ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ހުސެއިން އަށް އަންގާފައިވަނީ މާދަމާ ހެނދުނު 9 ޖަހާރިއަށެވެ. ނަމަވެސް ހާޒިރުކުރާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓަށް އަނެއްކާވެސް ހާޒިރުކުރަނީ ސަސްޕެންޑް ކުރުމުގެ ބޭނުމުގައިކަން ހީވާ ކަމަށެވެ.

ސުޕްރީމް ކޯޓުން މީގެކުރިން ވެސް އަލީ ހުސެއިން ސަސްޕެންޑް ކޮށްފައިވާއިރު، ދާދިފަހުން އެ ކޯޓުން ވަނީ މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވެސް ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައްޔު

    މާއިނގޭ ވީމާ ހާޒިރު ކުރާނެ ސްޕްރީމް ކޯޓުން ނިންމާ ކަންކަން ރައީސް ޔާމީނަށް ފުރޮޅާލެވޭނޭ ބުނުމަކީ ސްޕްރީމްކޯޓުގެ ހުރުމަތް ކެޑުން 6 މަހުގެ ހުކުމެއް އައިސްދާނެ ކަމެއް

  2. އަބްދުއްލާ

    މިއީ މަސްހޫރުވާންވެގެން ހިފި ނުހުރެވިގެން އުޅޭ މީހެއް މީނަޔަށް ކޮންމެވެސް ކަމެއް ވާންއެބަޖެހޭ

  3. މޫފާސާ

    މިކަލޭގެ އަކީ އަބަދު ސަސްޕެންޑް ކޮއްފަ ބަހައްޓަން ޖެހޭ މީހެއް.

  4. އަހުމަދު

    ޢަލީ ހުސައިން ސަސްޕެންޑް ކުރުމުގެ ބޭނުމެއް ނެތް. ސިޔާސީވެ ޝަރުޢީ ނިޒާމަށް ދޮގު ތުހުމަތުކުރާ ފަރާތްތަކުގެ ނަން ވަކީލުންގެ ލިސްޓުން ނެގީމާ ނިމުނީ.

  5. ާިައަލީ

    ،މިކަލޭގެވީ އަބަދުވެސް ސަސްޕެންޑް ކޮއްފަ ބަހައްޓަން...

  6. ރާއްޖެ

    ދާއިމީކޮށް ހުއްދަ ބާތިލްކުރުމަށް ގޮވާލަން
    ވަކީލްކަމުގެ ހުއްދަ އޮންނަނަޖެހޭ މީހެއްނޫން

  7. މަމީވަގެއް

    އަލީ ހުސެން އަކީ ވަރަށް ހިތްވަރުގަދަ އިންސާފު ވެރި

    އަބުރުވެރި ބޭފުޅެއް

  8. ސައިބޯނި

    ފޫހި މީހާ ގަނޑެއް. ފެނުނަސް ފަކުރުގަނޭ. އަނގަ މަޑުންލައިގެން ހުންނަނަމަ އެއްޗެކޭ ނުބުނެވުނީސް