ސިއްރުފެންފުށި ރިސޯޓުގައި ބަހައްޓާފައިވާ ކޮރަލެރިއަމް ނަގައި އެ ކޮރަލެރިއަމްގައި ބަހައްޓާފައިވާ ބުދުތައް ތަޅާލާފައިވަނީ ވެރިކަމުގެ ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ހައްދު ފަހަނައަޅައިފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްސް (އައިއެސް) ގުޅިގެން ކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ތަރުޖަމާނު ހާމިދު އަބްދުލް ޢަފޫރު ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު ޓްވިޓަރ މެދުވެރިކުރައްވާ ކުރެއްވި ޓްވީޓެއްގައި ހާމިދު ވިދާޅުވީ ރިޔާސީ އިންތިހާބުން ބަލިވެފައިވާ ރައީސް ޔާމީން ވަނީ ބުދުތަށް އައިއެސްއާއި ގުޅިގެން ހަލާކުކޮށްލާފައި ކަމަށެވެ.

" އައިއެސް އާއި ގުޅިގެން އިންތިހާބުން ބަލިވި ހުދުމުހުތާރު ޔާމީން ވަނީ ތި ތަކެތި ހަލާކުކޮށްލާފައި" " ހާމިދު ކުރެއްވި ޓްވީޓުގައިވެއެވެ.

ސިއްރުފެންފުށީގައިވާ ކޮރަލެރިއަމްގައި ވާ ބުދުތައް ވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ނަގާފައެވެ.

ބުދުތައް ނެގުމާ ދެކޮޅަށް މީގެކުރިން ވެސް ހާމިދު ވާހަކަދައްކަވާފައިވެއެވެ. އެގޮތުން ބުދުތައް ނަގަން ސަރުކާރުން ނިންމި ނިންމުމާ ގުޅޭގޮތުން ހާމިދު މިދިޔަ ޖުލައި މަހުގެ ތެރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެއީ ވަރަށް ދެރަ ކަމެއް" ކަމަށެވެ. އަދި "އަޅުގަނޑުމެންނަކީ މޮޔައިން ނޫންކަން" އިންވެސްޓަރުންނަށް ޔަގީންކޮށްދޭން ސަރުކާރަށް ޖެހޭ ކަމަށްވެސް ހާމިދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސައުދު

    ބުދުތައްނެގުމާާ ދެކޮޅުހެއްދެވުމުގެ މާނައަކީ މިސަރުކާރުން އެފަދަފުރުސަތު އޮންނާނެކަމަށްތާ

  2. ތިމަންނަ

    ގަދަވާހެން ހީވާއިރަށް އަނގަފެޅީ ... މިފަދަ ލާދީނީ މީހުން އިސްސަފަށް ލައިގެން ދުވަހަކުވެސް ކަމެއް ރަގަޅެއް ނުވާނެ

  3. ރުޒާނާ ޗޮއްޕަޓު

    އެބަ ރަނގަޅުވޭ. ކޮބާ ޓެރަރިސްޓް ކަންނެލި އޮޑި

  4. މަ

    ބުދުތަކަށް ގޮތެއްވަންޔާ ތިޔަ ބައިގަނޑު ވ ކަންތައް ބޮޑުވާނެ.

    • ޑީޑީ

      ފިލާއޮތީ މެލޭސިޔާގަ ރިލޯޑްކޮށްގެން އަގާގަ ޒިބުއަޅުވާފަ ގައްދާމާރި މިގައުމު ޔަހޫދީންނަށް ވިއްކާލާފަ ދީނޭކިޔާގެން ނުކެރޭނެ އަގައިން ބުނަން ދީނީ ތާކިހާ އަޅަނީ ރިލޯޑްކުރަން

  5. ޒާ

    ޝައިޚް އިލްޔާޒްގެ ކޯލިޝަން ބައިވެރިން ވަރަށް ދެރަވާނެ ބުދުނެގީމާ. އެވެރިން އުފާކޮށްދޭން އިލްޔާސަށް ގޮވާލަން.

  6. އާދަމް

    ﷲ ތަޢާލާ ވަޙީ ކުރެއްވި:

    { حق އަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަންރަސްކަލާނގެ آية ތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ آية އެއް ފެނުނަސް، އެއަކަށް އެއުރެންނެއް إيمان އެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު غافل ވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ. } 7:146

    ރެފަރެންސް: http://quran.mv/#!/7/146

  7. ހެ

    ޝެއިޚް އިލްޔާސް ކީކޭތޯ ވިދާޅުވަނީ ؟
    މިހާރު ވަރަށް ދެރަވެއްޖެ. ޝަހީމް ބުނިގޮތަށް މިދަނީ

  8. Anonymous

    ޢެރިސޯޓުން ބުދު ނެގީމަ މިލާދީނީމީހުންގެ ހިތަށް ހާދަ އަސަރުކޮށްފިކަންތާ މިއެނގުނީ

  9. ސަނާ

    ކޮބާހޭ އިލްޔާސް މިހުރިހާ ޚަބަރުތަކެއް އެނބު ރެމުން ދާއިރު އަވަހާރަފުޅުގަ ބާ ނޫނީ ލާދީނީ ބައިގަނޑުދެކެ ބިރުންބާ

  10. ވަހީދު

    ރައީސް ޔާމީންގެ އަގުހުރި ޚިދްމަތްތައް ދިވެހިންނަށް ޚާއްސަކޮށް މުނާފިޤު ދަންނަބޭކަލުންނަށް ދައްކަވާށި.

  11. ހުސޭނުބޭ

    ޑރ އިޔާޟްއަކަށް މިކަލޭގެ ގޮވާ ގޮވެލިފަތީގެ އަޑު ނީވެނީތަ؟

  12. އާބިދާ

    ހަހަހަ. އަދާލަތަށް މިހާރު އެއްޗެއް ވިސްނޭނެ. ތަމެންނަށް އައިއެސް އޭ ކިޔާ ޖެއްސުންކުރާއިރުވެސް ދޭ ލާރިއަށްޓަކައި ދީން ވިއްކަމުން، ސިޔާސީ ދަރުސް ދެމުން. ވެރިކަމާ ހަވާލު ނުވެވެނީސް ފަޅައިގެންދާނެހެން ހާދަ ހީވެޔޭ!

  13. ސައިބޯނި

    ބުދު ބެހެއްޓީމާ ކަމަކުނުދިޔަ. ނެގީމާ ކަމަކުނުދިޔަ. ކޯޗެކޭ ތިކަިޔާނީ، ބުރާންޗާ އަދިވެސް ހޮޑައިދޫގަތަ.

  14. ހުދުހުދު

    ކޮބާ ސޭކް އިލްޔާސް އާއި އިޔާޒް ކީކޭތޯ ވިދާޅުވަނީ.

  15. ޢާދަންބެއްޔާ

    މީނަ އެމްޑީޕީ ބޭރުކުރަން ގޮވާލަން މިކަހަލަ މީހުންނާހެދި އެންމެފަހުން އިބޫ ވެސް ހަލާކުވާނޭ މީ ލާ ދީނީ ފިކުރުގެމީހުން ބަލާލި މަވެސް އެކަން އެބަ އެނގޭ

  16. ބަކުރު

    ޙާސްނުވޭ ޕޕމ ކުދިން މިކަހަލަ މީހުންގެ އަނގަ ޔާ ހުރެ ވެސް އިބޫ ހަލާކުވާނޭ ރައީތުންގެ ތާއީދު ގެއްލޭކަށް މާގިނަދުވަހެއް ނުނަގާނެ ދިވެހިންނަކީ ވަރަށްފާޑެއްގެބަޔެއް އެކަންވިސްނާތި ދީނާކުޅެންޏާ އިބޫ އަކަސްބޭރުކުރާނަން