މާލޭގައި އިމާރާތަކުން ވެއްޓި ޒުވާނަކު ނިޔާވެއްޖެ އެވެ.
މައުލުމާތު ލިބިފައިވާގޮތުގައި އެ ޒުވާނާ ވެއްޓިފައިވަނީ މާފަންނު ވީބީ މާޓް ކައިރީގައި ހުންނަ އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއިންނެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުގައި މިއަދު ހެނދުނު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ އަހުމަދު ޔަޝް ނަމަކަށް ކިޔާ ޒުވާނެކެވެ.
މި ކަމާއި ގުޅޭގޮތުން އައިޖީއެމްއެޗް އިން ވިދާޅުވީ ވެއްޓުނު ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައިކަމަށެވެ.
ފުލުހުން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
މީގެ ދެ ހަފްތާ ކުރިން ހުޅުމާލޭގައިވެސް އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާ އިން މީހަކު ވެއްޓި ވަނީ ނިޔާވެފައެވެ. އެ ހާދިސާގައި ވައިގޮޅިން ވެއްޓި ނިޔާވެފައިވަނީ ބިދޭސީ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
يش އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި އާއިލާ ޔަށް ކެއްތެރިކަން ދެއްވާށި امين
ހިތާމަ ކުރަން.. ނަމަވެސް ހިންދުކޮޅު ޓެސްޓް ކޮއްލުން މުހިންމު ކަމައް ފާހަގަކޮއްލަން، ޕޮޒެޓިވް ނަމަ އެކަމުގައި ބައިވެރިވި މީހުން ވެސް ހިފާ ހައްޔަރުކުރަަންް ގޮވާލަން
https://en.wikipedia.org/wiki/Lysergic_acid_diethylamide
އެލް.އެސް.ޑީ ގެ ޕިޔޯ ބާވަތެއް ޔޫރިން ޓެސްޓަކަށް ނުދައްކާނެ!
ދިވެހި ފުލުހުން އަޕްގުރޭޑް ވާން ވެއްޖެ! މިޔަކީ ރާބޮއެގެން ނުވަތަ ކެނަބިސް ބޭނުން ކުރާ ޒަމާނެއް ނޫން! ދިސް އިޒް ކޯލްޑް އެލް.އެސް.ޑީ
ގަދަ ކަލޯ?
މަވެސް ތިކަމާ އެއްބަސްވަން! ރާބޮއެގެން ކެނަބިސް ބޭނުންކޮށްގެން ހަކުރު ބޮންޔާ ގޯސް! ދުނިޔޭގަ ލެއްވިހާ ކެމިކަލެއް ބޭނުން ކުރާ މީހުން އަތުފަތު ނުވެފަ! ކޮބައިބާ ފުލުހުންގެ ޑީ.އީ.ޑީ ޑިޕާޓްމަންޓް؟
ޕާޓީ ޑްރަގްސް ބޭނުންކޮއްގެންކަމަށް އަޑުތައް އިވޭ