13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަގުތުން މިނިވަންކޮށް ދޫކޮށްލުމުގެ އިހްތިޔާރާއި ބާރު ރައީސް އަބްދުﷲ ޔާމީނަށް އެބައޮތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުހައްގުން ދައުވާކޮށް، ނުހައްގުން ޖަލަށްލުމަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލާ ކަމަށެވެ.
" އެއީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައި އޮތް ބާރުތަކާއި އިހްތިޔާރުގެ ދަށުން ވަގުތުންވެސް ކުރެވެން އޮތް ކަމެއް " އަލީ ހުސައިން ވިދާޅުވިއެވެ.
Nuhaqqu dhauvaaeh koh adhi nuhaqqun jalallumah hukum koffaivaa Raees @MohamedNasheed mihaarun mihaarah minivankurumah RYge sarukaarah govaalan. E ee RJ ah libifaivaa ikhuthiyaaruge dhashun hama vaguthunves kureven oi kameh.
— Ali Hussain (@AleeVoice) October 9, 2018
ވެރިކަމުގައި ހުންނަވާ، ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ރަހީނު ކުރި މައްސަލައިގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރައީސް ނަޝީދު އުޅުއްވަނީ ރާއްޖެ އިން ބޭރުގައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ރައީސް ނަޝީދު ދިރިއުޅުއްވީ ސްރީލަންކާގައި ކަމަށް ވީނަމަވެސް އިންތިޚާބު ނިމުމުން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތައް ވަޑައިގެންފައެވެ.
މި އަންނަ ނޮވެމްބަރ މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ. އެހެންކަމުން މިހާރު ރާއްޖެ އަތުވެއްޖެނަމަ ޤާނޫނީ ބަންދެއްގައި އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަންނަވާނެއެވެ.
ގައިމު 3 ލީޑަރުންނާއި ތިޔޮތް ދޫކޮށްލިހާ ބަންދު މީހުންނާއި މެމްބަރުކން ހޯދައިދިން 4 މީހުންކުރެ މީހަކުވެސް ނަޝީދުގެ ނަންވެސް ކިޔާ ނުލާ މިހާތަނަށް. އަބުދޯރިޔަޒް ވެސް ގަދަބަސް ބުނެލަބުނެލަ ހުންނަނީ. ނަޝީދޭ އެއިން މީހަކު ނުކިޔާ ތަނެއްގަ ޔާމީނު ކީއްކުރަން އޭނަ ދޫކޮށްލަން އުޅެންވީ.
އަދިއެއް އަލީ ހުސޭނުގެ ދުލަކުންވެސް އަމަލަކުންވެސް ނޫޅޭ
އަބްލޯގާޒީ ނިޒާމުންގެއްލުވާލާ ހައްޔަރުކުރީ ހައްގުންނޭ ތިކިޔަނީ. ދަށްގޮހޮރޭ ކިޔާބަލަ. ޔާމީން އަކީތިކަހަލަ ގަޅިއެއްނޫން. ގޯނިފުލަކަށްނުލެވޭނެ. ދެބޯގެރިދުއްވަންނޫޅެ ތިކަމެއްނުވާނެ.
މީނާ ވަރަށް އަވަހަށް މޑޕ އަށް ވަރަށް އަވަހަށް ސޮއިކުރާނެ
ޤާނޫނު ކިޔަވައިގެންހުރިމީހަކު ވާނޭ ކުރެވިދާނޭ ބުނާއިރު ކުރެވޭނެ ޤާނޫނީ މާއްދާއާއި ކުރަންވީ ގޮތް ނުވަތަ މިގޮތަށް ޤާނޫނުތަކުގައެބައޮތޭ ބުނެ ވާހަކައެއް ފަޅާލަބަލަ އޭރަން މަމެން ޤަބޫލުކުރާނަން ދައްކާވާހަކަ ތިޔަ ވާހަކައަކީ ޤާނޫނީއިމުގެ ތެރެއިން ދައްކަން ޖެހޭ ވާހަކައެއް
ކަލޯ ބާރެއް އޮތަކަސް ބޭނުން ކުރާކަށް ނުޖެހޭ...ނަޝީދަކީ ކަލޭމެން ހިތް ނޭދޭ މީހެއްނަމަ ދޫކޮށްލާއިރަށް ކިޔާނީ ރައީސް ޔާމީނު ނުހައްގުން ބާރާއި ނުފޫޒު ހިންގަނީއޭ.
ނަސީދު ޖަލަށް ލީއަކީ ނުހައްގުންނޫން ތިމާކުރި ކުށަށް ތިމާ ކިތާބީ ހެކިންނާ އަތުލިއުމުންނާ ޕޯޑިއަމްގެ އިއުތިރާފުން ސާބިތުވެގެން ގާނޫނުގާ ކަނޑައެޅިފައިވާ އަދަބު ކަނޑައެޅީ ކޯޓުން ދަށުކޯޓުން ނިުންމާ މަތީމަރުހަލާގެ ދެކޯޓުންވެސް ރަނގަޅުކަމަށް ނިންމާފައިވާ މައްސަލައެއް. މައާފްދިނުމާ އަދަބު ލުއި ކުރުމުގެ ގާނޫނެއް އެބައޮތް ރައީސަކަށް ގާނޫނާ ހިލާފަށް މައާފެއްނުދެވޭނެ . ގާނޫނީ އިޖްރާތު އެބައޮތް 3 ބައިން ބައެއް ތަންފީޒު ވުމަކީ ވެސް ސަރުތެއް. މަމޮޅުހެދޭނެކަމެއްނެތް .
ޙުކުމް ތަންފީޛުނުކޮށް ފިލައިގެން ދިޔައިމަ، އޭނަގެ ހުކުމްތަ އަދިވެސް ބާތިލް ކުރަންވީ؟ ކޮބާ ޖަލުގަ ތިބި އެހެން މީހުންގެ ޙައްޤު؟ ރައްޔިތުންނަށްޓަކާ ޖަލުގަ އޮންނަން ކެރޭނޭ ބުނި އެންމެންވެސް ހުކުމަށް ފިލައިގެން ދިޔައީ.. ރައްޔިތު މީހާ ހަމަ ގޮޅީގަ
ވަކި ބައެއްގެ މައްޗަށް ޤާނޫނު ނުހިނގާނެ ވާހަކަ ބުނިއްޔާ މާ ރީތި ވާނެ
މިވެސް ވަކީލެކޯ!
ކަލޭ އޭނަ ދޫކޮށްލަންވީނު. ކަލޭހިތުން މިހާރު ކަލޭވަރު މީހަކު ނުހުންނާނެ. އަމިއްލައަށް މާ މޮޅު މީހަކަށްވެގަނެގެން މިއުޅެނީ.