޑިއާއިން ހައްދައިގެން އެކަރުދާސްތައހުރީ މާލެ ގެނެސްފަ ެެެެެެެެެެެެެެެެެެެެެެެެެެެެެ
ވަރަށްްދެެރަަ އަހަރުމެން ރައްޔިތްުން ލީވޯޓުން ވައްކަން ކޮށްގެން ލިބުނު ލާރިގަނޑު ހިފައގަން ލަންކާއަށް ގޮސް ސިޔާސީ ޙިމާޔަތް ހޯދައިގެން ތަބެ ދިވެހިރައްޔިތުންނާ ދެކޮޅަށް ދައުވާ ކުރާނަމޯ، ޕޮލިހަށް ހުށަހަޅާނަމޯ. ދެން ރައްޔިތުންނަށް އަނިޔާ މައްޗަށް އަނިޔާ، މިއީތޯ މައުމޫނާާއި ބުރުމާއާއި އަދާލަތުން ބޭނުންވާ އިންސާފަކީ!!!
އަޅެ ފަހެ ވަގުންނަށް ވަގަށް ގޮވާއުޅޭ އަހަރުމެން ކުޑައިވެސް މީހުން. ނޫންތަ؟
ކޮންމެ އެއްޗެއް ގޮވިޔަސް އޯކޭ؛
މިކަން މިނިމެމީ؟
ހަމަވަގޭ ކިޔާނީ. އަދިވެސް ކިޔާނަން ވަގު ވަގު ބޮޑުވަގު