ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީއިން ބުނެފިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން ހުކުމް ކުުރުމުން، ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

އެގޮތުން އެމަނިކުފާނު އެނބުރި ރާއްޖެ އެ ވަޑައިގަންނަވަނީ، ތިން އަހަރާއި ނުވަ މަހާއި 10 ދުވަސް ވަންދެން އަމިއްލަ ގައުމުން ބޭރުގައި އަރުއްވާލެވިގެން ހުންނެވުމަށްފަހުއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރާވަމުންދާކަންކަން މީޑިއާއަށް ހިއްސާ ކުރުމަށް މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ދުވަހަކީ އެމްޑީޕީގެ ހުރިހާ މެންބަރުން މަރުހަބާ ދެންނެވުމަށް އިންތިހާ ބޭނުންވާ ދުވަހެއް ކަމުން އެކަމުގެ އިންތިޒާމްތައް ރާވަން ފެށިފައިވާ ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ވެރިރަށް މާލެއަށް ކަމުން، އެމަނިކުފާނަށް މާލެއިން މަރުހަބާ ދެންނެވުމަށް ރާވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވެސް މާލެ ވަޑައިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ދައުވަތު ވެސް ހަސަން ވަނީ އަރުވައިފައެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން އަނބުރާ ޖަލަށް ގެންގޮސްދާނެ ކަމަށް ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މަދަނީ، ސިޔާސީ ހައްގުތައް ބޭނުން ކުރުމުގައި އެއްވެސް ހުރަހެއް އެދުވަހު ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"..ހައްޔަރުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އެ ވަޑައިގަންނަވަނީ ރާއްޖެއަށް ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އެންމެހާ ސިޔާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ބޭނުން ބޭނުންކުރެއްވޭނެ ގޮތަށް ރާއްޖޭގައި އަނެއްކާވެސް ރައީސް ނަޝީދުގެ އެ މަސައްކަތްތައް ކުރެއްވުމަށް. މިޕާޓީގެ މަސައްކަތްވެސް ކުރެއްވުމަށް،" ހަސަން ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ދައުލަތުގެ އެއްވެސް ފަރާތަކަށް އެމަނިކުފާނުގެ ހަށިކޮޅުގައި އަތްލެވޭ ގޮތަކަށް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު 13 އަހަރަށް ޖަލަށް ލާން ހުކުމް 13 މާރިޗް، 2015 ވަނަ ދުވަހުއެވެ.

ނަމަވެސް ޖަލުގައި ހުންނަވަނިކޮށް މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ.

އަދި ދޭތެރެ ދޭތެރެއިން އަވައްޓެރި ސްރީ ލަންކާއަށް ވަޑައިގެން، އެގައުމުގައި ހުންނަވައިގެން ރާއްޖޭގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ނަޝީދު މިނިވަނެއްގެ ގޮތުގައި ރާއްޖެ ވަޑައިގަންނަވާނެ ސަބަބެއް ކަމަށް ހަސަން ލަތީފު ވިދާޅުވީ، ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ތަހުގީގާއި ޝަރީއަތާއި ދައުވާއަކީ ގާނޫނާ ހިލާފަށް ކޮށްފައިވާކަންކަން ކަމަށް އދ. އިންނާއި ބައިނަލްއަގްވާމީ ހުރިހާ ޖަމިއްޔާއަކާއި ގައުމަކުން ފާހަގަކޮށް، އެމަނިކުފާނަކީ މިނިވަނެއް ކަމަށް ނިންމާފައިވުމެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. މަޜި

    މިނިވަނެއް ކަމައް ވެދާނެ. ކުށެއްނުކުރާމީހެއް ކަމަކައްނުވާނެ.

  2. ާސިޔާ

    ޑީލެއްހަދަނީ ތޯ؟

    • ާާއަލި ބެއްޔާ

      ވަރަށް ސާފު... ސީދާ ޑީލެއް. ނަޝީދު މިނިވަންކަމާއި އެކު މާލެ އައިސްސިތަ.. އިންތިހާބު ބާތިލް ކުރާނެ..

  3. ސީޑީ

    ޢަހަރުގެ ބޮޑު ޖޯކް......

  4. ޢެރެސް

    ހައްޔަރު ކުރަން ޖެހޭނެ

  5. ޔަސް

    ކެނެރީގެ ނަސީދު ޢަބްދުﷲ ޣާޒީ ހައްޔަރުކުރިތަ؟

  6. ސިއްކަބޮސް

    ނޮވެމްބަރު 1ގައި މާލެ އަންނަ ވާހަކަ ބުނީމަ ނަޝީދަށް ނާދެވޭ ގޮތް ހަދަން ޖައްސާހާ ސްޓަންޓް.. ބޭނުމަކީ ސަރުކާރު ބައިކޮށް ބަހާލާ ހުރިހާކަމެއް ކުރާއިރު ނަޝީދު ނުލައި ނިންމާލުން. އިބޫ ކޮންޓްރޯލްކުރުމުގަ. އަޑީގަ ތިބީ ގާސިމާއި މައުމޫނު އަދި ސިއްކަ

  7. ދިޔާނާ

    މިނިވަން ކުރިޔަސް ކުރިކަމެއް ނުކުރާކަމަކައް ނުވާނެ

  8. މަރިއަންމަ

    ކުށެއްނުކުރާމީހަކީ ކާކުތޯ މަރިބުނެދީފާނަންތަ؟

  9. ޙަސަން

    ޢަދުލު އިންޞާފުގެ ބޭރުން ގަދަބާރުގައި މިދުނިޔޭގައި ކަންތައްތަކެއް ކުރެވިދާނެ. ކަނާތުން ކުރާ ކަންތައް ވާއަތަށްވެސް ނޭނގޭނެ. ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ. ފަތްކޯނި ހިފައިގެން ޑާންސްކުރާނެ.

  10. އާބިދާ

    ބަލަ ނަޝީދު ވެރިކަމުގައި ގާޒީ ވަގަށް ނެގުމުން އދ އިންނާ ސުޕްރީމް ކޯޓުން ހުކުމް ނުކުރާތީތޯ ދޫނުކޮށް ނަޝީދު ނުލަފާކަން ދެއްކީ؟ އދ އިންވެސް ބޭރުގެ ހުރިހާ ޤައުމަކުންވެސް އެއިރުު ގޮވާލިއޭ ގާޒީގެ ހައްގުތައް ހިމާޔަތްކޮށް، އޭނާ ދޫކޮށްލަން. މިކަންކަމަށް ބީރުކަންފަތެއް ނުދިންނަމަ މިއަދު ނަޝީދު ކުށްވެރިއެއްގެ ގޮތުގަ ހުންނަން ނުޖެހުނީސް ނޫންތޯ؟

  11. ޓަވަރު

    މިނިވަނެއްގެ ގޮތަކު ނޫން....މިނިކާވަގެއްގެ ގޮތުގައި...

    • އެންޑީޕީ

      މިނިކާ ވަގެއް ވެސް ނޫން.. ހަމަ ވަގެއް އެއީ. ކުފުރުގެ އަހުލުވެރީންގެ ޕަޕެޓެއް. ކާފަރުދީނަށް ރާއްޖެ އަނބުރާލުމަށް ފައިމުޑި ވިއްދާފަހުރި ދައްޖާލެއް އެއީ ހަމަ...

  12. ޗުއްޕް

    ޢަންނަންވާއިރައް މަރުވިއްޔާ ކަލާކޯ

  13. އަހުމަދު687

    ދިވެހި ދައުލަތުގެ ބާރު ނުހިނގާ ގޮތަކަށް ބޭރުގެ ސިފައިންނާއި އެކު ދިވެހި ޤައުމަކަށް ހަމަ އެކަކަށް ވެސް ނޭރޭނެ!

  14. ޛޖބ

    ނަޝީދަށްވެސް ގާސިމަށްވެސް ހުކުމް އިއްވާފައިވަނީ ކޯޓުން.. އެހުކުމް ބާޠިލްވެސް ކުރަން ޖެހޭނީ ކޯޓުން.. މިނޫން ގޮތަކަށް އެއްވެސް މީހަކު މިނިވަންވެގެން މަގުމަތީގައެއް ނޫޅެވޭނެ. ކުށްވެރިން އެގޮތަށް އުޅެން ދޫކޮށްލުމީ ދައުލަތުގެ މުއައްސަސާތަކުން ކޯޓުގެ ހުރުމަތް ކަނޑާލައިވި

  15. ވަގުންވާނީ ހަމަ ވަގުންނަށް

    ސާބަހޭ!!! ކަލޭމެން ބުނެފިއްޔާ ބުޅަލަކީވެސް ސިންގާއެއް....ނޫނޭވާ ބީތާތަކެއް މިނޫނީ ނުދެކެމު!!!! ލޮލް

  16. އިބުރާހިމް

    މިނިވަނެއް ކަމައް ވެދާނެ. ކުށެއްނުކުރާމީހެއް ކަމަކައްނުވާނެ. ޔަގީން.

  17. ބަމަރސް

    ދެން ތިބީ ކުށްވެރީން މީ ސިޔާސީ ވެރިން އެމީހުންނަށް ވެރިކަން ބަދަލުވާތީ ޤާނޫނެއް ނުހިނގާ. މީތަ ރައްޔިތުންނަށް ލިބޭ އިންސާފަކީ. ބޭނުންވަނީ ވެރިކަން.

  18. ކަހީން

    ބޭރުގަ ނަޝީދު ހުރީކީ އަރުވާލެވިެނެއް ނޫން. ފިލައިގެން އޭނާ މިއޮތްހުރިހާދުވަހަކު އެއުޅުނީ.

  19. ދޮންބެ

    ތިކަލޭގެ ނަޔަސް ނެތަސް ހެޔޮ

  20. ކަނަމަނަ

    ދުނިޔޭގެ އެހެން ޤައުމުތަކުގެ ޤާނޫނުތައް ބަލައިގެން އެގޮތަށްތޯ ރާއްޖޭގެ ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ. ކޮބައިތޯ ކޯޓުންކޮށްފައޮތް ހުކުމް. އެވެސް މިހާރު ނެތްއެއްޗަކަށް ވީތަ. އެހެންވިއްޔާ ޖަލުހުކުމުގައި ދެންތިބިއެންމެން ވެސް ޖެހޭނީ ދޫކޮށްލަން. ހަމަހަމަ ދެފުށްފެންނަ ވެރިކަމުގަ ކިހާވަރަކުން ދާނެބާ. ވަކިބަޔަކު ކޮންމެފަދަ ނުބައިކަމެއްކުރިޔަސް އެއީ ކުށެއްކަމަށް ނުބެލެވޭނެކަމަށް ޤާނޫނެއް ފާސްކުރަންފެނޭ.

  21. ކުޑަހުއްތުބޭ

    ދަރިންނޭ އިރުވައި މޫސުމުގެ ހަޅައިގެ ކޮޅުމަތި މިފެންނަނީ ދޮންދޫނިވެސް މިފަހަރު ވަރަށް އަރާލާނެ

  22. ބަކުރު

    "ޗާޓުން ބޭރުން" ޢަބުލޯ ޤާޟީ މިލިޓްރީ ކޭމްޕެއްގަ ހައްޔަރުކުރުމުން ވަގުތުން ދޫކޮށްލުމަށް ޔޫއެން އިން ގޮވާލި. އެކުރި ކުށުގެ މައްސަަލަ ޝަރީޢަތަށް ހުށަހެޅީ ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް އިން. "ޗާޓުން ބޭރުން" މަޖިލިސް ގެ ދެ މެމްބްރުން ހައްޔަރުކުރި. ޢައްޑޫ ހަތަރުއަނގޮޅީގަ، ޣައިރުދީނުގެ މީހުން އަޅުކަންކުރާ ބުދު ބެހެއްޓި. ފުލުހުން ލައްވާ ބުދުތައް ޙިމާޔަތް ކުރުވި. ޢެ މައްސަލަތައް ޝަރީޢަތަށް ހުށަހަޅާނެ ފަރާތެއް ނުވި.

  23. ރަސީދު

    ތިކަލޭގެ ޔަކީ މުސީބާތެއް

  24. ޕޮފުބާ

    ކޮންއިރެއްގަތަ؟ އޭނާ މިނިވަނެއްގެގޮތހުގަ ނެތީ

  25. ނުހާ

    ކޮންމެ ގޮތެއްވިއަސް އޭނާއަކީ ކުއްވެރިއެއް.މިނިވަނެއްގެ ގޮތުގާއަޔަސް

  26. ނޭތުލޭއާޖީންރަފަ

    ނޭޝަނަލް ޖޯކް. 13 އަހަރަށް ޖަލަުހުކުންކޮށް ޖަލައްލާފައިވަނި ކޮށް މައިބަދާގަ ރިއްސާގަންގަތީނުން މީހާފަޅައިގެންދާވަރުވެ ގައުމުންބޭރަށް ބޭސްފަރުވާއަށް ގޮސްފައައުމުން ހުކުންބާތިލުވެ މިނިވަންވުން. ޕަކާސް

  27. ހުސައިން

    އެހެންވިޔާ ރާއްޖޭގެ ޖަލުތަކުގައި ތިބި ނިކަމެތި މީހުންގެ ދަރިންވެސް މިނިވަންވާން ޖެހޭ. ހަމައެކަނި ސިޔާސީ އޭ ކިޔާފަ ކުށްވެރިވެގެން ޖަލަށް ލާފަ ތިބި މީހުން ދޫކޮށްލުން އެއީ ހައްލެއް ނޫން. އިންސާފެއްވެސް ނޫން.

  28. ާލައިލާ

    މާތްކަލާކޮ ލައިލާ ވަރިކޮށްފަ މިނިވަންވަނީތަ މިސޮރު

  29. ފައިތިލަ

    ރައީސް ނަޝީދަކީ ހަމަމިނިވަނެއް މިހާރުވެސް. އަޅެއް ނޫން! އެހެންނަމަވެސް ނަޝީދު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އިސްވެރިޔާގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޤާނޫނާއި ޚިލާފުކުށެއްގެ އަދަބަށް ޝަަރުޢީކޯޓުންކޮށްފައިވާ ޙުކުމް ބާތިލް ކުރެވޭނެ ގޮތަކީ ޤާނޫނު އިސްލާޙުކޮށްގެން. އެފަދަ އިސްލާޙެއް ޤާނޫނަށްގެންނާނެތޯ ސުވާލުއުފެދޭ! ހަމަގައިމުވެސް އެއީ ކުށެއްނޫންކަމަށް ބަލައި ބާތިލްކޮށްފިއްޔާ ރައީސް ނަޝީދަށް ލިބެންޖެހޭ ޙައްޤުތެރޭގައި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބުވެސް ބާއްވަންޖެހޭނެ! އަބުރުގެ އަގު ޖަލުގައި ހުންނެވި މުއްދަތުގެ ބަދަލު މިފަދަ ކަމެއްހިމެނޭ! މިހުރިހާކަމެއްގެ ޒިއްމާ އުފުލަންޖެހޭނެ މިކަމާއި ގުޅޭއިދާރާތަކުން. އަދި މިހާރުއޮތްކޯލިޝަންތެރޭގައިވެސް އެބަތިއްބެވި މިކަމުގައި ފުރިހަމަ ހިއްސާވާމީހުން؟؟ ރައީސްނަޝީދަކީ ހާދަ ނަސީބުވެރި ބޭފުޅެކޭ!

  30. ޓެރަރިސްޓް

    މީއްޗަކު ރާއްޖެ މި އަންނަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފާޅުގައި ގޮންޖަހައި، މީނާގެ އައުވާނުންގެ ބާރު ރައްޔިތުންނަށް ދައްކާލާނަމޭ ހިތާ. އެކަމަކު އެހެނެއް ހަމަ ހިލާ ވެގެނެއް ނުވާނެ. އިންސާފަކީ، މީނައާ މީނައަށް ތަބަޢަވާ ވަކި ބަޔަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެ. މިނިވަން ކުރެވޭނީ، އޭނާގެ މައްޗަށް އެ ހުކުމް އިއްވި ފަދައިން އޭނާ މިނިވަން ކުރެވޭނޭ ގޮތް ރާއްޖޭގެ ގާނޫނުން ކަނޑައަޅާފައި ވާގޮތަށް. އެނޫނީ ދާން ޖެހޭނީ ހަމަ ޖަލަށް.

  31. ނުރަބޯ

    އިޒްރޭލް ހިފާފައިވާ ޢަރަބީންގެ ބިން ތަކަކީވެސް އެމީހުން ދެކޭގޮތުގައި އެ މީހުންގެ ތަންތަން......!!!

  32. މާމިގިލީ މީހާ

    ރައީސް ނަސީދަކީ މިނިވަނެއް.. ރައީސް ނަސީދު ވަރުގެ ވެރިއެއް ނެތް... ހެޔޮ ވެރިކަމެއް ކޮއްދިނީ ރައީސް ނަސީދު.. ގާސިމުގެ ވިސްނުން މިހާރު ހުރީ ކޯލިސަން ބައިބައި ކުރާން..

  33. ޖޮއްބެ

    ހޫނ މުނާފިގު ކަލޭގެ އަންނަނީތާ.

  34. ނަސިރު

    އަންނި ދޫކޮށްލާފިއްޔާ ދެންމިގައުމުގާ ކުއްވެރިންތިބެގެން ނުވާނެ އެންމެންނަކީ މިނިވަނުން ކަޑުގެ ހުކުން އޮންނަންޖެހޭނީ އަންނި ދޫކޮށްލުމަކީ.ގައުމަށްވެވޭ ހިޔާނާތެއް ވަރށްބޮޑް އަނިޔާއެއްް އެއީ ދެން މިގައުމުގާ ވެރިކަމަށް އަންނަމީހަކަށް މީހުން ރަހީނުކުރުމާބޮޑެތި މުޖުރިމުންނާ ޓެރަރިސްޓުއަމަލްތަށް ހިންގުން އަަނމުވާނެ އަންނިޔަކީ ގައިދީއެއް ގާނޫނުގެ ކުރިމަތީގަ އެންމެން ހަމަ ހަމަވާންޖެހޭނެ އަންނި ދޫކޮށްލާފިއްޔާ އމޑޕ ހިތާމަކުރަންޖެހޭނެ ވިސްނަތި އަނިޔާވެރިކަމާ ބޭއިނސާފުގެ ލައްގަނޑެއް އެޖެހުނީ

  35. އަބްﷲ ގާޒީ

    ތިކަލޭގެ ދޫކޮށްލާ ހިސާބުން މިގައުމުގާ އެއްވެސް މީހަކު ކުށެއް ނުކުރާނެ މީހަކުމެރިޔަސް ވައްކންކުރިޔަސް ފޭރުނަސް ހިފާ ހައްޔަރެއް ނުކުރެވޭނެ މިގައުމުވެގެންދާނީ އެފްރިކާގެ ގަންގަލީގަ އުޅޭ މީހުން ފަދަ ބަޔަކަށް އިންސާފެއް ހަމައެއް ލަމައެއް ނޯންނާނެ އެއްވެސް ކޯޓެއް ހުރެގެނނުވާނެ ހުކުން ކުރަންޖެހޭނީ އެމީހަކު އަމިއްލަޔށް ކަނޑުގެ ހުކުން އަންދާގާނޫނު އޮންނން ޖެހޭނީ

  36. ޢަފްލާ

    މީނަ ޖުނުބު ވެރިއެއްގެ ގޮތުގަ އަޔަސް ަހަނނަން ހެޔޮ މީދެން ކާކު ފަރަންޖީން އުޅޭހެން އުޅޭ މީހެއް

  37. ލަބީބު

    ނަމުން މިނިވަންކިއިދާނެ! އެހެނަސް އެއީ ޓެރަރިސްޓަކަށް ނުވެއެއްނުދާނެ!

  38. ނާނު

    އަައްނި ދޫކުރަންޔާ ޖަލުގަ ތިބި އެހެން ކުއްވެރިން ވެސް ދޫކުރަން ޖެހޭނެ ދޯ..
    އިބޫ ގެ އިންސާފީ ވެރިކަން ބަލަން މިތިބީ...

  39. މިނިވަން

    އަދިމިނިވަހެއް ނުވޭ ރާއްޖެ އަންނައިރަށް ހިފަހައްޓާ ޖަލައްލުމަށް މިހާރުގެ ސަރުކާރަށް ގޮވާލަން މިޤަވްމުގެ އެންމެ ބޮޑު ޚާއިނު

  40. އައިޝާ

    މިހާރު ޤާޒީ ހައްޔަރު ކުރިކަމަށް ޤާބޫލެއް ނުކުރެއެވެ. ޙަން ލަތީފްވެސް ބުނަނީ އޭނާ ދުވަހަކުވެސް ކުށެއްނުރާކަމަށް ހާމަކުރަންދަތިވާނެ.

  41. ރައްޔިތުން

    ދައުލަތުގެ ޝަރުޢީ ނިޒާމުން ޖާގަ ލިބިގެން ނޫން ގޮތަކަށް ނޮވެމްބަރ 1ގައި ނަޝީ ރާއްޖެ ވަޑައިގަނަންވާނަމަވެސް އެފުރުސަތާއި ގުޅުވައިގެން ސަރުކާރު އަދި އޮންނާނީ އެކަމަށް ބަހެއް ނުބުނެ. އެކަމަކު އިބޫ ރިސިވްކުރަން ގޮސް ހުންނައިރު އެންމެން އެއްކޮށްޖަލަށް ގެންދަން ޔާމީން ރާވާނެ. މިކަމަށް ފުންކޮށް ވިސްނަންވާނެ.