ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރަން ވާނީ ޝަކުވާއަށް ޖަވާބު ދީފައި ކަމަށް އެންޓި-ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އޭސީސީ އިން ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ގެންދަވާ ޕްރޮޖެކްޓަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް އެ ކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އަދި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާއިރު، ހިޔާ މަޝްރޫޢިން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް އިވެލުއޭޝަން މަރުޙަލާ ކުރިއަށް ގެންދިއުމަށާއި އެ އިވެލުއޭޝަން މަރުޙަލާ ނިންމެވުމަށްފަހު، ހިޔާ މަޝްރޫޢުއިން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލް މަޢުލޫމާތު ޢާންމުކޮށް އިޢުލާނު ކުރުމާއި އެކު، އެކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދެއްވަންވާނެކަމަށް އޭސީސީން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މި އެމުއްދަތުގައި ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ލިޔުމުން ޖަވާބު ދެއްވުމަށާއި، ދާއިމީ ލިސްޓް ނެރުއްވަންވާނީ ހުށަހެޅި ޝަކުވާތަކާ ގުޅޭގޮތުން މިނިސްޓްރީން ނިންމަވާ ގޮތްތައް ޝަކުވާ ހުށަހަޅާ ފަރާތްތަކަށް އެއްގެވުމަށް ފަހުގައި ކަމަށާއި، އަދި މިއިން ކޮންމެ މަރުޙަލާ އެއްގައިވެސް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަކަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރިޔަށް ގެންދެވުމަށްވެސް އޭސީސީން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައި ވެއެވެ.

ފްލެޓްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރަން ވާނީ ޝަކުވާއަށް ޖަވާބު ދީފައިކަން އޭސީސީން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާއިރު، އެ ކޮމިޝަނުން ކުރިން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ ގޯތި ވިއްކަން ފެށުމުން އެކަން ހުއްޓުވާފައެވެ. ނަމަވެސް މިއަދު އެ ކޮމިޝަނުން ވަނީ ގޯތި ވިއްކުމުގެ ހުއްދަ މިނިސްޓްރީއަށް އަނބުރާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޤސމ

    އޭސީސީގެ ރައީސް ލުތުފީ ރެހެންދި ފުލެޓުން ލިބިފަ، މެލޭޝިޔާގެ ނެކްސްބިޒް ކޮރޮޝަން އޮވެފަ، ސޯޝަލް ހައުސިންގ އަންހެނުންނަށް ފުލެޓެއް ނުލިބިގެންް ކޯޓަށް ގޮސްފަ، މިހާރު ނިކަމެތި ރައްޔިތުންނަށް އަގުހެޔޮކޮށް ސަރުކާރުން މިކަން ކޮށްދެއްވާތީވެ ހުރަސް އަޅާކަމަށް ބެލެވޭ. ހަމަ ޒާތީ ހަސަދަ.

  2. ޢައްޔަ

    ޒަމާނަކުވެސް ދިވެހިރާއްޖެ ނުދެކޭފަދަ ތަރައްޤިއާއި ތަމައްދުނު ގެނެސްދެއްވި ، ކަންކުރަން ދަންނަ ، ޖެހިލުންކުޑަ ޤާބިލުވެރިޔަކު ދުއްވަލާފައި މުރަގަގަސްދޮށުމަލިމީން ވެރިކަމަށް ގެނައމަށް ވޯޓުދިން ދިވެހިންގެ ބޯގަޅިކަމާއެވެ. އިތުރު ފަސްއަހަރެއް ރައީސް ޔާމީނަށް ދެއްވިނަމަ ދުނިޔެ އާސޯޚްކޮށްލަފަދަ ކުރިއެރުން މި ކުޑަ ދިވެހި ޤަވްމަށް ގެނެސްދެއްވީހެވެ. އެންމެ ފަސްއަހަރުގެ ޓާމަކުން ގެނެސްދިން ކުރިއެރުން އެހުރީ ފެންނާށެވެ.

    • Anonymous

      ސާބަހޭެ ރައީިސް ޔާމީިން

  3. އަބްދުއްލާ

    ތިޔައީ އޭސީސީ އާ ބެހޭކަމެއްނޫން.

  4. ބޭބެ

    އަޅުގަނޑަށް ވިދާޅުވެދީބަލަ ދިރިއުޅޭ ގެޔަށް ނުގޮސް ދިރިއުޅުމުގެ ޙާލަތު ބެލިގޮތެއް. މިބައިން
    އަޅުގަނޑުގެ 4 ކުދިންނާއި ދެމަފިރިންނަށް ލިބުނީ 3 ޕޮއިންޓް.
    ކުރިންފަހަރުވެސް މިފަހަރުވެސްވވޯޓުދިނީ ޔާމީނަށް.