ހުޅުމާލެ އިން ގޯތި ވިއްކުމުގެ ހުއްދަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް ދީފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއަކަން ނިންމި 400 ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށް ދީފައި މިވަނީ، އެ ގޯތިތަށް ދޫކުރުމަށް ފޯމް ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް އާދީއްތަ ދުވަހު ފެށުމާއެކު ބަޔަކު އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލުމަށް އެންގުމަށްފަހުއެވެ.

އާދީއްތަ ދުވަހު އޭސީސީން އެ މަސައްކަތް ހުއްޓުވީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޭސީސީން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައެވެ.

"މިއަދު ކުޑަ އިރުކޮޅެއް ކުރިން އޭސީސީ އިން މިހާރު އަޅުގަނޑުމެންނަށް ވަނީ ހުއްދަ ދެއްވާފައި ގޯތި ދޫކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް." ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ޕްރެސް ކޮންފެރެންސްގައި ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިކަން އިއުލާން ކުރުމަށާއި، "ހިޔާ" މަޝްރޫއުގެ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ދޫކުރަން ފެށިކަން އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، މި މަޝްރޫއާ ގުޅޭ މަޢުލޫމާތުވެސް ދެއްވަމުން ގެންދެވީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ލައިވް ޓީވީގައި ކަމަށާއި، ކަންކަމިގެ ހަޤީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ވަރަށް ސާފުކޮށް ކަންކަން މިދަންނަވަނީ، އެހެންނަމަވެސް ކަންކަމުގެ ހަޤިޤަތް އޮޅުވާލެވޭ ގޮތަށް ވާހަކަ އެކި ގޮތްގޮތަށް ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް. އަޅުގަނޑު ދެންނެވިން މީ ސަރުކާރުން ރައީސް ޔާމީންގެ ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވާލުމަށްޓަކައި އެކިފަހަރުމަތިން ހިންގޭ މަސައްކަތްތަކުގެ ތެރެއިން، ސިލްސިލާގެ ތެރެއިން މަސައްކަތެކޭ. އެގޮތުން ބިންވެރި ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސޯޝަލް ކެޓަގަރީން 1000 އަކަފޫޓުގެ 400 ގޯތި ލިބޭނެ މަގު ފަހުކުރުމޭ މިކަމަކީ." މުއިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުއިއްޒު ވިދާޅުވީ، ހުޅުމާލެ ފޭސް ދެއަކީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީސީ) ގެ އެސެޓެއްގެ ގޮތުގައި އޮތް ތަނެއް ކަމަށާއި، އެ ބިމުން ގޯތި ވިއްކުމުގެ ކަންކަން ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދަވަނީ އެކަންކަން ކުރެވޭނެ އުޞޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި މިވަގުތު އެޗްޑީސީގެ ކޭޝް ފްލޯވެސް ވަރަށް ދަށް ކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންދަވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ކަނޑައަޅާ، އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގައި މަޝްވަރާ ކުރެވިގެން އެ މަޤްޞަދުވެސް ހާސިލް ކުރެވޭ ގޮތަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން އެޗްޑީސީގެ އިސް ވެރިންނާ އަދި އަޅުގަނޑުވެސް ހިމެނޭގޮތަށް ފިނޭންސް މިނިސްޓަރުވެސް ހިމެނޭގޮތަށް މަޝްވަރާކޮށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅި، އެޗްޑީސީއަށް މިވަގުތަށްވެސް ވަރަށް މުހިންމު ބޭނުމެއް އެޗްޑީސީގެ ކޭޝްފްލޯވެސް ވަރަށް ބޮޑަށް ތާށިވެފައި އޮތުމާ އެކީގައިވެސް އެބޭފުޅުންނަށްވެސް އެންމެ މުހިންމު ކަމަކަށް ވެފައިއޮތީ އެޗްޑީސީގެވެސް މާލީ ތަނަވަސްކަން ވަރަށް ބޮޑުތަނުން ދަށްވެފައި އޮތުމާއެކީގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އޭގެ ތެރެއިން ތަނަވަސްވާ ގޮތަކަށް މިކަން ކުރެވޭނެ ގޮތަށް މިކަން ކުރިއަށް ގެންދިއުމަށް." މުއިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މަޝްރޫއުގެ އިތުރު ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން ނިންމި ގޯތިތަކުގެ އަގު ރައީސް އޮފީހުން ކަނޑައަޅާފައިވާ އަގު ރޭންޖުގެ ތެރެއިން ކަނޑައަޅާފައިވަނީ، ހައުސިންގ މިނިސްޓްރީއާއި އެޗްޑީސީއާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

"އެގޮތުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ސަރުކާރުގެ މާލީ، އިޤްތިޞާދީ ސިޔާސަތު ކަނޑައަޅައި، ރައީސް އޮފީހުގެ ބޮޑީން މިކަންތައް މަޝްވަރާ ކުރުމަށްފަހުގައި ނިންމެވީ 300ރ އާއި 400ރ އާ ދެމެދުގެ ރޭޓެއް ކަނޑައަޅުއްވައި އެތަނުން 1000 އަކަފޫޓުގެ ގޯތި ވިއްކާގޮތަށް. އެގޮތުން އެޗްޑީސީއާ މަޝްވަރާ ކުރުމަށްފަހުގައި ނިންމާފައިވަނީ 400ރ އަށް އަކަފޫޓެއްގެ މަގުން ޖުމްލަ 400000ރ އަށް ގޯއްޗެއް (ވިއްކުމަށް)." ހައުސިންގ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހައުސިންގ މިނިސްޓްރީއަކީ ސަރުކާރުގ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހިންގުމުގެ އިސް ވުޒާރާ ކަމަށާއި، އެ ހައިސިއްޔަތުން މި ގޯތިތަކުގެ މަސައްކަތަތުގައި އެ މިނިސްޓްރީއާ ހަވާލުކުރެވިފައިވަނީ މި 400 ގޯތި ވިއްކާނެ ފަރާތްތައް ކަނޑައެޅުން ކަމަށެވެ. ހައުސިންގ މިނިސްޓްރީ އާ މި މަސައްކަތް ހަވާލުކޮފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ހައުސިންގ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އޮތް ކަމެއްވީމަ، އެކަން އެންމެ ރަނގަޅަށް ގެންދެވޭނެ އަދި މިކަން ގެންދަންޖެހޭނެ ފަރާތަކީވެސް ހައުސިންގ މިނިސްޓްރީ ކަމަށްވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނެއް ނުއެއް ވިއްކަން ތަންތަނެއް، އެ ވިއްކާނީ އެޗްޑީސީން. އެހެންވީމަ އަޅުގަނޑުމެން އެ ގޯތިތައް ގަންނާނެ ފަރާތްތައް، ޕްރޮސެސް އެއްގެ ތެރެއިން ކަނޑައެޅުމަށްފަހު އެޗްޑީސީއާ ހަވާލުކުރާނީ. އެޗްޑީސީން ވިއްކާނީ އަދި އެގްރީމެންޓުގައި ސޮއި ކުރާނީ. އެޗްޑީސީއަށް ފައިސާވެސް ލިބޭނީ، ހައުސިންގ މިނިސްޓްރީއަކަށް ނޫން ޑައުން ޕޭމަންޓް ދައްކާނީވެސް އަދި މަހުން މަހަށް ދައްކާ އެއްޗެއް ދައްކާނީވެސް އެޗްޑީސީއަށް." ހައުސިންގ މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އިހުސާސްތަކާ އެހާ ބޮޑަށް ގުޅިފައި އޮތް މިކަމުގައި ކަންތައްތައް އޮޅޭގޮތަށް، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ސަރުކާރާ މެދުގައި ބަދުނާމު އުފެދޭގޮތަށް ކަންކަން ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް އިލްތިމާސްކުރަން މިދަފަ ކަންތައްތައް ނުކުރަން، ޚާއްޞަކޮށް ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ގުޅިފައި އޮތް ކަންތައް، ދިވެހި ރައްޔިތުންގެ ދިރިއުޅުމާ އެންމެ ބޮޑަށް ގުޅިފައި އޮތް ކަންތައް، އެކަންތައް ހައްލު ކޯށްދެއްވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްތަކަށް މިގޮތަށް ހުރަސް އެޅުމަކީ އެބޭފުޅުންނަށް އޮތް ހައްޤެއް ނޫން. އެކަން ކުރައްވައިގެން ނުވާނެ." މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ފިރިއުޅޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން މި ގޯތިތަކަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ އެކަމަށް ބަލައިގެން ކަނޑައަޅާފައިވާ ޝަރުތުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" މިއަށްވުރެ ހަމަހަމަ، އިންސާފުވެރި، ދުފުށް ފެންނަ ގޮތެއް މިކަމުގައި ނޯންނާނެ. ގުރުއަތުލުން އަޅުގަނޑުމެން ކުރިއަށް ގެންދާނީ ދަރުބާރުގޭގެ ހޯލެއްގައި، އެތަނަށް ވަދެވަޑައިގެންނެވޭ ވަރަކަށް އަޅޫގަނޑުމެން ފޯމްލާ ހުރިހާ ފަރާތްތަކަށް ދައުވަތުވެސް ދޭނަން. އަދި އިތުރަށް ތީވީން ލައިވްކޮށް ދެއްކުމުގެ ފުރުޞަތު ހުރިހާ ޓީވީއަކަށް ދޭނަން. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެންނާނެ." މުއިއްޒު ވިދާޅުވިއެވެ.

ގުރުއަތުލުން ކުރިއަށްދާނެގޮތް އިތުރަށް ތަފްސީލު ކޮށްދެއްވައި ހައުސިންގ މިނިސްޓަރު ވިދާޅުވީ، ގޯތި ލިބޭ 400 ފަރާތުގެ އިތުރުން ރިޒާވް ލިސްޓެއްގެ ގޮތުގައި ގުރުއަތުލާ ތަރުތީބުން 100 ފަރާތެއްގެ ލިސްޓެއް ނަގާނެ ކަމަށެވެ. އެއްވެސް ސަބަބަކާހުރެ ގޯތި ލިބޭ 400 ފަރާތުގެ ލިސްޓުން މީހެއްގެ ނަން އުނިވެއްޖެނަމަ ގުރުއަތުނެތި ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި ފަރާތްތަކަށް ފުރުޞަތު ދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭސީސީގެ އެންގުމަށް ގޯއްޗަށް އެދޭ ފޯމް ދޫކުރުމާއި، ބަލައިގަތުން މެދުކަނޑާލުމަށްފަހު މިއަދު ހަވީރު 04:00 އަން އަލުން އެ މަސައްކަތް ހައުސިންގ މިނިސްޓްރީގައި ފަށާފައިވާއިރު އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަބުޅޯ

    ދެން ލަލަލާ.

  2. ޒާ

    ޝުކުރިއްޔާ ރައީސް ޔާމީން. ޝުކުރިއްޔާ ޑރ. މުޢިއްޒު. ޝުކުރިއްޔާ އޭސީސީ. އަހަރެމެންނަކީވެސް ދިވެހި ރައްޔިތުން. ބައިވަރު ލާރިނެތް ފަގީރުން.

  3. ޙަމެ

    ސުކުރިއްޔާ ރައީސް ޔާމީން

  4. ޙަބޭސް

    ޙެހެ މައްސަލަ ޖެއްސި ކުދިންނަށް ސަލާމް

  5. ހިނިގަނޑު

    ހެހެހެ.

  6. ގިވްއިން

    މަމެން އުއްމީދު ކުރަމޭ މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ 25 ހާސް މީހުންނަށް މަމެންގެ ސަރުކާރުން ފްލެޓްސް ނުވަތަ ހުޅުމާލެ 2 އިން ބިން ދޭނެ ކަމަށް މަމެން ނަށް ރަނގަޅީ 7 ހާސް ފްލެޓްސް ތަކަށް އެދި ފްލެޓްސް ނުލިބޭ ކޮންމެ މީހަކަށް 1 ހާސް އަކަފޫޓްގެ ގޯއްޗެއް ދިނުމޭ ހުޅުމާލެ 2 އިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ތާއަބަދަށް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން..

  7. ނޮޓްއެލޯން

    މާލެ ސަރަހަައްދުން ފްލެޓްސް ތަކަށް އެދުނު އެންމެންނަށް ފްލެޓްސް ތައް ލިބޭ 7 ހާސް މީހުން ފިޔަވައި ދެން ބާކީ ތިބި އެންމެންނަށް ހުޅުމާލެ 2 އިން 1000 އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ތާއަބަދަށް ދައްކާ ގޮތަށް ކޮންމެ މީހަކަށް 1 ހާސް އަކަފޫޓްގެ ގޯއްޗެއް ދިނުން އެއީ މަމެން ޕިންކީންގެ ވެރިކަމަކީ ރައްޔިތުންނަށް ކަންކަން ކޮށްދޭ ވެރިކަމެކޭ ސަމްތިންގް ވިޝްޕަރ އިން މައި އިއަރ އެން ސޭ ޔޫއާރ ނޮޓް އެލޯން ޔޫއާރ އޯލްވޭޒް އިން މައި ހާރޓް ޔޫއާރ ނޮޓް އެލޯން އައި އޭމް ހިއަރ ވިދް ޔޫ ދޯ ޔޫއާރ ފާރ އަޕާރޓް...

  8. ޑްރީމް

    ގޯތި ވިއްކުން ކުރިއަށް ގެންދަން އޭސީސީން ވަނީ ހުއްދަދީފި ނަމަ އޭސީސީ އަކީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ކުރަނިވި އުސޫލުން ކަން މިހާރު އެގިގެން މިދަނީ މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހަދަނީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތަކާއި އަދި ގޯތި ތައް ދީގެން އެމެންނަށް ގުޑް ލައިފެއް ހޯދާދީގެންނޭ ޔޫކޭން ޓޭކް ޔުއަރ ފިއުޗަރ ފްރޮމް ދިސް ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ...

  9. ޓޫމަޗް

    ހުޅުމާލޭން ގޯތި ދޭން އޭސީސީން ނިންމައިފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މާލެ ސަރަހައްދުގައި އެބައުޅެއޭ ދަރިން ލިބުމުން އަނބިމީހާ ވަރިކޮށް ފައި އެހެން މީހަކާއި އިނުމުގެ ސަބަބުން އަބަދު ލޮލުން ކަރުނަ އޮހި އޮހި ތިބި އެތައް ހާސް މަންމަ އިން ތައް އެމެންނަށް ލިބުނު އުފާވެރި ޚަބަރެކޭ މިއަދު މީ ޔޭއް ޔޭއް ގުޑް ބައި ޓު ޓިއަރ ޑްރޮޕްސް ޓޫ މަޗް ޕެއިން ޓޫ މަޗް ސްޓްރެސް އެކްސްޕީރިއެންސްޑް ފޯރ ޑިކޭޑްސް ވީ އާރ ގޮނާ ހޭވް ޖޯއި ގޮނާ ހޭވް ފަން އިން ދަ ގާރޑެން ޕްލޭއިން ވިދް މައި ޗައިލްޑް ވީއާރ ގޮނާ ހޭވް ޖޯއި ވީއާރ ގޮނާ ހޭވް ފަން އެން ވީ ގޮނާ ހޭވް ހެޕީ ސީޒަންސް އިން އަވަރ އޯން ހޯމް ގުޑް ބައި ޓިއަރ ޑްރޮޕްސް އިޓްސް ހާރޑް ޓު ރިމެމްބަރ ޔޫ ނައު ދަ ސްޕްރިންގް އިޒް އިން ދި އެއާރ ދަ ފްލާވަރސް އާރ ބްލޫމިންގް އެވްރީވެއަރ..

  10. ވީހޭވް

    މަމެން ޕިންކީންގެ ވެރިކަމުގައި މިހާރު މާލެ އޭރިއާ އިން ފްލެޓްސް ތަކަށް އެދިފައިވާ ހުރިހާ ކުދިންނަށް ވެސް ފްލެޓްސް ތައް ނުވަތަ ހުޅުމާލެ 2 އިން ގޯތި ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާނަމޭ ވީއާރ ގޮނާ ހޭވް ޖޯއި ވީއާރ ގޮނާ ހޭވް ފަން ވީއާރ ގޮނާ ހޭވް ހެޕީ ސީޒަންސް އިން ދިސް މާލެ އޭރިޔާ..

  11. ގުޑްގުޑް

    މަމެން ވަރަށް އުފާވެއްޖައިމޭ މަމެންގެ ވެރިކަމުގައި މާލެ ސަރަަހައްދުން ފްލެޓްސް ބޭނުންވާ ޓީޗަރުންނާއި ނަރުހުންނަށް ހުޅުމާލެ 2 އިން ފްލެޓްސް ތައް ލިބުމުން މީ އެއްވެސް ވެރިކަމެއް ގައި ކުރިން ކުރެވުނު ކަމެއް ނޫނޭ އެކަމަކު މަމެންގެ ވެރިކަމުގައި މިވަނީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު ހުރިހާ ޓީޗަރުންނާއި ނަރުހުންނާއި އަދި ޓީޗަރުންނަށް ފްލެޓްސް ތައް ދީ ނިންމާފައޭ މިފެންވަރުގެ ދީލަތި ވެރިކަމެއް ތަމެން ދެކުނިންތޭ ނޫން ނުދެކެމޭ ގުޑް. ގުޑްގާރލް

  12. ޙާލުގެދުލުން

    ތިޔަބައިމީހުންނަށް ފެނޭތަ ރައްޔިތުންދެކެ ލޯބިވާ ވެރިން. ވޯޓުނުދިނަސް ރައްޔިތުންދެކެ ލޯބިވާ ވެރިއެއް ރައީސް ޔާމީނަކީ.އަބަދުވެސް އެމަނިކުފާނަށް ކާމިޔާބާއި އުފާވެރިކަން ދެއްވާށި! އާމީން