ފްލެޓްތަކަށް އެދުނު ހުރިހާ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ފްލެޓް ދީފިއެވެ.

އެކަން އިއުލާން ކޮށްފައިވަނީ ހައުސިންގ މިނިސްޓްރީގައި ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒުއެވެ.

މުއިއްޒު ވިދާޅުވީ، ނަރުހުންނާއި ޑޮކްޓަރުންގެ ކެޓަގަރީގައި ފްލެޓަށް އެދުނު ހުރިހާ ފަރާތްތަކަށް ފްލެޓް ދިނުމަށް ނިންމާފައިވަނީ އެ ކެޓަގަރީން ފްލެޓް ދިނުމަށް ކަނޑައެޅި އަދަދަށްވުރެ ފްލެޓަށް އެދުނު މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ކަމަށެވެ.

" (ފްލެޓަށް އެދި) ހުށަހެޅި އަދަދު ކަނޑައަޅާފައިވާ ފްލެޓަށްވުރެ މަދުވީމަ އަޅުގަނޑުމެން ނިންމީ އޭގައި ޕޮއިންޓުގެ ތަރުތީބުން އުނިވާ މީހުން ނުވާނެކަމަށް. އެހެންވީމަ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއަށް ފޯމް ލީ އެންމެނަށް ފްލެޓް ހަމަޖެހިގެން މިދިޔައީ." މުއިއްޒު ވިދާޅުވިއެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ 475 ފްލެޓެވެ. ނަމަވެސް އެ ކެޓަގަރީއިން ފެލެޓަށް އެދި ހައުސިންގެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 299 ފަރާތަކުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، އޭގެ ތެރެއިން އުނި ކުރެވުނަސް އުނި ކުރެވޭނީ ދެމަފިރިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަށް ކަހަލަ ސަބަބުތަކާ ހުރެ ޝަރުތު ހަމަނުވާ ފަތާތްތަށް ކަމަށެވެ.

"އޭގެން އެއްވެސް މީހަކު އުންޏެއް ނުވާނެ، ހުރިހާ އެންމެންނަށް ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއަށް ފްލެޓަށް އެދި ހުށަހެޅި އެންމެނަށް ފްލެޓް ލިބިގެން މިދިޔައީ. އުނިވާނީ އޭގެ ތެރެއިންވެސް މިސާލަކަށް ދެމަފިރިން ލާފަ އޮތިއްޔާ ދެމަފިރިން ކުރެ އެކަކު އުނިވާނެ. އަދި އެކަހަލަ ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ އުނިވާ މީހަކު އުނިވާނީ. އެހެންނޫނީ ހުރިހާ ބޭފުޅުންނަށް ފްލެޓް ހަމަޖެހިގެންދިޔައީ." މުއިއްޒު ވިދާޅުވިއެވެ.

ނަރުހުންނާ ޑޮކްޓަރުންނެކޭ އެއްގޮތަށް މުދައްރިސުންނަށް ޚާއްޞަ ކެޓަގަރީއަށް ފްލެޓަށް އެދި ފޯމްލީ ހުރިހާ މުދައްރިސުންނަށް ވެސް ފްލެޓް ދިނުމަށް ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ. ސަރުކާރުން މީގެ ކުރިން މުދައްރިސުންގެ ކެޓަގަރީން ދިނުމަށް ނިންމާފައިވަނީ 625 ފްލެޓް ނަމަވެސް، ފޯމް ހުށަހެޅި ހުރިހާ މުދައްރިސުންނަށް ފްލެޓް ދިނުމަށް ނިންމާފައިވަނީ ޑޮކްޓަރުންނާއި، ނަރުހުންގެ ކެޓަގަރީން އިތުރުވި ފްލެޓްތައް މުދައްރިސުންގެ ކެޓަގަރީއަށް ބަދަލުކޮށްގެނެވެ.

"ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީއަށް ފޯމް ލާފައިވަނީ 735 ބޭފުޅުން، އަޅުގަނޑުމެން ކަނޑައަޅާފައި އޮތީ 625 ފްލެޓް. އަޅުގަނޑުމެން ނިންމީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީން އިތުރުވި ފްލެޓްތަކުން ފްލެޓް ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީއަށް އިތުރުކޮށް 735 ފްލެޓް ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީއަށް ހަމަކޮށް، ހުރިހާ ޓީޗަރުންނަށް ފްލެޓް ލިބޭގޮތަށް." މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރު ވިދާޅުވީ، އެހެންވީމަ ފްލެޓަށް ފޯމްލީ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނަށް އަދި ފޯމްލީ ހުރިހާ ޓީޗަރުންނަށް ފްލެޓް ހަމަޖެހިގެން ގޮސްފައިވާ ކަމަށާއި، އެ ލިސްޓުތައް އާއްމު ކުރުމަށްޓަކައި ގެޒެޓް ކުރުމުގެ މަސައްކަތް މިހާރުވެސް އެ މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ދިވެހި މުދައްރިސުންނަށް ޚާއްޞަ ކެޓަގަރީ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓަގަރީއަށް ފެލެޓަށް އެދި ހުށަހެޅި ހުރިހާ ފަރާތްތަކަށް ފްލެޓް ދިނުމަށް ނިންމަވައި ދިވެހި ސަރުކާރުން އެ ފަރާތްތަކުގެ ވަގުތީ ލިސްޓު އާއްމު ކުރެއްވިއިރު، ފްލެޓް ލިބޭ ފަރާތްތަކާމެދު ޝަކުވާއެއް ވާނަމަ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި އެފަދަ ހުރިހާ ޝަކުވާއަކަށް ވަކި ވަކިން ލިޔުމުން ޖަވާބު ދެއްވުމަށްފަހު އަންނަ ހަފްތާގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމު ކުރައްވާނެ ކަމަށް މި ޕްރެސް ކޮންފެރެންސްގައި ހައުސިންގ މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާއިރު، 22614 ފަރާތަކުން ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 10 ކެޓަގަރީއަކުން ފްލެޓް ލިބުނު ފަރާތްތައް މިއަދު އިއުލާން ކުރާނެއެވެ.

މި ފްލެޓްތަށް ދޫކުރުމާ ދެކޮޅަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ފަރާތްތަކުން އަޑު އުފުލާފައިވީނަމަވެސް، ހައުސިންގ މިނިސްޓަރު ވިދާޅުވީ ފްލެޓްތައް ދޫކޮށްފައިވަނީ އޭސީސީގެ އެންގުމާ އެއްގޮތަށް ކަމަށެވެ. އަދި ފްލެޓް ލިބޭ ފަރާތްތަކަށް ހައުސިންގ މިނިސްޓްރީން "ޤާނޫނީ" ލިޔުމެއް ދެއްވާނެ ކަމަށާއި، ފްލެޓް ލިބޭ ފަރާތްތަކާއެކު އެޗްޑީސީ އިން އެގްރީމެންޓްވެސް ހައްދަވާނެ ކަމަށެވެ. އަދި މިއީ ޤާނޫނީ އިމުގެ ތެރެއިން ކުރެވިގެންދާ ކަންކަން ކަމަށާއި، އެކަމާ ދިވެހި ރައްޔިތުން ކަންބޮޑުވާން ނުޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. Miadhu

  ޢިސްކަންދަރުސްކޫގެ ޓީޗަރުންނަށްވެސްތަ؟އެމީހުން ގަބޫލުވެސް ކުރިތަ؟
  ޢެހެންވިއްޔަ ލަލަލާ

  • ޙޯދް

   ޙިހިހި

 2. ސާޔާ

  ރެހެންދި ސްކޫލް ޓީޗަރުންނަށް ވެސް ދިންތަ. އެމީހުން ފުލެޓް ބޭނުމެއް ނުކުރާނެ.

 3. ޢެދުވަސް

  ޢެ ދުވަހު ނަމްބަރު ހުއްޓާލީމަ ފޯމު ނުލެވުނު މީހުންނަށް ވެސް ދޭން ޖެހޭނެދޯ

 4. Àĺì

  ލިބުނު ކަމަކަށް އަދި ނައަންގާ ?

 5. ނައުނައު

  ގޯތި ވިއްކަން އޭސީސީން ހުއްދަ ދީފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ދެން ހުޅުމާލޭން 2 ލައްކަ އަށް ވިއްކަންވީ 1 ހާސް އަކަފޫޓްގެ 10 ހާސް ގޯތި އެއަދަދަށް މިހާރުވެސް ހުޅުމާލެ 2 އިން ގޯތި ދެވޭ ވަރަށް ހުސް ބިން އެބައޮތޭ މާލެ އަށް ވުރެން ބޮޑު ތަނެކޭ ކީއްވެތޭ ނުދެވެންވީ ދެވޭނެއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ވަޓް އެބައުޓް ނައު ނައު ދެޓް ވީއާރ ހިއަރ ނައު ދެޓް ވީއާރ ހިއަރ...

 6. ޝުުކުރިއްޔާ ރައީސް

  ސާބަސް ޑރ މުއިޒް. ޝުކުރިއްޔާ ރައީސް ޔާމީން. އަލްހަމްދު ލިﷲ.

 7. ހާމިދު ދާއީ

  މިއަދު މިފެންނަނީ ދިވެހިންގެ ހަރާންކޯރުކަން. ހަމައެކަނި ޖިނާއީ ކުއްތަކެއްގައި ތިބި ދެތިން މީހުން ގެ ހައްގުގައި، މި ރާއްޖެ ފަހުގެ ތާރީގައި ދުއް އެންމެ ވަރުގަދަ އަދި އެންމެ ހިދުމަތްތެރި ލީޑަރ ފޭލް ކޮށްލީއެވެ. އުމްރާނީ ތަރައްގީގެ ބާނީ ފޭލް ކޮށްލީއެވެ. ކިހާ ދެރަ ދެއްތޯއެވެ. ފަހުން އަދި އެ އެންމެން ރިގްރެޓް ކުރާނެއެވެ. ގޯތިވެސް އެހަރަ ދޫކުރަނީ، އެމަނިކުފާނު ހިއްކި ބިމަކުންނެވެ. ބްރިޖް އެޅިއްޖެ. މަގުތައް، ބަނދަރުތައް ހެދިއްޖެ. އާމުހާލަތުރަނގަޅު.

  • ހާޤީޤަތް

   ވަރަށް ބޮޑު ތެދެއް

 8. ފްލެޓް

  ސިވިލްސަރވިސް މީހުންގެ ފްލެޓް ކޮބާތޯ

 9. ޙާލުގެދުލުން

  ކީއްކުރާނީ ދިވެހިން ހަމަ އަބަދުވެސް ގަމާރީ ދެތިން މީހުންނަށްޓަކައި މުޅި ޤައުމު ޤުރުބާންކޮށްލީ ފަހުން އަދި ވިސްނޭނެ. އިންޝާﷲ

 10. ޕީ.ޕީ ކުދިން

  ސްކޫލުތަކުގެ ވާހަކަ ކޮމެންޓެއްގެ ގޮތުގައި ލިޔުނު މީހާއަށް ފުލެޓް ލިބުނުތަ

 11. ސީމާ

  ނަންބަރު ލިބި ފޯމް ނުލެވުމަކީ ހާދަ ހިތްދަތި ކަމެކޭ . ޕްލީސް ފޯމް ބަލައި ގަނެވޭ ގޮތެއް ހަދައި ދެއްވާ. އާދޭހާ އެކު ދަންނަވަން

 12. ޓީޗަރ

  ޓީޗަރުންގެ ކެޓަގަރީން މަދުން ފޯމު ލީ ވާހަކަ ބުނާއިރު ފޯމުގަ ޝަރުތަކަށް އިނީ މާލެ ނުވަތަ މާލެ ކައިރީ ރަށެއްގަ ވަޒީފާ އަދާކުރާ މީހަކަށް ވުން ދޯ. ދެން ހުރިހާ ޓީޗަރުން އެއީ އެތާ އުޅޭ ބައެއްތަ އެެހެން ކިޔާފަ ފޯމު ލާކަށް.

 13. ސ

  އަޅުގަނޑު ފުލެޓައް ފޯމެއް ނުލަން ލިނަމަ ލިބުނީސް ސުވާލުކުރި ކުއްޖާއަށްވަރަށް ސަލާން

 14. ހަޒިރު

  މީހުން ގިނަވެގެން ފޯމް ނުލެވުނު މީހުންގެ ފްލެޓް ކޮބާ

 15. މަރީ

  މުއިއްޒު އަށްސާބަސް ތިގޮތުގައި ހިފަހައްޓާދެއްވާ މަރުހަބާ

 16. ޜއްޖެތެރެމީހާ

  ޢތޮޅު ތަކުގެ މުދައްރިސުނަށްވެސް؟؟؟؟؟؟

 17. މަރީ

  ޖޮކުޓަރުންނާއި ނަރުހުންނާއި ޓީޗަރުން ނޫނީ މިޤައުމުގެ ދެން ވިޒީފާ އަދާކުރާ ބަޔަކުނެތީތޯ ކޮބާ ޤައުމު ހިފަހައްޓާ ޕޮޅިސް އަދި ސިފެން ޅޮޅައް ނުފެންނަނީތަ އަދި އެހެން މުއައްސަސާ ކޮބާ ކޮމްމެ މީހަކު ވެރިކަމުގަ ހުރިޔަސް މިކިޔަނީ ނަރުހުން ޓީޗަރުން ޖޮކުޓަރުން މިހެނ ކަމަކު ނުދޭ މީތި ކެންސަޅް ކުރަން ޖެހޭނީ

 18. ކަޑަ

  މުއިޒްމެން ނުބަލާވަރު. ރަށްރަށުގަ ރަށު މަދަރުސާގަ ކިޔަވާދޭ މީހުންނަށްވެސް މިފަހަރު ޓީޗަރުންގެ ފްލެޓްތަކުން ލިބުން. އެއްވެސް ވަރަކށް ނުބަލަނީތަ.. އެމީހުންރަށުގަ ވަޒީފާ އަދާކޮށްފަ ރަށުގަ ދިރިއުޅެނީވެސް..