ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުތައް ހައުސިންގ މިނިސްޓްރީން މިއަދު ދަނީ ޢާންމު ކުރަމުންނެވެ. މިހާރު އިއުލާން ކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ކަމަށްވާއިރު، ދިހަ ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް ދަނީ އިއުލާނު ކުރަމުންނެވެ.

މިއަދު އާއްމު ކުރަމުންދާ ލިސްޓުތަކުގައި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާށް ޚާއްޞަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީ އަދި އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޚާއްސަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭގެ ދަފްތަރުގައި ހިމެނޭ މީހުނާއި، މާލޭގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތައްވެސް ހިމެނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ "ހިޔާ" މަޝްރޫއުގެ ދަށުން 10 ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް މިއަދު އާއްމު ކުރަމުންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ނިންމާފައިވާ 400 ގޯތީގެ މަސައްކަތްތައްވެސް ހައުސިންގ މިނިސްޓަރީން ދަނީ ކުރިއަށް ގެންދަމުންނެވެ. އެ 400 ގޯތި ލިބޭ ފަރާތްތައްވެސް އަންނަ ހަފަތާގެ ތެރޭގައި އިއުލާން ކުރެވިގެންދާނެއެވެ.

ހިޔާ ފްލެޓް: އެޗް8 އިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު - މި ކެޓަގަރީން ފްލެޓް ލިބޭނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 1050 ފަރާތަށް.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޢަދި

  ފްލެޓް ޕޮއިންޓު ދިން ގޮތުގެ ތަފްޞީލް ހާމަކުރަންްޖެހޭ.
  ޢެހެން ނޫނީ މިއީ މުޢިއްޒު ހިންގާފައިވާ ޖަރީމާއެއް.

  • ކަލޯ

   މީމުއީޒު ގެ މުދާތެ ހިތަ އެރިގޮތަކައްބަހަ

 2. ދެޓްޑޭ

  އެޗްޑީސީގެ މާލީ ތަމަވަސް ކަން ނެތް ނަމަ ހުޅުމާލެ 2 އިން ގޯތި ވިއްކަންވީ 80 ހާސް ގޯތި ގޯއްޗެއް 4 ލައްކަ ރުފިޔާ އަށް އެއިރުންނޭ ދެން ރަނގަޅުވާނީ މަމެން ޕިންކީންގެ ވެރިކަމަކީ މީ ހުރިހާ ދިވެހިރައްޔިތުންނަށް އުޖާލާ ވާނެ ވެރިކަމެކޭ ކޮންމެ ކުއްޖަކަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ލިބުނީއޭ ހުރި އުފަލެއްގެ ބޮޑު ކަމާއޭ ދޯ ޕިންކީން 2013 ވަނަ ވެރިކަމަށް އައި ދުވަސް ރީތި އަބަދުވެސް ރީތި ދުވަހެކޭ ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ ސޯ ސްވީޓް ކޭން ޔޫ ފީލް އިޓް...

 3. ލިއު

  މާތްﷲ އިރާދަކުރެއްވިއްޔާ ތި މުއީޒު ބޭއިންސާފުން ކުރި ކަންތަކުގެ ސަޒާ މި ދުނިޔެ މަތީ ދެއްވާންދޭވެ...އާމީން...ކޮރަޕްޓް މީހާގަނޑު

 4. އެކަނބުލޯ

  ރިޔާސީ ވައުދެއްގެ ގޮތުގަ އޮތް އަލަތު ކައިވެނީގެ ފުލެޓްގެ ވާހަކަ.. އަދިވެސް އޭގެ ހިލަމެއް ނުވޭ.. ވައުދު ނުފުއްދާ އެހެން ކަންކަމާ މިއުޅެނީ.. ދެން ކިހިނެއް ކުރާކަމެއްގަ ބަރަކާތް ހުންނާނި.. ލަޢުމަތް ހުންނާނި އެފަދަ މީހުންނަށް. އަހުދެއް ވެއްޖެއްޔާ އެއާ ޚިލާފުވުން އެއީ ޔަހޫދީ ސިފައެއް

  • ޢަލީ

   ޔަހޫދީން ފެނަނާނެ 17ނޮވެންބަރުގެ ފަހުން!! ޥައުދުތަ ހަދަން ކުރާތި!!

 5. ހީނާ

  ރަނގަޅު ރައީސް ޔާމީނުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓްލިބޭ މީހުންވެސް ހަމަ މިސަރުކާރުން ނިންމަންވާނެ. އެހެން ނޫނީއްޔާމު ވާނެގޮތަކީ ގުޅިފައިވާ އިއްތިހާދު އައިމާ އެމީހުންނަށް އެއްގަލަކަށް ނޭރިގެން ތިޔަ ފްލެޓްވެސް ނުލިބިގެންދާނީ. މައުމޫނަށް، ގާސިމަށް، ނަޝީދަށް، އިމްރާނަށް، ދެން ޖަލުގައި ތިބި ބައާވާތުގެ ބައިވެރިންނަށް ބަޔެއްދީގެން ރައްޔިތުން އަނެއްކާވެސް ބިކަވާނީ. ތިހެދީ ހަމަ ރަނގަޅަށް. ވަރަށް ސަލާމް.

 6. ޟަން

  މިދިޔަފަހަރު ލިބުނީ 78 ޕޮަންޓް އެކަމު މިފަހަރު ލިބުނީ 47 ޕޮންޓް އަދި މިފަހަރު ދަރިންވެސްަ އިތުރުވީ އެކަމަކުވެސް ލިބުނީ 47 ވަރަށް ދެރަ..... ޔަގީނުންވެސް ބޭއިންސާފް ކަންމިޔޮތީ އިގެން...

 7. ގަލޮޅު

  މާލޭ މީހުން މާލޭގަ އުޅޭނެ ތަނެއްނެތިގެން އުޅޭއިރު ރާއްޖެތެރޭ މީހުންނައް މާލެއިން ފުލެޓް ރާއްޖެތެރޭގައި އަމިއްލަ ބައްޕަ މަންމަ ބިންހުންނައިރުވެސް މީ ބޮޑުވެގެންވާ އަޖައިބެއް އިންސާފު ކޮބާތަ

 8. ލައީސް

  މާލޭމީހުނަށް ވުރެދަތި ހާލުގައި ފިތިގެން އުޅޭބައެއް ނެތް އިރު މާލޭމީހުނަށް ދޭންޖެހޭ ބިންކޮޅުގެ ބޭނުން ރާއްޖެތެރެ އަައި ޓީޗަރުންނާއި ދަފްތަރާ އެންމެނަށްދީގެން ކޮންލުޔެއްބާ މާލޭގެ ކުދިތަންތަންކޮޅުގަ އުޅޭމީހުނަށް ވާނީ

 9. ފާއިޒް

  މިދިޔަ ފަހަރު 78 މިފަހަރު އެއް ކުއްޖަކު އިތުރު ލިބުނީ 71 ދަފްތަރުގަ އިންނަތާ 15 އަހަރު ސަރުކާރަށް 21 އަހަރު ޚިދުމަތް ކުރި ކަމުގެ ލިޔުން ވެސް ހުށަހަޅާފަ 3 ދަރިން ތިބޭ...