ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުތައް ހައުސިންގ މިނިސްޓްރީން މިއަދު ދަނީ ޢާންމު ކުރަމުންނެވެ. މިހާރު އިއުލާން ކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ކަމަށްވާއިރު، ދިހަ ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް ދަނީ އިއުލާނު ކުރަމުންނެވެ.

މިއަދު އާއްމު ކުރަމުންދާ ލިސްޓުތަކުގައި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާށް ޚާއްޞަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީ އަދި އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޚާއްސަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭގެ ދަފްތަރުގައި ހިމެނޭ މީހުނާއި، މާލޭގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތައްވެސް ހިމެނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ "ހިޔާ" މަޝްރޫއުގެ ދަށުން 10 ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް މިއަދު އާއްމު ކުރަމުންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ނިންމާފައިވާ 400 ގޯތީގެ މަސައްކަތްތައްވެސް ހައުސިންގ މިނިސްޓަރީން ދަނީ ކުރިއަށް ގެންދަމުންނެވެ. އެ 400 ގޯތި ލިބޭ ފަރާތްތައްވެސް އަންނަ ހަފަތާގެ ތެރޭގައި އިއުލާން ކުރެވިގެންދާނެއެވެ.

ހިޔާ ފްލެޓް: އެޗް9 އިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު - މި ކެޓަގަރީން ފްލެޓް ލިބޭނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 1044 ފަރާތަށް.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދެޓްޑޭ

    ހުޅުމާލެ އިން ގޯތި ވިއްކުން އަލުން ފެށީ އޭސީސީގެ އެންގުމާ ޚިލާފޭ އެހެންތޭ އެއްވެސް އޭސީސީ އެއް ނޯންނާނެ މާލެ ސަރަހައްދުން ގޯތި ދޭންވީމާ އިނގޭތޭ ބޮޑު އެއް އޭސީސީ އިނގޭތޭ މީ މަމެންގެ ވެރިކަމޭ މަމެން ޕިންކީން ނަށް 2013 ގައި ވޯޓް ދިން ރައްޔިތުންގެ %95 މީހުން ބުނީ މާލެ ސަރަހައްދުން އެމެން ނަށް ގޯތި ދޭށޭ އޯއް މަމެން ވެރިކަމަށް އައި ހެޕީ ނޮވެމް 17 ވަނަ ދުވަސް ދެޓް ޑޭ އޫމް ދެޓް ޑޭ ދެޓް ޑޭ ސޯ ސްވީޓް ކޭން ޔޫ ފިލް އިޓް ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ....

    • ދެޓް ޑޭ

      ދެޓް ޑޭ، ދެޓް ޑޭ ޕިންކީން ހިންގި ޖަރީމާތައްބަލާ ހައްގު ގޮޅިއަށް ފިޓުކުރާނީ.. ދެޓް ޑޭ، ދެޓް ޑޭ ޕިންކީން ސައިޒުކޮށް ކޮރަޕްޝަން ފައިސާހޯދުމަށް ޔާނުވެސް ހައްޔަރުކުރާނީ

  2. ނަފާ

    މީގެ ބައެއް ޕޭޖުމަދު

  3. ޕޮއިންޓް

    79 ލިބުނު މީހުން ނަށް ދޭން ފެނޭ،،،،އެ މީހުން ނަށް އެންމެ ޕޮއިންޓޭއް ވިއްޔާ މަދީ.ރައީސް ޔާމިންއަށް އެދެން.

  4. ތެދު

    މީ ކޮންއެއްޗެއް ހަދަާބައެއް ފްލެޓް ދެނިއްޔޭ ކިޔައިގެން ރަށްރަށުގަ މާދުރުގަތިބިމީހުން ގެނެސްގެން ދަފްތަރުގަ ޖައްސައިގެން ފްލެޓްދެނީ

  5. އަސަރު

    ހޭދަކުރެވުނު ވަގުތާއި ، ކުރެވުނު މަސައްކަތާ،
    ލީ ވޯޓް ގެ އަގެއްނެތި މިއަދު މިވަނީ ބާކީވެފަ،
    ޅިބުނު އެކަށްޗެއްވެސް ނެތް. ފްލެޓްވެސް ނުލިބުނު، ދެއަތްތަޅާލާފަ މިއަދު ގެއަށްވަންނަން މި ޖެހުނީ ހުސްއަތާ،
    ކިތަންމެ ކުރާހިތްވިޔަސް ކުރިއަށް އޮތް ތަނުގަ އިނދިކޮޅަށް މަސައްކަތް ކުރުމުގެ ހިތްވަރު އެލިއްޖެ.