ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުތައް ހައުސިންގ މިނިސްޓްރީން މިއަދު ދަނީ ޢާންމު ކުރަމުންނެވެ. މިހާރު އިއުލާން ކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ކަމަށްވާއިރު، ދިހަ ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް ދަނީ އިއުލާނު ކުރަމުންނެވެ.

މިއަދު އާއްމު ކުރަމުންދާ ލިސްޓުތަކުގައި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާށް ޚާއްޞަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީ އަދި އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޚާއްސަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭގެ ދަފްތަރުގައި ހިމެނޭ މީހުނާއި، މާލޭގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތައްވެސް ހިމެނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ "ހިޔާ" މަޝްރޫއުގެ ދަށުން 10 ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް މިއަދު އާއްމު ކުރަމުންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ނިންމާފައިވާ 400 ގޯތީގެ މަސައްކަތްތައްވެސް ހައުސިންގ މިނިސްޓަރީން ދަނީ ކުރިއަށް ގެންދަމުންނެވެ. އެ 400 ގޯތި ލިބޭ ފަރާތްތައްވެސް އަންނަ ހަފަތާގެ ތެރޭގައި އިއުލާން ކުރެވިގެންދާނެއެވެ.

ހިޔާ ފްލެޓް: އެޗް10 އިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު - މި ކެޓަގަރީން ފްލެޓް ލިބޭނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 200 ފަރާތަށް.
















ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފފފފފ

    ޕޮއިންޓް ދިން އުސޫލު ހައުސިން މިނިސްޓްރީއިން އިއުލާނު ނުކުރަނީ ކީއްވެބާ؟

  2. Anonymous

    ހައުސިންގް މިނިސްޓް އިން ތިކަން ކުރީ ވަރަަށް ރަގަޅަށް އެކަމަކު ވަގުތު ޖެހުނު އިރު ޕޮއިންޓް ދިނީ ތިތާގެ ތިއްބެވި ބޭފުޅުން ދޭނެ ބަޔަކަށް ކަން ވަރަށް ފާހަގަވޭ

  3. Anonymous

    ކިހިނެތް ދިރިއުޅުމުގެ ހާލަތަށް ދޭ 30 ޕޮއިންޓް ދިނީ.

  4. ފާތުމަތު

    މޭޒް ދޮށުގަ ތިބެ ކިހިނެތް ދިރިއުޅުމުގެ ހާލަތަށް ދޭ 30 ޕޮއިންޓް ދިނީ

  5. ލައިސް

    މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ މަކަރުވެރި ބޯހިޔާވަހި ޕްރޮގްރާމް، މާލެ މީހުނަށް ނަންކޮއްފަ ހުޅުވާލި ކެޓަގަރީ އަށްވެސް ކުޅުނީ ގޭމެއް، ކެމްޕެއިންގަ އުޅުން އެންމެން ކާރީ ބުނެފަ އޮތީ ދަފްތަރުގަ ޖެހެން، ދެން ޖެހުނީމަ މި އެންމެނަކީ ވެސް ހަތަރުކަށި މަތި މާލެ މީހުނަށް ހަދާފަ ފުލެޓް ދީފައި، މާލެ މީހުނަށް ޕޮއިންޓް ދައްކޮއްފަ ދަފްތަރަސް މަތިވާގޮތަށް އޮތީ.. ދުވަހަކުވެސް ދަންނަ މީހަކުވެސް ވޯޓުލިޔަނުދޭނަން އިންޝާ ﷲ

  6. ދިވެހީން

    ހައުސިންގް މިނިސްޓްރީން އިން ތިކަން ކުރީ ވަރަަށް ރަގަޅަށް ޝުރިއްޔާ ރައީސް ޔާމީން

  7. އުނގުޅޭ

    ބޯ ހަލާކު.. މުޅިން އޮޅުވާލާާފަ.. ނިކަމެތި މީހާ ނިކަމެތި..