ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ގާނޫނު އަސާސީއިން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަންކަން ކުރެއްވުމަށް ސަރުކާރުގެ އޮފިސްތަކުންނާއި މިނިސްޓްރީތަކުން އެއްބާރުލުން ނުދެއްވާނަމަ ޖިނާއީ ދައުވާކޮށް ފިޔަވަޅު އެޅޭނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސްޕޯސްކްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެޖެއެވެ.

މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް ޓްރާންސިޝަން ޕީރިއަޑް ނުވަތަ ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާން ކަމާއި އެކުގައި ގެންދިޔުމަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އަދި އެއްބާރުލުން ނުދެއްވާ ފަރާރްތަކަށް އެ ކުރެއްވެނީ ޖިނާއީ ކުށެއް ކަމުގައި މާރިޔާ ވަނީ ވިދާޅުވެފައެވެ.

"ދައުލަތުގެ މުވައްސަސާއެއް ވިޔަސް ދައުލަތުން މުސާރައާއި އިނާޔަތްތަށް ހަމަޖައްސައިދޭން ޖެހޭ ފަރާތެއްވިޔަސް އެ ދެނެގަންނަން ޖެހޭ ފަރާތަށް އެ ދޭން ޖެހޭ ކޯޕަރޭޝަން ދެއްވަން ޖެހޭ. އެއި ގާނޫނުން މަޖުބޫރުކުރާ ކަމެއް. އަދި މިގޮތަށް އެއްބާރުލުން ނުދެއްވާ ކަމަށް ވަންޏާ ދައުލަތުގެ މާގާމެއްގައި ހުންނަވާ ބޭފުޅެއް މަސްއޫލިއްޔަތަށް ހުރަސް އެޅުމުގެ ޖިނާއީ ދައުވާ އެބޭފުޅަކާއި މެދުގައި އުފުލޭނެ ކަންވެސް އެބޭފުޅުން އެބަ ވިސްނާ ވަޑައިގަންނަން ޖެހޭ. މިހާރު ރައްޔިތުން މިއޮތީ ބަސްބުނެފަ" މާރިޔާ ވިދާޅުވިއެވެ.

ޓްރާންސިޝަން ޕީރިއަޑް އޮމާންކަމާއި އެކުގައި ގެންދިޔުމަށް އެއްބާރުލުން ނުދޭ މަދު އޮފިސްތަކާއި މިނިސްޓްރީތަށް އެބަހުރިކަން މާރިޔާ ފާހަގަކުރެއްވިއެވެ.

"މަދު އޮފިސްތަކެއް އެބަހުރޭ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ނުކުރެވި އަދި ގާނޫނަށްވެސް ބޯނުލަނބާ ބައެއްގެ ގޮތަށް ފެންނަ" މާރިޔާ ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އޮފީހުން އަންނަނީ ޓްރާންސިޝަން ކޮމިޓީތަކެއް އެކުލަވާލާ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ކުރައްވަން ޖެހޭ ކަންކަން ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހްމަދުބޭ

    މާރިއާތިޔަވިދާޅުވާއެއްބާރުލުންނުދެއްވާ ތަންތަނަކީ ކޮބައިބާ މާއަވަސް އަރުވައިލައިގެން ތިޔައުޅުއްވަނީ އަދިމަހަކަށްވުރެގިނަދުވަސް އެބައޮތްނޫންތޯ މިސަރުކާރުގެމަސައްކަތްތަކަށް ހުސްއަޅާނަމަ ތިބޭފުޅުންނާމެދުވެސް ތިޔަވިދާޅުވާ މަގުން ފިޔަވަޅުނޭޅޭނެތޯ ރައީސް ޔާމީނައްވެސް ފަސްއަހަރުގެ ދައުރެއްލިބެންޖެހޭނޫންތޯ ކިހިނެއްތޯ ތިޔަހިސާބުޖައްސަވަނީ އައައަ އަހަރުންވެސް މިތިބީއެއްބާރުލުންދީގެންނޭ ކެތްތެރިވެލައްވާ

  2. ޙައްގު

    މިހިރަ މީހާ ދޯ!! ކަލޭ މީހުންނަށް ތިދައްކަނީ ބިރު!! ބިރު ނުދައްކާ ހުރޭ މާކަތާހިރެއްނުވާނެ!!

  3. ފިޔަވަޅު

    ކަމަނާ ފިޔަވަޅު އަޅާ ފަހަތަށް ކުރިޔަށް އެންމެ ފިޔަވަޅެއް ވެސް ނޭ ޅޭނެ

    ނ

  4. ޙައްގު

    ކަލޭތީ ގާނޫނަށް ބޯލަނބާ މީހެއްތަ؟ ކަލޭތީ މަޖްލިސްތެރޭ މޭޒުމައްޗަށް ކޮޅަށްއަރާ މޭޒުމަތީގައި އޮތް ގާނޫނު އަސާސީގެ ފޮތަށް ފައިން އެރި މީހާއެއްނު!! އެހެރީ މިހާރުވެސް ވީޑިއޯ ތަކުން ފެންނަން!! އެއްވެސް ހަމައެއް ލަމައެއްނެތި ތެޅޭ ބަޔަކު ކޮންވާހަކައެއް ދައްކާކަށް!! ލަދެއްނުގަނޭތަ ގާނޫނޭ ކިޔައިގެން ވާހަކަ ދައްކާކަށް!! މަގުމަތިން ވަޅިވެސް މިހަރަނީ ޒުވާނެއްގެ ގަޔަށްވިއްޔާ...... އެކަން ހުއްޓާލާފަ ހަމައިން ނެއްޓިގެން މިއުޅޭ ސިޔާސީ މީހުން ހަމަމަގަށް އަޅުވަން ވެއްޖެ!!

  5. މަޙްފޫޒު

    ރިޝަވަތުދީ ވޯޓުން މަކަރުހެދި މައްސަލަޔާ ، ވޯޓު އޮޅުވައިލި މައްސަލާގައި އެއްބާރުލުން ނުދޭނަމަ ދައިތައާމެދު ފިޔަވަޅު އެޅޭނެ!

  6. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    މާރިޔާގެ ދައުރަކީ، ޤާނޫނު ތަރުޖަމާ ކުރުމުގެ ދައުރުތޯ ސުވާލުއުފެދެއެވެ. އަދި ރައްޔިތުންނަށް އިންޒާރުދީ ބިރުދެއްކުމުގެ ދައުރުތޯވެސް ސުވާލުއުފެދެއެވެ. މާރިޔާ ތިޔަބުނަނީ، ކާކު ކޮންކަމަކަށް އެއްބާރލުން ނުދޭ ވާހަކަތޯއެވެ. ޢަބްދުﷲ ޝާހިދު އެވިދާޅުވަނީ، ދައުލަތުގެ ކަމާބެހޭ އިދާރީ ދާއިރާތަކުން ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމުގައެވެ. މާރިޔާ އެޑްރެސް ކުރައްވަނީ، ފްލެޓްތަކާއި ގޯތިދޫކުރުމުގެ ވާހަކައަށްތޯއެވެ. އެހެންކަމަށްވާނަމަ، ދަންނަވާލަންއޮތީ، ރައީސުލްޖުމުހޫރިއްޔާއަށް ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން ލިބިދޭ އެންމެހައި ޙައްޤުތަކާއި ބާރިތަކާއި އިޚްތިޔާރުތައް ބޭނުންކުރުމަށް އޮންނަ މުއްދަތުގައި ރައީސުލްޖުމުހޫރިއްޔާ އެކަން ނުކުރައްވައިފިނަމަ، ދެންއެކަން ކުރައްވާނީ، ކާކުތޯއެވެ.

  7. ރާއަލިފް

    އާނ ފިޔަވަޅާއެކު ޤާނޫނު މައްޗަށް އަރާ

  8. ރޮންދާ

    މާރިޔާ ދައިތަގެ ދޭތެރޭތަ ފިޔަވަޅު އަޅަނީ، ބިރެއްނުގަނޭ