ދޮގު ތުހުމަތުތަކާއި، ހަގީގަތާއި ހިލާފު ތުހުމަތުތައްކޮށްފައިވާތީވެ، އެކަމުގެ ބަދަލު ހޯދައިދިނުމަށް އެދި އަމިއްލަ ހައިސިއްޔަތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ފުލުހަށާއި، ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ސަންގު ޓީވީގެ ނިއުސް ރޫމް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ކޮމިޝަންގެ މެންބަރުންނާއި، ކޮމިޝަންގެ އަގުވައްޓާލުމަށްޓަކައި މިހާރު ކުރިއަށްގެންދާ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުއާޒްއާ ގުޅޭގޮތުން މައްސަލައެއް ފުލުހަށް ހުށަހެޅިކަން ހާމަކުރަމުން ޝަރީފް ވިދާޅުވީ، އޭނާ ދައްކާފައި ހުރި ވާހަކަތައް ހިމެނޭ ސީޑީއަކާއެކު މައްސަލައެއް ފުލުހަަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"ދެން މާދަމާ (މިއަދު) އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތަކުން އަޅުގަނޑަށްކޮށްފައިވާ ދޮގު ތުހުމަތު، ހަގީގަތާއި ހިލާފު ތުހުމަތުތައްކޮށްފައިވާތީވެ، އެކަމުގެ ބަދަލު ހޯދައިދިނުމަށް އެދި އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތަކުން ސިވިލް ކޯޓަށް ވައްދާނަން" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އިލެކްޝަން އާއި މެންބަރުންނާއި ބެހޭ ގޮތުން ދެކެވެމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ސައްހަ ވާހަކަތަކެއް ނުހިމެނޭ ކަމަށާއި، އެހެން ދައްކާ ވާހަކަތަކުގެ އޯޑިއޯ ކްލިޕްތަކާއި، ވީޑިއޯ ކްލިޕްތައް ތައްޔާރުކުރަމުން އަންނަކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"އަދި އެކަމުގައި އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނީ މަގުމައްޗަށް ނުކުމެގެނެއް ނޫން. އަޅުގަނޑުމެން އެފަދަ ވާހަކަތަކަށް ޖަވާބުދާރީ ކުރުވާނީ ކަމާ ބެހޭ މުވައްސަސާތައް މެދުވެރިކޮށް" ޝަރީފް ވިދާޅުވިއެވެ.
ކޮމިޝަނާއި، ކޮމިޝަންގެ މެންބަރުންގެ އަގު ވެއްްޓޭގޮތަށް ވާހަކަދައްކާނަމަ ގާނޫނުގައި، އެބޭފުޅުންގެ އަބުރަށާއި، ނަފްސަށް އަރައިގަނެފައިނަމަ އެކަމުގެ ބަދަލުވެސް ހޯދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފޫ ކަލޭ އޮޅުވާނުލާ! ކަލޭ ތިހުރީ ޔާމީނަށްލިބުނު 26000 ވޯޓް ކައްވާލައިގެން!
ތިވާހަކަތަކުންވެސް ސާފްކޮށް އެނގިގެން އެދަނީ ޝަރީފް ފައިސާއަށް ވިކިފައިވާ މިންވަރެވެ. އިންތިޚާބުބާއްވާން 4 ދުވަހަށްވަންދެން އެމްޑީޕީން ޝަރީފާދިމާލަށް ވަގަށްގޮވައި ކުނިހުތުރުގޮވިއިރު ކުއްލިއަކަށް އެއަޑު ކެނޑުނެވެ. ފުރަތަމަ އެފަރާތްތަކަދެކޮޅަށް ދަޢުވާކުރަން ފެނެއެވެ.
ދޮގެއްނޫން އެއީ ތެދު! ﷲގަންދީ ހުވާކޮށްފަ ބުނެބަލަ އިންޑިޔާގެ ޖާސޫސީ އިދާރާގެ މީހުންނާ ގުޅިގެން ވޯޓްކަރުދާސް ޗާޕްކުރި އިރު މަކަރު ނަހަދާތޯ؟ 9 މިލިޔަން ޑޮލަރު ބޭެރުގެ ބެންކަކަށް ޖަމާނުކުރަންތޯ!
އިންތިޚާބު ބާތިލް ކުރެވޭނެތޯ ނޫންތޯ އިނގޭނީ ހިޔަންޏަށް މުޑި ނަގައިގެން އީސީގެ މެމްބަރުން އޮޅުވާލަން ވެގެން ދައްކާ ވާހަކަ ތަކަށް ބޭސް ކޮށް ނޫނޭ އެކަން އިނގޭނީ އިންތިޚާބުގައި ބައިވެރިވި ދެ ކެންޑިޑޭޓުން ވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާނަމަ ޖެހޭނީ ޝަރީއަތުން އެކަން ބަލާ ހުކުމެއް ނެރެން މަމެން ޕިންކީން ނަށް މަމެންގެ ވެރިކަމާއި ނުލާ ނޫޅެވޭނެއޭ މަމެން ހަލާކުވެދާނެއޭ ދިސް ލައިފް އިޒް ގޯން އިފް ވީއާރ ނޮޓް އިން ޕަވަރ ދިސް ލައިފް އިޒް ސްޕޮއިލްޑް އިފް.
ޔާމީނަށް ނޭގި ޝަރީފް އިލެކްޝަނަށްލެވުނީ! ހަގީގަތަކީ އިންޑިޔާގެ އެދުމަކަށް ޝަރީފާދެކޮޅަށް އެމްޑީޕީން ބަޔާންތައް ނެރެމުންދިޔައީ! ބޭނުމަކީ ޝައްކު ވާނެހުރިހާ މަގެއް ބަންދުކުރުން! މަޖިލީހުގެ މެމްބަރުންނާއި ދެކޮޅަށްވެސް އިލެކްޝަނުން ފިޔަވަޅުއެޅީ އިންޑިޔާގެ އެދުމުގެމަތީން، 50000ވޯޓް އަނބުރާޖަހާލީ 9 މިލިޔަންާް!
ކޮބާމައްސަލައަކީ! ކަލޯ މީފައްކާވެފަ އޮތްޑިމޮކްރަސީއެއް ނޫންތަ! ވީމާ ބުނާކޮންމެ އެއްޗަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަން!
ކިލޯ ތިވަރައް ތެޅޭނީ ކަމެއް ވީމަ ދޯ.
ދޮގު ތުހުމަތުވެއްޖެއްޔާ ފިލާ ތިތިބެނީ ކީއްވެހޭ؟ އާދެބަލަ ނިކަން ކުރިމަތިލައި، ތިމަންނަގެ ކުށެއްނެތްކަން ސާބިތުކޮށްދޭން. އެއީ ކެރޭ، ތެދުވެރިންގެ ގޮތަކީ.
ޑިނައި ކޮށްލާ
ވޯޓް ވަގު
މަމެން ބޭނުންވެއޭ ޕްލޭފުލް ކޮންވަރޒޭޝަން އެއް އީސީ އާއި އެކު ބާއްވައިގެން ނަމަވެސް މިފަހަރު ވޯޓް ކަރުދާސް ތައް ޗާޕް ކުރި ތަނާއި އަދި ވޯޓް ކަރުދާސް ތަކުގައި ހުރި ސެކިއުރިޓީ ފީޗަރސް ތައް ޗެކް ކުރަން ކޮބާ ކޮންމެ ވޯޓް ކަރުދާސް ކޮޅަކަށް ދީފައި އިންނަ ބާރކޯރޑް އަކީ އެ ބާރކޯޑް ނެތް ނަމަ މަމެން ގަބޫލު ނުކުރާނަމޭ މިފަހަރުގެ ވޯޓް ކަރުދާސް ތައް ބާރކޯރޑް ރީޑަރ އަކުން ބަލައިގެންނޭ ހުރިހާ ވޯޓް ކަރުދާސް ތައް ގުނަން ޖެހޭނީ އޯލް އައި ނޯ އިޒް ދެފުށް ފެންނަ...
އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް އެބަ އޮތްތޭ ނެތްތޭ އެކަން ބަލާނީ ސްޕްރީމް ކޯޓުންނޭ މަމެން ޕިންކީން ބޭނުންވަނީ 2008 ގައި ރައީސް މައުމޫނު ދޫކޮށްލި ގޮތަށް މިފަހަރު މިކަން ދޫނުކުރަން އެއްގޮތަކަށް ވެސް މަމެން ޕިންކީން ނޭ މިފަހަރު މިވާހަކަ ދައްކަނީ މަމެން ވާހަކަ ދައްކާއިރު ތަމެން ޖެހޭނެއޭ އަޑުއަހަން ނާހާ ކީއްތޭ ކުރާނީ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ވިއްޔާ ދޯ ވީއާރ ނައު ސްޕީކިންގް ސްޕީކިންގް ސްޕީކިންގް ވައި އާރ ޔޫ ޕްރިޓެންޑިންގް..
ކޮންމެތާކަށް ޝަރީފް ދުރުވިޔަސް ވޯޓުން ވައްކަން ނުކުރާކަމަކަށްނުވާނެ އަދި ރިސްވަތު ނުހިފާކަމަކަށްވެސްނުވާނެ. ވަރައްސަލާމް
ޝަރީފުއަށް އަނެއްކާވެސް ހާދަ ފައިސާއެކޭދޯ ތިލިބެނީ!
އެހެންކަމަށްވަނީނަމަ މަގުމަތީގައި ދެއްކި ވާހަކައަކާމެދު މައްސަލަ ޖައްސަނީ ކީއްކުރަންތަ؟؟؟؟؟
ޔާމީނުގެ އެންމެ ގާތް ރަޙުމަތްތެރިއެއްގެގޮތުގައި ހުރެފައި އެފަކީރަށް ދިން ލަނޑު ނިކަން ދެކިބަލަ!
ދޮގު ތުހުމަތު ކުރަނީ ދޯ އެ އޯޑިއޯގައި
ޝަރީފް އަކީ އިތުބާރު ގެއްލިފަ ހުރި މީހެއް. ބަޔަކު އެކަމަށް ނޮގޮވިޔަސް އަމިއްލަ އަށް އިސްތިއުފާ ދިނުމަކީ އެންމެ ރަނގަޅުގޮތް!
ތިޔަދައްކަނީ އެންމެމީހެއްގެ ވާހަކަ އޮޅުވާލި ވޯޓުން ކިތައްމީހުންގެ ހައްގު ގެއްލިފައިވާކަން ދެނަހުރިންތޯ؟ އެ އެންމެންދަނީ ހައްގު ހޯދުމަށް އަޑުއުފުލަމުން/ ސަރީފޫ ދެކޮޅުޖެހޭ ވާހަކަދައްކާ!މިހާރު ތިޔައުޅެނީ ބޯގޮވައިގެން!
ޝަރީފްއަޅުގަނޑު ޝަރީފްއަށްދަންނަވާލަންއޮތީ ހައްގުގެމަގުގަހުންނަވައްޗޭ ﷲއީ ސިއްރާއިފާޅުގައި ކުރާއެންމެހާކަންކަން ދެނެވޮޑިގެންވާ ރަސްކަލާންގެއޭ ރިސްވަތުމުޑުދާރުޢަމަލެއް ހިންގިފަވާނަމަ ދެންއިތުރަށް ގޯސްނުހައްދަވައި ﷲއަށްބިރުވެތިވެ ތަޢުބާވާށެވެ.
އަނގަ ނުތަޅާ މިފަހަރު އެއޮތީ ވޯޓުން ކިތައްންމެ ރަނގަޅަކަށްވެސް ވައްކަންކޮށްފައި.
މިކަލޭގެ ދޮގު ހަދާއިރު މޫނު މައްޗަށް ރުލެއްވެސް ނާރާ. ޝަރީފު ނިކަން ބުނެބަލަ ކަލޭ އެއްބަނޑު އެއްބަފާ ކޮށްކޮމެންވެސް ތިޔަބުނާ ލާރިގަނޑު ކަލޭ އެކައުންޓަށް ޖަމާކުރިކަން އެނގިގެން ދެރަވެ ރޮއެ ހެދީ ހަމަ ދޮގު ތުހުމަތު ކުރީމަތޯ؟