ވިއްސަކަށް މީހުން އެއްވެ މަގާމު ގެއްލިއްޖެކަމަށް ބުނުމަކީ ޖޯކެއް ކަމަށް އިލްކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެެވެ.
ރިޔާސީ އިންތިޚާބަށް ފަހު ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބާއްވަމުންދާ އެއްވުންތަކުގައި ދައްކަމުންދާ ވާޙަކަތަކަށް އިޝާރަތް ކުރައްވަމުން މިރޭ ސަންގު ޓީވީގެ ނިއުސް ރޫމް ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ، ޕީޕީއެމް ބޭފުޅުން އޭނާގެ މަގާމް ގެއްލިއްޖެކަމަށް ބުނެ ފާސްކުރި ގަރާރުގެ ސަބަބުން އޭނާގެ މަގާމް ގެއްލިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެކަން ކުރުމުގައި އުސޫލުތަކެއް އޮންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"10 ވަރަކަށް 20 ވަރަކަށް މީހުން އެއްވެލާފައި މާދަމާއިން ފެށިގެން މިއޮންނެ މީހެކޭ، އޭނާގެ މަގާމެއް ނެތޭ ބުނީމަ ދެން ވަރަށް ބޮޑު ޖޯކެއްދޯ އެއީ. މީސް މިޑިއާ ތެރޭގައި "އެކަން" ބޮޑު ޖޯކަކަށް ނަގައިގެން އުޅޭތަން އަޅުގަނޑަަށް ފެންނަނީ". ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އޭނާއާއި އަދި ކޮމިޝަންގެ މެންބަރުންނާއި ދިމާކޮށް ދައްކަމުންދާ ވާހަކަތަކަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެކަމަކީ ފިޔަވަޅު ނާޅާ ދޫކޮށްލެވޭނެ ވަރުގެ ވާހަކަތަކެއްވެސް ނޫން ކަމަށެވެ.
"އަދި ހާއްސަކޮށް އަޅުގަނޑަށާއި، މެންބަރު އަކުރަމްއަށް ދިމާކޮށް ބަޔަކު ދައްކާ ވާހަކަތަކަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން. އަދި އެކަމަކީ ފިޔަވަޅު ނާޅާ ދޫކޮށްލެވޭނެ ވަރުގެ ވާހަކަތަކެއް ވެސް ނޫން. އެހެންވެ އިލެކްޝަން ކޮމިޝަނުން ބްރޯޑްކޮމްއަށް ވާނީ މިއަދު އެކަންތައް ކުރާ ޗެނަލްތަކާއި ބެހޭ ގޮތުން ޝަކުވާ ހުށަހަޅާފައި". ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ ރިޔާސީ އިންތިހާބާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި ހިތްނުތަނަވަސްކަމެއްެ އަދި ޝަކުވާއެއް އޮތްކަމަށް ނުދެކޭ ކަމަށެވެ. ޝަރީފް ވިދާޅުވީ، އެކަމާއި އަޑު އުފުލަމުން ދަނީ ވަރަށް މަދު މީސް ކޮޅެއް ކަމަށެވެ.
"އެ ބޭފުޅުން އެ އުފުލާ އަޑުތަކާއި ގުޅޭގޮތުން އެއްވެސް ވަރަކަށް ނަތީޖާ އޮޅުވާލާ ނުވަތަ އިންތިހާބުގައި އޮޅުވާލާފައި ވަކި ކަންތައްތަކެއް ބުނެދެވިފައެއް ނެތް. އަދި އިލެކްޝަން ކޮމިޝަނަށް މިހާތަނަށް އެފަދަ އެއްވެސް ކަހަލަ ލިއުމެއްގެ ސިފާގައި ނުވަތަ މިއޮންނެ ކަމެއް ތިމަންނަމެންނަށް އޮޅުންފިލާވަލަދޭށޭ، އަޅުގަނޑުމެން އޮޅުވާލާފައި އޮތް އޮޅުވާލުމެއް ނުކުރާ ކަމަށް ވަންޏާ ކޮން އެއްޗެތޯ އޮޅުން ފިލުވާ ދޭންވީ". ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އިންތިހާބާއި ގުލޭގޮތުން ސާފް ކުރަންވީ ވަކި ކޮންކަންތައްތަކެއްކަން ބުނެދެވިފައި ނެތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ވަކިވަކި ފޮށިތަކުގެ ނަތީޖާ އިއުލާނު ކޮށްފައިވާކަން ވެސް ޝަރީފް ވަނީ ހާމަކޮށްފައެެވެ.
"އޭގެ ބޭނުނަކީވެސް އެ ނަތީޖާތައް ދިރާސާ ކުރުމަށްފަހު ވެސް އެބޭފުޅުންގެ ފަރާތުން އެއްވެސް އޮޅުވާލުމެއް ނުވަތަ ސްޕެސިފިކަލީ އުޅޭ ވަކި ދާއިރާއެއް ބުނެފިކަމުގައި ވަންޏާމުން އެއަށްދެއްތޯ އަޅުގަނޑުމެންނަށް އެއްވެސް ފަރާތަކުން އޮޅުން ފިލުވާލަން ބޭނުންވެއްޖެކަމުގައި ވަންޏާ އިނގޭނީ". ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އިލެކްޝަން ކޮމިޝަން ހުޅުވިފައި ހުންނާނެ ކަމަށާއި، ޝަކުވާ ހުށަހެޅުމުގެ ފުރުސަތުތައް އޮތް ނަމަވެސް، އެ ޝަކުވާތައް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ނަތީއްޖާ އޮޅުވާލުމަށްޓައިކަމަށް ބުނެ ކޮމްޕްލެއިންސް ބިއުރޯއަށް އެއްވެސް ކަހަލަ މައްސަލައެއް ހުށަހެޅިފައިނުވާކަން ޝަރީފް ފާހަގަކުރެއްވިއެެވެ.
ބަތާ ޙަރާމީ ކަލޭމެން 5 މެމްބަރުން ރިޝްވަތު ކެއީ ރިނގް ޝަރީފް ރިޝްވަތު ކެއީ
ޝަރީފް ކަލޭ މައިތިރިވޭ!! ސެކިއުރިޓީން ލައިގެން ކިހާދުވަހެއް ވަންދެން އުޅެވިދާނެބާ؟
ވޯޓް އިން ބަލިވީމާ ސަރީފް ގޯސް.. ތިޔަ ޕީޕީއެމް ސަރީފް ކޮށްދިން ހިދުމަތުގެ
އަގުވަޒަން ކުރަން އެގުނީ ތި ގޮތަށް ދޯ
ވޯޓުން ބަްޔެއްނޫންވީ، ވޯޓުން ވައްކަންކުރީ ދޮޅުރޯނާ
5 މިލިއަކަށް ތިވަރު މާކުޑައޭ. ފުދޭވަރު ކޮށްލަ ދީބަ
އޮޅުވާލުމެއްނެތް ނާކާމިޔާބު ހޯދާދިނީ އަންހެނުން.މައުމޫނު އަތުން ޕާޓީ ޖަހައިގަތުން ނާކާމިޔާބުގެ އަސްލަކީ
މިރިންގް ޝަރީފްއަށް ފްލެޓް ނުލިބޭތަ؟
ޝާރީފް، ކަލޭގޮސް ބަލާލަބަލަ ވިއްސަކަށްމީހުންތޯ އެތާ ތިބީ، އަދި ވިހި މީހުން ކީއްކުރަން އެކަކު އޭނަގެ ޙައްޤު ގެއްލިގެން ސުވާލު އުފައްދައިފިނަމަ ފުރިހަމައަށް ޖަވާބު ދާރީ ވާންޖެހޭނެ. ޓި އުޅެނީ ކަލެއަށް ކަލޭ އޮޅިގެން. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކަލޭއާ މެދު ފިޔަވަޅުއެޅޭނެ.
ޚ. އިބުރާހީމް.
ތީކަނޑައެޅިގެން ބުހުތާން ބޮޑުދޮގެއް ށ ފުނަދޫ ވޯޓުފޮށި ގުނާފަ ޓީވީން ދެއްކި އިރު އިނީ އެކޮޅުކޮޅުން ނަތީޖާ މިވެސް އޮޅުވާލުމެއް ނޫންބަ އެހެރީފޮޓޯތައް
ކަލޯ ވިއްސަކަށް މީހުންނޭ ؟ ރޯނާވެފަތަ ތިހުރީ 20 މީހުންގެ އަޑެއްނޫން އެއީ 95000 މީހުންގެ އަޑު
ޝަރީފްގެ ރުންކުރު ، ދިމާކުރަނިވި ވާހަތަކުން ޝަރީފްގެ ޙާލަތު އެނގެއެވެ. އެގޮތަށް އެހެން މުޒާހަރާއެއްތެރެއިން އިއްވަ އަޑަކުން އެއީ މީހެއްގެ މަޤާމް ގެއްލޭނޭކަމެއްނޫންކަން އެގިހުރެމެ އެފަދަގޮވައިލުންތަކަށް ރައްދު ދިނުމަކީ މައްސަލައެއް އެބަ އުޅޭކަމުގެ ހެއްކެވެ. މުޒާހަރާތަކުގައި ވާހަކަތައް ހުންނަނީ އެގޮތަށާއި މިގޮތަށެވެ. ބޭނުމަކީ ބަޔަކަށް އެއްޗެއް ކިޔައިދިނުމެވެ.
ކޮބާ ލަދު. ވަގުވޯޓް ސަރީފް މުޅި އުމުރަށްވެސް މަމެން ކިޔާނީ.
ޖޯކަކީ ކޯއްޗެއްކަން އަދި ތިއުޅެނީ ޝަރީފަށް ނޭނގިގެން. އެނގޭނެ ވަގުތު އަންނާނެ.
ހޭބަލި ނުވެ ތިބޭ ރީތިކޮށް. ވޯޓްލީ ރައްޔިތުން. ޝަރީފެއްނޫން. ވޯތު ގުނީވެސް ރައްޔިތުންގެ ތެރެއިން ކަލޭމެން ހޮވާފަ ތިބި މީހުން. ބަލަންތިބީވެސް ރއްޔިތުން. ދެން ކޮން ބަޔަކަށް ތަ ވަގައް ތިގޮވަނީ. ތިބުނާ ރިންގަކާއި ކަރުދާހަކާއި މުންޖަކާއި ހުރިއްޔާ ހުރީވެސް ކަލޭމެން އަތުގަ. ތީ ހަމަ ޔާމިނުގެ ވައްތަރު. ބްރޯލައްވާ ހުރިހާ ވައްކަމެއް ކުރުވާފަ ޖަލަށް ލިގޮތަށް އުޅުނީ ޝަރީފު ލައްވާ ވައްކަން ކުރުވާ ވޯޓުނިމުމުން ޖަލަށް ލާނެކަން ޝަރީފުއަށް ކަށްވަރުވާތީ ކަލޭމެން ބުނިގޮތަށް ވޯޓު އޮޅުވާނުލީ. މިހާރު ކަލޭމެނަށް އެއްބާރުލުން ނުދިނުމުންވެސް ޝަރީފު ފަކީރަށް ހެޔޮގޮތެއް ނުވިއެއްނު. މަމީ ޝަރީފު ނަމަ ކަލޭމެން އެންމެން ފަލާއަރުވާލާނަން ފަހަރަކު މީހަކު މަގުން. ލަދުހަޔާތްކުޑަ ގުރޫޕުގަޑު.